ބޯ ހާމައަށް ބަހައްޓައިގެން ނަމާދުކުރުން މަކްރޫހަވެގެންވޭ - العلامة المحدث الشيخ محمد ناصر الدين الألباني رحمه الله

ކެޓަގަރީ ނަމާދު


ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


 

ނަމާދަށް އޭނާގެ ބޯ ހާމައަށް ބަހައްޓައިގެން ހުރި ފިރިހެނެއްގެ ނަމާދު ޞައްޙަވާނެއެވެ. ބޯ އެއީ އަންހެނާގެ އައުރައެކެވެ. އެހެނަސް ނަމާދަށް ހުންނަމީހާ އެންމެ ފުރިހަމަ ހެދުމެއްގައި ހުރުން އެކަށީގެންވެއެވެ. އޭގެ ތެރޭގައި ބޯ ނިވާކުރުން ހިމެނިގެން ވެއެވެ. އާދަކާދައިގެ ގޮތުން ބޭނުންކުރާ ތާކިހާ ނޫނީ ތޮފި ފަދައެއްޗަކުން ނިވާކުރުންވެއެވެ. އުޒުރެއްނެތި ބޯ ހާމައަށް ބެހެއްޓުމަކީ މަކުރޫހަކަމެކެވެ. ފަރުޟުނަމާދުގައި އެކަން ބޮޑެވެ.

العلامة المحدث الشيخ محمد ناصر الدين الألباني رحمه الله

الشيخ އަލްބާނީ رحمه الله ބުނެފައިވެއެވެ. "އަހަރެން ދެކޭގޮތުގައި ބޯ ހާމައަށް ބެހެއްޓުމަކީ މަކުރޫހަ ކަމެކެވެ. އެހެނީ މުސްލިމްއަޅާ ނަމާދުގައި އެންމެ ރިވެތިވެގެންވާ ޙާލުގައި ހުރުން މުސްތަޙައްބު ވެގެންވެއެވެ.  ޙަދީޘްގައިވާ ފަދައިންނެވެ.

"فإن الله أحق أن يتزين له" "އެކަލާނގެއަށްޓަކައި ޒީނަތްތެރިވުން މާ ޙައްޤުކަން ބޮޑެވެ." .

ސަލަފުން ދެކުނުގޮތުގައި ބޯ ހާމައަށް ބެހެއްޓުމަކީ ރިވެތި ގޮތެއްނޫނެވެ. އަދި އެގޮތުގައިތިބެ މަގުމަތީ ހިނގާބިނގާ އުޅުން ރިވެތިކަމެއް ނޫންކަމުގައި ދެކުނެވެ. އަދި އަޅުކަންތައް ކުރެވޭ ތަންތަނަށް ވަނުންވެސްމެއެވެ. އެހެނަސް މިއީ އަޖްނަބީ(މުސްލިމް ނޫން މީހުން) މީހުންގެ އާދަކާދައެކެވެ. މިކަންތަށް މިވަނީ މުސްލިމް އެތައް ޤައުމެއްގެ ތެރެއަށް ވަދެ ލާމެހިފައެވެ. ކާފަރުން މުސްލިމުންގެ ޤައުމުގެ ތެރެއަށްވަދެ އެމީހުންގެ ފާސިދު އާދަކާދަތަށް ފަތުރާހެދިއެވެ. އެކަންތަށް އެއަށްފަހުގައި މުސްލިމުން ތަޤުލީދު ކުރިއެވެ. މިހެންވުމުން އިސްލާމީ ޝަޚްސިއްޔަތުގައިވާ އާދަކާދަތަކާއި އެފަދަ މިސާލެއްކަމުގައިވާ ކަންތައްތައް އެމީހުން ދޫކޮށްދިޔައެވެ. އަދި  ކުރީގެ އިސްލާމީ އާދަކާދައިގައިވާ ކަންތައްތައް ދޫކޮށްދިއުމަށް މެދުވެރިވި ސަބަބަކީ މިއެވެ. ހުއްދަކަމެއް ނޫންކަމުގައިވިނަމަވެސް މުސްލިމުންނަށް ދިމާވެދިޔަ ގޮތަކީ މިއެވެ. މިކަން މިގޮތަށްވެގެން ދިއުން އެއީ ބޯ ހާމައަށް ބަހައްޓައިގެން ނަމާދުކުން ހުއްދަކަމެއްކަމުގައި ދެކިގެން ނުވާނެއެވެ.


