5  ﷲ ގެ ޙިޒްބު (ޕާޓީ) ސަލަފީ ޙިޒްބާއި ގުޅުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ﷲ ގެ ޙިޒްބު (ޕާޓީ) ސަލަފީ ޙިޒްބާއި ގުޅުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ ޙިޒްބިއްޔަތާއި ޙިޒްބީން

ބިދުޢަ އާއި ހަވާނަފްސުގެ އަހުލުވެރިންނަކީ ﷲ ގެ ވަޙީ ބަސްފުޅު އަދި ނަބިއްޔާ ﷺ ގެ ހަދީޘް ބަސްފުޅުތައް އެބައިމީހުންގެ ހަވާނަފްސާ އެދުމާއި އެއްގޮތަށް ބަދަލުކޮށް އޮޅުވާލި ބައެކެވެ. އެހެންކަމުން، ޢިލްމުވެރިންގެ ބަސްތައް އޮޅުވާލުމަކީ އެބައިމީހުންނަށް އުދަގޫކަމަކަށް ނުވާނެ އެވެ. ހައްޤާއި ހައްޤުގެ އަހުލުވެރިންގެ ކިބައިން މީސްތަކުން ދުރުކުރުމަށްޓަކައި އިޚްވާނުލް މުސްލިމީންގެ ފިކުރުގައި ޖެހިފައިތިބެ "ރާއްޖެއިސްލާމް" "ސަލަފް" ނަމުގައި ފާޅުވެފައިވާ ޙިޒްބީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އަހުލުވެރިން ދިޔައީ ވަކި މާނައެއް ނޭނގޭ ޢިލްމުވެރިންގެ އެކަހެރި ބައެއް ބަސްތައް ނަގައި އެބަސްތަކުން ޢިލްމުވެރިން ގޮވާލި ސަލަފީ ދަޢުވަތާއި އެ ޢިލްމުވެރިންގެ ފަޙުމާއި މާނައާއި ދެކޮޅަށް އެބަސްތައް ނަގައި ހައްޤާއި ހައްޤުގެ އަޙުލުވެރިންނާއި ހަނގުރާމަ ކުރަމުން ނެވެ. އެގޮތުން ޝެއިޚް އުޘައިމީން ހައްދާދިއްޔާއިންގެ ފިރުޤާއަށް (މީސްތަކުން ބިދުޢަވެރިކުރުމުގައި ހައްދުފަހަނަ އަޅައިދިޔަ ފިރުޤާއަށް) ރައްދުދެއްވައި ވިދާޅުވެފައިވި ބައެއް ބަސްފުޅުތައް ޙިޒްބީން ދިޔައީ ދިވެހި ބަހަށް ތަރުޖަމާކޮށް ހައްޤު މަގުގައިވި ސަލަފީ އިޚްވާނުންނަށް އެ ބަސްތައް ނިޞްބަތް ކުރަމުންނެވެ. މި ކަލިމަތަކުގެ ސަބަބުން ހައްޤު ސަލަފީ ދަޢުވަތުން ވަރަށް ގިނަ ޒުވާނުން ދުރުވެ، މި ދަޢުވަތާ މެދު ޢަދާވާތްތެރިކަން ފާޅުކުރުވި ސަބަބެއް ކަމުގައި ވެގެން ދިޔައެވެ. ޙިޒްބީން ތަރުޖަމާކޮށް ފަތުރާފައިވާ ޝެއިޚް އުޘައިީންގެ ބަސްފުޅުގައި "ސަލަފީ" ނަމުގައި ޙިޒްބިއްޔަތް ފަތުރާ އަހުލުވެރިންނާއި ސަލަފީ މަންޙަޖާއި ތަފާތު ކުރެއްވި އެވެ. ސަބަބަކީ "ސަލަފީ" މި ނަމުގެ ފަހަތުގައި ފޮރުވެތިބެ ހައްދާދީ ބިދުޢަވެރި ފިކުރު ފެތުރުމުން ނެވެ. އަދި "ސަލަފީ" ނަމުގައި ހަދާފައިވާ ހައްދާދީ ޙިޒްބާއި ވަކިވެ، ޞަލަފީ މަންޙަޖު ޚިޔާރު ކުރެއްވުމަށް އެ ބަސްކޮޅުގައި ނަޞޭހަތްތެރިވިއެވެ. އެބަސްފުޅުގައި ޝެއިޚް އިންކާރުކޮށްފައިވަނީ "ސަލަފް" "ސަލަފީ" ނަން ނަމުގެ ފަހަތުގައި ފޮރުވެތިބެ ބިދުޢަ އާއި ޚުރާފާތުގެ މައްޗަށް ޖަމަޢަވެ ދީނުގައި މަނާކުރެވިގެންވާ ޙިޒްބިއްޔަތު ފަތުރާ އަހުލުވެރިންގެ މައްޗަށެވެ. އުޞޫލީ ޢިލްމުވެރިން ވިދާޅުވެފައި ވާފަދައިން العبرة بالحقائق والمعاني، لا بالإلفاظ والمباني "މުހިންމީ ޙަޤީޤަތާ މާނައެވެ. ނަންތަކާ ބިނާ ތަކެއް ނޫނެވެ." ދެވިފައިވާ ނަމަކާއި ޙަޤީޤަތާ ފުށުއަރާ ކަމުގައިވާނަމަ ބަލަން ޖެހޭނީ އެ ނަމުގެ ޙަޤީޤަތާ އެއިން ދޭހަވާ މާނައަށެވެ. ނަންތަކުގެ ބޭރުފުށުގައި ފޮރުވިގެންތިބެ އެތެރެފުށް އެ ނަންތަކާއި ޚިލާފުވެގެންވި ހިނދުގައި ދެވިފައިވާ ނަމެއްގެ އެއްވެސް ފާއިދާއެއް ނެތެވެ. ޢިލްމުވެރިންވަނީ ރިވެތި ނަންތަކުގެ ފަހަތުގައި ފޮރުވިތިބެ ބާޠިލް ފެތުރުމުގެ މައްޗަށް އިންކާރު ކޮށްފައެވެ. ޝެއިޚް އުޘައިމީން ހައްޤު ގޮތުގައިވި ސަލަފީ އަޚުންނާއި ސަލަފިއްޔަތަށް އިންކާރުކޮށްފަ އެއް ނުވެއެވެ. އަދި ކިޔެއް، ސަލަފިއްޔަތަކީ ﷲ ޙިޒްބު ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި ހައްޤު ގޮތުގައިވި ﷲ ގެ ޙިޒްބު "ސަލަފީ ޙިޒްބާ" ގުޅުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް ކަމުގައި ވިދާޅުވި އެވެ. ތިރީގައި މިވަނީ ޢިލްމުވެރިންގެ ބަސްތަކުގެ ތަންތަންކޮޅު ނަގައި މީސްތަކުން އޮޅުވާލަމުންދާ އިޚްވާނުލް މުސްލިމީން ފިކުރުގެ އަހުލުވެރިންނަށް ޝެއިޚް އުޘައިމީންގެ ހަދިޔާ އެކެވެ. - (މަކްތަބާ ސަލަފިއްޔާ ވެބްސައިޓް)

