އައް ޝެއިޚް ޑރ. ރަބީޢު އަލް މަދްޚަލީ ވަނީ ސަލަފިއްޔަތުގައެވެ. އަދި އެ ސަލަފިއްޔަތަކީ އެހެނިހެން މުސްލިމުން އޭގެއިން ބޭރުކޮށްހަދާ ޙިޒްބް ގޮތުގައި ޤާއިމްވެފައިވާ ޖަމާޢަތެއްގެ ގޮތުގައި ނުބުނަމެވެ. - الشيخ العلامة محمد بن صالح العثيمين رحمه الله
الشيخ العلامة محمد بن صالح العثيمين رحمه الله: "އަހަރެމެންގެ އަޚާ ޑޮކްޓަރ ރަބީޢު ބިން ހާދީ އަލްމަދްޚަލީ މި ހިސާބުގަނޑަށް ޒިޔާރަތް ކުރުމުން އެކަމަށް އަހަރެމެން ހަމަކަށަވަރުން ﷲ އަށް ޙަމްދުކުރަމެވެ. އެހެނީ އޭގެ ސަބަބުން ބައެއް މީހުންނަށް ބައެއް ކަންތައްތައް ސާފުވެފައި ނެތުމުން އެކަންތަށް އެމީހަކަށް ފާޅުވެގެން ދިއުމެވެ.
އަހަރެމެންގެ އަޚާ ( ﷲ އަހަރެމެންނަށާ އަދި ރަބީޢުއަށް ހެޔޮ ގޮތް މިންވަރު ކުރައްވާށި) ވަނީ ސަލަފިއްޔަތުގައެވެ. ސަލަފުންގެ މަގުގައެވެ. މިތަނުގައި އަހަރެން ސަލަފިއްޔަތަކީ އެހެނިހެން މުސްލިމުން އޭގެއިން ބޭރުކޮށްހަދާ ޙިޒްބް (ޕާރޓީއެއްގެ) ގޮތުގައި ޤާއިމްވެފައިވާ ޖަމާޢަތެއްގެ ގޮތުގައި ނުބުނަމެވެ. މިތަނުގައި މި ބުނެލަނީ ( ޝެއިޚް ރަބީ) ވަނީ މަންހަޖުގައި ސަލަފުންގެ މަގުގައި ކަމެވެ. އެއީ ޚާއްޞަ ގޮތެއްގައި ތައުޙީދު އޭގެ ފުރިހަމަ ގޮތުގައި ޤާއިމް ކުރުމަށާއި އަދި އެ (މަންހަޖާއި) ޚިލާފްވާ އެއްމެހައި ކަންތަކެއް ވަކިކުރުމުގައެވެ.
އަދި ތައުހީދަކީ އެކަލާނގެ ފޮނުއްވި އެއްމެހައި ރަސޫލުން (عليه الصلاة والسلام) ރަސޫލު ކަމާއިގެން ފޮނުއްވުނު މަޤްޞަދު ކަމުގައި އަހަރެމެން އެއްމެން ދަންނަންޖެހެއެވެ. އެއީ އެކަލާނގެ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ [الأنبياء:25]
"ހަމަކަށަވަރުން ތިމަން އިލާހު މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށް އެ ރަސޫލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު އިބަ ނަބިއްޔާގެ ކުރިންވެސް ތިމަން އިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން ހަމައެކަނި ތިމަން އިލާހަށް އަޅުކަން ކުށްތަންކުރާހުށި ކަމެވެ."
އަހަރެމެންގެ އަޚާ ޝެއިޚް ރަބީ ބިން ހާދީ އަހަރެމެންގެ މި ހިސާބުގަނޑަށް އަދި އަހަރެމެންގެ ރަށަށް "ޢުނައިޒާ" އަށް ޒިޔާރަތް ކުރުމަކީ އެކަމުގެ ސަބަބުން ހެޔޮ އަޘަރެއް ކުރާނެ ކަމެއްކަމުގައި ދެކެމެވެ. އެ ޒިޔާރަތުން ގިނަ ބަޔަކަށް ފޮރުވިގެންވާ ކަންތައްތަށް ސާފުވެގެންދާނެއެވެ. އެވާހަކަ ތަކުގައި އެއްވެސް އަޞްލެއް ނެތް، މީސްތަކުން ހަދަހަދައިގެން ދައްކާ ވާހަކަތަކުގެ ޙަޤީޤަތް ފާޅުވެދިއުމެވެ. ދޫތަކުން ފާޅުކޮށްފައިވާ ބުހުތާން ވާހަކަތަކުގެ ޙަޤީޤަތް ފާޅުވުމެވެ.
ބުހުތާން ވާހަކަތަށް ޢިލްމުވެރިންގެ މައްޗަށް ފާޅުކުރުމަށް ފަހުގައި އެކަމުގެ ޙަޤީޤަތް އެނގުމުން އެކަމަށް ދެރަވެ މާޔޫސްވަނީ ކިތަށް މީސްތަކުން ހެއްޔެވެ. އެހެނަސް ޙަޤީޤަތުގައި އެ ޢިލްމުވެރިންވަނީ ޙައްޤުގައެވެ.