5 وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ فَأُوْلَئِكَ هُمُ الْكَافِرُونَ މި އާޔަތުގެ ތަފްސީރުގައި عبد الله بن عباس رضي الله عنه ގެ ބަސްރައްދުކުރުން - الشيخ العلامة ربيع بن هادي المدخلي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ فَأُوْلَئِكَ هُمُ الْكَافِرُونَ މި އާޔަތުގެ ތަފްސީރުގައި عبد الله بن عباس رضي الله عنه ގެ ބަސްރައްދުކުރުން - الشيخ العلامة ربيع بن هادي المدخلي حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ﷲ ބާވައިލެއްވި ޙުކުމަށް ޙުކުމް ނުކުރުން

ސުވާލު: وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ فَأُوْلَئِكَ هُمُ الْكَافِرُونَ މިއާޔަތުގެ ތަފްސީރުގައި ابن عباس ވިދާޅުވެފައިވާ ބަސްފުޅު ރައްދު ކުރުމަށްފަހު، މިއާޔަތަކީ ޢާއްމު މާނައިގައިވާ އާޔަތެއް ކަމުގައި ބުނެ އަދި މި އާޔަތުގައިވާ ޙުކުމް ޚާއްޞަކޮށްގެން ނުވާނެކަމުގައި ބުނެއެވެ. އަދި ﷲ ގެ ޙުކުމަށް ޙުކުމްނުކުރާ އެއްމެހައި ފަރާތްތަކަކީ އިސްތިސްނާއެއް ނުވާ ގޮތުގައި ކާފަރުވާނެ ބައެއް ކަމުގައި ބުނާމީހުންނަކީ ޚަވާރިޖުން ކަމުގައި ބުނެވޭނެތޯއެވެ؟
 

ޖަވާބު: އެއްވެސް ޝައްކެތްނުވާ ގޮތުގައި ތިޔައީ ޚަވާރިޖުން ޚިޔާރުކޮށްފައިވާ މަގެވެ. ޤުރުއާން ތަފްސީރުކުރުމުގައި ދެމިތިއްބެވި އިމާމުންގެ ތަފްސީރުތަކާއި ޚިލާފްވެ، އަދި އެއްމެ އިސް އިމާމް ކަމުގައިވާ  ابن عباس ތަފްސީރުން އެކަހެރިވެ، ސަލަފީ ޢަޤީދާއާއި އެމަންހަޖުގެ އިމާމުންގެ ތަފްސީރު ދޫކޮށްފައިވާ މީހާ އެޙުކުމްތަކުގައި އެވަނީ ނުރައްކާތެރި މަގެއްގައެވެ. މިއީ އެއްމެ މުހިއްމު ވެގެންވާ އުޞޫލްތަކެވެ. މިފަދަ މީހާ އެއްވެސް ޝައްކެތް ނުވާ ގޮތުގައި އަހުލުއްސުންނަތް ވަލް ޖަމާޢަތުގެ މަގު ނޫން އެހެން މަގެއް ހޯދައިފިއެވެ. އަހުލުއްސުންނަތް ވަލް ޖަމާޢަތުގެ މަންހަޖު ނޫން މަންހަޖެއް ހޯދައިފިއެވެ. އަދި ޢިލްމުގައި އެއްމެ ފުންނާބުއުސް ރާސިޚޫންގެ މަންހަޖު ނޫން މަންހަޖެއް ހޯދައިފިއެވެ.
 

