الشَّيْخ العَلَّامَة رَبِيعُ بنُ هَادِي المَدْخَلِي حفظه اللهގެ ދިފާޢުގައި - الشَّيْخ عرفات بن حسن المحمدي حفظه لله

ކެޓަގަރީ ޝެއިޚް ރަބީޢު ބިންހާދީ އަލް މަދްޚަލީ حفظه الله

އަންނަނިވި ލިއުމަކީ الشيخ عَرَفَات بْنُ حَسَن المُحَمَّدِي حفظه الله ގެ ޓެލެގްރާމް ޗެނަލްގައި ލިޔުއްވާފައިވާ ލިޔުންކޮޅެއްގެ ތަރުޖަމާ އެވެ. މިރާއްޖޭގައި ބިދުޢަ ހަދައި، ބިދުޢަ ފަތުރާ، ބިދުޢަވެރިން ދިފާޢު ކުރާ "ދަންނަ ބޭކަލުން"ގެ ގޮތުގައި ޓީ.ވީ.ގައާއި، ނޫސްތަކުގައާއި، ޓްވިޓާ އަދި އެނޫންވެސް ސޯޝަލް މީޑީއާ ނެޓްވޯކްތަކުގައި މަޝްހޫރުވެފައިވާ "ދަންނަ ޚާއިނުން" ގެ ކެހިވެރި ގޮތްތަކުގެ ތެރެއިން ހިމެނެ އެވެ: ރައްބާނީ ބޮޑެތި ޢިލްމުވެރިންގެ ގަދަރު ކުޑަކޮށް، އެބޭފުޅުން ވިދާޅުވެފައިވާ ބަސްތަކާ ދެކޮޅު ބަސްތައް ބުނެ، ދެއްވާފައިވާ ފަތުވާތަކާ ދެކޮޅު ފަތުވާތައް ދީ، އެވަރުން ނުފުދޭ ނަމަ އެބޭފުޅުންނާ ބެހޭގޮތުން ދޮގުވާހަކަތައް ހަދައި ފަތުރައި، މުސްލިމުންނާއި އެބައިމީހުންގެ "ޙަޤީޤީ" ޢިލްމުވެރިންނާ ދުރުކުރުވުމެވެ. އެފަދައިން އެބައިމީހުން ހަމަލާދިނުމަށް ލޯބިކުރާ އެއް ޢިލްމުވެރިއަކީ الشَّيْخُ الدُّكْتُورُ العَلَّامَة رَبِيعُ بن هَادِي المَدْخَلِيއެވެ. ފަހެ މި ޢިލްމުވެރިޔާގެ ދިފާޢުގައި الشيخ عَرَفَات بْنُ حَسَن المُحَمَّدِي حفظه الله ވިދާޅުވި އެވެ:


الشَّيْخُ الدُّكْتُورُ العَلَّامَة رَبِيعُ بن هَادِي المَدْخَلِيއަކީ މިޒަމާނުގައި އެމީހެއްގެ މައްޗަށް އެންމެ ގިނައިން ދޮގު ބަސްތައް ރައްދުކުރެވިފައިވާ މީހުންގެ ތެރެއިން މީހެކެވެ. އަދި މިކަމުގައިވާ އެންމެ ބޮޑު މުޖްރިމުންނަކީاَلْإِخْوَانُ المُسْلِمُونގެ ބޮޑެތި މީހުންނެވެ. އަދި އޭގެ ސަބަބު ފާޅުވެގެންވެ އެވެ. ހަމަކަށަވަރުން ޝައިޚު ވަނީ އެމީހުންނަށް ގަދަފަދަ ނިކަމެތިކަން ކުރިމަތި ކުރުވާފަ އެވެ. އަދި އެމީހުންގެ އައިބުތައް ފާޅުކޮށްދެއްވާފަ އެވެ. ފަހެ އެމީހުން އެނބުރިގަތީ ދޮގު ހެދުމަށާއި ބުހުތާނު ހެދުމަށެވެ.


