އާއެކެވެ. ސަލަފީ އޭ ބުނުމުން ޙައްޤުގެ އަހުލުވެރިންނާއި ބިދުޢަވެރިން ވަކިވެ އެވެ. - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
އާއެކެވެ. ސަލަފީ އޭ ބުނުމުން ޙައްޤުގެ އަހުލުވެރިންނާއި ބިދުޢަވެރިން ވަކިވެ އެވެ.
ސުވާލު: ދަޢުވަތު ދިނުމުގައިވާ ބައެއް މީހުން ބުނެ އެވެ. ﷲ އެބައިމީހުންނަށް ހިދާޔަތް ދެއްވާނދޭވެ. އެމީހުން ބުނަނީ ސަލަފީ ކިޔުމަކީ މީސްތަކުން ބައިބައި ކުރުވާ ކަމެކެވެ. ފަހެ، އެހެންވުމުން "އަހަރެންނަކީ ސަލަފީ އެއް" މިހެން ނުބުނާށެވެ.
ޖަވާބު: އާއެކެވެ. އާއެކެވެ. ސަލަފީ އެކޭ ބުނުމުން މީސްތަކުން ބައިބައި ކުރެ އެވެ. އެފަދައިން ބުނުމުން ސަލަފީން ނާއިި ބިދުޢައިގެ އަހުލުވެރިން ވަކިކުރެ އެވެ. އަދި މަގުފުރެދިފައިވާ އަހުލުވެރިންވެސް ވަކިވެ އެވެ. الحمد لله އެވެ. މިއީ މަތިވެރިވެގެންވާ ހެޔޮ ކަމެކެވެ.
ހަމަކަށަވަރުން ކޮންމެ އިންސާނަކުވެސް ސަލަފުންގެ މަޛްހަބުގައި ދެމިހުރުން ހުއްޓެވެ. ﴿واتبعت ملة آبائي إبراهيم وإسحاق ويعقوب ما كان لنا أن نشرك بالله من شيء﴾ "އަދި ތިމަން ނަބިއްޔާގެ ކާބަފައިން ކަމުގައިވީ إبراهيم އާއި إسحاق އަދި يعقوب ގެ ދީނަށް ތިމަން ނަބިއްޔާ ތަބަޢަވެވަޑައިގަތީމެވެ. ﷲ އަށް އެއްވެސް އެއްޗެއް ޝަރީކު ކުރުމަކީ ތިމަންމެންނަށް އޮތް ކަމެއް ނޫނެވެ."
ތަޥްޙީދުގައި އަދި ޢަޤީދާގައި ސަލަފުންނަށް ތަބަޢަވުމަކީ ޝަރަފެކެވެ. އަދި އެއީ ލިބިގެންދާ މަދަޙަ އެކެވެ. ފަހެ، އަހަރެމެން ފަޚުރުވެރިވަމެވެ. އަދި ﷲ އަށް ދުޢާ ކުރަމެވެ. އެ އިލާހު އަހަރެމެންނަކީ ސަލަފުންގެ މަޛްހަބުގައިވާ ބައެއްކަމުގައި ލައްވާނދޭވެ. އަދި އެ މަޛްހަބުގައި އަހަރެމެން ޘާބިތުކޮށް ދެއްވާނދޭވެ. އާއެކެވެ.
އެބަޔަކު އަހަރެމެންނާ ވަކިވެ ދިޔަކަމުގައިވިޔަސް އެވެ. އަހަރެމެންނަކީ މީސްތަކުން (އެއެއް މިއެއް ބެލުމެއް ނެތި، ތަނެއް ދޮރެއް ބެލުމެއްނެތި) ޖަމަޢަކުރާ ބައެއް ނޫނެވެ. އަހަރެމެން މީސްތަކުން މިގޮތަށް ޖަމަޢައެއް ނުކުރަމެވެ. އަހަރެމެން އެ މީސްތަކުންނަށް ދަޢުވަތުދެނީ ސަލަފުންގެ މަޛްހަބަށާއި ޞައްޙަ ޢަޤީދާއަށެވެ. އެބައިމީހުން މިއަށް އިޖާބަދީ ކަމުގައިވާނަމަ އެވެ. الحمد لله އެވެ. އެބައިމީހުން މިއަށް އިޖާބަ ނުދީ ވަކިވުމަށް ބޭނުންވެއްޖެ ހިނދުގައި، އެމީހުންނަށް އޮތީ އެމީހުން އިޚްތިޔާރު ކުރި ގޮތެކެވެ. އާއެކެވެ.
****
ފަތުވާ ނަގާފައިވަނީ : https://goo.gl/dpiVFD
އަޚުންނޭވެ.
މިއަދު މީސްތަކުން ތަނެއްދޮރެއް ބެލުމެއްނެތި، ޞައްޙަ ޢަޤީދާއަކަށް އަދި ޞައްޙަ މަންޖަހަކަށް ބެލުމެއްނެތި ޖަމަޢަކުރަން ބޭނުންވާ އެންމެހައި ފަރާތްތައް "ތިމަންނަ އަކީ ސަލަފީ އެއް" މިހެން ބުނަން ބޭނުން ނުވާނެ އެވެ! ދަންނަ ހުއްޓެވެ! މިފަދައިން ބުނާ މީހުންނަކީ ޙައްޤުގެ މަތީގައި މީސްތަކުން ޤާއިމްކޮށް، ޙައްޤަށްޓަކައި ޖަމަޢަކުރުމަށް އެދޭ މީހެއް ނޫނެވެ. މިއީ ފާޅުވެ ބަޔާންވެގެންދާ ބުރުހާނެ ކެވެ. ހެއްކެކެވެ.
މިއަށްވުރެ އަޖައިބު ކުރުވަނިވި ކަމަކީ، މިއަދު ދަޢުވަތުގެ މައިދާނަށް ނުކުމެފައިވާ ގިނަ ބަޔަކު "އަހަރެންނަކީ ސަލަފީ އެއް" މިފަދައިން ބުނުމަކީ ހުއްދަވެގެންވާ ކަމެއް ނޫނޭ ބުނުމެވެ. ﷲ ޤަންދީ ބުނަމެވެ. މިފަދަ މީހަކީ މީސްތަކުންނަށް ﷲ ގެ ޙައްޤު ދީނަށް މީސްތަކުން ޖަމަޢަކުރާ މީހެއްތޯ އެވެ؟
ދަންނަހުއްޓެވެ! ސަލަފީ ދަޢުވަތަކީ ﷲ ގެ ބާވައިލެއްވި ޙައްޤު ދަޢުވަތާއި ޙައްޤު މަޛްހަބެވެ. މިއަށް ފުރަގަސް ދީފި ކޮންމެ މީހަކީ އަމިއްލަނަފްސަށް މަގުފުރެދުން އިޚްތިޔާރު ކޮށް ޢިލްމުގެ އަހުލުވެރިން އެއްކިބާ ކޮށްފައިވާ މީހެކެވެ.