މި އެއްމެހައި ފަރާތްތަކަށް ވާޖިބު ވެގެންވަނީ ﷲ އަށް ތައުބާވުމެވެ. ފަހެ، ابن عباس އަކީ ޤުރުއާންގެ ތަރުޖަމާއޭ ބުނެވޭ ފަރާތެވެ. މިއުއްމަތުގެ ޢިލްމުގެ ދެލީގެ ކަނޑެވެ. ޞަހާބީންގެ ތެރޭގައިވާ އެއްމެ ދުވަސްވީ ބޮޑެތި ޞަޙާބީން މިކަންވަނީ ޤަބޫލުކުރައްވާފައެވެ. ދީނުގެ ފިޤުހު ލިބިގެންވާ ކަމުގައި އަދި މަތިވެރިކަމާއި ޢިލްމުގެ އިމާމެއްގެ ގޮތުގައި ވަނީ ޤަބޫލުކުރައްވާފައެވެ. އަދި ރަސޫލާ ﷺ ابن عباس އަށް ދީނުގެ ފިޤުހު ލިބުމަށް އެދި ދުޢާ ކުރެއްވިއެވެ. އިސްލާމްދީނުގެ މުޢުތަބަރު އިމާމުން މިޞަޙާބީ ބަޔާންކޮށްދެއްވާފައިވާ މަގުގައި ދެމި ތިއްބެއެވެ. އަދި ޚަވާރިޖުންނާއި، ޙައްޤުމަގުން ޚިލާފްވެދިޔަ މީސްތަކުން މިއާޔަތުގެ ތަފްސީރު އަދި އެހެނިހެން އާޔަތްތަކުގެ ތަފްސީރާއި ޚިލާފްވިއެވެ.
 

ބިދުޢައިގެ އަހުލުވެރިން ޞަޙާބީންނާއި ޚިލާފުވުމަކީ ބީރައްޓެހި ކަމެއް ނޫނެވެ. ފަހެ އެބައިމީހުން ﷲ ގެ ފޮތާއި އަދި ސުންނަތާއި ޚިލާފްވެއެވެ. އާއެކެވެ. އަހަރެން ހަނދުމަކޮށްދެމެވެ. ހަމަކަށަވަރުން ރަސޫލާ ﷺ ޚަވާރިޖުންނަކީ (أحداث الأسنان سفهاء الأحلام) "އުމުރުން ހަގު ފޮނި ހުވަފެންތައް ދެކޭ ބައެކެވެ." މިފަދައިން ސިފަކޮށްދެއްވިއެވެ. ތިޔަ އަޚުންނަށް އެނގިއްޖެ ހެއްޔެވެ. އެގޮތުން މިއަދު މިއާޔަތް މިފަދަ ގޮތްތަކަށް ތަފްސީރުކުރާ މީހުންނަކީ ފޮނި ހުވަފެންތަކެއް ދެކޭ ބައެކެވެ. އަދި އުމުރުގެ ގޮތުން ހަގު ބައެކެވެ. ރަސޫލާ ﷺ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. (هلاك أمتي على يدي أغليمة سفهاء الأحلام) "ތިމަން ނަބިއްޔާގެ އުއްމަތް ހަލާކުވެދަނީ ފޮނި ހުވަފެންތައް ދެކޭނެ އުމުރުން ހަގު ބައެއްގެ އަތްމަތިންނެވެ."
 

މިއަދު މީސްތަކުން ބުނަމުންދަނީ ކީކޭތޯއެވެ. ޅަކުދިންނެވެ. ޅަކުދިންނެވެ. ކިރިޔާ ތަސައްރަފު ފުދޭ ކުދިންނެވެ. އުއްމަތް ހަލާކު ކޮށްފިއެވެ. އަދި އެއްވެސް ބުރަދަނެއްނެތް ޢަޤީދާތަކެއްގެ މަތީގައިވެއެވެ. އެކި ޙުކުމްތަކުގައެވެ. ޤަތުލުކުރުމުގައެވެ. މުދާތައް ހޯދުމުގައެވެ. ދީނީ ގޮތުންނާއި އަދި ދުންޔަވީގޮތުން އުއްމަތް ހަލާކުކުރީއެވެ. އަހަރެންނަށް އެނގިފައި ވަނީ ބައެއްމީސްތަކުން މި ޙަދީޘް ބަނީ އުމައްޔާގެ މައްޗަށް ނަގައެވެ. އެހެނަސް އަހަރެން ދެކެނީ ޚަވާރިޖުން ސިފަކޮށްފައިވާ ޙަދީޘް ކަމުގައިވާ އެބައިމީހުންނަކީ (أحداث الأسنان سفهاء الأحلام) "އުމުރުން ހަގު ފޮނި ހުވަފެންތައް ދެކޭ ބައެކެވެ."  މި ޙަދީޘްގެ މައްޗަށް ކުރީގެ ޙަދީޘް ދަލީލުކޮށްދެއެވެ.
 