 

ﷲ ގެ ޙިޒްބު (ޕާޓީ) ސަލަފީ ޙިޒްބާއި ގުޅުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް

 

الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله ވިދާޅުވެފައިވެއެވެ. "ހައްޤު ގޮތުގައިވާ ހަމައެކަނި ޙިޒްބު (ޕާޓީ، ޖަމާޢަތަކީ) މިއެވެ. އެއީ ﷲ ގެ ޙިޒްބު (ޖަމާޢަތް) އެވެ. (އެ ޙިޒްބަކީ) ސަލަފީ އަދި އަޘަރީ ޙިޒްބެވެ. (އެބަހީ؛ ސަލަފުންނަނަށް އަދި އަޘަރުތަކަށް ތަބަޢަވެ އެއަށް ނިޞްބަތްވި މީސްތަކުންގެ ޖަމާޢަތެވެ.) އެ ޙިޒްބުގެ (ޖަމާޢަތުގެ، ޕާޓީގެ) ތެރެއިންވުން އަހަރެމެން އެންމެންގެ މައްޗަށް ވާޖިބުވެގެންވާ ޖަމާޢަތެވެ. އަދި ހަމަ އެފަދައިން މި ފެންނަ ހައްޤުކަމަށް ދަޢުވާކުރެވިގެންވާ އެހެނިހެން ޖަމާޢަތްތައް އެއްޗެއް ދިރުވާލާހެން ދިރުވާލުން ހުއްޓެވެ. (އެބަހީ؛ ނައްތާލުން ހުއްޓެވެ.) މިފަދަ ޖަމާޢަތްތަކަކީ ހަޤީޤަތުގައި އިސްލާމް ދީނުގެ މައްޗަށްވާ ބުރަ ތަކްލީފުތަކެކެވެ." (ތަރުޖަމާ: އަޚް އިސްޙާޤް)

