ސަރުކާރުގެ ރަސްމީ އަގަށް ޑޮލަރު ގަނެފަ ކަޅުބާޒާރުގައި ވިއްކުން - الشيخُ مُحَمَّدُ بِنْ عُمر سالم بازمول حفظه الله

ކެޓަގަރީ ވިޔަފާރި البيوع


ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


  الشيخُ مُحَمَّدُ بِنْ عُمر سالم بازمول حفظه الله

ސަރުކާރުގެ ރަސްމީ އަގަށް ޑޮލަރު ގަނެފަ ކަޅުބާޒާރުގައި ވިއްކުން 

ސުވާލު: ބޭންކުތަކުން ރަސްމީ އަގުގައި ޑޮލަރު ގަނެ، އެއަށްފަހުގައި ކަޅު ބާޒާރުގައި އެ ޑޮލަރުތައް ވިއްކުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އެހެނީ އަހަރެމެންގެ ޤައުމުގައި، ކަޅުބާރާޒުގައި ޑޮލަރުގެ އަގު މަތިވެފައިވަނީ ކަންބޮޑުވާހާ މިންވަރަށެވެ. އަދި ގާތްގަނޑަކަށް ރަސްމީ އަގާއި ކަޅުބާޒާރުގެ އަގު 3 ދީނާރުގެ ތަފާތު އުޅެ އެވެ.

 

ޖަވާބު: ތަފާތު ދެ ފައިސާ، އެއްފައިސާއަށް އަނެއްފައިސާ ވިއްކުން (އެކްސްޗޭންޖު) ކުރުން ޝަރުޠަކާ އެކު ހުއްދަވެގެންވެ އެވެ. އެއީ ވަޤުތުން ވަޤުތަށް އަތުން އަތަށް ބަދަލުވުމެވެ.

"އެހެނަސް ވަލިއްޔުލް އަމްރު، އެކަމަށް ޚާއްޞަ ކުރެވިފައިވާ ތަންތަނުން، ރަސްމީ އަގަކަށް ކަނޑައަޅާފައިވާ އަގަކަށް ނޫނީ ވިއްކުން މަނާކޮށްފައިވާނަމަ، ފަހެ އެހިނދުގައި ވާޖިބުވެގެންވަނީ ވެރިޔާއަށް ކިޔަމަންވެ އަޑުއެހުމެވެ.

والله الموفق.

 

 ފަތުވާ ނަގާފައިވަނީ : https://goo.gl/xNMjZJ

Like what you see?

Close

Hit the buttons below to follow us, you won't regret it...