މައްޔިތާއަށް ނިޞްބަތްކޮށް އަލް-މަރުޙޫމް ކިޔުން - العَلَّامَة الشَّيخ صَالح الفَوزَان حفظه الله

ކެޓަގަރީ އަދަބު އަޚުލާޤު - الآداب والأخلاق

 

العَلَّامَة الشَّيخ صَالح الفَوزَان حفظه الله ވިދާޅުވިއެވެ.

ތިޔައީ ކުށެކެވެ. مَرحُوم މަރްހޫމް (ރަޙްމަތް ލިބިގެންވާ ފަރާތް) އޭ ކިޔައިގެން ނުވާނެ އެވެ. އަދި مَغْفُور له މަޣްފޫރުލަހޫ (ފާފަ ފުއްސެވިގެންވާ ފަރާތް) ކިޔައިގެންވެސް ނުވާނެ އެވެ. ސަބަބަކީ މީގެ މާނައަކީ އެމީހެއްގެ މައްޗަށް ޔަޤީން ކަށަވަރު ކަމާއެކު ބުނުމެވެ. އެހެނަސް އެފަދަމީހަކަށް އަހަރެމެން ބުނާނީ غَفَرَ اللهُ لَهُ (ﷲ އޭނާއަށް ފާފަ ފުއްސަވާނދޭވެ.) މިފަދައިންނެވެ. ނުވަތަ އެފަދަ މީހާއަށް ބުނާނީ رَحِمَه اللهُ (ﷲ އޭނާއަށް ރަޙްމަތް ލައްވާނދޭވެ.) މިފަދައިންނެވެ. ބުނަންޖެހޭނީ މިފަދައިންނެވެ. މުސްލިމުންގެ އިމާމުން ޤާއިމްވެފައިވަނީ މިގޮތުގެ މަތީގަ އެވެ. އެހެނަސް (މަރުވެފައިވާ މީހާއަށް ނިސްބަތްކޮށް) مَغْفُور له ނުވަތަ މަރްހޫމް އޭ ބުނުމަކީ ކުށެކެވެ. (ފަތުވާ ނަގާފައިވަނީ : https://goo.gl/Cpz5Bj)

Like what you see?

Close

Hit the buttons below to follow us, you won't regret it...