5 ފަހުގެ ދުވަސްތަކުގައި ގޮނޑީގައި އިނދެ ނަމާދުކުރުން ވަނީ ގިނަވެފައި. ގޮނޑީގައި އިނދެ ނަމާދު ކުރާނީ ކިހިނެތް؟ - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ފަހުގެ ދުވަސްތަކުގައި ގޮނޑީގައި އިނދެ ނަމާދުކުރުން ވަނީ ގިނަވެފައި. ގޮނޑީގައި އިނދެ ނަމާދު ކުރާނީ ކިހިނެތް؟

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ނަމާދު

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


Sittig_prayer.jpg

ސުވާލު: މި ފަހުގެ ދުވަސްތަކުގައި ގޮނޑީގައި އިނށީދެ އިނދެގެން މީސްތަކުން ނަމާދުކުރުންވަނީ ނުހަނު ގިނަވެފަ އެވެ. ފަހެ، ގޮނޑިގައި އިދެގެން ނަމާދު ކުރާނީ ކިހިނެއްހެއްޔެވެ؟


ޖަވާބު: ނަމާދަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރޭގައިވާ ދެވަނަ ރުކުނެވެ. ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. އަދި އެއީ އިންސާނާއާ ޤިޔާމަތް ދުވަހުގައި އެންމެ ފުރަތަމަ ހިސާބު ކުރެވޭނެ ޢަމެލެވެ. މި ޢަމަލު ޤަބޫލުވެއްޖެ ހިނދުގައި އޭނާގެ އެހެނިހެން ޢަމަލުތައް ﷲ ޤަބޫލުވޮޑިގަންނަވާނެ އެވެ. ނަމާދުގެ ޢަމަލު ﷲ ޤަބޫލުވޮޑިނުގަންނަވާ ރައްދުކުރައްވައިފި ހިނދުގައި، އޭނާގެ އެންމެހައި އެހެނިހެން ޢަމަލުތަކެއް ރައްދުކުރެވޭނެ އެވެ. އިންސާނާ، އޭނާގެ ސިކުނޑި، ބުއްދި އޭނާގެ ހަށިގަނޑުގައިވާހައި  ހިނދެއްގައި، ނަމާދު އޭނާގެ ކިބައިން ނުވެއްޓޭނެ އެވެ. އެހެނަސް އޭނާ އެ ނަމާދު ކުރުން އޮތީ އޭނާއަށް ކުޅަދާނަވީ ގޮތަކަށެވެ. އެއީ ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ﴾ "ތިޔަބައިމީހުން ﷲ އަށް، ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން އެ އިލާހުއަށް ކުށްތަންވާށެވެ." އަދިވެސް ވަޙީކުރެއްވި އެވެ. ﴿لا يُكَلِّفُ اللَّهُ نَفْساً إِلاَّ وُسْعَهَا﴾ "ﷲ އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ ތަކްލީފެއް ނުޖައްސަވަ އެވެ."  އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. )ما نهيتكم عنه فاجتنبوه، وما أمرتكم به فأتوا منه ما استطعتم( "ތިޔަބައިމީހުންގެ މައްޗަށް ތިމަން ނަބިއްޔާ އެކަންތައްތަކުން ނަހީކުރެއްވި ކަންތައްތަކުން ތިޔަބައިމީހުން ދުރުވާށެވެ. އަދި ތިމަން ނަބިއްޔާ ތިޔަބައިމީހުންގެ މައްޗަށް އަމުރުފުޅު ކުރެއްވި ކަންތައްތައް ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ކުރުން ހުއްޓެވެ."


