ޒުވާނުން ބިދުޢަވެރިންނާ މެދު ޢަމަލުކުރަންވީ ގޮތް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ކެޓަގަރީ އަޤީދާއާއި މަންހަޖު العقيدة والمنهج

ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުން އަރިއަހުން ޢިލްމު ހާޞިލްކޮށްފައިވާ)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ޒުވާނުން ބިދުޢަވެރިންނާ މެދު ޢަމަލުކުރަންވީ ގޮތް

ސުވާލު: ބިދުޢަވެރިންނާއި، ޚަރާބުކުރަނިވި ފިކުރުތަކާއި މަގުފުރެދިފައިވާ ޢަޤީދާތަކުގެ އަހުލުވެރިންނާ ދޭތެރޭ (ޢިލްމު އުނގެނެން) ފަށައިގަންނަ ޒުވާނާ މުއާމަލާތް ކުރާނީ ކިހިނިކުންތޯ އެވެ؟

ޖަވާބު: ބިދުޢަވެރިންނާއި، ޚަރާބުކުރަނިވި މަންހަޖުތަކާއި މަގުފުރެދިފައިވާ ފިކުރުތަކުގެ އަހުލުވެރިންނާ ދުރަށް ޒުވާނުން ދާން ޖެހޭނެ އެވެ. އެމީހުންނާއި އެމީހުންގެ ފޮތްތަކުން ޒުވާނުން ދުރުވާން ޖެހޭނެ އެވެ. އަދި ޢިލްމުގެ އަހުލުވެރިންނާއި ޢިލްމަށް ކަންވޮށިގެންވާ މީހުންނާއި، ސަލާމަތްވެގެންވާ ޢަޤީދާގެ އަހުލުވެރިންނާ އެކު ޞާޙިބުކަން ބާއްވަން ޖެހޭނެ އެވެ. އަދި އެބޭފުޅުންގެ އަރިއަހުން ޢިލްމު ހާސިލުކުރަން ޖެހޭނެ އެވެ. އަދި އެބޭފުޅުންނާއެކު އިށީންނަން ޖެހޭނެ އެވެ. އަދި އެބޭފުޅުންނާ ސުވާލު ކުރަން ޖެހޭނެ އެވެ.


    ދެން ފަހެ ބިދުޢަތަކާއި ޚަރާބުކުރަނިވި ފިކުރުތަކުގެ އަހުލުވެރިން، ފަހެ ޒުވާނުންގެ މައްޗަށް ވާޖިބުވެގެންވަނީ އެމީހުންނާ ދުރުވުމެވެ. ސަބަބަކީ އެމީހުން ޒުވާނުންނަށް އިހާނެތިކޮށް ހިތާނެތީ އެވެ. އަދި ފަސާދަވެގެންވާ ޢަޤީދާތަކާއި، ބިދުޢަތަކާއި، ޚުރާފާތްތައް އެޒުވާނުންގެ ބޮލުތެރެއަށް ވައްދާނެތީ އެވެ. އަދި ކިޔަވާ ކުއްޖާގެ މައްޗަށް ކިޔަވައިދޭ މީހާގެ އަސަރެއް ވާތީ އެވެ؛ ފަހެ މަގުފުރެދިފައިވާ ކިޔަވައިދޭ މީހެއްގެ ސަބަބުން ޒުވާނުން މަގުފުރެދިގެން ދާނެ އެވެ. އަދި ދީނުގެ މަތީގައި (ޙައްޤުގެ މަތީގައި) ޤާއިމްވެފައިވާ މީހާގެ އަތްމައްޗަށް ކިޔަވާ ކުދިންނާއި ޒުވާނުން ދީނުގެ މަތީ ޤާއިމްވާނެ އެވެ. ފަހެ ކިޔަވައިދޭ މީހާއަށް ބޮޑުވެގެންވާ ދައުރެއް (އަސަރެއް، މަސްއޫލިއްޔަތެއް) ލިބިގެންވެ އެވެ. ފަހެ އަހަރުމެން މިފަދަ ކަންކަމުގައި ފަރުވާ ކުޑަކޮށްގެން ނުވާނެ އެވެ.
❆❆❆

ފަތުވާ ނަގައިފައިވަނީ: الأجوبة المفيدة عن أسئلة المناهج الجديدة، ص 160، دار سحاب السلفية، الطبعة الخامسة1432 ه

 

މި ފޮތުގައި، މި ފަތުވާގެ ދަށުން، ފޮތް އެކުލަވާލެއްވެވި ބޭފުޅު، جمال بن فريحان الحارثي ހިމަނުއްވާފައިވާ ފުޓްނޯޓް:

"الله އަހަރުމެންގެ ޝައިޚަށް ހެޔޮ ޖަޒާ ދެއްވާށި އެވެ. ފަހެ ހަމަކަށަވަރުން ބިދުޢައިގެ އަހުލުވެރިންނާ މެދު މުއާމަލާތްކުރުމާ ބެހޭގޮތުން އޮންނަ ސަލަފީ މަންހަޖު ޝައިޚު ވަނީ ބަޔާންކޮށްދެއްވާފަ އެވެ. އަދި އެ މަންހަޖަކީ: އެމީހުންނާއި އެމީހުންގެ ފޮތްތަކުން ދުރުވެގަތުމެވެ.


