5 ނަބިއްޔާ صلى الله عليه وسلم ގެ މަގުގައި އަދި ނަބިއްޔާގެ ޞަޙާބީންގެ މަގުގައި ޤާއިމްވެ ހުންނަމީހާއަކީ ހަމަކަށަވަރުން ސަލަފީއެކެވެ. - الشيخ محمد بن صالح العثيمين رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ނަބިއްޔާ صلى الله عليه وسلم ގެ މަގުގައި އަދި ނަބިއްޔާގެ ޞަޙާބީންގެ މަގުގައި ޤާއިމްވެ ހުންނަމީހާއަކީ ހަމަކަށަވަރުން ސަލަފީއެކެވެ. - الشيخ محمد بن صالح العثيمين رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ސަލަފިއްޔަތަށް ނިޞްބަތްވުން

الشيخ محمد بن صالح العثيمين – رحمه الله – "ޝަރަޙް ޢަޤީދަތުލް ވާޞިޔިއްޔާ" ގައި ވިދާޅުވެފައި ވެއެވެ.

"...... ހަމަކަށަވަރުން އަހުލުއްސުންނަތަކީ ސަލަފީންނާއި، އަޝްޢަރީންނާއި އަދި މާތުރީދީންނޭ ބުނާ ބުނުމަކީ ކުށެކެވެެ. މިފަދައިން ބުނާމީހާ އެ ބުނަނީ ކުށް ބަހެކެވެ. އަހަރުމެން ބުނަމެވެ. މި މީސްތަކުންނަކީ އެބައި މީހުންގެ މެދުގައި ޚިލާފްވެފައިވާ ބަޔަކު ކަމުގައި ވާ ހިނދު މި އެންމެން އަހުލުއްސުންނަތް ކަމުގައި ވާނީ ކިހިނެތް ހެއްޔެވެ. ޙައްޤަށް ފަހުގައި ވަނީ މަގުފުރެދުން ނޫން ކޮންއެއްޗެއް ތޯއެވެ. މި މީސްތަކުން އެކަކު އަނެކަކަށް ރައްދު ދޭހިނދުގައި އެންމެހައި މީހުންނަކީ އަހުލުއް ސުންނަތް ކަމުގައި ވާނީ ކިހިނަކުން ހެއްޔެވެ. އިދިކޮޅު ދެ އެއްޗެއް އެކައްޗަކަށް ވުމަށް ދާންދެން މެނުވީ މިގޮތަކަށް ނުވާނެއެވެ. އާއެކެވެ. އެއްވެސް ޝައްކެތް ނުވާ ގޮތުގައި މިބައި މީހުންގެ ތެރެއިން ސުންނަތުގެ އަހުލުވެރިއެއް ކަމުގައި ވާނީ  އެކަކެވެ. އެއީ ކާކު ހެއްޔެވެ؟


އަޝްޢަރިއްޔާ ހެއްޔެވެ؟ މާތުރީ ދިއްޔާ ހެއްޔެވެ؟ ނުވަތަ ސަލަފިއްޔާ ހެއްޔެވެ؟


އަހަރެމެން ބުނަމެވެ. ސުންނަތާއި އެއްގޮތް ވެއްޖެ މީހަކީ ސުންނަތުގެ އަހުލުވެރިއާއެވެ. ސުންނަތާއި ޚިލާފްވެއްޖެ މީހަކީ ސުންނަތުގެ އަހުލުވެރިއެއް ނޫނެވެ. ފަހެ، އަހަރުމެން ބުނަމެވެ. ސަލަފުންނަކީ އެއީ އަހުލުއްސުންނަތް ވަލްޖަމާޢަތެވެ. އެބައި މީހުން ނޫން ބަޔަކަށް އެނަމެއް އެއްވެސް ޙާލަތެއްގައި ނުބުނެވޭނެއެވެ. ކަލިމަތަކުން އިބްރަތް ލިބިގަނެވޭނީ އޭގެ މާނައިންނެވެ. މިފަދައިން ބަލާބެލުމުން ސުންނަތާއި ޚިލާފްވެފައިވާ މީހާއަށް ސުންނީ އެކޭ ބުނެވޭނީ ކިހިނަކުންހެއްޔެވެ. އަހުލުއް ސުންނަތަކަށް ވުން ލާހިކެއް ނޫނެެވެ. ޚިލާފްވެފައިވާ ތިން ބައިގަނޑަކަށް އަހަރެމެން އެބައި މީހުންނަކީ އެކައްޗެއްގެ މަތީގައި ޖަމަޢަވެފައިވާ ފަދައިން ބުނާނީ ކިހިނަކުން ހެއްޔެވެ. އެމީހުން ޖަމަޢަވެފައިވުން ކޮބައިތޯއެވެ؟ ފަހެ، އަހުލުއްސުންނަތް ވަލް ޖަމާޢަތަކީ ކިތަންމެ ފަހާޖެހެންދެންވެސް (ޤިޔާމަތާއި ޖެހެންދެންވެސް) ސަލަފުންގެ ޢަޤީދާގައި ދެމިތިބޭ މީސްތަކުންނެވެ.

