 އެކި އަހަރު އެކި ދުވަހު ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ދިވެހިންނަށް ފަތުވާދިން މީހާގެ ފަތުވާގެ ހަޤީޤަތް - ސަޢުދީ ޢިލްމުވެރިޔާ الشَّيْخ الدكتورعَبْدُ اللهِ الظفيري حفظه الله އަދި الشيخ الدكتور عرفات المحمدي حفظه الله

ޝާއިޢުކުރީ: މައްކްތަބާ ސަލަފިއްޔާ. ކެޓަގަރީ ފަތުވާ ދިނުމުގެ މައްޗަށް ސަލަފުންގެ މަންޙަޖު

އަހަރެމެން ދިރިއުޅެމުންދާ ޒަމާނަކީ ޢިލްމު ޖާހިލުކަމަށް ބަދުލުވެ، ޖާހިލުކަން ޢިލްމަށް ބަދަލުވެފައިވާ ޒަމާނެ ކެވެ. ޢިލްމުވެރިންގެ މަންޒިލާއި މަޤާމް އާންމުނަށްވަނީ ވަންހަނާވެފަ އެވެ. އޭގެ އިތުރަށް، ޢިލުމުވެރިން ވަނީ ޖާހިލުންނަށް ބަދަލުވެފަ އެވެ. އަދި ޖާހިލުންވަނީ ޢިލްމުވެރިނަށް ބަދަލުވެފަ އެވެ. ދީނުގެ ނަމުގައި ފަތުވާ ދިނުމަކީ ނުހަނު ލުއިފަސޭހަ ކަމަކަށް ބަޔަކަށް ވެއްޖެ އެވެ. ޖަވާބު ނުދެވޭ ސުވާލެއް ނެތެވެ. ތިރީގައި އެވަނީ "ދީނަކީ ނަޞޭހަތެއް" ކަމަށް ބުނެ ހިންގާ ވައިބާ ގްރޫޕެއްގައި "މުދައްރިސުންގެ ދުވަސް" ފާހަގަކުރުން ހުއްދަކޮށް ބަޔާންކޮށްފައިވާ ފަތުވާ އެކެވެ.

20171006-fatwa-iyaz.jpg

މި ފަތުވާގެ ހަޤީޤަތް ހޯދުމަށް ސައުދީގެ ޢިލްމުވެރިންނަށް ސުވާލު ފޮނުވުނެވެ.

ސުވާލު: އަހަރެމެންގެ ޝެއިޚް އެވެ. ﷲ ޝެއިޚްއަށް ބަރަކާތް ލައްވާށި އެވެ. ޓީޗަރުންގެ ދުވަސް، ނަމުގައި ހުރިހާ ސުކޫލެއްގައި އެ ދުވަސް ފާހަގަ ކުރެއެވެ. އެ ދުވަހަކީ އޮކްޓޯބަރ 5 ވަނަ ދުވަހެވެ. سبحان الله ބޮޑެތި ހަފްލާތައް ބާއްވާ ފާހަގަކުރެ އެވެ. ބޮޑެތި ޚަރަދުތައްކޮށް، ހަދިޔާ ބަހަ އެވެ. މިކަންތައްތައް ﷲ މޮޅަށް ދެނެވޮޑިގެން ވެއެވެ. އަހަރެމެންގެ ޤައުމުގެ މީހަކު ފަތުވާ ދިނީ އަހަރުގެ އެކި ދުވަސްތަކުގައި އެކަން ފަހަގަ ކުރަންޏާ އެއީ މައްސަލައެއް ނޫން ކަމަށެވެ. މިސާލަކަށް މިއަހަރު 3 އޮކްޓޯބަރ ގައި، އަންނަ އަހަރު 6 ގައެވެ. އެހެންވިއްޔާ މައްސަލައެއް ނެތެވެ. މީގެ މައްޗަށް ޝެއިޚުގެ ނަޞޭޙަތަކީ ކޮބައިތޯ އެވެ. بارك الله فيكم

الشَّيْخ الدكتورعَبْدُ اللهِ الظفيري حفظه الله ގެ ޖަވާބު: ތިހުރިހާ ކަންތައްތަކަކީވެސް ބިދުޢަ ތެކެވެ. ﷲ އަހަރެމެންނަށް ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ޢިދުތައް މެނުވީ ނުވެ އެވެ. ފިތުރު ޢީދާއި އަޟްހާ ޢީދު އެވެ.

الشيخ الدكتور عرفات المحمدي حفظه الله ގެ ޖަވާބު: ހުއްދަ އެއް ނުވާނެ އެވެ.
 

