5 ސައްޔިދު ޤުޠުބު އަކީ ކާކު؟ - الشَّيْخُ ابن عثيمين އަދި الشَّيْخُ الأَلْبَانِي އަދި الشَّيْخُ ابن باز رحمهم الله ގެ ދޫފުޅުން - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ސައްޔިދު ޤުޠުބު އަކީ ކާކު؟ - الشَّيْخُ ابن عثيمين އަދި الشَّيْخُ الأَلْبَانِي އަދި الشَّيْخُ ابن باز رحمهم الله ގެ ދޫފުޅުން

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ސައްޔިދު ޤުތުބް

ތަރުޖަމާކޮށް ލިޔެ ތައްޔާރުކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


ހަވާނަފްސުގެ އަހުލުވެރިންނާއި ބިދުޢައިގެ އަހުލުވެރިން، ޢިލްމުވެރިއެއްކަމުގައި ހަދައިގެންއުޅޭ
- ސައްޔިދު ޤުޠުބު -

 

الشَّيْخُ الإِمَامُ مُحمَّد بن صَالح العُثَيمِين رحمه الله ސައްޔިދު ޤުޠުބް އާ މެދުގައި ވިދާޅުވެފައިވެ އެވެ.

"އޭނާ ލިޔެފައިވާ އިޚްލާޞް ޞޫރަތުގެ ތަފްސީރު ކިޔާލީމެވެ. ހަމަކަށަވަރުން އޭނާ أهل السنة و الجماعة ޤާއިމްވެ އިޤްރާރުވެގެންވާ ގޮތްތަކާއި ޚިލާފަށް އެ ޞޫރަތުގެ ތަފްސީރުގައި ނުހަނު ބޮޑުވެގެންވާ ބަސްތަކެއް ބުނެފައިވެ އެވެ.  ބަޔާންކޮށްފަވަނީ އެންމެހައި ތަކެއްޗަކީ ﷲ ގެ ޛާތުފުޅުގެ ގޮތުގައި އެވެ."


الشَّيْخُ صِالح الفوزان حفظه الله ސައްޔިދު ޤުޠުބް އާ މެދުގައި ވިދާޅުވެފައިވެ އެވެ.

(ސައްޔިދު ޤުޠުބް ލިޔެފައިވާ ތަފްސީރުގެ ބައެއް ވިދާޅުވުމަށް ފަހުގައި) الشَّيْخُ صِالح الفوزان ވިދާޅުވި އެވެ. "މިއީ ބާޠިލް ބަސްތަކެކެވެ. މިފަދަ ބަސްތަކެއް ބުނެފި މީހަކީ ކާފަރެކެވެ. އެހެނަސް ތަންދޮރު ފިލާފައިނުވެ ޖާހިލުކަމުގައި ނުވަތަ އެހެން މީހަކަށް ތަޤްލީދުކޮށް ބުނެފި މީހާއަކީ ޢުޛުރުވެރިއެކެވެ. ޖާހިލުކަމަކީ ހަލާކުވެ ނެތިވެދާނެ އާފާތެކެވެ."


الشَّيْخُ رَبِيع المَدخَلِي حفظه الله ސައްޔިދު ޤުޠުބް ލިޔެފައިވާ ފޮތްތަކާއި މެދުގައި ވިދާޅުވެފައިވެ އެވެ.

"ސައްޔިދު ޤުޠުބް ލިޔެފައިވާ ފޮތްތަކަކީ އޭގައި ނުހަނުގިނަ ބޮޑުވެގެންވާ ހަލާކުކުރަނިވި ބިދުޢަތައް އެކުލެވިގެންވާ ފޮތްތަކެކެވެ. އުއްމަތުގެ ޒުވާނުންގެ މައްޗަށް އެ ފޮތްތަކުގައި އެކުލެވިގެންވާ ކަންތައްތައް ފަނާވެ ނެތިވެދާ ބޮޑެތި ވިހަ އަށްވުރެން ނުބައިކަން ބޮޑުވެގެންވެ އެވެ. ފަނާކުރަނިވި ހަތިޔާރުތަކަށްވުރެ ނުބައިވެގެންވެ އެވެ. ސަބަބަކީ އެއީ ސިކުޑިތައް، ޢަޤީދާ ފަސާދަކުރާނެ އެއްޗެކެވެ. ފަހެ، މިއަށްވުރެބޮޑު ފަސާދައެއް އަންނާނެކަމަށް އިންތިޒާރުކުރެވޭނެ ހެއްޔެވެ؟"


