ތަރާވީޙް ނުވަތަ ރޭއަޅުކަމުގެ ނަމާދަށް އިމާމް މީސްތަކުންނަށް ގޮވާލުން - الإمام العلامة الشيخ صالح الفوزان حفظه الله

ކެޓަގަރީ ޤިޔާމުއް ލައިލް (ދަމު ނަމާދު)

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الإمام العلامة الشيخ صالح الفوزان حفظه الله

 

ސުވާލު: ރަމަޟާން މަހުގައި ޤިޔާމުއް ލައިލް އަށް، އިމާމް، މައުމޫމީންނަށް صلاةُ القِيَام أَثَابَكُم الله މިފަދައިން ގޮވާލުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ جزاكم الله خيرا.


ޖަވާބު: ތިޔައީ އެއްވެސް އަޞްލެއް އޮތް ކަމެއް ނޫނެވެ. ތިޔައީ ބިދުޢައެކެވެ. ރަމަޟާން މަހުގައި ރޭ އަޅުކަމަށް އެއްވެސް ގޮތަކަށް ގޮވުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އެއްވެސް ބާވަތެއްގެ އެއްވެސް ބަހަކުން ގޮވުން ހުއްދައެއް ނުވާނެ އެވެ. ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އާއެކެވެ.  

 

****
ފަތުވާ ނަގާފައިވަނީ : https://goo.gl/PDiRnO

 

 

އިޚްވާނުންނޭވެ! މިތަނުގައި ޝެއިޚް ވިދާޅުވެފައިމިވަނީ، މިސްކިތްތަކުގައި މިއަދު އެކިއެކި އިމާމުން، މުދިމުން އެކިއެކި ލަފްޒުތަކުން ނަމާދު ފެއްޓުމުގެ ކުރިން ގޮވާ ގޮވެލިފަތީ ގެ ޙުކުމަކީ

ކޮބައިތޯ އެވެ؟ ބައެއް އިމާމުން صلاةُ الترَاوِيح يرحَمكم الله  އޭ ކިޔާފަ ގޮވަ އެވެ. އަދި ބައެއް އިމާމުން ވިތުރި ކުރަން ފެއްޓުމުގެ ކުރިން صلاةُ الوتر أثابكم الله  އޭ ކިޔާފަ ގޮވަ އެވެ. ޝެއިޚް ވިދާޅުވެފައިވަނީ މިފަދައިން ގޮވާލެވޭ އެންމެހައި ބަސްތަކަކީ އެއްވެސް އަޞްލެއްނެތް ބިދުޢަ އެއް ކަމުގަ އެވެ.

މިކަން މިކުރަނީ ހަމަ ސުންނަތޭ ކިޔައިގެން އުޅޭ މީހުންނެވެ!

 

Like what you see?

Close

Hit the buttons below to follow us, you won't regret it...