ބޭބެގެ އަންހެނުންނާ އެކު (ވަކިވެގަނެ) ޅިޔަނުންނަށް ނުވަތަ އެނޫންވެސް ތިމާގެ މީހަކަށް ހުރެވިދާނެ ހެއްޔެވެ ? - العَلاَّمَة الشَّيْخُ مُحمَّدُ بِن صَالِح العُثَيْمِيْن رحمه الله

ކެޓަގަރީ ފިޤުހު

"އެއް އާއިލާއެއް އެއްތަނެއްގައި ދިރިއުޅޭ ހިނދުގައި، އަންހެނުން އެބައިމީހުންގެ މަޙްރަމުން ނޫން އެހެން މީހުންގެ ކިބައިން ޙިޖާބުވެ ތިބުން ވާޖިބުވެގެންވެ އެވެ. ފަހެ، ބޭބެގެ އަންހެނުންނަށް، ފިރިމީހާގެ ކޮއްކޮގެ (ފިރިހެން ކޮއްކޮ) އަށް ހަށިގަނޑު ކަޝްފު ކޮށްގެން ނުވާނެ އެވެ. ފަހެ ފިރިމީހާގެ ކޮއްކޮ އަންހެންމީހާއަށް މަޙްރަމެއްގެ ގޮތުގައި ނުވާނެ އެވެ. ފިރިމީހާގެ ކޮއްކޮ އަކީ ހިލޭ ފިރިހެނެކެވެ. ފިރިހެން ކޮއްކޮ އަށް އަންހެން މީހާގެ ހަށިގަނޑު ފެނުން ހުއްދަނުވުމާއި، މަޙްރަމެއްގެ ޙުކުމް ލިބިގެނެއް ނުދާނެ އެވެ. ހަމައެފަދައިން ފިރިމީހާ ގޭގައި ނުހުންނަ ވަޤުތުގައި (ގެއިން ބޭރަށްދާ ވަޤުތުގައި)، އެ އަންހެނުން ފިރިމީހާގެ ކޮއްކޮ އާ އެކުގައި ވަކިން އިށީނުން (ޚަލްވާ ވުން) ހުއްދައެއް ނުވާނެ އެވެ.


ފަހެ، މިއީ ވަރަށް ގިނަމީހުންނަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. އެއީ މިޘާލަކަށް އެއް ގެއެއްގައި ދެ އަޚުން އުޅޭ ހިނދުގައި، އެތަނުން އެކަކު ކައިވެނިކޮށް އަނެކަކު ކައިވެނި ނުކޮށް އުޅެއެވެ. ފަހެ، ކައިވެނި ކޮށްގެން އުޅޭ އަޚާ ވަޒީފާއަށް ނުވަތަ ކިޔަވަންދާ އިރުގައި، އަނބިމީހާ އޭނާގެ އަޚު ގާތުގައި ބަހައްޓާފައި ދިއުން ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.

(لا يخلون الرجل بامرأة)
"ފިރިހެނަކު އަންހެނަކާ އެކު ޚަލްވާ ވެގަތުން (އެހެންމީހުންނާ ވަކިން، ވަކިވެގަތުން) ހުއްދައެއް ނުވާނެ އެވެ."

އަދިވެސް ޙަދީޘް ކުރެއްވި އެވެ.

(إياكم و الدخول على النساء) قالوا يارسول الله، أرأيت الحمو؟ قال (الحمو الموت)
"ތިޔަބައިމީހުން އަންހެނުންނާ ވަކިވެ، އެކުނުވާށެވެ." ޞަޙާބީން ދެންނެވި އެވެ. ﷲ ގެ ރަސޫލާ އެވެ. ޙަމޫ (ފިރިމީހާގެ އާއިލާގެ ތެރޭގައިވާ ޅިޔަނުން) އާ އެކުގައި ވުން ކިހިނެތްތޯ އެވެ. ޙަދީޘް ކުރެއްވި އެވެ. "ޙަމޫ (ޅިޔަނުންނަކީ) އެއީ މަރެވެ."

 

*****
ފަތުވާ ނަގާފައިވަނީ : مجموعة الأسئلة تهم الأسرة المسلمة  ص 52

Like what you see?

Close

Hit the buttons below to follow us, you won't regret it...