الشَّيْخُ الأَلْبَانِي رحمه الله ސައްޔިދު ޤުޠުބް ލިޔެފައިވާ ފޮތްތަކާއި މެދުގައި ވިދާޅުވެފައިވެ އެވެ.

"ސައްޔިދު ޤުޠުބްއަށް الشَّيْخُ رَبِيع ދީފައިވާ އެންމެހައި ރައްދުތަކަކީ ޙައްޤު އަދި ނުހަނު ހެޔޮކަންބޮޑުވެގެންވާ ރައްދުތަކެވެ. މި ރައްދުތަކުން އިސްލާމީ ޘަޤާފާ ކިޔެވި ކޮންމެ މީހަކަށް، ސައްޔިދު ޤުޠުބަކީ އިސްލާމްދީނުގެ ޢުޞޫލެއް އަދި ފުރޫޢެއް އެނގިފައިވާ މީހެއް ނޫންކަން އެނގިގެން ދާނެ އެވެ."


الشَّيْخُ صَالح بِن عَبْدُ العَزِيز آل الشيخ حفظه الله ސައްޔިދު ޤުޠުބް ލިޔެފައިވާ ފޮތްތަކާއި މެދުގައި ވިދާޅުވެފައިވެ އެވެ.

"އަދިވެސް ބުނަމެވެ. އޭނާ ލިޔެފައިވާ ފޮތްތަކުގައި ނުހަނު ގިނަ ބިދުޢަތާކާއި މަގުފުރެދުންތައް ވެ އެވެ. ފަހެ، ސައްޔިދު ޤުޠުބް ލިޔެފައިވާ ފޮތް (في ظلال القرآن) ގައި ޞާބޫނީ ލިޔެފައިވާ ފޮތްތަކުގައިވާ މިންވަރަށްވުރެ ޙައްޤުވެގެންވާ މާނައިން ބާޠިލް މާނަ ޛިކުރުކޮށްފައިވާ އެއްޗެތި ގިނަވެގެންވެ އެވެ."


މި އިންސާނާ ގެ ޢަޤީދާ. ޤުރުއާންގެ މައްޗަށް ޛިކުރުކޮށްފައިވާ ޚުރާފާތް. ބިދުޢަ އަދި ބައެއް މަގުފުރެދުންތައް.

