ހުކުރު ދުވަހުގެ މެންދުރު ވަޤުތު ވަނުމުގެ ކުރިން ދަތުރެއްގައި ނުކުތުމުގެ ޙުކުމް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ކެޓަގަރީ فقه السفر ދަތުރު

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ހުކުރު ދުވަހުގެ މެންދުރު ވަޤުތު ވަނުމުގެ ކުރިން ދަތުރެއްގައި ނުކުތުމުގެ ޙުކުމް

 

ސުވާލު: ހުކުރު ދުވަހުގެ، ހުކުރު ނަމާދުގެ 1 ގަޑި ނުވަތަ 2 ގަޑި ކުރިން ދަތުރުފެށުމުގެ ޙުކުމަކީ ކޮބައިތޯ އެވެ. އޭނާއަށް ހުކުރުނަމާދު ލާޒިމްވެގެންވާނެތޯ އެވެ؟ އަދި  ހުކުރު ދުވަހު ދަތުރު ކުރުން މަކްރޫހަވާނެ ހެއްޔެވެ؟  


ޖަވާބު: މެންދުރު ވަޤުތުގެ ކުރިން ހުކުރު ދުވަހުގައި ދަތުރުފެށުން މަކްރޫހަ ވެގެންވެ އެވެ. މެންދުރު ވަޤުުތު ވަނުމުގެ ކުރިން ދަތުރު ފެށުން މަކްރޫހަ އެވެ. އެ މަކްރޫހު ވެގެންވާކަން ކެނޑިގެންދަނީ، އޭނާ ދަތުރުކުރާ މަގުގައި ހުކުރު ކުރާ މިސްކިތެއް ހުރެ، އެތަނުގައި ހުކުރު ކުރާނަމަ އެވެ. އެޙާލުގައި އެއްވެސް މަކްރޫހަކަމެއް ނެތެވެ.
އެހެނަސް މެންދުރު ވަޤުތު ވަނުމަށްފަހުގައި ދަތުރުފެށުމަކީ ޙަރާމްވެގެންވާ ކަމެކެވެ. ދަތުރު ފެށުން އެމީހެއްގެ މައްޗަށް ޙަރާމްވެގެންވެ އެވެ. އޭނާއަށް ވާޖިބުވެގެންވަނީ ހުކުރު ނަމާދު ކުރުމެވެ. މެންދުރު ވަޤުތު ވަނުމަށްފަހުގައި ދަތުރު ފެށުން ހުއްދައެއް ނުވާނެ އެވެ. އެހެނަސް އޭނާގެ މައްޗަށް ހުކުރު ނަމާދު ވާޖިބުވެގެންވެ އެވެ. އަދި ދަތުރު ކުރުން މަނާކުރަން ޖެހޭނެ އެވެ. ﴿ يَا أَيُّهَا الَّذِينَ آَمَنُوا إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ ﴾ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ހުކުރު ދުވަހު ހުކުރު ނަމާދަށް ގޮވައިލެވޭ ހިނދުގައި، ފަހެ، ﷲ ހަނދުމަކުރުމަށް (ޚުޠުބާ އަޑުއެހުމަށް އަދި ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ. އަދި ވިޔަފާރި ކުރުން ހުއްޓައިލާށެވެ."


ފަހެ، އިންސާނަކު ދަތުރު ކުރުން ހުއްދައެއް ނުވާނެ އެވެ. އަދި އެކަމަށް އޭނާ ކުޅަދާނަވިޔަ ދީގެން ނުވާނެ އެވެ. އާއެކެވެ.
އެހެނަސް މެންދުރުވަޤުތު ވަނުމުގެ ކުރީގައި ދަތުރު ފެށުމަކީ މަކްރޫހަ ކަމެކެވެ. އޭނާ ދަތުރު ކުރާ މަގުގައި ނަމާދު ކުރާނަމަ އެއްވެސް ގޮތަކަށް މަކްރޫހައެއްވެސް ނުވާނެ އެވެ. އާއެކެވެ.
****

 

ފަތުވާ ނަގާފައިވަނީ : http://goo.gl/mj21oZ

 

ޚުތުބާގައި ބަޔާންކޮށްފައިވާ ހަދީޘް:

1.jpg

އެ ޙަދީޘްގެ ޞައްޙަކަމެއްނެތް، ބާޠިލް ޙަދީޘްގެ މައްޗަށް ބިނާ ކޮށް ބަސްތައް ބުނުމަށްވުރެ، ﷲ ގެ ދީނުގައި ބަޔާންވެގެންވާ ޞައްޙަ ދަލީލުގެ މައްޗަށް ޙުކުމް ބިނާކުރުން ކޮންފަދަ ހެޔޮވެގެންވޭ ހެއްޔެވެ.

2.jpg

 

Like what you see?

Close

Hit the buttons below to follow us, you won't regret it...