5 فضيلة الشيخ الدُّكْتُور عبد الله بن عبد الرَّحيم البُخاري حفظه الله ގެ ތަރުޖަމާ - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޢިލްމުވެރިން

فضيلة الشيخ الدُّكْتُور عبد الله بن عبد الرَّحيم البُخاري حفظه الله ގެ ތަރުޖަމާ

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ ސީރަތް (ސަޚުސިއްޔަތުތައް)

فضيلة الشيخ الدُّكْتُور عبد الله بن عبد الرَّحيم البُخاري حفظه الله

بسم الله الرحمن الرحيم الحمدُ لله ربِّ العالمين والصَّلاة والسَّلام على نبيِّنا محمَّدٍ وآله وصحبه أجمعين، أمَّا بعدُ:


ޝައިޚުގެ ތަޢާރަފެއް:


ޝައިޚުގެ ފުރިހަމަ ނަންފުޅަކީ عَبْدُ الله بْنُ عَبْد الرَّحِيْمِ بْنِ حُسْيَن بْنِ مَحْمُودٍ السَّعديُّ ثُمَّ البُخاريُّ المدينيُّ (ޢަބްދުﷲ ބުން ޢަބްދުއްރަޙީމް ބުން ޙުސައިން ބުން މަޙްމޫދު އައްސަޢްދީ އަލްބުޚާރީ) އެވެ. ޝައިޚް އުފަންވެވަޑައިގަތީ ހިޖުރައިން 1388 ވަނަ އަހަރު މަދީނާގައެވެ. ޝައިޚް ވަނީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިން ކިޔަވާ ވިދާޅުވެ ހިޖުރައިން 1426 ވަނަ އަހަރު ޕީ.އެޗް.ޑީ އެންމެ މަތީ ދަރަޖަ (އެބަހީ: ހަޔަރ ޑިސްޓިންކްޝަން) ހޯއްދަވާފައެވެ. އަދި މިހާރު ޝައިޚަކީ އެ ޔުނިވަސިޓީގައި ޙަދީޘް ފެކަލްޓީގައި ކިޔަވައިދެއްވާ މުދައްރިސެކެވެ.

 

ބައެއް ޝައިޚުން:


1. الإمام المجدد شيخ الإسلام عبد العزيز بن عبد الله بن باز (رحمه الله)
2. فقيه الزمان الإمام العلامة محمّد بن صالح العثيمين (رحمه الله )
 الإمام الهمام العلامة محمد بن أمان الجامي (رحمه الله) މި ޝައިޚުގެ އަރިހުން 10 އަހަރުވަންދެން ޝައިޚް ޢަބްދުﷲ އަލްބުޚާރީ ޢިލްމު ޙާޞިލް ކުރެއްވިއެވެ.
3. العلامة المحدث ، حامل لواء الجرح والتعديل الشيخ ربيع بن هادي المدخلي (حفظه الله)
4. العلامة المحدث الشيخ عبد المحسن بن حمد العباد (حفظه الله) މި ޝައިޚުގެ އަރިހުން 16 އަހަރު ވަންދެން ޢިލްމު ޙާޞިލް ކުރެއްވިއެވެ.
5. العلامة المؤرخ الشيخ عمر بن محمّد فلاتة (رحمه الله)
6. العلامة الناصح علي بن محمد بن سنان (رحمه الله)
7. العلامة الفقيه الشيخ عطية بن محمد سالم (رحمه الله)
8. العلامة المحدث الفقيه أحمد بن يحيى النجمي (رحمه الله)
9. العلامة الفقيه عبيد بن عبد الله الجابري (حفظه الله)
10. الشيخ اللغوي عبد الرحمن بن عوف الكوني (حفظه الله)

 

ޝައިޚުގެ ބައެއް ލިޔުންތަކާއި ފޮތްތައް:


1. مرويات أبي عبيدة بن عبد الله بن مسعود عن أبيه جمعا ودراسة
2. منار السبيل بتخريج جزء ابن ديزيل ، تحقيق
3. إتخاف النبلاء بأدلة تحريم إتيان المحل المكروه من النساء
4. رياض الجنة بتخريج أصول السنة لابن أبي زمنين، تحقيق و تخريج
5. التنبيه والإرشاد لتجاوزات محمود الحداد
6. الفتح الرباني في الرد على أبي حسن السليماني
7. التوضيح الأبهر لتذكرة ابن ملقن في علم الأثر، للحافظ السخاوي ، تحقيق
8. المقالات الشرعية (المجموعة الأولى والثانية)
9. الأجوبة المدنية عن الأسئلة الحديثية
10. مصطلحات المحدثين في كتابة الحديث وضبطه وإصلاحه
11. سؤالات الإمام أبي زرعة الدمشقي للإمام أحمد بن حنبل في كتابه (التاريخ) جمعا ودراسة
12. تمام المنة بشرح أصول السنة للإمام الحميدي ، شرح مفرع
13. شرح المنظومة البيقونية

 

އަދި މިނޫންވެސް އިތުރު ފޮތްތަކާއި ލިޔުންތައް ޝައިޚް ވަނީ ލިޔުއްވާފައެވެ. އޭގެ ތެރެއިން ބައެއް ފޮތްތައް ޗާޕްކުރެވިފައިވާއިރު، އަނެއްބައި ފޮތްތައް ވަނީ ޗާޕްކުރުމުގެ މަގުމަތީގައެވެ. މީގެ އިތުރުން ޝައިޚް ލިޔުއްވާފައިވާ ބައެއް ފޮތްތަށް، މިސާލަކަށް: من ثمرات التمسك بالسنة، وَصَايَا سنية لمن أراد النجاة، حقوق الأولاد على الآباء و الأمهات،  ما هي السلفية  މި ހަތަރު ފޮތަކީ ދިވެހި ބަހަށް ތަރުޖަމާ ކުރެވި، ޝެއިޚްގެ އިޛުނަލިބި މިހާރު ވިއްކަމުންދާ ފޮތްތަކެވެ.