1.ﷲ އަކީ ހުރިހައި ކަންތައްތަކެއް ތަދުބީރު ކުރައްވާ ސިކުނޑި އެއްގެ ގޮތުގައި އެކަލާނގެއަށް ނަން ދީފައިވެ އެވެ.
2. ﷲ އިސްތަވާ ވޮޑިގަތުން އިންކާރު ކޮށްފައިވެ އެވެ.
3. ﷲ ފައިބައި ވޮޑިގެންނެވުން، އަތްޕުޅެއް ލިބިވޮޑިގެންވާކަން އިންކާރުކޮށްފައިވެ އެވެ.
4. ޤިޔާމަތްދުވަހުގައި ﷲ މީސްތަކުންގެ ލޯތަކަށް ފެންނާނެކަން އިންކާރުކޮށްފައިވެ އެވެ.
5. ﷲ ބަސްވަޙީ ކުރެއްވުމާއި، މަތީގައި ވޮޑިގެންވާކަން އިންކާރުކޮށްފައިވެ އެވެ.
6. إِبْراهِيم عليه السلام އަކީ އެބަނިއްޔާގެ ވެރިރައްބުގެ މައްޗަށް ޝައްކުކުރާ ފަރާތެއް ކަމުގައި ބުނެފައިވެ އެވެ. އަދި މަލާއިކަތުންނަށް ޒިޔާރަތްކުރުމުން އެބައިމީހުންނަށް މެހުމާންދާރީ އަދާކުރުމަކީ ބަދަވީ ޢާދަކާދައިގެ ގޮތުން ކޮށްފައިވާ ކަމެއްގެ ގޮތުގައިބުނެ އެއީ އިބް.. ގެ މަތިވެރިކަމުގެ ތެރެއިން ކޮށްފައިވާ ކަމެއްނޫނެވެ.
7. މޫސާ عليه السلام ގެ މައްޗަށް ބުނެފައިވެ އެވެ. އެއީ ލީޑަރެކެވެ. ޤަބަލީ، ޢަޞަބީ މީހެކެވެ. الشَّيْخُ بن باز رحمه الله ސައްޔިދު ޤުޠުބް މި ބަސްތަކާއި މެދުގައި ވިދާޅުވެފައިވެ އެވެ. "ތިޔައީ ނަބިއްޔުންނަށް ފުރައްސާރަކޮށްފައި ވުމެވެ. ތިޔައީ ބަޔާންވެގެންވާ މުރުތައްދުވުމެކެވެ."
8. މޫސާ عليه السلام އަށް ﷲ ބަސްވަޙީކުރެއްވުމާއި މެދުގައި ސައްޔިދު ޤުޠުބް ޝައްކުކުރެ އެވެ.
9. ޢިސާ عليه السلام އުޑަށް އުފުއްލެވިގެންވުން އިންކާރުކޮށްފައިވެ އެވެ.
10. ރަސޫލުންގެ ބަސްތަކުގެމައްޗަށް ބުނެފައިވެ އެވެ. އެއީ އާދަމު ދަރިންގެ ފިކުރީ ބަސްތަކެވެ.
11. عثمَان رضي الله عنه ޤަޠުލުކުރި މީހުންނަކީ އިސްލާމްދީނުގެ ރޫޙު އުފުލުމުގައި ދެމިތިބުމުގައިވީ ބައެއްކަމުގައި ބުނެފައިވެ އެވެ.
12. އިސްލާމް ދީނުގެ އެންމެހައި އަސާސްތައް عثمَان ގެ ޚިލާފަތުގައި ނައްތާލެވިއްޖެ ކަމުގައި ބުނެފައިވެ އެވެ.
13. مُعَاوِية  އަދި عَمرُو بن عاص މި 2 ޞަޙާބީން ސިފަކޮށް ބުނެފައިވެ އެވެ. ދޮގު ވެރިންނެވެ. މަކަރު ވެރިންނެވެ. އޮޅުވާލި ބައެކެވެ. މުނާފިޤުންނެވެ. ރިޝްވަތުގެ ބައެކެވެ. އަޚުލާޤުގެ އެންމެ ދަށްފަންތީގައިވާ ބައެކެވެ.
14. ކީރިތި ޤުރުއާން ގެ މައްޗަށްބުނެފައިވެ އެވެ. އެއީ ﷲ ހެއްދެވި އެއްޗެކެވެ.
15. އޭނާ ދެކޭގޮތުގައި އެންމެހައި އިސްލާމީ މުޖުތަމަޢުތައްވަނީ މުރުތައްދުވެ ޖާހިލީ މުޖުތަމަޢުތަކެއްގެ ގޮތުގަ އެވެ.
16. އޭނާގެ ޤުރުއާން ތަފްސީރުގައި ބުނެފައިވެ އެވެ. އެންމެހައި އިސްނާނުންވަނީ މުރުތައްދުވެގެންވާ އަޅުތަކުންނަށް އަޅުކަންކުރާ ބައެއްގެ ގޮތުގައި އެވެ.


އިޚްވާނުންނޭވެ.

