އޮޅުވާލާ، މަކަރުވެރިކަމާ އެކީ ސަލަފިއްޔަތަށް ނިޞްބަތްވެފައިވާ ޙިޒްބީންނާއި ހަވާނަފްސުގެ އަޙުލުވެރިން - العَلاَّمَة الشَّيْخ رَبِيع بن هَادي المَدخَلِي حفظه الله

"އޮޅުވާލުމުގައި ސަލަފިއްޔަތަށް ނިސްބަތްވެގެންވާ ބައެއް މީހުން އެއްވެސް ޙާލެއްގައި ނަޞޭޙަތް ދިނުމުން އެ ނަޞޭޙަތަށް އިޖާބައެއް ނުދޭނެ އެވެ. ﷲ ޤަންދީ ބުނަމެވެ. އަހަރެން ނަޞާރާއިން ތަޖުރިބާ ކޮށްފީމެވެ. އެބައިމީހުން ނުހަނު ފަސޭހަކަމާ އެކު އިސްލާމްދީނަށް ވަދެ އެވެ. ސޫފީން ތަޖުރިބާ ކުރީމެވެ. ސުންނަތުގެ ތެރެއަށް އެބައިމީހުން ނުހަނު ފަސޭހައަށް ވަދެ އެވެ.
އެހެނަސް މި ސަލަފިއްޔަތަށް ދަޢުވާކުރާ ދޮގުވެރިން، ތިބާއާ އޭނާއާ ދެމެދު ދެވޭ ނަޞޭޙަތެއްގެ ގޮތުގައި އެތަކެއްފަހަރު ތަކްރާރުކޮށް ނަޞޭހަތްތެރިވުމުން މިނިކާވަގެއް ފަދައިން ތިބާގެ މައްޗަށް އަރައިގަނެ އެވެ. އަދި މުޅި ދުނިޔެ ތިބާގެ މައްޗަށް އުފުލައި ހަދަ އެވެ. މި ބާޠިލް ދޮގުވެރިން ސަލަފީ ދަޢުވަތް ހަލާކުކޮށްލައިފި އެވެ.
ފަހެ، ﷲ ހަޟުރަތުން އަހަރެމެން ދުޢާ ދަންނަވަނީ މިބައިމީހުންގެ ކިބައިން މި ބިން ޠާހިރުކޮށްދިނުމެވެ. އަދި މި ބަލާވެރިކަމުންނާއި މި ފިތުނަވެރިކަމުން އުއްމަތް ސަލާމަތް ކޮށްދެއްވުމެވެ."
***
ފަތުވާ ނަގާފައިވަނީ : شرح أبواب من كتاب الشريعة للآجري شريط رقم (49)