ދަޢުވަތުގެ މައިދާނުގައި ޝައިޚް ކުރަށްވާފައިވާ ބައެއް މަސައްކަތްތަށް:


ޙައްޤުވެގެންވާ ސަލަފީ މަންހަޖަށް ދަޢުވަތު ދެއްވުމާއި، އެ މަންހަޖުގެ ދިފާޢުގައި މަސައްކަތްކުރުމުގައި ޝައިޚަކީ މިންނެތް މަސައްކަތް ކުރަށްވާފައިވާ އަދި މިހާރުވެސް ކުރަށްވަމުން ގެންދަވާ ޢިލްމުވެރިއެކެވެ. އެގޮތުން މަދީނާގެ އިސްލާމިކް ޔުނިވަސިޓީގައި ކިޔަވައިދެއްވުމުގެ އިތުރުން، ސަޢުދީ ޢަރަބިއްޔާ އަދި އެހެނިހެން ޢަރަބި ޖަޒީރާތަކުގައި ބާއްވާ ޢިލްމީ ދައުރާތަކުގައި ޝައިޚް ބައިވެރިވެވަޑައިގަންނަވައެވެ. އަދި މަޝްހޫރު "މީރާޘް" ރޭޑިއޯ މެދުވެރިކޮށް ޝައިޚް ދަރުސްތައް ދެއްވައެވެ.


މީގެ އިތުރުން ޝައިޚް ވަނީ ޢަރަބި ޖަޒީރާތަކުން ބޭރު އެކި އެކި ޤައުމުތަކުގައި ދަރުސްދެއްވައި ފޮތްތައް ޝަރަޙަކޮށްދެއްވާފައެވެ. އެގޮތުން 2013 ވަނަ އަހަރު ޝައިޚް ވަނީ އަޅުގަނޑުމެންގެ ދިވެހި ރާއްޖެއަށް ވަޑައިގެން އިމާމް އަޙްމަދުގެ އުޞޫލުއް ސުންނާ އަދި އިމާމް އަލްބުޚާރީގެ ޞަޙީޙުގެ ކިތާބުލް ޢިލްމު ގެ ބައެއް ޝަރަޙަ ކޮށްދެއްވާފައެވެ. އަދި 2014 ވަނަ އަހަރުގައިވެސް ދިވެހި ރާއްޖެއަށް ވަޑައިގެން ޢިލްމީ ދަޥްރާއެއް ބާއްވަވާ ޢިލްމީ ފޮތްތައް ޝަރަޙަ ކޮށްދެއްވާފައިވެ އެވެ. މި ދަޥްރާތަކުގެ އޯޑިޔޯ www.salafi.mv އިން ލިބެން ހުންނާނެވާހަކަ ބަޔާންކުރަމެވެ. އަދިޝެއިޚުގެ ފަތުވާތައް ކިޔާލުމަށް މި ލިންކަށް ޒިޔާރަތް ކޮށްލާށެވެ..


ހަމައެއާއެކު، ފޯނު މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޝައިޚް ދަރުސްދެއްވަމުން ގެންދަވައެވެ. އެގޮތުން އިނގިރޭސި ވިލާތާއި، އެމެރިކާއާއި، މި ނޫންވެސް އެކި ތަންތަނުގައިވާ މުސްލިމުންނަށް އެތައް ދަރުސްތަކެއް ޝައިޚް ދެއްވައެވެ. އަދި މި ދަރުސްތަކުގެ ރިކޯޑިން ޝައިޚްގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ޝައިޚްގެ މިންނެތް މަސައްކަތަށް ޝައިޚަށް ﷲ ހެޔޮ ޖަޒާ ދެއްވާށިއެވެ. އަދި ޝައިޚަށާއ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށް، ޙައްޤު ގޮތުގައި ޤާއިމްވެ ތިބުމުގެ ހެޔޮ ތައުފީޤު ދެއްވައި، ޝައިޚްގެ ޢިލްމުން އަޅުގަނޑުމެންނަށް މަންފާ ކޮށްދެއްވާނދޭވެ.


އެންމެހައި އަޚުންނޭވެ. ސުންނަތް ދިފާޢު ކުރެއްވުމާއި ސުންނަތް ފެތުރުއްވެވުމުގައި މިންނެތް މަސައްކަތްޕުޅު ކުރައްވަމުން ގެންދާ މިފަދަ ޢިލްމުވެރިއަކަށް މިފަދަ ކުރު، ޚުލާޞާ ބަސްތަކަކީ އެކަމަށް އެށޭނެ ބަސްތަކެއް ކަމުގައި ނުވެ އެވެ. އެހެނަސް މިއީ ޝެއިޚް حفظه الله ގެ ޙަޔާތްޕުޅާ މެދުގައި ބަޔާންކުރެވުނު މަދު މިންވަރެކެވެ.

 


والحمد لله رب العالمين.

Like what you see?

Close

Hit the buttons below to follow us, you won't regret it...