މުވާޒަނާގެ އަހުލުވެރިން (ބިދުޢައިގެ އަހުލުވެރިންގެ ނުބައި ކަންތައް ޛިކުރު ކުރާފަދައިން އެމީހުންގެ ރަނގަޅު ހެޔޮއަމަލުތަކުގެ ވާހަކަ ދައްކައި ސަނާކިޔުމަށް ގޮވާލާ މީހުން)، އަދި ބައެއް ދާޢީން (ދައުވަތުގެ މައިދާނުގައި މަސައްކަތް ކުރާ މީހުން) ބުނާ ފަދައިން: "އޭނާގެ ހެޔޮކަން ނަގާފައި، އޭނާގެ ނުބައިކަން ދޫކޮށްލާ"، މިފަދައިން އަހަރުމެންގެ ޝައިޚު ވިދާޅުވި ނަމަ ޒުވާނުންތައް މަގުފުރެދިގެން ދިޔައީހެވެ. އަދި ސަލަފީ މަންހަޖުގެ ސާފުކަން ގެއްލިގެން ދިޔައީހެވެ. އަދި އިސްވެދިޔަ ޖީލުތަކުގެ ޢަޤީދާތައް އޮޅިގެން ދިޔައީހެވެ.


ފަހެ ދެކޮޅުވެރި މީސްތަކުން ދެރަވެ ނިކަމެތިވި ކަމުގައިވީ ނަމަވެސް، ކޮންމެ ޒަމާނެއްގައި އަދި ކޮންމެ ތަނެއްގައި ސަލަފީ މަންހަޖު ދިފާޢުކޮށް، ބަޔާންކޮށްދީ، އަމަލީ ގޮތުން މީސްތަކުންނާ ފާޅުކޮށްދެއްވާ މީހެއް ލައްވަވާފައިވާ الله އަށް އެންމެހައި ޙަމްދު ޘަނާ ހުއްޓެވެ.


ސަފުޙާ 51-64 އަށް، 19 ވަނަ ސުވާލަށް ޝައިޚު ދެއްވި ޖަވާބު ބައްލަވާލައްވާ.


الفُضَيْل بِن عِيَاض (رحمه الله) ވިދާޅުވެ އެވެ: "إِنَّمَا هُمَا عَالِمَانِ: عَالِمُ دُنْيَا، وَ عَالِمُ آخِرَة؛ فَعَالِمُ الدُّنْيَا عِلْمُهُ مَنْشُورٌ، وَ عَالِمُ الآخِرَةِ عِلْمُهُ مَسْتُورٌ، فَاتَّبِعُوا عَالِمَ الآخِرَةِ، وَاحْذَرُوا عَالِمَ الدُنْيَا، لَا يَصُدُّكُمْ بِسُكْرِهِ". މާނައީ: "ހަމަކަށަވަރުން ޢިލްމުވެރިންނީ ދެބައެކެވެ. ދުނިޔޭގެ ޢިލްމުވެރިންނެވެ. އަދި އާޚިރަތުގެ ޢިލްމުވެރިންނެވެ. ފަހެ ދުނިޔޭގެ ޢިލްމުވެރިޔާގެ ޢިލްމު ވަނީ ފެތުރިފައެވެ. އަދި އާޚިރަތުގެ ޢިލްމުވެރިޔާގެ ޢިލްމު ވަނީ ފޮރުވިގެންނެވެ. ފަހެ އާޚިރަތުގެ ޢިލްމުވެރިޔާއަށް ތިބާ ތަބަޢަ ވާށެވެ. އަދި ދުނިޔޭގެ ޢިލްމުވެރިޔާގެ ކިބައިން ތިބާ ދުރުވެ ރައްކައުތެރިވާށެވެ. އޭނާގެ މަސްތުގެ ސަބަބުން ތިޔަބައިމީހުންނަށް ކެހިވެރިކަން ލިބިގެން ނުދާހުށިކަމެވެ." حلية الأولياء (8/92)."

 

އަޤީދާއާއި މަންހަޖު العقيدة والمنهج: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

މަންހަޖާއި ޢަޤީދާގައި ޚިލާފުވުމުން އެއްބައެއް ނުވެވޭނެ - الشَّيْخ صَالِح بن فَوْزَان الفَوْزَان حفظه الله | 26 އޮކްޓޯބަރ 2016

ޙައްޤުވަނީ ހަމައެކަނި ސަލަފީ މަންހަޖުގައި - الإِمَامُ العَلاَّمَة الشَّيْخُ رَبِيْعُ بنْ هَادِيْ حفظه الله | 13 ނޮވެމްބަރ 2015

ސުންނަތުގެ އަހުލުވެރިންނަށް މާތްކޮށް ހިތުމަކީ ސަލަފީ މަންހަޖުގެ އުޞޫލެއް އަދި ހަމަ އެފަދައިން ބިދުޢައިގެ އަހުލުވެރިންނަށް ޤަދަރު ކުރުމާއި، މާތްކޮށް ހިތުމަކީ ޙަރާމްވެގެންވާ ކަމެއް - الإمام عَبْدُ اللَّهِ بْنُ أَحْمَدَ بْنِ حَنْبَلٍ | 27 މެއި 2015

މުސްލިމް ވެރިންނަށް ޕެޓިޝަން ހުށެހެޅުމާއި ވެރިންނަށް ދެވޭ ނަޞޭޙަތުގެ ވާހަކަތައް ރައްޔިތުންނަށް އިޢުލާނުކޮށް ބުނެދިނުމުގެ ޙުކުމް. - العلامة الإمام ابن العثيمين -رحمه الله | 11 ފެބުރުއަރީ 2015

 ޞަލަފުއް ޞާލިހުންގެ މަންހަޖުގައި ވަރުގަދައަށް ހިފަހައްޓާ - فضيلة الشيخ الدكتور عبد السلام السحيمي حفظه الله | 24 އޮކްޓޯބަރ 2014

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...