ތަބަޢަވާން ބޭނުންވާ މީހާ، مُحمَّد صل الله عليه وسلم ގެ އަޞްހާބުންނަށް ތަބަޢަވުން ހުއްޓެވެ! - عَبْدُ الله بِن مَسْعُود رضي الله عنه

ޝާއިޢުކުރީ: މައްކްތަބާ ސަލަފިއްޔާ. ކެޓަގަރީ ޞަހާބީންނަށް އިޙްސާންތެރިކަމާއެކު ތަބަޢަވުން


ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


عَبْدُ الله بِن مَسْعُود رضي الله عنه ވިދާޅުވެފައިވެ އެވެ.

"ތިޔަބައިމީހުންގެ ތެރެއިން ތަބަޢަވާން ބޭނުންވާ މީހާ، ފަހެ، މަރުވެ ދުނިޔެ ދޫކޮށްފައިވާ ބަޔަކަށް ތަބަޢަވާށެވެ. އެބައިމީހުންނަކީ مُحمَّد صل الله عليه وسلم ގެ ޞަޙާބީންނެވެ. އެބައިމީހުންނަކީ މި އުއްމަތުގެ އެންމެ ހެޔޮވެގެންވާ މީސްތަކުންނެވެ. އެންމެ ތަޤްވާވެރި އެންމެ ހެޔޮ ހިތްތަކުގެ އަހުލުވެރިންނެވެ. އެބައިމީހުންނަކީ މި އުއްމަތުގެ އެންމެ ގިނަ ޢިލްމުގައި ޤާއިމްވެގެންވާ މީސްތަކުންނެވެ. ދީނުގައި ނެތް ތަކްލީފުތަކުން އުއްމަތުގައި އެންމެ ދުރުވެގެންވާ މީސްތަކުންނެވެ. އެބައިމީހުންނަކީ ﷲ އެކަލާނގެ ނަބިއްޔާގެ އަރިހުގައި ވުމަށްޓަކައި އަދި އެކަލާނގެ ދީން ޤާއިމްކުރެއްވުމަށްޓަކައި އިޚްތިޔާރު ކުރެއްވި ޤައުމެވެ. އެބައިމީހުންގެ މަތިވެރިކަން ތިޔަބައިމީހުން ދެނެގަތުން ހުއްޓެވެ. އެބައިމީހުން ދޫކޮށްފައިވާ އެންމެހައި އަޘަރުތަކުގައި ތިޔަބައިމީހުން ދެމިތިބޭށެވެ. ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކަށް އެބައިމީހުން ދީނުގައި ޤާއިމްވެ ތިއްބެވި ގޮތުގައި އަދި އެބައިމީހުންގެ އަޚްލާޤުގައި ދެމިތިބުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެބައިމީހުންވަނީ ބަޔާންވެގެންވާ ސީދާވެގެންވާ ތެދުމަގުގައިކަން ޔަޤީނެވެ." (جامع بيان العلم و فضله- أبو نعيم في الحلية 1-305)

Like what you see?

Close

Hit the buttons below to follow us, you won't regret it...