އިޚްވާނުލް މުސްލިމީންނަށް ދަޢުވަތު ދޭ މީހުންނާއި، ޚަވާރިޖު ފިކުރަށް ދަޢުވަތުދޭ މީހުން ޙަޖަރު ކުރުން - الإِمَامُ العَلَّامَة رَبِيع بن هَادي المَدخَلِي حفظه الله

ސުވާލު: ބިދުޢައިގެ އަހުލުވެރިން ކަމުގައިވާ އިޚްވާނުލް މުސްލިމީން (މި ފިރުޤާގެ އަހުލުވެރިން) އަދި ތަކްފީރީންނާއި އަދި މިކަންތަކަށް ދަޢުވަތްދީ އެ ފިރުޤާތްތަކަށް ގޮވާ މީހުންނަށް ސަލާމްގޮވާ މީހުން ހަޖަރު ކުރެވިދާނެ ތޯއެވެ. އަދި މި މީސްތަކުންނަކީ ބިދުޢަވެރިން ކަމުގައި ދެކިހުރެ އެ މީހުންނާއި އެކީގައި އިށީންނަ މީހުން ހަޖަރު ކުރެވިދާނެ ތޯއެވެ. އަދި ޖަރަޙު ވައް ތަޢުދީލު އެއީ މުހިއްމު ކަމެއް ނޫން ކަމުގައި ދެކޭމީހުންނާ މެދު މިފަދައިން މުޢާމަލާތް ކުރެވިދާނެ ތޯއެވެ.
ޖަވާބު: އެމީހުންނާއި އެކުގައި އިށީންނަނީ ކިހިނަކުން ހެއްޔެވެ؟ މިފަދަ މަޖްލިސްއެއްގައި އިށީންނަނީ ކިހިނަކުން ހެއްޔެވެ؟ ތިބާއަށް ﷲ ބަރަކާތް ލައްވާށިއެވެ. މިއަދު ސަލަފީން އަހުލުލް-ބިދުޢަ (ބިދުޢައިގެ އަހުލުވެރިން) އާއި އެކުގައި އިށީދެ ތިބޭ ހެއްޔެވެ؟ ސަލަފީން މިއަދު ދެބައެކެވެ.
އެއްބަޔަކީ ޢިލްމީ ގޮތުން ބާރުގަދަ ސަލަފީންނެވެ. ޕާޓީ ތަކުގެ އަހުލުވެރިންނާއި، ބިދުޢައިގެ އަހުލުވެރިންގެ މައްޗަށް ﷲ ގެ މި ދަޢުވަތް ބަޔާންކޮށްދިނުމަށް ކުޅަދާނަކަން ލިބިފައިވާ ސަލަފީންނެވެ. އެބައިމީހުން ޙުއްޖަތާއި، ބުރުހާންތަކާއި އެކީގައި އެމީހުންނަށް އަޘަރު ކުރުވަނިވި މިންވަރަށް ދަޢުވަތް ދެއެވެ. އަދި އަޘަރު ކުރެއެވެ. ތިބާއަށް ﷲ ބަރަކާތް ލައްވާށިއެވެ. މިފަދަ ސަލަފީން އެބައިމީހުންނާއި އެކުވެ އުޅުން ވެއެވެ. އެމީހުންނަށް ދަޢުވަތް ދިނުމަށެވެ. އެއީ އެއްވެސް ޙާލެއްގައި އެމީހުންނާއި އެކީގައި ކައިބޮއި ހެދުމަކަށް ނޫނެވެ. އަދި ދީނުގައިވާ ކަމެއް ދޫކޮށް އެއިންމީހެއްގެ ރުހުން ހޯދުމަކަށް އަދި ބާޠިލް ކަމެއްގެ މައްޗަށް އިޤްރާރު ވުމަކަށް ނޫނެވެ. މިއީ މިސްކިތްތަކުގައި އެމީހުންނަށް ދަޢުވަތް ދިނުމެވެ. މީސްތަކުން އެއްވާ ތަންތަނުގައި ދަޢުވަތް ދިނުމެވެ. ދުއްވާ އުޅަނދުފަހަރު ތަކުގައި ދަޢުވަތް ދިނުމެވެ. ތިބާއަށް ﷲ ބަރަކާތް ލައްވާށިއެވެ. އެމީހުންނާއި އެއްވެ އުޅެން ޖެހުމުން އެމީހުންނަށް ދަޢުވަތް ދިނުމެވެ. އެމީހުންނާއި އެކުއެކީގައި ވަކިވެތިބުމަކީ ނުވެވޭނެ ކަމެކެވެ. މިކަމުގެ ސަބަބަކީ ބިދުޢައިގެ އަހުލުވެރިންނަކީ ޖަޒުބާތުތަކުގައި ޙައްދެއްނެތި ދެމިތިބޭ ބައެކެވެ. ސަލަފީންނަކީ ކަޅު ގެރިއެއްގައި ހުދު ކެހެރިއެއް ފަދައިން ތިބޭ ބަޔަކަށް ވުމެވެ. ތިބާ އެމީހުންނާއި އެއްވުމުން ހުރި އިހާނާތެއްގެ ބޮޑު ކަމެވެ. އެހެނަސް އެޙާލުގައި ވާޖިބުވަނީ ކޮންކަމެއް ތޯއެވެ؟ ވާޖިބު ވެގެންވަނީ ޙިކްމަތާއި، ރިވެތި ވަޢުޟުން އެބައި މީހުންނަށް ﷲގެ ދަޢުވަތް ބަޔާން ކޮށްދިނުމެވެ.
