5 ސަލަފީ އެކޭ ކިޔަންޖެހެނީ ކީއްވެގެން ހެއްޔެވެ. އެއީ ޙިޒްބީ ދަޢުވަތެއް ހެއްޔެވެ؟ ނުވަތަ އެއީ އިސްލާމް ދީނުގައި އަލަށް އުފެދިފައިވާ ފިރުޤާއެއްތޯ އެވެ؟ - العلامة المحدث الشيخ محمد ناصر الدين - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ސަލަފީ އެކޭ ކިޔަންޖެހެނީ ކީއްވެގެން ހެއްޔެވެ. އެއީ ޙިޒްބީ ދަޢުވަތެއް ހެއްޔެވެ؟ ނުވަތަ އެއީ އިސްލާމް ދީނުގައި އަލަށް އުފެދިފައިވާ ފިރުޤާއެއްތޯ އެވެ؟ - العلامة المحدث الشيخ محمد ناصر الدين

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ސަލަފިއްޔަތަށް ނިޞްބަތްވުން

الشيخ محمد ناصر الدين الألباني – رحمه الله- އާ ސުވާލު ކުރެވުނެވެ.

ސަލަފީ އެކޭ ކިޔަންޖެހެނީ ކީއްވެގެން ހެއްޔެވެ. އެއީ ޙިޒްބީ ދަޢުވަތެއް ހެއްޔެވެ؟ ނުވަތަ އެއީ ބައިގަނޑެއް ހެއްޔެވެ؟ ނުވަތަ އެއީ މަޒްހަބެއް ހެއްޔެވެ؟ ނުވަތަ އެއީ އިސްލާމް ދީނުގައި އަލަށް އުފެދިފައިވާ ފިރުޤާއެއްތޯ އެވެ؟

 

ޖަވާބުގައި ވިދާޅުވި އެވެ. "ޢަރަބި ބަހުގައި ސަލަފް މި ކަލިމައަކީ އެންމެން ދަންނަ ކަލިމައެކެވެ. މިތަނުގައި އަހަރެމެންނަށް މުހިންމު ވެގެންވަނީ ޝަރުޢީގޮތުން މި ބަހާ ބެހޭގޮތުން ހޯދުމެވެ.


ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އަރިއަހުން، ބަލިޙާލުކޮޅުގައި އޮންނެވި ދުވަސްތަކުގައި فاطمة رضي الله عنها އަށް ޙަދީޘްކުރައްވައި ވިދާޅުވި ކަމުގައި ވާރިދުވެގެންވެ އެވެ. " فاتقي اللهَ واصبِري، و نِعمَ السلَفُ أنا لكِ" ﷲ އަށް ބިރުވެތި ވާށެވެ. އަދި ކެތްކުރާށެވެ. އަހަރެންނަކީ ފާޠިމާއަށް ހުރި ހެޔޮ ސަލަފްއަކީމެވެ."


އަދި ޢިލްމުވެރިން ސަލަފް މިކަލިމަ ވަރަށް ގިނައިން އިސްޔިޢުމާލު ކުރައްވާފައިވެ އެވެ. ޢަދަދު ނުކުރެވޭހާ ގިނައިން ޢިލްމުވެރިން މި ބަސް ބޭނުން ކުރައްވާފައިވެ އެވެ. މިކަމަށް އަހަރެމެންނަށް އެންމެ މިޘާލެއް ފުދެއެވެ. އެއީ ބިދުޢަވެރިންނި ދެކޮޅަށް އެބައި މީހުން ޙުއްޖަތެއްގެ ގޮތުން ބުނެފައިވާ ކަލިމައެކެވެ.