 

 

(މި މައުޟޫގައި ކުރިން އުސްތާޛް އަބޫ އަނަސް ތަރުޖަމާކޮށްފައިވާ ލިޔުންތައް)

ސަލަފީން ފިޔަވައި ޤުރުއާނާއި ސުންނަތް އަދި ޞަޙާބީން ގެ ބަސްފުޅުތަކަށް ހައްޤު ގޮތުގައި ތަބަޢަވާ ފިރުޤާއެއް ނެތް

الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله "ޝަރަޙް ޢަޤީދަތުއް އައްސައްފާރީނިއްޔަ" ގައި ވިދާޅުވެފައި ވެއެވެ. "އަޘަރުގެ އަހުލުވެރިންނަކީ ކޮބައިތޯއެވެ؟ އެބައި މީހުންނަކީ އަޘަރުތަކަށް ތަބަޢަވާ މީހުންނެވެ. ޤުރުއާން އަދި ސުންނަތަށް ތަބަޢަވެ އަދި ޞަޙާބީން – رضي الله عنهم - ގެ ބަސްފުޅުތަކަށް ތަބަޢަވުމެވެ. މިގޮތަކީ ސަލަފީން ފިޔަވައި އެހެން އެއްވެސް ފިރުޤާއެއްގެ އަހުލުވެރިނަށް އޮތް ގޮތެއް ނޫނެވެ. އެބައި މީހުން ސަލަފުންގެ "މަގުގައި ގަދައަޅައި ދެމިތިއްބެއެވެ."

 

