السلام عليكم ގެ މާނައަކީ ކޮބައިކަންް - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ކެޓަގަރީ ސަލާމް ގޮވުމުގެ އަދަބުތައް آداب السلام

ތަރުޖަމާކޮށް ލިޔެތައްޔާރުކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

السلام عليكم ގެ މާނައަކީ ކޮބައިކަންް

މާނައީ އެންމެހައި އާފާތްތަކުން ސަލާމަތް ކުރެއްވުމަށް ދުޢާކުރުމެވެ.
ފަހެ ތިބާ މީހަކަށް السلام ބުނާ ހިނދުގައި، ފަހެ އެހިނދުގައި (އެ ބުނެވެނީ) ﷲ އޭނާ އެންމެހައި އާފާތްތަކުން ސަލާމަތް ކުރައްވާށި އެވެ. ޞިއްޙީ ބަލިތަކުން ސަލާމަތް ކުރެއްވުމެވެ. ބުއްދި ފިލައި ދިއުމާއި މޮޔަވުމުން ސަލާމަތް ކޮށްދެއްދުމެވެ. މީސްތަކުންގެ އުދަގުލުން ސަލާމަތް ކުރެއްވުމެވެ. ހިތުގެ ބަލިތަކުންނާއި ފާފަތަކުން ސަލާމަތް ކުރެއްވުމެވެ. އަދި ނަރަކައިން ސަލާމަތް ކޮށްދެއްވުމެވެ.


ފަހެ އެއީ ޢާންމު ލަފްޒެކެވެ. އެއީ އެމީހަކަށް ސަލާމް ކުރެވޭ މީހާއަށް އެންމެހައި އާފާތްތަކުން ސަލާމަތް ކޮށްދެއްވުމަށް ދުޢާ ކޮށްދިނުމެކެވެ.

****

ފަތުވާ ނަގާފައިވަނީ : شرح رياض الصالحين ج4 ص 380

 

Like what you see?

Close

Hit the buttons below to follow us, you won't regret it...