މިއީ އެންމެ އިންސާނަކު ދައްކާފައިހުރި ނުހަނު ގިނަ ޚުރާފީ، ބާޠިލް، ކުފުރު ބަސްތަކުން ނެގިފައިވާ މަދު އެއްޗެހި ތަކެކެވެ. މިފަދަ އިންސާނަކު ކުފުރުނުވެ ހުންނާނެބާވަ އެވެ. މިފަދަ ބަސްތައް ބުނެފައިވާ މީހަކީ މުރުތައްދުނުވެ ހުންނާނެ މީހެއްތޯ އެވެ. އެހެނަސް ހިތާމައަކީ މިއީ އުއްމަތުގެ ޢިލްމުވެރިއެއް ކަމުގައި ހަދައި، މިފަދަ މީސްތަކުންނަކީ އިސްލާމީ ލީޑަރުން ކަމުގައި ހަދައި މިމީސްތަކުންގެ ކިބައިން އުއްމަތުގެ ދަރިން ތަރުބިއްޔަތު ވުމަށް ގޮވުމެވެ. މި ޙާލަތުގައިވާ މީހަކު ބިދުޢަވެރި، މަގުފުރެދިފައި ނުވާނަމަ ދެން މިއުއްމަތުގައި ބިދުޢަވެރި މަގުފުރެދިފައިވާ މީހަކު ނުހުންނާނެ އެވެ.


إبْراهِيْم بِنْ مَيْسَرَة رحمه الله ވިދާޅުވެފައިވެ އެވެ. "ބިދުޢަވެރި މީހަކު މަތިވެރިކޮށްފި މީހަކީ، ހަމަކަށަވަރުން އިސްލާމްދީން ނައްތާލުމަށްޓަކައި ވާގިވެރިވި މީހެކެވެ." (رَوَاهُ اللالكَائِي برقم 283)


الإِمَام طاووس رحمه الله އަށް مَعْبَد الجُهَنِي ކަޢުބާ ވަށައިގެން ޠަވާފްކުރަން ހުއްޓާ ފެނިވަޑައިގެންނެވި ހިނދުގައި ވިދާޅުވި އެވެ. "މިއީ مَعْبَد الجُهَنِي އެވެ. ފަހެ އޭނާއަށް އިހާނާތްތެރިކޮށް ހިތާށެވެ." (رَوَاهُ اللالكَائِي برقم 1-114)


الإِمَام شيخُ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. "ހަމަކަށަވަރުން ބިދުޢަތަކަށް ގޮވާ މީހުންގެ ހެކިބަސް ޤަބޫލު ނުކުރެވޭނެ އެވެ. އެބައިމީހުންގެ ފަހަތުގައި ނަމާދު ޤާއިމް ނުކުރެވޭނެ އެވެ. އަދި އެބައިމީހުންގެ ފަރާތުން ޢިލްމު ނުނެގޭނެ އެވެ." (مجموع الفتاوي 28-205)  


الإِمَام البَيهَقِي رحمه الله  الإِمَام الشَّافعِي رحمه الله ޛިކުރު ކުރައްވައި ވިދާޅުވެފައިވެ އެވެ. "ފަހެ الشَّافعِي رحمه الله އަކީ ﷲ އަށް އީމާން ނުވާ މީސްތަކުންގެ މައްޗަށާއި ބިދުޢައިގެ އަހުލުވެރިންގެ މައްޗަށް ނުހަނު ގަދަފަދަ ފަރާތެކެވެ. ފާޅުކަންބޮޑު ގޮތުގައި އެބައިމީހުން ހަޖުރު ކުރުމުގައި ދެމިހުންނަވަ އެވެ." (مناقب الشافعي 1-469)  


الإِمَام أحمد رحمه الله ވިދާޅުވެފައިވެ އެވެ. "ބިދުޢަވެރިއަކަށް ސަލާމްގޮވައިފި މީހަކީ ފަހެ އެނާ ދެކެ ލޯބިވާ މީހެކެވެ." (طبقات الحنابلة 1-196) އިޚްވާނުންނޭވެ! ބިދުޢަވެރިއެއް ދިފާޢުކޮށް، އެކިއެކި ބަހަނާތައް ދައްކައި ސަލާމަތް ކުރާމީހާގެ ޙާލަކީ އެހެންވުމުން ކޮބައިތޯ އެވެ؟