އަހުލުއް ސުންނަތަކީ "ސަލަފީން" ކަމުގައި ޝެއިޚް العثيمين رحمه الله ވިދާޅުވުން

الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله ވިދާޅުވެފައި ވެއެވެ. "ހަމަކަށަވަރުން އަހުލުއްސުންނަތަކީ ސަލަފީންނާއި، އަޝްޢަރީންނާއި އަދި މާތުރީދީންނޭ ބުނާ ބުނުމަކީ ކުށެކެވެ. މިފަދައިން ބުނާމީހާ އެ ބުނަނީ ކުށް ބަހެކެވެ. އަހަރުމެން ބުނަމެވެ. މި މީސްތަކުންނަކީ އެބައި މީހުންގެ މެދުގައި ޚިލާފްވެފައިވާ ބަޔަކު ކަމުގައި ވާ ހިނދު މި އެންމެން އަހުލުއްސުންނަތް ކަމުގައި ވާނީ ކިހިނެތް ހެއްޔެވެ. ޙައްޤަށް ފަހުގައި ވަނީ މަގުފުރެދުން ނޫން ކޮންއެއްޗެއް ތޯއެވެ. މި މީސްތަކުން އެކަކު އަނެކަކަށް ރައްދު ދޭހިނދުގައި އެންމެހައި މީހުންނަކީ އަހުލުއް ސުންނަތް ކަމުގައި ވާނީ ކިހިނަކުން ހެއްޔެވެ. އިދިކޮޅު ދެ އެއްޗެއް އެކައްޗަކަށް ވުމަށް ދާންދެން މެނުވީ މިގޮތަކަށް ނުވާނެއެވެ. އާއެކެވެ. އެއްވެސް ޝައްކެތް ނުވާ ގޮތުގައި މިބައި މީހުންގެ ތެރެއިން ސުންނަތުގެ އަހުލުވެރިއެއް ކަމުގައި ވާނީ  އެކަކެވެ. އެއީ ކާކު ހެއްޔެވެ؟ އަޝްޢަރިއްޔާ ހެއްޔެވެ؟ މާތުރީ ދިއްޔާ ހެއްޔެވެ؟ ނުވަތަ ސަލަފިއްޔާ ހެއްޔެވެ؟ އަހަރެމެން ބުނަމެވެ. ސުންނަތާއި އެއްގޮތް ވެއްޖެ މީހަކީ ސުންނަތުގެ އަހުލުވެރިއާއެވެ. ސުންނަތާއި ޚިލާފްވެއްޖެ މީހަކީ ސުންނަތުގެ އަހުލުވެރިއެއް ނޫނެވެ. ފަހެ، އަހަރުމެން ބުނަމެވެ. ސަލަފުންނަކީ އެއީ އަހުލުއްސުންނަތް ވަލްޖަމާޢަތެވެ. އެބައި މީހުން ނޫން ބަޔަކަށް އެނަމެއް އެއްވެސް ޙާލަތެއްގައި ނުބުނެވޭނެއެވެ. ކަލިމަތަކުން އިބްރަތް ލިބިގަނެވޭނީ އޭގެ މާނައިންނެވެ. މިފަދައިން ބަލާބެލުމުން ސުންނަތާއި ޚިލާފްވެފައިވާ މީހާއަށް ސުންނީ އެކޭ ބުނެވޭނީ ކިހިނަކުންހެއްޔެވެ. އަހުލުއް ސުންނަތަކަށް ވުން ލާހިކެއް ނޫނެެވެ. ޚިލާފްވެފައިވާ ތިން ބައިގަނޑަކަށް އަހަރެމެން އެބައި މީހުންނަކީ އެކައްޗެއްގެ މަތީގައި ޖަމަޢަވެފައިވާ ފަދައިން ބުނާނީ ކިހިނަކުން ހެއްޔެވެ. އެމީހުން ޖަމަޢަވެފައިވުން ކޮބައިތޯއެވެ؟ ފަހެ، އަހުލުއްސުންނަތް ވަލް ޖަމާޢަތަކީ ކިތަންމެ ފަހާޖެހެންދެންވެސް (ޤިޔާމަތާއި ޖެހެންދެންވެސް) ސަލަފުންގެ ޢަޤީދާގައި ދެމިތިބޭ މީސްތަކުންނެވެ. ނަބިއްޔާ صلى الله عليه وسلم ގެ މަގުގައި އަދި ނަބިއްޔާގެ ޞަޙާބީންގެ މަގުގައި ޤާއިމްވެ ހުންނަމީހާއަކީ ހަމަކަށަވަރުން ސަލަފީއެކެވެ." ނަގާފައިވަނީ شرح عقيدة الواسطية 1~ 53-54

 

ހައްޤު "ސަލަފީ" އަކަށް ޝެއިޚް އުޘައިމީން رحمه الله އިންކާރުކޮށްފައިވާ ނުވާކަން
 

الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله އިމާމް الأَلْبَانِي އަކީ "ސަލަފީ" އެއް ކަމުގައި ވިދާޅުވެފައިވެ އެވެ. "الأَلْبَانِي އަކީ އަހުލުއް ސުންނަތުގެ އަހުލުވެރިއެކެވެ. އަހުލުއް ސުންނަތް ދިފާޢު ކުރުމުގައި ވެ އެވެ. الأَلْبَانِي އަކީ ޙަދީޘް (ޢިލްމުގައި) އިމާމެކެވެ. އަހަރެމެންގެ މިޒަމާނުގައި الأَلْبَانِي އާއި އަޅާކިޔާލޭނެ އެހެން ފަރާތެއްވާކަމެއް އަހަރެން ނުދަންނަމެވެ. އަހަރެމެން الأَلْبَانِي އޭނާގެ ފޮތްތަކުން ދަންނަމެވެ. ބައެއްފަހަރުގައި الأَلْبَانِي ގެ މަޖްލިސްތަކުން الأَلْبَانِي އަހަރެމެން ދަންނަމު އެވެ. އެއީ ޢަޤީދާގައި ސަލަފީ އެކެވެ. މަންހަޖު ސަލާމަތްކަމުގައި ވާ ފަރާތެކެވެ." (فتاوى العلماء الأكابر ص 4)