ފަހެ، ކުރިން ޒިކުރު ކޮށްދިންފަދައިން ބަޔާންވެގެންދަނީ ޚަވާރިޖުން ސިފަވެފައިވަނީ އެއީ ޅަކުދިންތަކެއް ކަމުގައެވެ. އަދި މޮޅެތި ހުވަފެންތަށް ދެކޭ ބައެއްގެ ގޮތުގައެވެ. އެމީހުންގެ ސިކުޑިތަކަކީ ހަމަޖެހޭ ސިކުޑިތަކެއް ނޫނެވެ. ހަމަނުޖެހޭ ކަމަކީ އެބައިމީހުން ޞަޙާބީން ގެ ތަފްޞީރަށް، ފިޤުހަށް އަދި މި އުއްމަތުގެ ޢިލްމުވެރިން ބަޔާންކޮށްފައިވާ ފިޤުހަށް، މިއުއްމަތުގެ އަހުލުއްސުންނަތުގެ އިމާމުންގެ ފިޤުހަކަށް ނުބަލާނެއެވެ. އެމީހުންގެ މަގު ނޫން މަގުތަކެއް ހޯދިއެވެ. ފަހެ އެހެންވުމުން ބުނަމެވެ. އެމީހުން ރަސޫލާ ﷺ އެބައި މީހުންނަކީ ޅަ ކުދިންތަކެއް ކަމުގައިއާއި އެމީހުން ފޮނި ހުވަފެންތަކެއް ދެކޭނެ ކަމުގައި ޒިކުރު ކޮށްދެއްވާފައިވާ ޚަވާރިޖުންގެ މަގު ހޯދައިގަތެވެ. މީސްތަކުން ބުނާނެއެވެ. ކުޑަ ކުދިންނެވެ. ކުޑަ ކުދިންނޭ ބުނެވެނީ އެބައި މީހުން ސިކުޑީގެ ގޮތުންނާއި ދީނުގެ ގޮތުން ބަލިކަށި ބައެއްގެ ގޮތުގައި ވުމުންނެވެ. ޞަރީޙަބަހުން އެބައިމީހުންގެ ސިފަތަކަކީ މީއީ ކަމުގައި ވެއެވެ.
 

މިބައިމީޙުންގެ ނުބައިކަމުން މި އުއްމަތް ޢާފިޔަތް ލިބުމަށްއެދި ދަންނަވަމެވެ. އެމީހުން ދެކޭގޮތުގައި ޢިލްމުވެރިންނަނީ ޖާސޫސީންނެވެ. އެއީ މަގުމަތީގައި ތިބޭ މަސައްކަތު މީހުންނެވެ.  އަދި މިވަނި އެވެނި ބައެއްކަމުގައި ބުނާނެއެވެ. އަދި އެގޮތުން މިއުއްމަތުގެ މީސްތަކުން އުއްމަތުގެ ޢިލްމުވެރިން ދޫކޮށް މި ޅަކުދިންނާއި ފޮނި ހުވަފެންތަކުގެ އަހުލުވެރިންނާއި ކައިރިވެދެއެވެ. އަދި މަގުފުރެދިފައިވާ ބިދުޢަވެރި އިމާމުން ކަމުގައިވާ ޚަވާރިޖުންނާއި ރާފިޟީންގެ އަތްމައްޗަށް ސަވާރުވެއެވެ.
*** ފަތުވާ ނަގާފައިވަނީ شرح أصول السنة للشيخ ربيع - حفظه الله -

 

މީސްތަކުން ނުހައްޤުން ކާފަރު ކުރުމުންދާ ޒުވާނުންގެ މިޘާލެއް

20161216-aliyasir.jpg

 

Like what you see?

Close

Hit the buttons below to follow us, you won't regret it...