الإِمَام أَبُو عَبد الله ابن بَطَّة رحمه الله ވިދާޅުވެފައިވެ އެވެ. "އަހަރުމެން ޛިކުރުކޮށްފައިވާ އެއްވެސް ބިދުޢައެއް ޤަބޫލުކޮށްފި މީހަކާއި އެކުއެކީގައި ވަކިވުން ސުންނަތުގައި ބަޔާންވެގެންވެ އެވެ. އަދި އެފަދަ މީހަކީ ހަޖުރު ކުރަން ޖެހޭނެ މީހެކެވެ. އަދި އޭނާގެ މައްޗަށް ރުޅިވެރިކަން ފާޅުކުރުން ހުއްޓެވެ. އަދި އެފަދަ މީހަކަށް ނަޞްރުދީ، ގާތްކުރި ކޮންމެ މީހަކަށް ހަޖުރު ކުރުން ހުއްޓެވެ. އެއީ އޭނާ ބޭރުފުށުން ސުންނަތް ދެއްކި ކަމުގައި ވިޔަސްމެ އެވެ." (الشرح و الإبانة 1-469)  


الإِمَام أحمد رحمه الله ޙަދީޘް އަހުލުވެރިންނަށް ބަދުބަސް ރައްދުކުރާ މީހެއްކަމުގައިވާ أبي قتيلة ގެ ވާހަކަ ބަޔާންކޮށްދެއްވުމުން ވިދާޅުވި އެވެ. "މުރުތައްދުވެފައިވާ، ދީނުން ބޭރުބޭރުވެފައިވާ މީހެކެވެ." އިޚްވާނުންނޭވެ! އެހެންވިއްޔާ، ﷲ ގެ ރަސޫލުންނަށް ބަދުބަސް ރައްދުކޮށް އެ ނަބިއްޔުންގެ ޤަދަރު ދަށްކުރާމީހެއްގެ ޙާލަތުވާނީ ކޮންފަދައަކުން ހެއްޔެވެ؟. މި އުއްމަތުގެ ނަބިއްޔާ صلى الله عليه وسلمގެ މައްޗަށް ހަޑިހުތުރު ބަސްބުނާ މީހެއްގެ ޙުކުމަކީ ކޮބައިތޯ އެވެ؟

الشَّيْخُ بن باز رحمه الله

ހިޖުރީގޮތުން 18-7-1416 ه ވީ އާދިއްތަ ދުވަހުގައި الشَّيْخُ بن باز رحمه الله ރިޔާޟުއް ޞާލިޙީން ކިޔަވައި ދެއްވަމުން ގެންދެވި ދަރުސްގައި، ސައްޔިދު ޤުޠުބް ޞަހާބީންގެ މައްޗަށް ބުނެފައިވާ ބަސްތައް الشَّيْخُ بن باز رحمه الله އަރިހުގައި ދެންނެވުނެވެ. مُعَاوِية  އަދި عَمرُو بن عاص މި 2 ޞަޙާބީން ސިފަކޮށް ބުނެފައިވެ އެވެ. ދޮގު ވެރިންނެވެ. މަކަރު ވެރިންނެވެ. އޮޅުވާލި ބައެކެވެ. މުނާފިޤުންނެވެ. ރިޝްވަތުގެ ބައެކެވެ. އަޚުލާޤުގެ އެންމެ ދަށްފަންތީގައިވާ ބައެކެވެ.


الشَّيْخُ بن باز رحمه الله ވިދާޅުވި އެވެ. "މުޑުދާރު ބަސްތަކެވެ. މުންކަރު ބަސްތަކެވެ." އަދިވެސް ވިދާޅުވި އެވެ. "ތިޔަ ބަސްތަކަކީ ހަޑިމުޑުދާރު ހަމަނުޖެހޭ ބަސްތަކެވެ. مُعَاوِية އަދި عَمرُو بن عاص އަށް ވަނީ އެއްޗެހި ކިޔާފަ އެވެ."


