ކުރީގެ ހެޔޮލަފާ ޞަލަފުއް ޞާލިހުންގެ ޢިލްމުވެރިންގެ ބަސްފުޅުތަށް ފަހުމުވުމަށް މިހާރުގެ ސުންނަތުގެ ޢިލްމުވެރިންނަށް ރުޖޫޢަވުމުގެ ވާޖިބު - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله

ކެޓަގަރީ ޢިލްމު ވެރިންގެ މަތިވެރިކަން

الشَّيْخ العلامة رَبِيْعُ –حفظه الله- ވިދާޅުވެފައިވެއެވެ.

"ސަމާލުވެ ތިބުމަށްޓަކައި ބަޔާންކުރަމެވެ. ޖޯޝާއި ފޯރީގައި ތިބޭ ބައެއް ޒުވާންކުދިން، އުއްމަތުގެ ސަލަފުން ލިޔެފައިވާ ފޮތްތައް ކިޔައިހަދައި އެވެ. އެހެނަސް އެ (ފޮތުގައި ބަޔާންވެގެންވާ) އަޘަރުތައް އެކަށީގެންވާ ގޮތުގައި އޭގެ މަންޒިލުތަކަށް ތަންފީޛު ކުރުމަށް ކުޅަދާނައެއް ނޫނެވެ. އަދި އެ އަޘަރުތައް ގެންދަން ޖެހޭ ތަންތަނަކަށް ނުގެންދެވެ އެވެ. ފަހެ، ކޮންމެހެންވެސް އެކަންތައްތަކަށް ޢަމަލުކުރުމަށްޓަކައި (ތަންފީޛު ކުރުމަށްޓަކައި) ޢިލްމުވެރިންނަށް ރުޖޫޢަވުން ހުއްޓެވެ. ސަބަބަކީ އޭނާއަށް ނުބައިގޮތުގައި ވިސްނިފައިވާ އަމިއްލަ ފަހުމުގެ މައްޗަށް ބައެއް ކަންތައްތައް ތަންފީޛު ކުރުމަށް އުޅުމުން އޭނާގެ އަމިއްލަ ނަފްސަށް ގެންލުންވެ އަދި މުސްލިމުންނަށާއި އިސްލާމްދީނަށް އެކަމުގެ ގެއްލުން ލިބެ އެވެ." (مرحبا يا طالب العلم ص 459 )

 

Like what you see?

Close

Hit the buttons below to follow us, you won't regret it...