އިސްލާމީ ދައުލަތްތަކަށް އަންނަ ފަތުރުވެރިންނާއި، ޒިޔާރަތްކުރާ ބޭރުގެ ސަފީރުންނަށް ގެއްލުން ދިނުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ - سماحة الشيخ عبدالعزيز بن باز رحمه الله

ސުވާލު: އިސްލާމީ ދައުލަތްތަކަށް އަންނަ ފަތުރުވެރިންނާއި، ޒިޔާރަތްކުރާ ބޭރުގެ މީސްތަކުންނަށް ގެއްލުން ދިނުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު: މިއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއްވެސް ފަރުދަކަށް މިއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ މަސައްކަތް ކުރުމަށް ނުވަތަ ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކުރި ބައެއް ކަމުގައި ވިޔަސްމެއެވެ. ސަބަބަކީ އެބައިމީހުންނަކީ އަމާންކަން ލިބިގެންވާ ބައެކެވެ. ޤައުމަށް އެބައި މީހުންވަންނަނީ އަމާންކަން ލިބިގެންވާ ޙާލުގައިއެވެ. އެގޮތުން އެމީހުންގެ މައްޗަށް އެއްވެސް ގޮތެއްގައި އަނިޔާވެރިވުން ހުއްދައެއް ނުވާނެއެވެ. އެހެނަސް ތިޔަބައި މީހުންނަށް އޮތީ އެ ފަތުރުވެރިންގެ ފަރާތުން ފާޅުވެގެން ނުވާނެ އެއްޗެހި ފާޅުކުރާ ކަމުގައި ވާނަމަ ދައުލަތަށް ނަޞޭޙަތްތެރި ވުމެވެ. މިގޮތާ ޚިލާފަށް އެއިން އެއްވެސް މީހަކަށް އަނިޔާވެރިވުން ހުއްދައެއް ނުވާނެއެވެ. މީސްތަކުންގެ ތެރޭގައިވާ ފަރުދީ އެކިއެކި ފަރުދުން އެމީހުން ޤަތުލުކޮށް ނުވަތަ އެމީހުން ގައިގައި ޖަހާ ނުވަތަ އެމީހުންނަށް އުނދަގޫ ކޮށްގެން ނުވާނެއެވެ. އެއާ ޚިލާފަށް އެބައި މީހުންނަށް އޮތީ އެކަންތައް ވަލިއްޔުލް އަމްރާ ހިސާބަށް އަރިހަށް ގެންދިއުމެވެ. ސަބަބަކީ އެއިން އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވެވޭ ކަމުގައި ވާނަމަ އެހިނދުގައި އަނިޔާވެރިވެވެނީ އެބައިމީހުންގެ ތެރެއަށް އަމާންކަމާ އެކު އައިސްފައިވާ ބަޔަކަށެވެ. އެބައިމީހުންނަށް އޮތީ އެކަމަށް ކުޅަދާނަ ވެގެންވާ ބަޔަކަށް އަރިހަށް އެކަންތައް ބަޔާންކޮށްދިނުމެވެ. އެ މުންކަރާތްތައް ފާޅުކުރާ މީސްތަކުން ދައުލަތަށް ވަނުމަށް މަނާކުރުމަށްޓަކައި އެކަމުގެ އަހުލުވެރިންގެ ކައިރިއަށް ދިއުމެވެ. އެބައި މީހުންނަށް އިސްލާމް ދީނަށް ވަނުމަށް ނަޞޭޙަތްތެރިވުން ނުވަތަ މުސްލިމުން ކަމުގައިވާނަމަ އެމީހުންނަށް އެ މުންކާރާތްތައް ދޫކޮށްލުމަށް ނަޞޭޙަތްތެރިވުމަކީ ބޭނުން ކަމެކެވެ. ޝަރުޢީ ދަލީލުތައް ބަޔާންކޮށްދިނުމެވެ. و الله المستعان . ولاحول ولا قوة إلا بالله . و صلى الله و سلم على نبينا محمد و آله و صحبه. (الفتاوى الشرعية في القضايا العصرية ص 78)
ނޯޓް: 19 ޑިސެންބަރ 2016 ގައި ރަޝިއާ ސަފީރަކު ތުރުކީގައި އިންޓަވިއު ދެނިކޮށްވަނީ ﷲ އަކްބަރު ކިޔަމުން ބަޑި ޖަހައި ޤަތުލު ކޮށްފައެވެ. އެހެނަސް، ހިތާމައަކީ މީސްތަކުން ޤަތުލުކޮށް، ބޮޑުވެގެންވާ ޙަރާމްކަންތައް ކުރާއިރު ﷲ ތަޢާލާގެ ނަން ޒިކުރު ކުރުމެވެ. އަދި އެ ޢަމަލު އެފަދަ މީހުންވަނީ އިސްލާމްދީނަށް ނިޞްބަތްކޮށް މި ދީނުގެ ޞޫރަ ހަލާކުކުރުމުގައެވެ.