ސުވާލުގައި الشَّيْخُ بن باز رحمه الله އަރިހުގައި ދެންނެވުނެވެ. މިފަދަ ފޮތްތަކުން މީސްތަކުން ނަހީކުރުން ނުވޭތޯ އެވެ؟
الشَّيْخُ بن باز رحمه الله ވިދާޅުވި އެވެ. "ތިޔަ ތަކެތި ވީދާލަން ޖެހޭނެ އެވެ."


الشَّيْخُ ابن عُثيمين رحمه الله ސައްޔިދު ޤުޠުބް މެދުގައި ވިދާޅުވެފައިވެ އެވެ. "ވަރަޢުވެރިކަން ނުވާނަމަ އޭނާ އަކީ ކާފަރެކޭ ބުނީމެވެ."

މާނައަކީ : ޢިލްމުވެރިންނަކީ ﷲ އަށް ބިރުވެތިވެ، ކުޑަވެސް ނުބައިކަމެއް ކުރެވިދާނެ ކަމަށް ބިރުވެތިނުވާ ބައެއް ކަމުގައިވާނަމަ ސައްތިދު ޤުޠުބަކީ ކާފަރެކޭ ބުނީމެވެ.

 

الشَّيْخُ بن باز رحمه الله އަށް ސައްޔިދު ޤުޠުބު مُوسى عليه السلام އަށް ނިސްބަތްކޮށް (އެއީ ތަޢައްސުބުކަމުގައިވާ ޒުވާނެއް) މިފަދައިން ބުނެފައިވާކަން ބަޔާންކޮށްދެއްވުމުން بن باز رحمه الله ވިދާޅުވި އެވެ. "ތިޔައީ ކުފުރެވެ." އަދި ވިދާޅުވި އެވެ. "ނަބިއްޔުންނަށް ވަނީ ފުރައްސާރަކޮށްފަ އެވެ. ތިޔައީ ބަޔާންވެގެންވާ މުރުތައްދެކެވެ."


އިޚްވާނުންނޭވެ!

މިއީ މި އިންސާނާގެ ޙާލަތެވެ. ތިބާއަށް ބަޔާންވެ، މިތަނުގައި ބަޔާންކޮށްފައި މިވަނީ މަދުމިންވަރެއްގެ މަދު މިންވަރެކެވެ. ޙަޤީޤަތް ބަޔާންވެ ދިއުމުން އޮތީ މިފަދަ ފާޙިޝް، ނުބައި، ދީނުގައި ޞަޙާބީންނަށް އަދި ނަބިއްޔުންނަށް ފުރައްސާރަކޮށް، ދީނުގެ އެއްވެސް އުޞޫލެއް އަދި ފަރުޢީ ކަމެއްވެސް އޮޅުން ފިލައިފައި ނުވާ މިމީސްތަކުންނާއި އަދި މިމީސްތަކުން ދިފާޢު ކުރުމުގައިވާ އެންމެހައި ފަރާތްތަކުން އެއްކިބާވެ ގަތުމެވެ. ﷲ އަށްޓަކައި، އެކަލާނގެ ވަޖުހުފުޅަށްޓަކައި ކުރެވޭނެ އެންމެ ހެޔޮކަންތަކުގެ ތެރެއިން ވާނެ އެވެ.


ސަލަފީ މަންހަޖުގެ އަޚުންނާއި އުޚްތުންނޭވެ!