މިގޮތުން ނަމާދަކީ، މުސްލިމް އަޅުތަކުން އެބައިމީހުންނަށް ކެރިކުޅަދާނަވީ ގޮތަކަށް ﷲ އަށް އަދާކުރަންޖެހޭ އަޅުކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. )يصلي المريض قائما فإن لم يستطع فعلى جنب( "ބަލިމީހާ ނަމާދު ކޮޅަށްހުރެ ކުރާށެވެ. އެފަދައިން ކުޅަދާނަނުވާ ނަމަ އިށީނދެ އިނދެގެން ނަމާދު ކުރާށެވެ. އަދި އިށީނދެ އިނދެގެން ކުޅަދާނަނުވާ ހިނދުގައި އެއްފަރާތަށް އޮށޯވެ އޮވެގެން ނަމާދު ކުރުން ހުއްޓެވެ." އަދި އެހެން ރިވާޔަތެއްގައިވެ އެވެ. )فإن لم يستطع فمستلقيا ورجلاه إلى القبلة( "ފަހެ، މިފަދައިން ކުޅަދާނަނުވާ ނަމަ، ދެފައި ޤިބްލައަށް ބަހައްޓައިގެން އުޑުތިލަމަތިން އޮވެ ނަމާދު ކުރާށެވެ."


ނަމާދުގައި ޝަރުޠުތަކާއި، ރުކުންތަކާއި، ވާޖިބުތަކާއި އަދި ސުންނަތްތަކެއްވެ އެވެ. ނަމާދު ކުރާމީހާއަށް ކުޅަދާނަވީ މިންވަރަކަށް މި ކަންތައްތައް ގެނެސްގަތުން ހުއްޓެވެ. މި ޢަމަލުތަކުގެ ތެރޭގައި އޭނާ ޤިޔާމުގައިހުރެ (ކޮޅަށްހުރެ) ގެނެސްގަންނަން ޖެހޭ ކަންތައްތައް، އިށީނދެ އިނދެގެން ގެންނަންޖެހޭ ކަންތައްތައް އަދި ސަޖިދައިގައި އޮވެ ގެންނަންޖެހޭ ކަންތައްތައްވެ އެވެ.
ފަހެ ނަމާދުގައިވާ މީހާ އޭނާ ޤިޔާމުގައި ހުރެ ގެނެސްގަންނަންޖެހޭ ކަންތަކަކީ، ހަރަމްބަންނަ ތަކްބީރު އަދި ފާތިޙާ ސޫރަތް ކިޔެވުން އަދި އެއަށްފަހު އޭނާއަށް ޤުރުއާނުން ފަސޭހަވެގެންވާ މިންވަރެއް ކިޔެވުމެވެ. އަދި ރުކޫޢު ކުރާނެ ގޮތަކީ އޭނާގެ ބޯ އަދި ބުރަށި ގުދުކޮށް އަތްތިލަ ކަކޫ މަތީގައި ބޭއްވޭނެ މިންވަރަށް ކުރިމައްޗަށް ގުދުވުމެވެ. އަދި އެގޮތުގައި އޮވެ سبحان ربي العظيم ކިޔާނީ އެވެ.


އަދި ބިންމަތީގައި އިށީނދެ އިނދެގެން ގެނެސްގަންނާނީ ސަޖިދަކުރުމާއި އައްތަހިޔާތު ކިޔުމެވެ. އަދި އެގޮތުގައި ސަޖިދައިގައި سبحان ربي الأعلى ކިޔާނީ އެވެ. އަދި (އައްތަހިޔާތު ކިޔައި) ސަލާމް ދޭނީ އެވެ.


މި ޢަމަލުތައް އަދާކުރާނެ ގޮތް :

އެމީހަކަށް ހަމައެކަނި ކުޅަދާނަވަނީ ކޮޅަށް ހުރުމާއި އިށީނުން ކަމުގައިވެ، ރުކޫޢު ކުރުމާއި ސަޖިދަ ކުރުމަށް ކުޅަދާނަ ނުވާނަމަ، ރުކޫޢު ކުރާނީ ކޮޅަށްހުރެ ކުރިމައްޗަށް ބޮލުން ގުދުވެގެންނެވެ. އަދި ސަޖިދަކުރާނީ އިށީނދެއިނދެ ބޮލުން ކުރިމައްޗަށް ގުދުވެގެންނެވެ.