ބަލިކަށި ދެރަ އިންސާނާ އޭނާގެ ބަލިކަމާއެކުގައި ކުޑަ އޮޅުވާލުމެއް (ޝުބުހާތެއް) އަޑުއިވުމުން އެއީ ހެޔޮ އެއްޗެއް ކަމުގައި ބަލައި ގަންނާނެއެވެ. މިފަދަ މިހާ އެމީހުން ކައިރިން ސަލާމަތްކަން ހޯދާށެވެ. އެމީހުންނާއި އެކަހެރިވެ އެމީހުންގެ މީހުންނާއެކުގައި ނުއިށީންނާށެވެ. އެހެނަސް ތިބާ އިމްތިޙާން ކުރުމަށް އެއިންމީހަކު ސަލާމް ގޮވައިފިނަމަ "وعليك السلام" މިފަދައިން ބުނާށެވެ. ތިބާއަށް ﷲ ބަރަކާތް ލައްވާށިއެވެ. އެމީހުންނާއި އެކުގައި އިށީނދެ، ކައިބޮއި، ހީސަމާސަކޮށް ހެދުމުން ތިބާވަނީ ސަލަފުންގެ މަންހަޖާއި ޚިލާފްވެފައެވެ. އެހިނދު އެވަނީ ސުންނަތާއި ޚިލާފް ވެފައެވެ.
އެހެނަސް އެމީސްތަކުންނަށް ދަޢުވަތް ދިނުމަށް ކުޅަދާނަ ވެގެންވާ މީހާ، އަދި ދަޢުވަތް ދިނުމުން އޭނާގެ ދަޢުވަތުން އަޘަރު ކުރުވާނެ މީހާ ތިމަންނަ ބިދުޢައިގެ އަހުލުވެރިން ހަޖަރުކުރަމޭ ބުނެ އޭނާގެ ގޭގައި އިށީނދެ އިނުމުން އޭނާ އެވަނީ މި ދަޢުވަތް މަރާލާފައެވެ. މިހާރު ތިޔަ އަޚުންނަށް އެނގިއްޖެތޯ. މިޘާލަކަށް މިހާރު رَبِيعُ، ބިދުޢަވެރިއެއް ފެނިއްޖެނަމަ އޭނާއަށް ފިލަން ދުވާނެޔޭ، އަދި ޢިލްމުގެ ދަރިވަރުން ކަމުގައިވާ އެވަނި، މިވަނި ދަރިވަރެއް، އޭނާއަށް ބިދުޢަވެރިއެއް ފެނުމާއެކުގައި ދުވެ ފިލާނެޔޭ، ގެ ކުރިމަތިން އެފަދަ މީހަކު ފެނިއްޖެނަމަ ނުފެންނަކަމަށް ހަދައި މިހެން މޫނު އަނބުރާލާނެޔޭ، ބިދުޢަވެރިއެއް ފެނުމާއެކީގައި ފޮރުވިގަންނާނެޔޭ، މަގެއްގެ މަތިން އެއިންމިހަކު ފެނުމުން އެހެން މަގަކަށް ދުވެފިލާނެޔޭ، މިއީ ސަލަފުންގެ މަގެއް ނޫނެވެ. ތިޔަ އަޚުންނަށް ﷲ ބަރަކާތް ލައްވާށިއެވެ.
ޞަޙާބީން ކާފަރުންގެ ތެރެއަށް ފެތުރި ބިމުގެ އެތަން މިތަނުގައި ވެ ﷲގެ ދީން ފަތުރަމުން ގެންދިޔައެވެ. އަހަރެމެނަށް ވުރެ ކުރީގައި އުޅުނު ސަލަފީން ބިދުޢައިގެ އަހުލުވެރިންގެ ތެރެއަށް ނުކުމެ ދަޢުވަތްދީ އެދަޢުވަތުން އަޘަރު ކުރުވައި އެތަށް މިލިއަން މީސްތަކުން ސަލަފީ ދަޢުވަތުގެ ތެރެއަށް ގެނައެވެ. އޭނާގެ ވަރުގަދަ ޝަޚްޞިއްޔަތުން، ޢިލްމުގެ ފުންނާބު އުސްކަމުން އަދި ޙުއްޖަތް ބާރުގަދަކަމުން ދަޢުވަތް ދިނުމަށް އެކަށޭނެ ޢިލްމުވެރިޔާ އެބައި މީހުންނަށް ޙިކްމަތްތެރިކަމާއި، ހެޔޮވެގެންވާ ނަޞޭޙަތާއިއެކު ދަޢުވަތް ދިނުމުން ތިޔަބައިމީހުންނަށް އެކަމުގެ އަޘަރު އެހިނދު ފެންނާނެއެވެ. ﷲ ޤަންދީ ބުނަމެވެ. ބަލިކަށި ކަމުގައިވާ ފަރާތެއްނަމަ އެމީހުންނާއި އެކުގައި ނޫޅޭށެވެ. މަސްހުނި ނުވާށެވެ. މިއީ ޖުމްލަ ގޮތުގައި ބުނެވޭ ގޮތެވެ. އެހެނަސް އިމްތިޙާނު ކުރުމުގެ ގޮތުން އެއިންމީހަކު ސަލާމްގޮވައިފި ހިނދުގައި ސަލާމް ރައްދުކުރާށެވެ. މިކަމުގައި މަނާކަމެއް ނެތެވެ. އޭނާއަށް އޮތީ މިނޫން ކޮންގޮތެއްތޯއެވެ؟ ތިޔަ އަޚުންނަށް ﷲ ބަރަކާތް ލައްވާށިއެވެ. އާއެކެވެ. އެހެނަސް އެބައިމީހުންނާއި އެކުވެ މަސްހުނިވެ އަދި އިށީދެ ނަހަދާށެވެ.
****
ފަތުވާ ނަގާފައިވަނީ : صيانة السلفي من وسوسة و تلبيسات علي الحلبي ص 200 - 202