 ޢިލްމާނީ (ސެކިއުލަރިޒަމް) އަކީ ކޮބައިކަން؟ ޢިލްމާނީ އަށް ދަޢުވާކުރާ މީހާގެ ޙަޤީޤަތް؟ - الإمام العلامة الشيخ صالح الفوزان حفظه الله

ކެޓަގަރީ علمانية ލާދީނިއްޔަތު

ސުވާލު: أحسن الله إلَيكم، ފަޟީލަތުއް ޝެއިޚް އެވެ. ސުވާލު ކުރާ މީހަކު ބުނެ އެވެ. ދީނުގެ ކަންކަމުގެމައްޗަށް ފަރުވާކުޑަކޮށްފި މީހަކާ ދިމާލަށް ނުވަތަ ޔޫރަޕްގެ ފިކުރުތައް އެމީހެއްގެ ކިބައިން ފާޅުވެއްޖެ މީހަކާ ދިމާލަށް ޢިލްމާނީއެކޭ - ސެކިއުލަރ، ލާދީނީ - ބުނުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ އަދި ޢިލްމާނީ އަކީ ކުފުރުވާނެ ކަމެއް ހެއްޔެވެ؟


ޖަވާބު: "އާނއެކެވެ. ޢިލްމާނިއްޔަތަކީ ކުފުރެވެ. ޢިލްމާނިއްޔަތަކީ ދީނާއި ދަޥްލަތް ވަކިކޮށްލުމެވެ. (ދަޥްލަތުން ދީން ވަކިކޮށްލުމެވެ.) އެމީހުންބުނެ އެވެ. ދީން އޮންނާނީ މިސްކިތުގައި އެކަންޏެވެ. އެހެނަސް މުޢާމަލާތްތަކާއި ޙުކުމްތަކާ ގުޅޭ ކަންތައްތަކުގައި ދީނަކަށް ޖާގައެއް ނެތެވެ. ޢިލްމާނިއްޔަތަކީ މި އެވެ. ދަޥްލަތުން ދީން ވަކިކޮށްލުމެވެ. މި ޤަބޫލުކުރުން ޤަބޫލުކުރާ މީހަކީ ކާފަރެކެވެ. މުޢާމަލާތްތަކުގެ ތެރެއަށް ދީން ވެއްދުމަށް ނޯންނާނެކަމަށް އަދި ޙުކުމް ތަކަށް ދީން ވެއްދުމެއް ނޯންނާނެކަމަށް އަދި ސިޔާސަތުގެ ތެރެއަށް ދީން ވެއްދުމެއް ނެތްކަމަށް ބުނުމާއި، ދީން އޮންނާނީ ހަމައެކަނި މިސްކިތުގައި އަޅުކަމުގައި ކަނޑައެޅިގައިވާ އެއްޗެއްގެ ގޮތުގައި އެކަންޏެވެ. މިފަދައިން (ޤަބޫލުކޮށްފި މީހާ) ކާފަރެއްކަމާއި މެދު ޝައްކެތްވެސް ނެތެވެ. މިއީ ދީން ޤަބޫލު ނުކުރުމެވެ. 
 

އެހެނަސް އެމީހެއްގެ ފަރާތުން ބައެއް ކުށްތައް ފާޅުވެ، އެހެނަސް މިފަދައިން ޤަބޫލު ނުކުރާނަމަ، އެފަދަ މީހާވާނީ ފާފަވެރިއެއްގެ ގޮތުގަ އެވެ. ޢިލްމާނީއެއް ކަމުގައިނުވާނެ އެވެ. އޭނާވާނީ ﷲ އަށް އުރެދިފައިވާ ފާފަވެރިއެއް ކަމުގަ އެވެ."
ބަސްތައް ނަގާފައިވަނީ : https://goo.gl/rJS6Ws

 