ޙައްޖުގައި އިޙްރާމްގައި ހުންނަމީހާ ބޯ ހާމަކުރުން އޮންނަކަމަށް ބަލައި، އެހެންވުމުން ބޯ ހާމައަށް ބެހެއްޓުމީ ހުއްދަކަމެއް ކަމުގައި މިސްރުގައި އުޅޭ "އަންޞާރުއް ސުންނަތް" ގެ އަޚުންތައް ދަލީލެއްގެ ކަމުގައި ދެކެއެވެ. މިއީ އަހަރެން އެމީހުނާއި ބެހޭގޮތުން ކިޔާހެދި އެންމެ ބާޠިލުކަން ބޮޑު ޤިޔާސްއެވެ. މިއީ ކިހިނެތް ދެކިގަންނަ ގޮތެއްތޯއެވެ. ޙައްޖުގައި އިޙްރާމްގައި ހުންނަމީހާ ބޯ ހާމައަށް ބެހެއްޓުމަކީ ޙައްޖުގައިވާ އިސްލާމީ ޝިޢާރެކެވެ. މިކަމަކީ އެހެން އެއްވެސް އަޅުކަމެއްގައި ބައިވެރިކުރެވޭނޭ މަނާސިކެއްނޫނެވެ. ޙައްޖުގައި ވާޖިބު ކަމެކެވެ. އެމީހުން ބުނެފައިވާ ޤިޔާސް އެއީ ޞައްޙަ ޤިޔާސްއެއްނަމަ ނަމާދުގައި ބޯ ހާމައަށް ބެހެއްޓުން ވާޖިބުވާނެއެވެ. ސަބަބަކީ އެއީ ޙައްޖުގައި ވާޖިބުކަމެކެވެ. ވުމާއިއެކު މިއީ އެމީހުން އެ ކޮށްފައިވާ ޤިޔާސްއިން ސަލާމަތް ނުވެވޭނެ ގޮތެކެވެ. އެބައިމީހުން އެ ޤިޔާސް ދޫކޮށް ރުޖޫޢަވުން ނޫން ގޮތެއްނެތެވެ. އުންމީދުކުރަނީ އެމީހުން އެގޮތަށް ޢަމަލު ކުރާނެ ކަމަށެވެ!!"


ނަބިއްޔާ صلى الله عليه وسلم ގެ ފަރާތުން އެއްވެސް ގޮތަކަށް ބޯ ހާމައަށް ބަހައްޓައިގެން ނަމާދު ކުރިކަމަކަށް ސާބިތެއް ނުވެއެވެ. އިޙްރާމްގައި ހުންނަ ޙާލުގައި މެނުވީއެވެ. ފަގުޑި ބޮލުގައި އަޅުއްވައިގެން ހުންނަވައިގެން ނަމާދުކުރައްވައެވެ. މިނޫން ސިފައެއްގައި ނަމާދުކޮށްފައި ވާނަމަ އެކަން އަހަރުމެންނާއި ހިސާބަށް ނަގުލުކުރެވިގެން އައިސްފައިވާނެއެވެ. މިކަން ޔަޤީންކޮށް ބުނާމީހަކަށް އޮތީ ދަލީލުދެއްކުމެވެ. ތަބަޢަވުން އެންމެ ޙައްޤުކަންބޮޑީ ޙައްޤުބަހުގެ މައްޗަށެވެ.


