 މިސްކިތައް ގޮސް ވަދެ ނުކުމެހަދާ އުޚްތުންނަށް ނަޞޭޙަތެއް - الشَّيْخُ عُبَيْدُ الجَابِرِيْ حَفِظَهُ الله

ކެޓަގަރީ ތަރާވީހް

ސުވާލު: މި ހެޔޮވެގެންވާ މައްސަރުގެ މުނާސަބަތުގައި އަންހެން ކަނބަލުންގެ ތެރެއިން މިސްކިތައް ގޮސް ވަދެ ނުކުމެހަދާ އަންހެނުންނަށް ޝެއިޚްގެ ފަރާތުން ނަޞޭޙަތެއް ބަޔާންކޮށްދިނުން އެދެމެވެ. އެއީ އަންހެން ކަނބަލުން އެބައިމީހުން ގެ ތެރެއިން ގިނަ އަންހެނުން ނުވަތަ ހުރިހައި އަންހެނުން މިސްކިތައް ދަނީ މީރުވަސްދުވާ އެއްޗެހި ބޭނުންކޮށް އަދި ޒީނަތްތެރިކަން ފާޅުކޮށްގެންތިބެ އެވެ. ﷲ ޝެއިޚްއަށް ހެޔޮޖަޒާ މިންވަރު ކުރައްވާނދޭވެ.

 

 

ޖަވާބު: ތިޔަ އަންހެން ކަނބަލުންތައް –ބަޔާންކޮށްދިން ބަސްތަކަކީ ތެދު ބަސްތަކެއް ކަމުގައިވާނަމަ- ވަނީ ހެޔޮވެގެންވާ ޢަމަލާއި ނުބައި ވެގެންވާ ޢަމަލު އެއްކޮށްފަ އެވެ.


ފުރަތަމައީ : އެކަމުގެ ޙުކުމް އޮޅުންފިލައިފައި ވާނަމަ އެކަންތަކުން ތަޥްބާވުމެވެ. އަދި ﷲ އަށް އިސްތިޣްފާރު ދެންނެވުމެވެ.


ދެވަނައީ : މީރުވަސްދުވާ އެއްޗެހި ބޭނުން ނުކޮށް، ޒީނަތްތެރިކަން ފާޅުނުވާގޮތުގައި މިސްކިތައް ނުކުމަކީ މައްސަލައެއް އޮތް ކަމެއްނޫނެވެ. ހަމަކަށަވަރުން، (މީރުވަސް ދުވާ އެއްޗެހި ބޭނުންކުރުމާއި، ޒީނަތްތެރިކަން ފާޅުކުރުމަކީ) ބޮޑުވެގެންވާ ފާފަ އެކުލެވޭ ކަމެކެވެ.
ފަހެ، ކޮންމެ މުސްލިމު އަންހެނަކަށް ވާޖިބުވެގެންވަނީ، ގެއިން ނުކުމެއްޖެ ނަމަ މިފަދައިން ނުކުތުމެވެ.


   ފުރަތަމައީ: އަޅުކަމަކަށް ނުކުތުން.  ދެވަނައީ: ޒީނަތްތެރިކަން ފާޅުނުވާ ގޮތުގައި އަދި އަތަރު ފަދަ މީރުވަސްދުވާ އެއްޗެހި ބޭނުން ނުކޮށް ނުކުތުމެވެ. އާއެކެވެ.


ފަތުވާ ނަގާފައިވަނީ : http://goo.gl/2igWGD

 

Like what you see?

Close

Hit the buttons below to follow us, you won't regret it...