 
އަޚުންނޭވެ! މިއީ މިއަދު މުސްލިމުން ކަމަށް ދަޢުވާކުރާ ބައެއްގެ ވިސްނުމެވެ. ދަޥްލަތުގެ ކަންކަމުގެ ތެރެއަށް ދީން ނުވެއްދުމެވެ. ދީނަށް ޖާގައެއް ނެތުމެވެ. ވިސްނާލުން ހުއްޓެވެ! އިސްލާމް ދީން ބާވައިލެއްވުނީ މިސްކިތުގައި އަޅުކަން ކުރުން އުގަންނައި ދިނުމަށް ހެއްޔެވެ؟ ވެރިކަމާއި، ވެރިކަން ކުރާނެ ގޮތާއި، ޙުކުމް ތަކާއި، ޙައްދުތަކާއި، ޢުޤޫބާތްތަކާއި، ދިރިއުޅުމާއި، ދޭދޭ ގުޅުންތަކާއި، ކައިވެންޏާއި، މި އެންމެހައި ކަމެއް ޝަރީޢަތުގައި އުނގަންނައިދެއްވާފައި ކަނޑައަޅުއްވާފައިވެ އެވެ. މި އެންމެހައި ކަންކަމުގެ މައްޗަށް އިސްލާމްދީންވަނީ ޢާންމުވެ ޝާމިލްވެގެންވާ ޝަރީޢަތެއްގެ ގޮތުގަ އެވެ. އެހެނަސް އެކަން އިންކާރުކޮށް، ދީނަކީ އެކީ ވަކި އެއްޗެއް ކަމުގައި ހަދައި ދަޥްލަތާއި، މީސްތަކުންނާއި، ވެރިކަން ކުރުމާއި އެފަދަ ކަންކަމަށް ދީނަށް ޖާގައެއް ނެތްކަން ފާޅުކޮށް ދަޢުވާކޮށްފި މީހާ ކާފަރެއް ކަމުގައި ނުވާނެ ގޮތެއް، އެކަމުގައި ޝައްކެތްވެސް ނެތެވެ. އެމީހަކު އެވަނީ ދީނަކީ ފުރިހަމަނުވާ، އެކަށީގެންނުވާ އެއްޗެއް ކަމުގައި ދަޢުވާ ކޮށްފަ އެވެ. 
 

(ޑިމޮކްރަސީ ނެޓްވޯކް ނަމުގައި ރާއްޖޭގައި ފާޅުގައި ސެކިއުލަރިޒަމް (ދީނާއި ދައުލަތް ވަކިކުރުން) ފަތުރާ ބަޔަކު ހަދާފައިވާ ވީޑިއޯއެއްގެ ތަންކޮޅެއް)

علمانية ލާދީނިއްޔަތު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

(LGBT) އެލް.ޖީ.ބީ.ޓީ ލާދީނީ ފިލާވަޅުތައް މުޖްތަމަޢުގައި ފަތުރަން އުޅޭ ޖަމާޢަތްތަކާއި އަފްރާދުންގެ މައްޗަށް ސަމާލުވެ ރައްކާތެރިވުން | 23 ޖޫން 2020

 ﷲ ގެ ބަސްފުޅު އިންކާރުކޮށް، ނަބިއްޔާ ﷺ ގެ ސުންނަތް އިންކާރުކޮށް، ނަބިއްޔާ ﷺ އަށް ބަދުބަސްބުނެ ފުރައްސާރަ ކުރާ މީހުންނަކީ ކާފަރު މުރުތައްދުން - އުސްތާޛް أبو أنس محمد حسن حفظه الله | 21 އޮކްޓޯބަރ 2019

 އީމާނީ މަޝްވަރާ (interfaith dialogue) ކިޔައި ދީންތައް އެއްކުރަން (Unity of Religion)، ދީނީ މިނިވަންކަމަށް (Freedom of Religion) ގޮވާ ޖަމްޢިއްޔާގެ ސުލްހައިގެ ސަފީރުކަން ޖ.ސ ރައީސް ހޯދައިގަތް އިރު "ލާދީނީ" ކޮބާ ހެއްޔެވެ؟ | 21 އޮކްޓޯބަރ 2019

 ލާދީނިއްޔަތު: ﷲގެ ޙުކުމްތަކަށް އެކި ސިފަތަކުން ބަދުބަސް ބުނުމާއި، މި ޒަމާނާއި ނުގުޅޭ، އެކަށީގެން ނުވާ އެއްޗެއް ކަމުގައި ބުނުން - أبو أنس محمد حسن حفظه الله | 08 ޖުލައި 2019

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...