الدُّكْتُورُ رَبِيعُ ވަނީ ތަކްފީރާ (ޙައްޤަކައި ނުލައި މުސްލިމުން ކާފަރު ކުރުމާ) ދެކޮޅަށް ހަނގުރާމަ ކުރައްވާފަ އެވެ. اَلْإِخْوَانُ ގެ ތެރެއިން އެކަމަށް ދަޢުވަތު ދޭ މީހުންނާއި، އޭގެ ފޮތްތަކާއި، سَيِّدُ قُطُب އަށް ތަބައަވާ ވިސްނުން ކޮށި މީހުންނާ ދެކޮޅަށް ހަނގުރާމަ ކުރައްވާފަ އެވެ. އަދި الحَمْدُ لله އެވެ. މިއަދު الشَّيْخُ رَبِيعُ ގެ ބުރަ މަސައްކަތުގެ މޭވާ ވަނީ ފާޅުވެފައެވެ. ޝައިޚުގެ ހެޔޮ އަމަލުތައް ވަނީ الله އަށްޓަކައެވެ. ރިޔާސީ ގޮނޑިތައް ހޯދުމުގެ މަގުގައި، ލެއަށާއި، ހަމަނުޖެހުމަށް اَلْإِخْوَانُ المُسْلِمُونކަރުހިއްކައިގަނެފައިވާ މިންވަރު މީސްތަކުންނަށް ވަނީ އެނގިފައެވެ.


اَلْإِخْوَانُ ވަނީ الشَّيْخُ رَبِيعُ ގެ މައްޗަށް اَلْإِرْجَاء(ހެޔޮކަންތައް ކުރިއަސް، ނުބައި ކަންތައް ކުރިއަސް އީމާންކަން އުނި އިތުރު ނުވާނެ ކަމުގެ ބާޠިލު ޢަޤީދާ) ގެ ތުހުމަތު ކޮށްފަ އެވެ. އެއީ الشَّيْخُ رَبِيعُއިންގިލާބުތަކަށާއި، މުޒާހަރާތަކަށާއި، ލޭ އޮހޮރުވުމަށާއި، މިލްކިއްޔާތުތައް ޚަރާބު ކޮށްލުމާ ދެކޮޅު ހައްދަވައި، އިންކާރު ކުރައްވާފައިވާތީ އެވެ. އަދި ސުންނާފަތި ކުރުމާއި، ހެޔޮލަފާ ޞާލިޙު އަޅުތަކުން މެރުމުން މެނުވީ ނާންނަ ޚަވާރިޖުންނާ މެދު އިންޒާރު ދެއްވަވާފައިވާތީ އެވެ.


الدُّكْتُورُ رَبِيعُ ވަނީ القَرْضَاوِي އާއި އޭނައާ އެއްފަދަ މީހުންނާ ބެހޭގޮތުން އިންޒާރު ދެއްވާފަ އެވެ. އެއީ އެބައިމީހުން ބިންމަތީގައި ކުރަމުން ގެންދާ ފަސާދައިގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން القَرْضَاوِي ވަނީ ފަޚުރުވެރި ކަމާއެކީ އޭނާގެ އަމިއްލަ ނަފްސަށް "خَطِيبُ الفِتْنَة" "ފިތުނައިގެ ޚުޠުބާ ދޭ މީހާ"ގެ ލަޤަބު ދީފަ އެވެ. އަދި ލޭތައް އޮހުރުވުމަށްޓަކައި ހަމަނުޖެހުމަށް ހިތްވަރުދޭ ދިނުމެއް މެނުވީ އެލަޤަބުން ނުވިސްނެ އެވެ.


الدُّكْتُورُ رَبِيعُ ވަނީ ވަރަށް އަގުހުރި ފޮތެއް ލިއުއްވާފަ އެވެ. އެފޮތަކީ: يَنْبُوعُ الفِتَن وَالْأَحْدَاثُ الَّذِي يَنْبَغِي عَلَى الأُمَّةِ مَعْرِفَتُه ثُمَّ رَدْمُه(އުންމަތް ދެނެގަނެ، އެއަށް ފަހު ނެތިކޮށްލަންޖެހޭ ފިތުނަތަކާއި ހާދިސާތަކުގެ މަސްދަރު) އެވެ. އަދި سَيِّدُ قُطُب ގެ ފޮތްތަކަކީ ފިތުނަތަކާއި، ތަކްފީރާއި، ބޮންގޮއްވުމުގެ މަސްދަރުކަން ފާޅުކަން ބޮޑުވެގެންވާ ދަލީލަކުން ބަޔާން ކޮށްދެއްވި އެވެ.


