ޙާލަތު ބަދަލުވެދާނެ ކަމަށް މުއުމިނުއަޅާ އަބަދުވެސް ބިރުވެތިވާން ޖެހޭ - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله

ކެޓަގަރީ ރަޤާއިޤް

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


 الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله

ޙާލަތު ބަދަލުވެދާނެ ކަމަށް މުއުމިނުއަޅާ އަބަދުވެސް ބިރުވެތިވާން ޖެހޭ

ޖަވާބު: ގެ އަރިހުން ރިވާވެގެންވެ އެވެ. ރަސޫލާ صلى الله عليه وسلم މި ބަސްފުޅު ވިދާޅުވުން ގިނަކުރައްވަ އެވެ. (يا مقلبَ القلوبِ ثبت قلبي على دينك ) "ހިތްތައް ބަދަލުކުރައްވާ އިލާހެވެ. މިއަޅާގެ ހިތް އިބައިލާހުގެ ދީނުގެ މަތީގައި ޘާބިތު ކުރައްވާނދޭވެ."


عَائِشَة رضي الله عنها ވިދާޅުވި އެވެ. "ފަހެ، ތިމަން ކަމަނާ ބަޔާންކުރީމެވެ. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެމެން އިބަ ރަސޫލާއަށް އިމާންވީމެވެ. އަދި ގެނެސްދެއްވި އެންމެހައި ތަކެއްޗަށްވެސް އިމާންވީމެވެ. ފަހެ، ނަބިއްޔާ އަހަރެމެންގެ މައްޗަށް ބިރުފުޅު ގަންނަނީ ތޯ އެވެ؟"


އެހިނދު ޙަދީޘް ކުރެއްވި އެވެ. (نعم إن القلوبَ بين أُصبُعينِ من أصابعِ الله -عَزّ وَجَل- يُقلّبُها كما يشاء) "އާއެކެވެ. ހަމަކަށަވަރުން ހިތްތައް ވަނީ ﷲ عَزّ وَجَل ގެ ދެ އިނގިލިފުޅު ދެމެދުގަ އެވެ. އެ އިލާހު ބޭނުންވޮޑިގެންނެވި ގޮތަކަށް ބަދަލު ކުރައްވަ އެވެ."


الشيخُ رَبِيع (ވިދާޅުވި އެވެ.):  ﷲ ޤަންދީ ބުނަމެވެ. މިއީ ފިޤުހެވެ. ޝައިޠާނާ އިންސާގެ މައްޗަށް ފާޅުވެ އޭނާގެ ހަށިގަނޑުތެރޭގައި ލޭ ހިނގާ ފަދައިން، ޝައިޠާނާ އޭނާގެ ހަށިގަނޑުގެ ތެރޭގައި ދައުރުކުރާ ކަމާއިމެދުގައި އިންސާނާ ބިރު ނުގަންނަނީ ހެއްޔެވެ؟

ފަހެ، އޭނާގެ ހިތުގެ މައްޗަށް ފާރަވެރިއެއްގެ ގޮތުގައިވުން ހުއްޓެވެ. އަދި އޭނާގެ ބުއްދީގެ މައްޗަށް އަދި ޢަމަލުތަކުގެ މައްޗަށް ފާރަވެރިިއެއްގެ ގޮތުގައި ވުން ހުއްޓެވެ. އޭނާގެ މުދަލާއި އޭނާގެ އަބުރުގެ މައްޗަށް ފާރަވެރިވުމަށްވުރެ ބޮޑަށް މިތަކެތީގެ މައްޗަށް ފާރަވެރިވެ ހުރުން ހުއްޓެވެ. އެންމެހައި ކަންތައްތަކުގެ މައްޗަށް ފާރަވެރިވުމަށްވުރެ ބޮޑަށް އޭނާ، އޭނާގެ ހިތުގެ މައްޗަށް ފާރަވެރިވުން ވާޖިބުވެގެންވެ އެވެ. ﴿رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ الْوَهَّابُ﴾ [ آل عمران: ٨ ]  "އަޅަމެންގެ ވެރިއިލާހު! އަޅަމެންނަށް ތެދުމަގު ދެއްކެވުމަށް ފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ. އަދި އަޅަމެނަށް އިބަ އިލާހުގެ ޙަޟުރަތުން ރަޙްމަތެއް ދެއްވާނދޭވެ. ހަމަކަށަވަރުން އިބައިލާހުއީ ގިނަގުނަ ނިޢުމަތްތައް ދެއްވާ އިލާހު އެވެ."
 

***

ބަސްފުޅުތައް ނަގާފައިވަނީ : مرحبًا يا طالب العلم" صـ(76)

 

Like what you see?

Close

Hit the buttons below to follow us, you won't regret it...