މައިން ބަފައިންނަށް ދުޢާކޮށްދިނުން ހަނދާންނައްތައި ނުލުން - الشَّيْخ عَبدُ الله بن حُمَيد رحمه الله

ކެޓަގަރީ މައިންބަފައިންނަށް އިޙްސާންތެރިވުން بر الوالدين

ސުވާލު: ބައެއް މީހުން ބުނެ އެވެ. ހުވަފެނުގައި މަންމައިން ފެނިއްޖެ ހިނދުގައި، އޭގެ މާނައަކީ މައިންބައިންވަނީ ކަންކަމަށް ބޭނުންވެެފައި އެވެ. މިޘާލަކަށް ކާބޯތަކެއްޗަށް އަދި މި ނޫންވެސް އެކިއެކި ކަންތައްތަކަށް ބޭނުން ޖެހިފަ އެވެ. މިއީ ޞައްޙަ ވާހަކައެއްތޯ އެވެ؟
ޖަވާބު:
މަރުވެފައިވާ މައްޔިތާ ވަނީ އަބަދުވެސް ބޭނުންޖެހިފަ އެވެ. އެއީ މައްޔިތާއަށް ޞަދަޤާތް ކޮށްދިނުމަށާއި ދުޢާ ކޮށްދިނުމަށެވެ.

 

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (اذا مات ابن آدم انقطع عمله الا من ثلاث : صدقة جارية، أو ولد صالح يدعو له، أو علم ينتفع به) "އާދަމުގެ ދަރިޔާ ދުނިޔެ ދޫކުރުމާއެކު، ތިން ކަމަކުން މެނުވީ އެންމެހައި ޢަމަލުތަކެއް މެދުކެނޑިގެންދެ އެވެ. މެދުކެނޑުމެއް ނުވާ ގޮތުގައި ހިނގަހިނގާހުންނަ ޞަދަޤާތެވެ. ނުވަތަ ޞާލިޙް ދަރިއަކު ދުޢާ ކޮށްދިނުމެވެ. ނުވަތަ ފައިދާ ކުރާނެ ޢިލްމެއް ފިޔަވަ އެވެ."
 

ފަހެ، ޞާލިޙް ދަރިއަކު މައިންބަފައިންނަށް ދުޢާކޮށްދިނުމުން، އެކަން ﷲ ޤަބޫލުވޮޑިގަންނަވާނެ އެވެ. އަދި އޭގެ ޘަވާބު މައްޔިތާ ހަމައަށް ފޯރާނެ އެވެ. ފަހެ، މައްޔިތާވަނީ ދުޢާ އަށް އަދި ޞަދަޤާތަށް ބޭނުންޖެހިފަ އެވެ.
ފަހެ، މައިންބަފައިންނަށް ދުޢާ ކޮށްދިނުމާއި، ޞަދަޤާތް ކޮށްދިނުން އަދި ފާފަފުއްސެވުމަށް އެދި ދެންނެވުމުގެ މައްޗަށް ދަރިފުޅު ހަނދާންނައްތައިގެން ނުވާނެ އެވެ. އެއީ އިސްވެ ބަޔާންކުރެވުނު ޙަދީޘްގައި ޛިކުރު ކުރެވިފައިވާ ފަދައިންނެވެ."
  

ފަތުވާ ނަގާފައިވަނީ : فتاوى نور على الدرب للعلامة عبد الله بن حميد ص 162

Like what you see?

Close

Hit the buttons below to follow us, you won't regret it...