އޭ ރޯކަމަށް ހެދޭ މީހުންނޭވެ! ކަލޭމެންގެ ފާޖިރުކަމުން الدُّكْتُورُ رَبِيعُ ވަނީ ބަރީއަވެގެންނެވެ. ފަހެ ކަލޭމެންނީ އެތަކެއް ސަތޭކަ ހާސް މީހުން ގަތުލުވެ ދިއުމުގެ ސަބަބަވެ. އަދި އެއާ ވިދިގެން ނިކުންނަ ނަތީޖާތައް ތަހައްމަލު ކުރާނެ ބަޔަކީވެސް ހަމަ ކަލޭމެންނެވެ. އަދި الدُّكْتُورُ رَبِيعُ އާއި ޝައިޚުގެ ދަރިވަރުންނާއި ޝައިޚުގެ އަޚުންގެ ސަބަބުން އެންމެ ބުޅަލެއްވެސް ގަތުލުވެގެން ނުދެ އެވެ.


الدُّكْتُورُ رَبِيعُ ވަނީ ޝައިޚުގެ ނަފްސާއި ވަގުތު ތަކްފީރީންނާ ދެކޮޅަށް އިންޒާރު ދެއްވުމުގައި ހޭދަކުރައްވާފަ އެވެ. މިސާލަކަށް سَيِّدُ قُطُب އާއި އޭނާގެ އަޚާ الصَّاوِي އާއި أَبُو بَصِير އާއި المَقْدِسِي އާއި اِبْنُ لَادِنއާއި المِسْعَرِي އަދި އެމީހުންނާ އެއްފަދަ މީސްމީހުންނެވެ. އަދި ކަލޭމެން سَيِّدُ قُطُب އަށް ސަނާ ކިޔަމުންދެ އެވެ. އޭނާ ވަނީالخَلِيفَةُ الرَّاشِد عُثْمَان رضي الله عنه ގަތުލު ކޮށްލި މީހުންނަށް ސަނާކިޔައި ތަޢުރީފުކޮށް، އެބައިމީހުންގެ ފާޖިރު އިންގިލާބަށް ތަޢުރީފުގެ ބަސްތައް ބުނެފަ އެވެ.


الدُّكْتُورُ رَبِيعُ ގެ މަންހަޖާއި ޢަޤީދާ ސަލާމަތް (ޞައްހަ) ވެގެންވާ ކަމަށް ޢިލްމުވެރިންނާއި ބުއްދިވެރިން ވަނީ ހެކިވެވަޑައިގަނެފަ އެވެ. އަދި ޝައިޚުގެ ފޮތްތަކަކީ އިސްލާމް ދީނާއި ސުންނަތުގެ ދިފާޢުގައި ބަސްތައް ފާޅުކުރާ ފޮތްތަކެކެވެ. އަދި الله تعالى ގެ މަގުގައި (ޖިހާދަ ކުރެއްވުމުގެ ސަބަބުން) އަދިޞަޙާބީންނާއި އިމާމުންގެ މަންހަޖު ދިފާޢު ކުރެއްވުމުގެ ސަބަބުން ޝައިޚަށް ވަނީ އަނިޔާތަކެއް ކުރެވިފަ އެވެ.


الدُّكْتُورُ رَبِيعُ ވަނީ މުސްލިމް ވެރިންނާ ދެކޮޅަށް ނިކުތުމާއި، ލޭއޮހޮރުވުމާ ދެކޮޅަށް އިންޒާރު ދެއްވާ ލިއުންތަކެއް ލިއުއްވާފަ އެވެ. އެހެންކަމުން ޚަވާރިޖުންނާއި އެމީހުންގެ ފިއޮއްތައް ރުޅިއަރައިގެން ދިޔަ އެވެ. އަދި ލީބިޔާއާއި އެނޫން ތަންތަނުގައިވީ ސަލަފީންތައް އެމީހުން ގަތުލު ކުރި އެވެ. އެ ގަތުލު ކުރެވުނު މީހުންގެ ތެރެއިން ޚުޠުބާ ދޭ މީހުންނާއި އިމާމުން ހިމެނެ އެވެ. އެހެންކަމުން އޭ ޞަޙްވީންނޭވެ! (އިސްލާމީ ހޭލުންތެރިކަމޭ ކިޔައިގެން މިޒަމާނުގައި ދަޢުވާ ކުރާ މީހުންނޭވެ!) ކަލޭމެންގެ އިންކާރު ކުރުން ކޮބައިހެއްޔެވެ؟


އޭ ޓްވިޓާގެ ސޭކުންނެވެ! ކަލޭމެންގެ ލިޔުންތަކުން ވަނީ ބުއްދިވެރިން ހެއްވާލާފަ އެވެ. އަދި ކަލޭމެން ވަނީ ދޮގު ހަދާފަ އެވެ. ހަމަކަށަވަރުން الله ވަނީ ކޮންމެ ކަމަކަށް ޤަދަރެއް ލައްވަވާފަ އެވެ. އަދި އަހަރުމެންނާ ކަލޭމެންނާ ދެމެދު الشَّيْخُ رَبِيعُ ގެ ފޮތްތަކާއި ފަތުވާތައްވެ އެވެ. ﴿سَيَعْلَمُونَ غَدًا مَنِ الْكَذَّاب الْأَشِر﴾ މާނައީ: "އަދި ދޮގުހެދުމުގައި ހައްދުފަހަނައަޅައިފައިވާ ބޮޑު ދޮގުވެރިޔާއަކީ ކާކުކަން އެބައިމީހުންނަށް މާދަމާ އެނގޭނެ އެވެ."

