ރަވާތިބު ސުންނަތް ޤަޟާކުރުން - سماحة الشَّيْخ عَبْد العزيز آل الشيخ حفظه الله

ކެޓަގަރީ ރަވާތިބު ސުންނަތް

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


سماحة الشَّيْخ عَبْد العزيز آل الشيخ حفظه الله

ރަވާތިބު ސުންނަތް ޤަޟާކުރުން 

ސުވާލު: ސުންނަތް ނަމާދުތަކާއި މެދުގައި ބުނެމެވެ. އަހަރެންނަށް އެއިން ސުންނަތް ނަމާދެއް ފާއިތުވެ ދިއުމުން، އެ ނަމާދު ޤަޟާކުރެވޭނެތޯ އެވެ؟
ޖަވާބު: ފަރުޟު ނަމާދުގެ ކުރިން އަދި ފަރުޟު ނަމާދުގެ ފަހުން ކުރާ ރަވާތިބު ސުންނަތްތައް ޤަޟާ ކުރެވޭނެ އެވެ. ސަބަބަކީ ނަބިއްޔާ صلَّى اللهُ عليه وسلم މެންދުރު ނަމާދުގެ ފަހު ދެ ރަކުޢަތް ނުކުރެވި، މަޝްޣޫލުވެ އުޅެން ޖެހުމުން، އެ ދެ ރަކުޢަތް ޢަޞްރު ނަމާދު ފަހުން ޤަޟާ ކުރެއްވި އެވެ.  

*****

ބަސްތައް ނަގާފައިވަނީ : https://t.co/2LJK6zHt5M/s/wn-h


Like what you see?

Close

Hit the buttons below to follow us, you won't regret it...