އެންމެހައި ހެޔޮކަންތައް ވަނީ ތިބާގެ ކުރިން ގޮސްފައިވާ ސަލަފުންނަށް ތަބަޢަވުމުގައެވެ. އަދި އެންމެހައި ނުބަޔަކީ ޚަލަފުން ގެނެސްފައިވާ ގޮތްތަކުގައި ވުމެވެ.
އެހެނަސް ޢިލްމުވެރިން ކަމުގައި ދަޢުވާކުރާ މީސްތަކުންގެ ތެރޭގައި މިކަލިމައަށް އިންކާރުކުރާ ބަޔަކު އުޅެއެވެ. އެމީހުން ބުނަނީ މި ކަލިމައަކީ އޭގައި އެއްވެސް އަޞްލެއް އެކުލެވިގެންވާ ކަލިމައެއް ނޫންކަމުގައެވެ. އެ ގޮތުން އެމީހުން ބުނެއެވެ. (އެއްވެސް މުސްލިމަކު އަހަރެންނަކީ ސަލަފީއެކޭ ބުނުމަކީ ހުއްދަވެގެންވާނެ ގޮތެއް ނޫނެވެ.) މި ފަދަ މީހުން ބުނާ ބުނުމުގެ މާނައަކީ އެއްވެސް މުސްލިމަކަށް "އަހަރެންނަކީ ސަލަފުއް ޞާލިޙުން ދެމިތިއްބެވި ޢަޤީދާގައި، އަޅުކަމުގައި އަދި ދެމިތިއްބެވި ސުލޫކުގައި ތަބަޢަވާ މީހެއް ކަމުގައި ނުބުނެވޭނެ" ކަމަށެވެ.


މިފަދައިން އިންކާރު ކުރުމަކީ، އަދި ވަކި ޚާއްޞަ މީހަކަށް މިފަދައިން ރައްދުވެވޭ ނަމަ، އެފަދަ މީހާގެ މައްޗަށް ލާޒިމްވެގެންވަނީ އޭނާ ޞައްޙަ އިސްލާމްދީނުން ބަރީއަވުމެވެ. އެއީ ޞަލަފުއް ޞާލިޙުން ދެމިތިއްބެވި ގޮތެވެ. އެންމެ މަތިވެރި ފަރާތް ކަމުގައިވާ ނަބިއްޔާ صلى الله عليه وسلم އަރިއަހުން އެ މީހަކު ބަރީއަވުމެވެ. ބުޚާރީ އަދި މުސްލިމުއަދި އެހެނިހެން ފޮތްތަކުގައި މުތަވާތިރު ގޮތުގައި ވާރިދުވެގެންވާ ޙަދީޘްގައި މިކަމަށް އިޝާރާތް ކުރައްވައި ޙަދީޘް ކުރައްވާފައިވެ އެވެ. " خير الناس قرني ، ثم الذين يلونهم ، ثم الذين يلونهم" "އެންމެ ހެޔޮ މީސްތަކުންވަނީ ތިމަން ނަބިއްޔާގެ ޤަރުނުގައެވެ. އެއަށްފަހު ޖެހިގެން އަންނަ ޤަރުނުގައެވެ. އެއަށްފަހު ޖެހިގެން އަންނަ ޤަރުނުގައެވެ."

ސަލަފުއް ޞާލިޙުންނަށް ނިސްބަތްވުން ދޫކޮށްލައި އެއިން ބަރީޢަވެގަތުން އެއްވެސް މުސްލިމަކަށް ހުއްދައެއް ނުވާނެ އެވެ.

އެހެނަސް އެހެނިހެން ފަރާތްތަކަށް ނިސްބަތްވުން އޭނާ ބަރީޢަ ވިނަމައެވެ. ޢިލްމުގެ އަހުލުވެރިންގެ ތެރެއިން އެކަކަށްވެސް ކާފަރުކަމަށާއި ފާސިޤު ކަންތަކަށް ނިސްބަތްވުން ހުއްދައެއް ނުވާނެ އެވެ.


މި ނަން ކިޔުމަށް އިންކާރުކުރާ މީހާ، އޭނާގެ ނަފްސުގެ މައްޗަށް އެއްވެސް މަޒްހަބަކަށް ނިސްބަތް ނުވެވޭނެ ކަމުގައި އޭނާގެ ނަފްސު ބުނޭތޯ އެވެ. އެއީ ޢަޤީދާގައި ނުވަތަ ފިޤުހުގައި ޤާއިމްވެގެންވާ މަޒްހަބެއް ކަމުގައި ވިޔަސްއެވެ.


