ތަރާވީޙް ނަމާދުގައި މުޞްޙަފުން ކިޔެވުން މިފަދަ ޙާލަތުގައި ހެޔޮކަން ބޮޑު! - الشَّيخ د. عَبد الله بن صَلْفِيق الظفيري حفظه الله

ސުވާލު: އަހަރެމެންގެ ޝެއިޚް އެވެ. ﷲ ޝެއިޚް އަށް ބަރަކާތް ލައްވާށި އެވެ. ސަރުކާރު އޮފީހެއްގައި ރަށެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ސުވާލުކޮށް ބުނެ އެވެ. މީސްތަކުން ގޮވައިގެން ތަރާވީޙް ނަމާދު ކުރުމަށް އިމާމެއް ހޯދުމަށްޓަކައި އެބައިމީހުން ވަރަށްބޮޑު ޚަރަދެއް ކުރެ އެވެ. ރަމަޟާން މަހަށް ހަނދުބެލުމުގެ ކުރިން އެބައިމީހުން ޙާފިޝެއް ހޯދަ އެވެ. އަދި އޭނާއަށް ދޭން ޖެހޭ އުޖޫރައާމެދު، ދެފަރާތުން އެއްބަސްވެ އެވެ. ސަބަބަކީ، މިސްކިތުގެ ރަސްމީ އިމާމަކީ ހާފިޝަކަށް ނުވުމެވެ.
ސުވާލުގައި ބުނެ އެވެ. އެއް މަސްދުވަހުގެ މުއްދަތެއްގައި ތަރާވީޙް ނަމާދުކުރާ މި އިމާމްއަށް ވަރަށްބޮޑު ޢަދަދެއް ހޭދަކުރަން ޖެހެ އެވެ. ރަށުގައި ފަޤީރުންނާއި މިސްކީނުން އުޅެ އެވެ. އެ އާއިލާތަކުގެ ޙާލަތު މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އެވެ. އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން މިގޮތުގައި މަސައްކަތް ކުރަނީ މީސްތަކުން އެބައިމީހުން ރަމަޟާން މަހުގެ ދުވަސްތަކުގައި ނަމާދު ކުރުމުގައި ހިތްހަމަޖެއްސުމަށްޓަކަ އެވެ. އަދި މިސްކިތަށް ތަރާވީޙް ނަމާދަށް އަންނަ މީހުންގެ ޢަދަދު (ޢާންމުކޮށް) ދެ ސަފު ނުވަތަ ތިން ސަފަށްވުރެ އިތުރެއް ނުވާނެ އެވެ.
މިސްކިތުގެ ރަސްމީ އިމާމް މުޞްޙަފުން ކިޔެވުން ނުވަތަ އެބައިމީހުން މި ޢަމަލުކުރާ ގޮތުގެ ތެރެއިން އެންމެ ރަނގަޅީ ކޮން ގޮތެއް ހެއްޔެވެ؟
ޖަވާބު: "ޙާފިޝެއް ލައްވައި ނަމާދު ކުރުމަކީ އެއީ އެންމެ ހެޔޮ އަދި ރަނގަޅު ގޮތެވެ. އަދި މުޞްޙަފުން ކިޔެވުން ހުއްދަވެގެންވެ އެވެ. މި ދެ ޙާލަތުގެ ތެރެއިން : ފަޤީރުންނަށް ފައިސާ ޞަދަޤާތް ކުރުމާއި ނަމާދު ކުރުމަށް ޙާފިޝަކު ހޯދުން، މި ދެކަންތަކުގެ ދެމެދުގައި އިޚްތިޔާރުކުރުން އޮތްގޮތަކީ، ފަހެ، އެންމެ ހެޔޮކަންބޮޑީ ފަޤީރުންނަށް އެފައިސާ ހޭދަކުރުމެވެ. އަދި ޤުރުއާން ހިތުދަސް މީހެއް ނޫންނަމަ މުޞްޙަފުން ކިޔެވުމެވެ."
*****
ބަސްތައް ނަގާފައިވަނީ : https://goo.gl/oi3c7z