އިޚްވާނުންނޭވެ! މިއަދު ޝެއިޚް  العثيمين رحمه الله އަށް ނިސްބަތްކޮށް ސަލަފީ ކިޔުން ޝެއިޚް މަނާކުރާ ކަމަށް ގޮވާ މީހުން ކޮބައިތޯ އެވެ!  ޙަޤީޤީ ސަލަފީންނަށް ޝެއިޚް ސަލަފީއެކޭ ވިދާޅުވެފައިވާތަން މި އޮތީ ފެންނާށެވެ. ސަލަފީންނާ ދިމާލަށް ސަލަފީން ޝެއިޚް ކިޔުއްވި އެވެ.  އާއެކެވެ. އެހެނަސް މި ބައިމީހުންފަދައިން، މި ޙިޒްބީންނަށް ޝެއިޚް ސަލަފީންނޭ ނުކިޔަ އެވެ. އިޚްވާނުންނޭވެ! މިއަދު ޝެއިޚް  العثيمين رحمه الله އަށް ނިސްބަތްކޮށް ސަލަފީ ކިޔުން ޝެއިޚް މަނާކުރާ ކަމަށް ގޮވާ މީހުން ކޮބައިތޯ އެވެ!  ޙަޤީޤީ ސަލަފީންނަށް ޝެއިޚް ސަލަފީއެކޭ ވިދާޅުވެފައިވާތަން މި އޮތީ ފެންނާށެވެ. ސަލަފީންނާ ދިމާލަށް ސަލަފީން ޝެއިޚް ކިޔުއްވި އެވެ.  އާއެކެވެ. އެހެނަސް މި ބައިމީހުންފަދައިން، މި ޙިޒްބީންނަށް ޝެއިޚް ސަލަފީންނޭ ނުކިޔަ އެވެ
.

 

ސަލަފީ ޙިޒްބު ޝެއިޚް އުޘައިމީން ނިޞްބަތްކުރީ ޝެއިޚް ރަބީޢު އެކުގައިވި މަދީނާގެ މަޝައިޚުންނަކަށް ނޫން


الشيخ العلامة محمد بن صالح العثيمين رحمه الله: "އަހަރެމެންގެ އަޚާ ޑޮކްޓަރ ރަބީޢު ބިން ހާދީ އަލްމަދްޚަލީ މި ހިސާބުގަނޑަށް ޒިޔާރަތް ކުރުމުން އެކަމަށް އަހަރެމެން ހަމަކަށަވަރުން ﷲ އަށް ޙަމްދުކުރަމެވެ. އެހެނީ އޭގެ ސަބަބުން ބައެއް މީހުންނަށް ބައެއް ކަންތައްތައް ސާފުވެފައި ނެތުމުން އެކަންތަށް އެމީހަކަށް ފާޅުވެގެން ދިއުމެވެ. އަހަރެމެންގެ އަޚާ (ﷲ އަހަރެމެންނަށާ އަދި ރަބީޢުއަށް ހެޔޮ ގޮތް މިންވަރު ކުރައްވާށި) ވަނީ ސަލަފިއްޔަތުގައެވެ. ސަލަފުންގެ މަގުގައެވެ. މިތަނުގައި އަހަރެން ސަލަފިއްޔަތަކީ އެހެނިހެން މުސްލިމުން އޭގެއިން ބޭރުކޮށްހަދާ ޙިޒްބް (ޕާރޓީއެއްގެ) ގޮތުގައި ޤާއިމްވެފައިވާ ޖަމާޢަތެއްގެ ގޮތުގައި ނުބުނަމެވެ. މިތަނުގައި މި ބުނެލަނީ ( ޝެއިޚް ރަބީ) ވަނީ މަންހަޖުގައި ސަލަފުންގެ މަގުގައި ކަމެވެ. އެއީ ޚާއްޞަ ގޮތެއްގައި ތައުޙީދު އޭގެ ފުރިހަމަ ގޮތުގައި ޤާއިމް ކުރުމަށާއި އަދި އެ (މަންހަޖާއި) ޚިލާފްވާ އެއްމެހައި ކަންތަކެއް ވަކިކުރުމުގައެވެ. އަދި ތައުހީދަކީ އެކަލާނގެ ފޮނުއްވި އެއްމެހައި ރަސޫލުން (عليه الصلاة والسلام) ރަސޫލު ކަމާއިގެން ފޮނުއްވުނު މަޤްޞަދު ކަމުގައި އަހަރެމެން އެއްމެން ދަންނަންޖެހެއެވެ. އެއީ އެކަލާނގެ ވަޙީކުރައްވާފައިވާ ފަދައިންނެވެ. وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ [الأنبياء:25] "ހަމަކަށަވަރުން ތިމަން އިލާހު މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށް އެ ރަސޫލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު އިބަ ނަބިއްޔާގެ ކުރިންވެސް ތިމަން އިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން ހަމައެކަނި ތިމަން އިލާހަށް އަޅުކަން ކުށްތަންކުރާހުށި ކަމެވެ." އަހަރެމެންގެ އަޚާ ޝެއިޚް ރަބީ ބިން ހާދީ އަހަރެމެންގެ މި ހިސާބުގަނޑަށް އަދި އަހަރެމެންގެ ރަށަށް "ޢުނައިޒާ" އަށް ޒިޔާރަތް ކުރުމަކީ އެކަމުގެ ސަބަބުން ހެޔޮ އަޘަރެއް ކުރާނެ ކަމެއްކަމުގައި ދެކެމެވެ. އެ ޒިޔާރަތުން ގިނަ ބަޔަކަށް ފޮރުވިގެންވާ ކަންތައްތަށް ސާފުވެގެންދާނެއެވެ. އެވާހަކަ ތަކުގައި އެއްވެސް އަޞްލެއް ނެތް، މީސްތަކުން ހަދަހަދައިގެން ދައްކާ ވާހަކަތަކުގެ ޙަޤީޤަތް ފާޅުވެދިއުމެވެ. ދޫތަކުން ފާޅުކޮށްފައިވާ ބުހުތާން ވާހަކަތަކުގެ ޙަޤީޤަތް ފާޅުވުމެވެ. ބުހުތާން ވާހަކަތަށް ޢިލްމުވެރިންގެ މައްޗަށް ފާޅުކުރުމަށް ފަހުގައި އެކަމުގެ ޙަޤީޤަތް އެނގުމުން އެކަމަށް ދެރަވެ މާޔޫސްވަނީ ކިތަށް މީސްތަކުން ހެއްޔެވެ. އެހެނަސް ޙަޤީޤަތުގައި އެ ޢިލްމުވެރިންވަނީ ޙައްޤުގައެވެ." https://youtu.be/s04iSkJMPR4