ސައްޔިދު ޤުތުބަކީ ފަހުގެ ދުވަސްތަކުގައި މުސްލިމުން ކާފަރު ކުރުމުގައި، އަދި އެންމެހައި މުސްލިމް ދައުލަތްތައް ކާފަރުކުރުމުގައި މި ދުނިޔެ މައްޗަށް ފާޅުވި، އެންމެހައި ތަކްފީރީންގެ (މުސްލިމުން އެއްވެސް ޙުއްޖަތެއްނެތި އެބައިމީހުން ހިތް އެދޭ ކަންތައްތަކުގައި ކާފަރުކުރުން) ޒަޢީމެވެ. އޭނާގެ ޒަޢާމަތުގައި ތަކްފީރު ގެ ދިދަ ނަގަހައްޓާފައިވެ އެވެ. މިއީ މުސްލިމުންގެ ތެރެއިން މީސްތަކުން ކާފަރު ކުރުމަށް ބޭނުންވެ، އެކަމަށް ހިތްޖެހިފައިވާ އެތައްބަޔަކަށް ލިބުނު ކިހާ ވަރުގަދަ ޙުއްޖަތެއްތޯ އެވެ؟ މިއީ މި އިންސާނާގެ ޙާލަތު ހުރިގޮތެވެ. އެއާއި އެކުވެސް އެމީހުން ބޭނުންވާ ބަސްތަކެއް ބުނެފައި ވުމުން މިއީ ދެވަނައެއް ނުވާ ދުނިޔެ މައްޗަށް ފާޅުވި ޢިލްމުވެރިއެއް ކަމުގައި އެބައި މީހުން ނެގި އެވެ. ޙަޤީޤަތުގައި ސައްޔިދު ޤުޠުބް ވަނީ އޭނާގެ ބަސްތައް ނަގާ މީހާވެސް ކާފަރުކޮށްފައި ކަމެއް މި ބައިމީހުންނަކަށް ނޭނގުނުކަމަކީ ކޮންފަދަ ބޮޑު މޮޔަކަމެއްބާ އެވެ.


ސައްޔިދު ޤުޠުބް ލިޔެފައިވާ ފޮތް (في ظلال القرآن) ގެ (4-2122) ގައި ބުނެފައިވެ އެވެ. "މިއަދު ބިންމަތީގައި މުސްލިމް އެއްވެސް ދަޢުލަތެއް ނުވެ އެވެ. އަދި މުސްލިމް އެއްވެސް މުޖުތަމަޢެއް ނެތެވެ. ﷲ ގެ ޝަރީޢަތަށް މުޢާމަލާތްކުރާ ދީނުގެ ފިޤުހުގައި ޤާއިމްވެފައިވާ އެއްވެސް ތަނެއް ބިންމަތީގައި ނުވެ އެވެ."
މިތަނުން ދޭހަވާ މާނައަކީ މައްކާ މަދީނާ އަކީވެސް އަދި ދަޢުލަތެއްގެ ގޮތުން ސަޢުދީ ޢަރަބިއްޔާ އަކީވެސް މުސްލިމް ދައުލަތެއް ނޫންކަމެވެ.


ސައްޔިދު ޤުޠުބް ލިޔެފައިވާ ފޮތް (في ظلال القرآن) ގެ (4-2009) ގައި ބުނެފައިވެ އެވެ. "ހަމަކަށަވަރުން އަހަރެމެން މިހާރު މި މުޖުތަމަޢަކީ ޖާހިލީ މުޖްތަމަޢެކެވެ. މިއީ މުސްލިމް މުޖުތަމަޢެއް ނޫނެވެ."


އިޚްވާނުންނޭވެ!

ސައްޔިދު ޤުޠުބް އޭނާ ޤަބޫލުކޮށްފައިވާ މި ޢަޤީދާގައި ދެމިހުއްޓެވެ. އަދި ކިޔެއްތޯ އެވެ. މިއަށްވުރެ މާ ނުބައިކަންބޮޑު އަޤީދާތަކުގައި މި ޚުރާފީ ބިދުޢަވެރިޔާވަނީ ފައިތިލަ ޘާބިތުކޮށްފަ އެވެ.

 