 

ފަތުވާ ހޯދަން ޖެހޭނީ ޢިލްމުގައި ފުންނާބުއުސް ޢިލްމުވެރިންގެ ފަރާތުން

الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ”ފަތުވާތައް ނަގަންޖެހޭނީ (ހޯދަން ޖެހޭނީ) ޢިލްމުގައި ފާޅުވެ ޢިލްމާއި ފިޤުހުގައި ބަޔާންވެގެންވާ ޢިލްމުވެރިންގެ ފަރާތުންނެވެ.“ شرح إغاثة اللهفان 25-06-1437 ه

 

ޢިލްމު ނެތްނަމަ "އަހަރެންނަށް ނޭނގޭ" ބުނުމަކީ ޝަރެފެކެވެ.

ޙައްޤު ޢިލްމުވެރިންނާއި އެ ޢިލްމުވެރިން މީސްތަކުންނަށް ބަޔާންކޮށް ތަޢާރުފް ކޮށްދިންނަމަ، އެއީ ކޮންފަދަ ހެޔޮކަމެއް ތޯ އެވެ؟ އަޚުންނޭވެ! ﷲ ގެ ދީނުގައި ދެމިތިބި ހައްޤު، ޙަޤީޤީ ޢިލްމުވެރިން ދެނެގަންނާށެވެ. މި މީސްތަކުން ޢާންމު ރައްޔިތުންނަށް ޙައްޤު ޢިލްމާއި އެ ޢިލްމުވެރިން ކޮބައިކަން އޮޅުންފިލުވައިނުދީ، މީސްތަލުން އެމީހުންގެ އަތްމައްޗަށް ތަރުބިއްޔަތުކޮށް، ފަތުވާ ތަކުގެ މައްޗަށް ގެންދިއުމުން އެމީހުން އެދޭ، ބޭނުންވާ ގޮތްތަކަށް ގެންގުޅެވެ އެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ! ތިމާމެންނަކީ ޢިލްމުވެރިންނަށްވެ، ޢާންމު މީސްތަކުންނަށް ޙައްޤު ޢިލްމުވެރިން ވަންހަނާކުރި މީސްތަކުންގެ ނުބައި ނުލަފާކަމާ އެވެ! އަޚުންނޭވެ! ﷲ ގެ ދީނުގައި ދެމިތިއްބެވި ހައްޤު، ޙަޤީޤީ ޢިލްމުވެރިން ދެނެގަންނާށެވެ.

الإِمام  الشعبي رحمه الله އަރިހުގައި އެއްފަހަރަކު ސުވާލެއް ދެންނެވުނެވެ. އެހިނދު ވިދާޅުވި އެވެ. ”އަހަރެންނަށް ނޭނގޭ“ އެ ހިނދު މީސްތަކުން ދެންނެވި އެވެ. ތިފަދަ ބޮޑު ޤަދަރުވެރި އިމާމެއް އަހަރެންނަށް ނޭނގޭ ބުނަން ލަދުނުގަންނަ ހެއްޔެވެ؟ ވިދާޅުވި އެވެ.”އެފަދައިން ވިދާޅުވުމަށް މަލާއިކަތުން ލަދުވެތިވެވަޑައި ނުގަންނަވާ ހިނދުގައި އަހަރެން ލަދުވެތިވާން ނުޖެހެ އެވެ. މަލާއިކަތުން ދެންނެވި އެވެ. ﴿ لَا عِلْمَ لَنَا إلَّا مَا عَلَّمْتَنَا ﴾ البقرة: 32“

ابن سرح رحمه الله ވިދާޅުވެފައިވެ އެވެ. ”އަހަރެމެންގެ މި ޒަމާނުގައި ”އަހަރެންނަށް ނޭނގޭ “ ބުނުމަކީ ޢައިބެއް ކަމުގައިވެއްޖެ އެވެ.“ الكامل لابن عدي (1/93)

ބުނަމެވެ. މިއީ ހިޖުރައިން 250 ގައި ދުނިޔެ ދޫކުރެއްވި އިމާމް ވިދާޅުވެފައިވާ ބަސްފުޅެވެ. އެބޭކަލުންނަކީ ފަތުވާ ދެއްވުމަށް ކުޅަދާނަ، ކެރިވަޑައިގަންނަވާ،  އެކަށީގެންވާ ބައެއްކަމުގައި ދުވަހުކުވެސް ޙައްޤު ޢިލްމުވެރިއެއްގެ ފަރާތުން އަޑެއް ނީވޭނެ އެވެ. މިއަދު މިވަނީ ތިލަފަތް އިދިފުށަށް ޖެހި، އެކަމަށް ތިމަންނައަކީ ޤާބިލް ކުލަދާނަ މީހެއްކަމުގައި ބުނެވޭ ޒަމާނެއް އައިސްފަ އެވެ!

Like what you see?

Close

Hit the buttons below to follow us, you won't regret it...