 

އިމާމް އަޙްމަަދު  رحمه الله އަކީ ސަލަފީންގެ އިމާމް
 

ޙިޒްބިއްޔަތާއި ޙިޒްބީން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ސުންނަތުގެ އަހުލުވެރިންނަކީ މީސްތަކުންގެ ނިޔަތުގެ ތެރެއަށް ވަދެގަންނަ ބައެއް ކަމުގައި ތުހުމަތު ކުރުން - الشيخُ العلاَّمة عُبَيد الجَابِري حفظه الله | 13 ނޮވެމްބަރ 2017

 ސަލަފިއްޔާ ވަނީ ދީނުގައި ދެރަ ނިކަމެތިކުރެވިގެންވާ ޙިޒްބިއްޔަތުން ބަރީޢަވެގެން - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله | 02 ސެޕްޓެމްބަރ 2017

 ޙިޒްބީންނާއި ޙިޒްބިއްޔަތަކީ ކޮބައިކަން (ޙިޒްބީންނަކީ ޤައުމު ބައިބައިކޮށް ފަސާދަކުރާ ބައެއް) - العَلاَّمَة الشَّيْخ رَبِيع بن هَادي المَدخَلِي حفظه الله | 01 ސެޕްޓެމްބަރ 2017

 އޮޅުވާލާ، މަކަރުވެރިކަމާ އެކީ ސަލަފިއްޔަތަށް ނިޞްބަތްވެފައިވާ ޙިޒްބީންނާއި ހަވާނަފްސުގެ އަޙުލުވެރިން - العَلاَّمَة الشَّيْخ رَبِيع بن هَادي المَدخَلِي حفظه الله | 23 އޮގަސްޓު 2017

 ސަލަފީންގެ މައްޗަށް ޙިޒްބީންގެ ދޮގުވެރިކަމާއި މަކަރުވެރިކަން - الشيخ العلامة أحمد بن يحيى النجمي رحمه الله | 23 އޮގަސްޓު 2017

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...