ހަނދުމަކޮށްދޭން ބޭނުންވަނީ ބޯ ހާމައަށް ބަހައްޓައިގެން ނަމާދު ކުރުމަކީ މަކުރޫހަވެގެންވާ ކަމެއްކަމެވެ. އެ ނަމާދު ސައްޙަވާނެއެވެ. އިމާމު ބަޣަވީ އަދި ގިނަ ޢިލްމުވެރިން މިގޮތުގައި ދެކެއެވެ. އިމާމުމީހާ ބޯ ހާމައަށް ބަހައްޓައިގެން ނަމާދުކުރާތީ، އެކަމުން ޢާއްމު މީސްތަކުން މަނާވެގަތުމަކީ ހުއްދަކަމެއް ނޫނެވެ. ޞައްޙަގޮތެއް ނޫނެވެ. އާނއެކެވެ. އެންމެ އައުލާވަނީ އެގޮތުގައިހުރި މީހެއްގެ ފަހަތުގައި ނަމާދުކުރުމެވެ. ފަހެ އެޙާލުގައި އެވަނީ އެންމެ ފުރިހަމަ ވެގެންވާ ޝަރުތުތަށް ފުރިހަމަވެގެން ދިއުމެވެ. އަދި ނަބިއްޔާ   صلى الله عليه وسلم ގެ ސުންނަތާއި އެއްގޮތަށް ޤާއިމްވެ ދެމިހުރެވުނީއެވެ. والله الموفق


މިބަސްތަށް ނަގާފައިމިވަނީ  " القول المبين في أخطاء المصلين" ފޮތުންނެވެ.

ނަމާދު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ނަމާދު ނުކޮށް އެހެން އަޅުކަން ކުރާ މީހާގެ ޙުކުމް - الشَّيْخ الإِمَام العَلامة عَبد العَزِيز بن باز رحمه الله | 26 އޭޕްރީލް 2020

 ނަމާދުގައި ހުންނަ މީހާ މައްޗަށް (އުޑަށް) ބެލުން ނަހީ ކުރެވިގެން ވުން، ބޮޑުވެގެންވާ ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله | 03 މާރޗް 2019

 ބޮޑުކަމު ނުވަތަ ކުޑަގިފިއްޔަށް ދާން ޖެހިފައިވާ މީހަކު، އެ ހިފައްޓައިގެން ހުރެ ނަމާދު ކުރުމުގެ ޙުކުމް - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله | 01 މާރޗް 2019

 ނަމާދަށް ހުއްޓާ ޙަދަޘަވެރިވީ، އެހެނަސް މީހުން އޭނާއަށް ބަލާނެތީވެ ލަދުން ނަމާދުން ނުނިކުންނަ މީހާގެ ޙުކުމް - الشيخُ العلاَّمة صَالح الفَوزَان حفظه الله | 17 ޑިސެމްބަރ 2017

 މައުމޫމުން ނަމާދުކޮށް އަވަދިވުމުން ތެދުވާނީ ކޮންއިރަކުން - شَّيْخ الإِسلاَم ابن تَيْميَّة رحمه الله | 16 ޑިސެމްބަރ 2017

 الْفَضِيْحَة وَالنَصِيْحَة 01 - ފިކުރީ ހަނގުރާމައިގެ ވިހައިގެ ސަބަބުން ފަސާދަވެފައިވާ އިސްލާމީ އުންމަތް (އިސްލާމް ދީނުގައި ނަމާދުގެ މަޤާމް) - الأخ حسين رشيد بن محمود حفظه الله | 31 އޮކްޓޯބަރ 2017

ފަތިސް ނަމާދަށް ރައްކާތެރިވެއްޖެ މީހާއަށް، ބަޔާންވެގެންވާ އުފާވެރިކަމުގެ ދިހަ ޚަބަރު - ނަބިއްޔާ صلى الله عليه وسلم | 13 ޖުލައި 2017

ޖުނުބުވެރިވެފައިވާކަން ނޭނގިހުރެ ނަމާދުކުރި މީހާގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 15 އޮކްޓޯބަރ 2016

ގަމަތް ދެވުމަށް ފަހު ސުންނަތް ނަމާދު އަދާކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 09 އޮކްޓޯބަރ 2016

ދަރިން ފަތިސްނަމާދަށް ހޭލެއްވުން - الشَّيْخُ العلامة عَبْدُ العَزِيْزِ آلُ الشَّيْخ حفظه الله | 07 މެއި 2016

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...