ސައްޔިދު ޤުޠުބުގެ ގާތް ދަރިވަރު عَلي عَشْماوي ލިޔެފައިވާ ފޮތް (التاريخ السري ...... ) ގެ (ص 112) ގައި، އޭނާ ސައްޔިދު ޤުޠުގެ ކައިރިއަށް ކޮށްފައިވާ ޒިޔާރަތެއް އަދި އެ ބައްދަލުވުން ސިފަކޮށްފައިވެ އެވެ. "ފަހެ، އެ ދުވަހުގެ ހުކުރު ވަޤުތު އައުމުން އަހަރެން ސައްޔިދު ޤުޠުބް ކައިރީގައި ބުނީމެވެ. ނަމާޤު ޤާއިމްކުރުމަށް ހިނގާށެވެ." އެއާއި އެކުގައި ސައްޔިދު ޤުޠުބް ބުންޏެވެ. "އަހަރެން ދެކޭގޮތަކީ ޙުކުރު ނަމާދު މިހާރު ވަނީ އަހަރެމެންގެ ފަރާތުން ނެތިގެން ގޮސްފަ އެވެ. ޚިލާފަތް ނެތިވެ ދިއުމުން ހުކުރު ކުރުމެއް ނެތެވެ. ޚިލާފަތެއް ނެތް ހިނދެއްގައި ހުކުރު ކުރުމެއް ނޯންނާނެ އެވެ." – އޭނާ ހުކުރު ނުކުރާކަން އަހަރެންނަށް އެންމެ ފުރަތަމަ އެނގުނީ އެހިނދުގަ އެވެ.-


އެންމެހައި އަޚުންނޭވެ!

މި އިންސާނާގެ ފޮތްތައް މިއަދު ދުނިޔޭގައި އެތަކެއް ބަހުރުވައިން ތަރުޖަމާ ކުރެވި، ޗާޕްކޮށް ނެރެވެ އެވެ. މިއީ އެބަޔަކު ދެކޭގޮތުގައި ދީނީ ލީޑަރެކެވެ. ޒަޢީމެކެވެ. ތިބާގެ ގެ ދަރިން މިފަދަ މީހެއްގެ މައްޗަށް ތަރުބިއްޔަތުވެއްޖެ ހިނދުގައި ކަން ހިނގައިގެން ދާނެ ގޮތާއި މެދުގައި ވިސްނާލާށެވެ. މިއަދު މިޞްރުގައި ދީނީ ޕާޓީއެއް ކަމުގައި ދަޢުވާކުރާ އިޚްވާނުލް މުސްލިމީންގެ އިމާމަކީ މިއެވެ. އެމީހުންގެ ޕްލޭންތަކާއި، އެމީހުންގެ ދިރާސާތަކުގެ އެންމެ ބޮޑު މަޞްދަރަކީ މި އިންސާނާ އެވެ. މިއަދު އެބައިމީހުންގެ އެންމެ ބޮޑު މުފްތީކަމުގައިވާ ޔޫސުފް އަލް-ޤަރުޟާވީ އަކީ މި ޛިކުރުވެދިޔަ ސައްޔިދު ޤުޠުބް މިއަދު ދުނިޔޭގެ މަޝްރިޣުން މަޣްރިބަށް ޕްރޮމޯޓު ކުރަމުންދާ އެކަމަށް ފައިއުފުލައިފައިވާ އެންމެ ބޮޑު އެކެކެވެ.


ވުމުން މި މީސްތަކުންގެ ފަރާތުން އުއްމަތަށް ލިބިގެންދާ ހެވާއި ލާބައާއި މެދުގައި އޮތީ ކޯންޗެއް ތޯ އެވެ. މިއަދު ދިވެހި ރާއްޖޭގައިވެސް ޔޫސުފް އަލް-ޤަރަޟާވީ އެއީ ދެވަނަ އެއް ނެތް މީހަކަށްހަދައި މަސައްކަތް ކުރަމުން ދަނީ ކިތައް "ޝެއިޚުން" ތޯ އެވެ. ކަންހިނގާނީވެސް އެހެންނެވެ. މިސްރުގައިވާ ދީނީ ޕާރޓީ އޭ ބުނާ ޖަމާޢަތެވެ. ދިވެހި ރާއްޖޭގައި ދީނީ ޕާޓީއެކޭ ބުނާ ޖަމާޢަތެވެ.

 

އަދިވެސް ބުނަންވީ ސައްޔިދު ޤުތުބު ފެތުރީ އިސްލާމްދީނުގެ ދަޢުވަތުތޯއެވެ؟ ނުވަތަ ޚަވާރިޖުންނާއި ރާފިޟާއިންގެ ދަޢުވަތު ތޯއެެވެ؟؟

22.jpg

 

Like what you see?

Close

Hit the buttons below to follow us, you won't regret it...