އެމީހަކަށް ހަމައެކަކަނި ކުޅަދާނައީ އިނށީނުން ކަމުގައިވެ، ނަމާދަށް ކޮޅަށް ހުރުމަށް ކުޅަދާނަވެގެންނުވާ ނަމަ، އޭނާ އިށީނދެ އިނދެގެން ހަރަމްބަންނަ ތަކްބީރު ކިޔައި، ސޫރަތުލް ފާތިޙާ ކިޔަވައި އަދި އެއަށްފަހު ޤުރުއާނުން ފަސޭހަވެގެންވާ މިންވަރެއް ކިޔަވައި ރުކޫޢަށް ކުރިމައްޗަށް ގުދުވާނީ އެވެ. އަދި ކުޅަދާނަކަމުގައިވާ ނަމަ ބިންމައްޗަށް ސަޖިދަ ކުރާނީ އެވެ. (ބިންމައްޗަށް ސަޖިދަ ކުރަން ކުޅަދާނަނުވާ ނަމަ) އިށީނދެ އިނދެގެން ކުރިމައްޗަށް ބޯ ތިރިކޮށްގެން ސަޖިދަ ކުރާނީ އެވެ. އަދި ސަޖިދައިގައި ރުކޫޢަށްވުރެން ބޮޑަށް ބޯ ތިރިކުރާނީ އެވެ.


ނަމާދު އިށީނދެގެން އިނދެކުރާ މީހާ، އޭނާއަށް ކުޅަދާނަވެގެންވާ ނަމަ ހެޔޮކަން ބޮޑީ ބިންމަތީގައި އިށީނދެގެން އިނދެ ނަމާދުކުރުމެވެ. މިއީ އެންމެ ހެޔޮ އަދި ފުރިހަމަވެގެންވާ ގޮތެވެ. އެފަދައިން އޭނާއަށް ކުޅަދާނަވެގެން ނުވާނަމަ ގޮނޑީގައި އިށީނދެގެން އިނދެ ނަމާދުކުރާނީ އެވެ. ގޮނޑީގައި އިދެގެން ނަމާދުކުރާ ހިނދުގައި، ބިންމަތީގައި އިށީނދެގެން އިނދެ ނަމާދުކުރާ ގޮތަށް ޢަމަލު ކުރާނީ އެވެ. އަދި އޭނާ ނަމާދުކުރުމަށް ބޭނުންކުރާ ގޮނޑި ކުޅަދާނަވީ މިންވަރަކަށް ވީހާވެސް ކުޑަކުރުން (ސައިޒް ކުޑަކުރުން) ހުއްޓެވެ. އެއީ ބޮޑު ޖާގައެއް ނުދިނުމަށްޓަކައެވެ. އަދި ދެފަރާތުގައި ނަމާދުކުރާ މީހުންނަށާއި ފަހަތުސަފުގައި ނަމާދުކުރާ މީހުންނަށް އަދި ކުރިމަތީގައި ނާމާދުކުރާ މީހުންނަށް ދަތިވިޔަ ނުދިނުމަށްޓަކައެވެ. އަދި ގޮނޑި ބަހައްޓާނީ ނަމާދަށް ހެދޭ ސަފާއި އެއްހަމައެއްގަ އެވެ. އަދި ގޮނޑީގައި ނަމާދުކުރާ މީހާ، އިމާމްވެ ނަމާދުކުރާ މީހާގެ ފަހަތުގައި ހުރެގެން ނުވާނެ އެވެ. ސަބަބަކީ އެމަޤާމަކީ އިމާމްވެ ނަމާދުކުރާ މީހާ ޙާޖަތެއް މެދުވެރިވެގެން އެހެން މީހަކު އިމާމްގެ މަޤާމަށް އަރަން ޖެހިއްޖެ ހިނދުގައި ސިއްޙަތު ސަލާމަތުން ތިބޭ މީސްތަކުން ތިބެންހުންނަ މަޤާމެކެވެ. ނުވަތަ ނަމާދުގައި ޤުރުއާން ކިޔަވާތަން އޮޅިއްޖެ ހިނދުގައި އެ ބަޔާންކޮށްދިނުމަށް އެކަށީގެންވާ މީހުން ތިބެންޖެހޭ މަޤާމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. )ليلني منكم أولو الأحلام و النهى( "ތިޔަބައިމީހުންގެ ތެރެއިން ތަސައްރަފު ފުދިގެންވާ އަދި ވިސްނުންތޫނުފިލި ޤާބިލް މީސްތަކުން ތިމަންނަބިއްޔާ ފަހަތުގައި ނަމާދުގައި ތިބޭށެވެ."


