 ޙައިޟުވެރިޔާ ތިލާވަތުގެ ސަޖިދަ ޖެހުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله

ކެޓަގަރީ ތިލާވަތުގެ ސަޖިދަ

ސުވާލު: ތިލާވަތުގެ ސަޖިދަ ޖެހުން ޙައިޟުވެފައިވާ އަންހެނާއަށް ހުއްދަވެގެންވޭތޯ އެވެ؟


ޖަވާބު: ޞައްޙަ ބުނުމަކީ (ޙައިޟުވެރިޔާ) ޤުރްއާން ހިތުން ކިޔެވުމާއި، ސަޖިދަ ޖެހުމުގައި ފާފައެއް ނެތުމެވެ. ޞައްޙަ ބުނުމަކީ މިއީ އެވެ. މުޞްޙަފުން ކިޔެވުމެއް ނޫނެވެ. އެހެން ނަމަވެސް ހިތުން ކިޔެވުމެވެ. އެއީ އެ އަންހެނާ ޖުނުބުވެރިޔާއާ އެއްފަދަވެގެން ނުވާތީ އެވެ. ޖުނުބުވެރިކަމުގެ މުއްދަތަކީ ކުރު މުއްދަތެކެވެ. ޖުނުބުވެރިޔާ ހިނައިގަތުމަށް ފަހު ކިޔެވޭނެ އެވެ. ޖުނުބުވެރިޔާ (ޤުރްއާން) ކިޔަވައިގެން ނުވާނެ އެވެ. އެހެން ނަމަވެސް ޙައިޟުވެރިޔާ އަދި ނިފާސްވެރިޔާގެ މުއްދަތު ދިގުވެގެންވެ އެވެ. އަދި ޞައްޙަ ބުނުމަކީ އެ ދެ މީހުންނަށް ހިތުން ކިޔެވުން ހުއްދަވެގެންވުމެވެ. ފަހެ އެ ދެ މީހުން ތިލާވަތުގެ ސަޖިދައިން އާޔަތެއް ކިޔަވައިފި ނަމަ ސަޖިދަ ކުރާނީ އެވެ. އެއީ ޤުރުއާން ކިޔަވާ އިރު ސަޖިދަ ކުރުމަކީ ނަމާދެއް ނޫނެވެ. އެއީ ނަމާދެއް ނޫނެވެ. ހަމަކަށަވަރުން އެއީ ޛިކުރުކުރުމާ އެއްފަދައިން الله އަށް ނިކަމެތިކަމާ އެކު ބޯލެނބުމެވެ.

◇  ◇  ◇

ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد العاشر، كتاب الصلاة القسم الخامس، باب السنن الرواتب، حكم سجود التلاوة للحائض، ج10، ص462، فتوى رقم: 210.
ސައިޓް ލިންކް: https://goo.gl/mT3Wuo

Like what you see?

Close

Hit the buttons below to follow us, you won't regret it...