◇◇◇

ލިޔުމުގެ އަސްލު ނަގައިފައިވަނީ:https://telegram.me/Arafatbinhassan/555

ޝެއިޚް ރަބީޢު ބިންހާދީ އަލް މަދްޚަލީ حفظه الله : މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 الشَّيْخُ رَبِيعُ އަކީ ޢަޤީދާގައާއި ދީނުގެ މައްޗަށް އޮތް ޣީރަތްތެރިކަމުގައި ޞާލިޙު ހެޔޮ ރަނގަޅު ބޭފުޅެކެވެ. - الشَّيْخ صَالِح بن محمد اللُّحَيْدَان حفظه الله | 10 ނޮވެމްބަރ 2017

މީސްތަކުން ބިދުޢަވެރިކުމުގައި ހައްދުފަހަނައަޅައިފައިވާ حدادية އިންގެ ފިރުޤާގެ ބަސްތައް ސުންނަތުގެ ޢިލްމުވެރިންގެ މައްޗަށް ގެނައުމުން އެކަމުގެ ހަޤީޤަތް ހާމަކުރުން | 07 ޖުލައި 2017

 الشَّيْخ العَلَّامَة رَبِيعُ بنُ هَادِي المَدْخَلِي حفظه الله އަށް އުންމަތުގެ ބޮޑެތި އިމާމުން ދީފައިވާ ތަޒްކިޔާ، ވިދާޅުވެފައިވާ ޘަނާގެ ބަސްފުޅުތައް | 24 ނޮވެމްބަރ 2016

އަހަރުމެންގެ މި ޒަމާނުގައި ތިއްބެވި އުއްމަތުގެ ބޮޑެތި ޢިލްމުވެރިންނަކީ ކޮބައިތޯ؟ އަދި الشيخ ربيع އަކީ ކޮންބޭފުޅެއްތޯ؟ - الشيخ الدكتور عرفات بن حسن المحمدي حفظه الله | 13 ނޮވެމްބަރ 2016

ސަލަފީންނާއި ދިމާލަށް "ޖާމީން" "މަދްޚަލީން" ކިޔަނީ އެބައިމީހުންﷲ ގެ ރަސޫލާ ﷺ ގެ ސުންނަތުގައި ޤާއިމްވެ ދެމިތިބުމުގެ ސަބަބުންތޯ އެވެ؟ - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله | 23 މެއި 2016

الشَّيْخُ العَلاَّمَة رَبِيْع بِن هَادِيْ المَدْخَلِي حفظه الله އަށް ޢިލްމުވެރިން ދެއްވާފައިވާ ތަޒްކިޔާތައް - ابن العثيمين، ابن باز، النجمي، صالح اللحيدان، صَالِحُ الفَوْزَان، عبيد الجابري، خالد بن عثمان، عبد المحسن العباد | 04 އޭޕްރީލް 2015

އައް ޝެއިޚް ޑރ. ރަބީޢު އަލް މަދްޚަލީ ވަނީ ސަލަފިއްޔަތުގައެވެ. އަދި އެ ސަލަފިއްޔަތަކީ އެހެނިހެން މުސްލިމުން އޭގެއިން ބޭރުކޮށްހަދާ ޙިޒްބް ގޮތުގައި ޤާއިމްވެފައިވާ ޖަމާޢަތެއްގެ ގޮތުގައި ނުބުނަމެވެ. - الشيخ العلامة محمد بن صالح العثيمين رحمه الله | 02 އޭޕްރީލް 2015

الإمام الشيخ ربيع بن هادي المدخلي ‏حفظه الله ސަލަފީންނަށް ދެއްވި އަގުހުރި ނަޞޭހަތެއް | 22 ޖެނުއަރީ 2015

މީހާ މަރުވުމުން އެއީ ޝަހީދެކޭ ބުނުން - الشيخ ربيع المدخلي | 24 އޮކްޓޯބަރ 2014

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...