ފަހެ، އެއްގޮތަކީ އޭނާ އަކީ އަޝްޢަރީއެއް ކަމުގައި ވުމެވެ. ނުވަތަ މާތުރީދީ އެއް ކަމުގައި ވުމެވެ. ނުވަތަ އަހުލު ސުންނަތް ވަލް ޖަމާޢަތުގެ ތެރޭގައިވާ އަހުލުއް ޙަދީޘް، ނުވަތަ ޙަނަފީ، ޝާފިޢީ، މާލިކީ ނުވަތަ ޙަންބަލީއަކަށް ވުމެވެ. މިއާއެކު ދަންނަން ޖެހެއެވެ. އަޝްޢަރީ މަޒްހަބަށް ނުވަތަ ހަތަރު މަޒްހަބަށް ނިސްބަތްވާ ކޮންމެ މީހެއްވެސް  އެއްވެސް ޝައްކެތް ނުވާގޮތުގައި ތަބަޢަވަނީ މަޢުޞޫމްވެގެންވާ ބަޔަކަށް ނޫނެވެ. އެބައި މީހުންގެ ތެރޭގައި ޙައްޤުޤޮތުގައި ދެމި ތިއްބެވި ޢިލްމުވެރިން ދެމިތިއްބެވި ކަމުގައިވިޔަސްމެ އެވެ. ވުމާއެކު، މިފަދަ މަޢުޞޫމުން ކަމުގައިނުވާ އެކިއެކި ފަރުދުންނަށް ނިސްބަތްވުމަށް އިންކާރުކުރާ ނަމަ ކިހާ ރަނގަޅުވީސްހެއްޔެވެ.


ފަހެ، ސަލަފުއްޞާލިޙުންނަށް ނިސްބަތްވުމަކީ، ހަމަކަށަވަރުން މަޢުޞޫމް ފަރާތަކަށް ނިސްބަތްވުމެވެ. އެއީ ޢާއްމުގޮތެއްގައި ބަޔާންވެގެންވާ ގޮތެވެ. ނަބިއްޔާ صلى الله عليه وسلم ފިރުޤަތުއް ނާޖިޔާ ގެ ޢަލާމާތްތައް ޒިކުރުކޮށްދެއްވިއެވެ. އަދި އެބައި މީހުންނަކީ ރަސޫލާ صلى الله عليه وسلم ގެނެސްދެއްވި އެންމެހައި ކަންކަމުގައި ދެމިތިބޭ އަދި ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީން ދެމިތިއްބެވި ގޮތުގައި ހިފަހައްޓައިގެން ތިބޭ ބައެއްކަމުގައި ޒިކުރު ކުރެއްވިއެވެ.


ފަހެ، މިގޮތުގައި ހިފަހައްޓައިގެން ހުންނަ ކޮންމެ މީހަކީ ޔަޤީންކަމާ އެކުގައި އޭނާގެ ރައްބުގެ ފަރާތުން ބަޔާންވެގެންވާ ހިދާޔަތުގައި ހިފަހައްޓައިގެން ހުންނަ މީހެކެވެ. އެއްވެސް ޝައްކެތް ނުވާގޮތުގައި ބަޔާންވެގެންވާ، ފާޅުވެގެންވާ ހެޔޮނުބައި ވަކިކުރެވޭގޮތަށް ބުނެވޭގޮތަކީ "އަހަރެންނަކީ ޤުރުއާނާއި ސުންނަތުގައި، އަދި ސަލަފުއް ޞާލިޙުންގެ މަންހަޖުގައި ދެމިހުންނަ މުސްލިމެއް" މިފަދައިން ބުނުމެވެ. އެއީ ތިބާ ކުރުކޮށް ބުނާކަމުގައި ވާނަމަ "އަހަރެންނަކީ ސަލަފީއެކޭ" މިހެން ބުނުމެވެ."


ނަގާފައިވަނީ : مجلة الأصالة العدد التاسع 86-87

Like what you see?

Close

Hit the buttons below to follow us, you won't regret it...