އިޚްވާނުލް މުސްލިމީން އަދި ތަބްލީޤީ ޖަމާޢަތަކީ ހަލާކުވެގެންވާ 72 ފިރުޤާގެ ތެރެއިންވާ ބިދުޢަވެރި ދެ ފިރުޤާ - الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله

ކެޓަގަރީ އިޚްވާނުލް މުސްލިމޫން

الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله އަރިހުގައި ސުވާލު ކުރެވުނެވެ.

ސުވާލު : ޝިރުކީ ކަންތަކާއި ބިދުޢަވެރި ކަންތައް ކުރުމުގައިވާ ތަބްލީޤީ ޖަމާޢަތް އަދި ޕާޓީ ހަދައިގެން މުސްލިމުން ވެރިންގެ ކިޔަމަންގަތުމުން ބޭރުވެ އުޅޭ އިޚްވާނުލް މުސްލިމީން، މި 2 ފިރުޤާއަކީ ހަލާކުވެގެންވާ 72 ފިރުޤާގެ ތެރެއަށް ވަންނާނެ ފިރުޤާތަކެއްތޯ އެވެ؟


ޝެއިޚް بن بَاز رحمه الله ވިދާޅުވި އެވެ. "72 ފިރުޤާގެ ތެރެއަށް ވަންނާނެ އެވެ. أهل السنة ޢަޤީދާއާ ޚިލާފްވި ކޮންމެ މީހަކުމެ 72 ފިރުޤާގެ ތެރެއަށް ވަންނާނެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ޙަދީޘްގައިވާ (ތިމަން ނަބިއްޔާގެ އުއްމަތޭ) މާނައަކީ : ނަބިއްޔާއަށް އިޖާބަދިން އުއްމަތެވެ. އެބައިމީހުން ނަބިއްޔާއަށް އިޖާބަ ދިނެވެ. ނަބިއްޔާއަށް ތަބަޢަވެގެންވާ ކަމުގައި ފާޅުކުރި އެވެ. އެއީ 73 ފިރުޤާއެކެވެ. އެއްމެ ފިރުޤާއެއް ދީނުގައި ފުރިހަމައަށް ޤާއިމްވެ، އެގޮތުގައި ދެމިތިބުމުން ނަރަކައިން ސަލާމަތްވެގެންވެ އެވެ. އަދި 72 ފިރުޤާގެ އަހުލުވެރިންގެ ތެރޭގައި ކާފިރުވެގެންވާ ފަރާތްތަކާއި، ފާފަކޮށް އުރެދުމުގައިވާ ފަރާތްތަކާއި، ބިދުޢަވެރިން ހިމެނެ އެވެ. (އެބައިމީހުންގެ ތެރޭގައި އެކިބައިތަކުގެ) އަހުލުވެރިންވެ އެވެ.


އެއަށްފަހުގައި ސުވާލުކުރިމީހާ ދެންނެވި އެވެ. މާނައަކީ، މި ދެ ފިރުޤާއަކީ 72 ފިރުޤާގެ ތެރޭގައި ހިމެނިގެންދާނެ ބައެއްތޯ އެވެ؟


ޝެއިޚް بن بَاز رحمه الله ވިދާޅުވި އެވެ. "އާއެކެވެ. އެމީހުން ވަންނާނީ 72 ފިރުޤާގެ އަހުލުވެރިންގެ ތެރެއަށެވެ. އަދި މުރުޖިއާއިން، ޚަވާރިޖުންވެސް ވަންނާނެ އެވެ. ބައެއް ޢިލްމުގެ އަހުލުވެރިން ދެކިވަޑައިގެންފައިވަނީ ޚަވާރިޖުންނަކީ އެ 72 ފިރުޤާއިން ބޭރުވެގެންވާ ކާފަރުންގެ ތެރޭގައި ހިމެނިގެންވާ ބައެކެވެ. އެހެނަސް އެބައިމީހުންނަކީ 72 ފިރުޤާގެ ތެރެއަށް ވަންނާނެ މީހުންނެވެ."

ފަތުވާ ނަގާފައިވަނީ : النصيحة و ملحق النصيحة ص 10- 11

Like what you see?

Close

Hit the buttons below to follow us, you won't regret it...