ނަބިއްޔާ صلى الله عليه وسلم ގެ މަގުގައި އަދި ނަބިއްޔާގެ ޞަޙާބީންގެ މަގުގައި ޤާއިމްވެ ހުންނަމީހާއަކީ ހަމަކަށަވަރުން ސަލަފީއެކެވެ."

ނަގާފައިވަނީ شرح عقيدة الواسطية 1~ 53-54

 

الشيخ محمد بن صالح العثيمين – رحمه الله – "ޝަރަޙް ޢަޤީދަތުއް އައްސައްފާރީނިއްޔަ" ގައި ވިދާޅުވެފައި ވެއެވެ.

"އަޘަރުގެ އަހުލުވެރިންނަކީ ކޮބައިތޯއެވެ؟ އެބައި މީހުންނަކީ އަޘަރުތަކަށް ތަބަޢަވާ މީހުންނެވެ. ޤުރުއާން އަދި ސުންނަތަށް ތަބަޢަވެ އަދި ޞަޙާބީން – رضي الله عنهم - ގެ ބަސްފުޅުތަކަށް ތަބަޢަވުމެވެ. މިގޮތަކީ ސަލަފީން ފިޔަވައި އެހެން އެއްވެސް ފިރުޤާއެއްގެ އަހުލުވެރިނަށް އޮތް ގޮތެއް ނޫނެވެ. އެބައި މީހުން ސަލަފުންގެ މަގުގައި ގަދައަޅައި ދެމިތިއްބެއެވެ. .... "

 

އެންމެހައި އިޚްވާނުންނޭވެ!!!

މިއަދު އެބަޔަކު އަމިއްލައަށް ސަލަފުންނަށް ވެ، ޙަޤީޤީ ސަލަފީންގެ ގެ މަފްހޫމު އެބަޔަކު ވަނީ މީސްތަކުންނަށް އޮޅުވާލައިފައެވެ. ވާނީވެސް އެހެންނެވެ. އެމީހުންނަކީ ސަލަފުން ކަމުގައި ވުމުން ތަބަޢަވާން ޖެހޭނީ އެމީހުންނަށެވެ. ސަބަބަކީ ސަލަފީންނަކީ ސަލަފުންނަށް ތަބަޢަވެ ދެމިތިބޭ ބައެކެވެ. މި މީހުން ސަލަފުންނަށް ވުމުން ސަލަފީންނަށް ވާނީ މިމީހުންނަށް ތަބަޢަވި މީހުންކަމަށްވުންވެސް އެކަށީގެން ވެއެވެ.


ރާއްޖޭގެ އިސްލާމް ދީނަކީ ވަކި ނަމެއްގައިވާ އިންޓަނެޓް ސައިޓަކުން ފެންނަންއޮތް ކަމަށް ދެކުމަކީ އިންތިހާއަށް ނިކަމެތިކަން އިސްލާމްދީނަށް ގެނައުމެކެވެ. އެހެނީ މި މީސްތަކުންގެ ފަރާތުން އެކަތެއް ބުހުތާން ބަސްތަކެއް ޢިލްމުވެރިންނަށް ނިޞްބަތްކޮށްފައި ވުމެވެ. މިގޮތުން الشيخ محمد بن صالح العثيمين – رحمه الله – ސަލަފީންނޭ ނުބުނެވޭނެ ކަމުގައި މިބައި މީހުން އެތަކެއް މަސައްކަތެއް ކުރަމުންދަނީ ޙަޤީޤަތުގައި ޝެއިޚް ގެ މައްޗަށް ބުނެވޭ ކޮންފަދަ ބޭއިންސާފު ބަހެއްތޯއެވެ. އެހެނަސް މިބައި މީހުންގެ ފަރާތުން މިއީ ފެނުން ބީރައްޓެހި ކަމެއްނޫނެވެ. އުއްމަތުގެ އިޖްމާޢު އާއި ޚިލާފަށް މިބައި މީސްތަކުން ޢަމަލުކޮށް މީސްތަކުންނަށް އިޖްމާޢު އާއި ޚިލާފްވުން އެއީ ސުންނަތް ކަމުގައި މި ޖަމާޢަތްތަކުން ކަންތައްކޮށްފައިވާކަން ޢިލްމު ކުޑަމިންވަރަކަށް ލިބިފައިވާ ކޮންމެ މީހަކަށްމެ އިނގޭނެއެވެ.


މިތަނުގައި ބަޔާންކޮށްފައި މިވަނީ މި ޖަމާޢަތުގެ އަހުލުވެރިން ޝެއިޚްގެ މައްޗަށް ބުނެފައިވާ ޙަޤީޤަތާއި ޚިލާފް ބަސްތަކެއްކަން އަންގައި ދިނުމަށެވެ. އެހެނީ ހަމަކަށަވަރުން ޝެއިޚް އެތަށް ތަނެއްގައި ސަލަފީންނަކީ އެއީ ޙައްޤުގެ އަހުލުވެރިން ކަމުގައި އާއި ސަލަފީން އެއީ މި ވުޖޫދުގައިވާ ހަމައެކަނި ޙައްޤުގޮތުގައިވާ މީސްތަކުންނެވެ.
މި ގޮތުގައި އުއްމަތުގެ އެތަކެއް ޢިލްމުވެރިން ބަޔާންކޮށްފައި ވެއެވެ.

Like what you see?

Close

Hit the buttons below to follow us, you won't regret it...