ހަށިގަނޑުގައި ޒަހަމްތަކެއް ހުރި މިހާ ހިނައިގަންނާނެ ގޮތް - الشيخ العلامة عبيد الجابري حَفِظَه الله

ކެޓަގަރީ ޠަޙާރަތު

ސުވާލު ކުރާ މީހާ : އަހަރެމެންގެ ޝެއިޚް އެވެ. ޝެއިޚް އަށް ﷲ ބަރަކާތް ލައްވާށި އެވެ. ސުވާލުގައިވެ އެވެ. މީހަކު އޭނާގެ ބޮލަށް ޒަހަމްތަކެއްލިބިފައި ފާރުގަނޑެއް ހުއްޓާ އޭނާ ޖުނުބުވެރި ޙާލަތަށް ދިޔައީ އެވެ. އޭނާއަށް އެ ހިނދުގައި ހިނައިގަތުމާއި އެކު ތަޔައްމުމު ކުރުން ޖަމްޢު ކުރެވިދާނެ ތޯ އެވެ؟ ނުވަތަ ހިނައި ގަތުމަށްފަހުގައި އެ ފާރުގަނޑުގައި ފެން ފުހެލުމުން ފުދޭނެ ތޯ އެވެ؟


ޖަވާބު : ވުޟޫކުރުމުން ފުދޭނެ އެވެ. އަދި ބޭސްއަޅާފައިވާ ތަނުގެ މަތީގައި އޭނާ ފެން ފުހެލާނީ އެވެ.
ސުވާލު ކުރާ މީހާ : މިތަނުގެ މާނައަކީ ޖުނުބުވެރިވެ، ފެނުން ހިނައިގަންނަ ވާހަކަ އެވެ.
ޖަވާބު : އާއެކެވެ. ޖުނުބުވެރި ހާލުގައިވާ ހިނދުގައި، އޭނާގެ ބޯ ނުދޮވެ ހަށިގަނޑު އެކުއެކީގައި ދޮންނާށެވެ. އަދި ބޮލުގައި ފެން ފުހޭނީ އެވެ. އާއެކެވެ.
****
ފަތުވާ ނަގާފައިވަނީ : http://t.co/2hquo0hvF4/s/SOgq

Like what you see?

Close

Hit the buttons below to follow us, you won't regret it...