އަޚާއެވެ! ތިބާ މިތަނުން އިޚްތިޔާރު ކުރާނީ ކޮން ވަޞިއްޔަތެއް ހެއްޔެވެ؟ ނަބިއްޔާ ގެ ޞަހާބީންގެ ވަޞިއްޔަތްތޯ ؟ ނުވަތަ ޔަޙޫދީންގެ ވަޞިއްޔަތްތޯ؟

ފުރަތަމަ ވަޞިއްޔަތް : أنس رضي الله عنه އަދި ނަބިއްޔާ ﷺ އަރިހުގައިވި އެންމެ ދުވަސްވީ ޞަޙާބިން رضي الله عنهم ގެ ވަޞިއްޔަތްޕުޅު :
(نهانا كبراؤنا من أصحاب النبي قال لا تسبوا أمراءكم ولا تغشوهم ولا تبغضوهم واتقوا الله
واصبروا)
أنس رضي الله عنه ވިދާޅުވި އެވެ. "ނަބިއްޔާ ﷺ ގެ އަޞްޙާބުބޭކަލުންގެ ތެރޭގައިވި އިސް (ދޮށީ ޢުމުރުގެ) ޞަޙާބީން އަހަރެމެންގެ މައްޗަށް، ވެރިންނަށް އެއްޗެހި ކިޔުމާއި، ވެރިންނަށް މަކަރު ހެދުމާއި އަދި ވެރިންދެކެ ރުޅިއައުން ނަހީ ކުރެއްވި އެވެ. އަދި ﷲއަށް ބިރުވެތި ވުމަށް ވިދާޅުވި އެވެ. ފަހެ، ތިޔަބައިމީހުން ކެތްތެރިވާށެވެ." رواه ابن أبي عاصم في السنة ٢/٤٨٨ وصححه الألباني.
ދެވަނަ ވަޞިއްޔަތް: ابن سبأ اليهودي ޔަހޫދީ އިބްން ސަބައަ ވަޞިއްޔަތްކޮށްފައިވެ އެވެ.
"ތިޔަބައިމީހުންގެ ވެރިންނާ ދިމާލަށް އެއްޗެހި ކިޔުމުން ތިޔަބައިމީހުން ފަށާށެވެ. އަދި އެކަންތައް އެއީ އަމުރު މަޢުރޫފް ހިންގުމުގެ ގޮތުގެ ނަމުގައި ތިޔަބައިމީހުން ބޭރުފުށަށް ދައްކާށެވެ. އެހިނދު މީސްތަކުންގެ ހިތުން ތިޔަބައިމީހުން ޤަބޫލުކުރާނެ އެވެ. އަދި މިކަމަށް މީސްތަކުންނަށް ދަޢުވަތުދޭށެވެ." تاريخ الرسل للطبري (٤/٣٤٠)
****
އަޚުންނޭވެ! މާތް ރަސޫލާ އެބަޔަކަށް ދީން އުނގަންނަވައިދެއްވާ ﷲ ގެ ޝަރީޢަތް ބަޔާންކޮށްދެއްވާފައިވާ ދެއްވާފައިވާ އަހުލުވެރިންގެ ވަޞިއްޔަތް ދޫކޮށް، ފާޖިރު ފާސިޤު ޔަހޫދީއެއް ގޮވާލި ގޮވާލުމަށް އިޖާބަދީފައިވާ ކިތައް ޖަމާޢަތް މިއަދު އިސްލާމީ އުއްމަތުގައިވޭ ހެއްޔެވެ؟ މިއީ ޢަދާލަތާއި އިންސާފާއި ސަލަފުންނަށް ތަބަޢަވުން ހެއްޔެވެ؟