                                         ލިޔުއްވީ
                                صالح بن فوزان الفوزان
                             ހައިއަތުކިބާރު ޢިލްމުވެރިންގެ މެންބަރެއް
                                   17- 08 -1433
****
ބަސްތައް ނަގާފައިވަނީ : http://goo.gl/1PeI9F

ނަމާދު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ނަމާދު ނުކޮށް އެހެން އަޅުކަން ކުރާ މީހާގެ ޙުކުމް - الشَّيْخ الإِمَام العَلامة عَبد العَزِيز بن باز رحمه الله | 26 އޭޕްރީލް 2020

 ނަމާދުގައި ހުންނަ މީހާ މައްޗަށް (އުޑަށް) ބެލުން ނަހީ ކުރެވިގެން ވުން، ބޮޑުވެގެންވާ ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله | 03 މާރޗް 2019

 ބޮޑުކަމު ނުވަތަ ކުޑަގިފިއްޔަށް ދާން ޖެހިފައިވާ މީހަކު، އެ ހިފައްޓައިގެން ހުރެ ނަމާދު ކުރުމުގެ ޙުކުމް - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله | 01 މާރޗް 2019

 ނަމާދަށް ހުއްޓާ ޙަދަޘަވެރިވީ، އެހެނަސް މީހުން އޭނާއަށް ބަލާނެތީވެ ލަދުން ނަމާދުން ނުނިކުންނަ މީހާގެ ޙުކުމް - الشيخُ العلاَّمة صَالح الفَوزَان حفظه الله | 17 ޑިސެމްބަރ 2017

 މައުމޫމުން ނަމާދުކޮށް އަވަދިވުމުން ތެދުވާނީ ކޮންއިރަކުން - شَّيْخ الإِسلاَم ابن تَيْميَّة رحمه الله | 16 ޑިސެމްބަރ 2017

ފަތިސް ނަމާދަށް ރައްކާތެރިވެއްޖެ މީހާއަށް، ބަޔާންވެގެންވާ އުފާވެރިކަމުގެ ދިހަ ޚަބަރު - ނަބިއްޔާ صلى الله عليه وسلم | 13 ޖުލައި 2017

ޖުނުބުވެރިވެފައިވާކަން ނޭނގިހުރެ ނަމާދުކުރި މީހާގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 15 އޮކްޓޯބަރ 2016

ގަމަތް ދެވުމަށް ފަހު ސުންނަތް ނަމާދު އަދާކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 09 އޮކްޓޯބަރ 2016

ދަރިން ފަތިސްނަމާދަށް ހޭލެއްވުން - الشَّيْخُ العلامة عَبْدُ العَزِيْزِ آلُ الشَّيْخ حفظه الله | 07 މެއި 2016

ކަޢުބާ ކުރަހާފައި ހުންނަ މުސައްލާތަކުގައި ނަމާދުކުރުން - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 15 ޖެނުއަރީ 2016

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...