5 ސަލަފީންނަކީ "ބިދުޢަވެރި ކުރުމުގައި އަވަސްވެގެންނަ ބައެއް" ކަމުގައި ބުނެ ޖަމާޢަތްތަކާ ޙިޒްބުތަކުން ފަތުރާ ބުހުތާނުގެ ހަޤީޤަތް - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ސަލަފީންނަކީ "ބިދުޢަވެރި ކުރުމުގައި އަވަސްވެގެންނަ ބައެއް" ކަމުގައި ބުނެ ޖަމާޢަތްތަކާ ޙިޒްބުތަކުން ފަތުރާ ބުހުތާނުގެ ހަޤީޤަތް

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޖަމްޢިއްޔަތުއް ސަލަފް

 

ސަލަފީ ދަޢުވަތުން މީސްތަކުން ދުރުކުރުމަށް ކުރޭވޭ ހީލަތްތެރި ޢަމަލުތައް ބަޔާންކުރުން

ސަލަފިއްޔަތަކީ ޕާޓީއެއް އަދި ވަކި ނިޒާމެއްގެ ދަށުން ހިންގޭ ޖަމުޢިއްޔާ ޖަމާޢަތެއް ނޫނެވެ. އަދި ކިޔެއްތަ، އެއީ ޢާންމު މީސްތަކުންނަށް ނޭނގި އެކަހެރިކޮށް، ވަންހަނާކޮށް ހިންގޭ ފިކުރެއްވެސް ނޫނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ. (عليك بالعلانية وإياك والسر) "ތިބާ ފާޅުކަންބޮޑު ގޮތުގައި އިޢުލާންތެރި ގޮތުގައި ދީނުގައި ދެމިހުންނަ ހުއްޓެވެ. ސިއްރިޔާތުގައި، ވަންހަނާކޮށް ކަންތައްތައް ކުރުމުގެ މައްޗަށް ސަމާލުވުން ހުއްޓެވެ." تخريج كتاب السنة 1070


عمر بن عبد العزيز رحمه الله ވިދާޅުވެފައިވެ އެވެ. "ތިބާއަށް ބަޔަކު އެބައިމީހުން ޢާއްމު މީސްތަކުންނާ ވަކިވެ ސިއްރު ސައްލާތައް ކުރާތަން ފެނިއްޖެ ކަމުގައިވާ ނަމަ، އެބައިމީހުންވަނީ މަގުފެރެދިގެންވާ އަސާސެއްގައިކަން ދަންނާށެވެ."  أصول اعتقاد أهل السنة والجماعة للالكائي


ދަންނަހުއްޓެވެ. ސަލަފީ ދަޢުވަތަކީ އޭގައި ގޮތްނޭނގޭ ސިއްރު ކަންތައްތަކެއް، ވަކިބައެއް ގާތުގައި ޚާއްޞަ ބަސްތަކެއް ބުނެވި އެހެން މީސްތަކުންނަށް އެބަސްތައް ފޮރުވި، ސިއްރު މަޖްލިސްތައް ބޭއްވޭ ދަޢުވަތެއް ނޫނެވެ. ބަސްތަކާއި ޤައުލުތައް ނުހަނު ފާޅުވެގެންވާ ގޮތުގައި ބަޔާންކުރެވޭ ދަޢުވަތެކެވެ. އެފަދައިން ނުވާންވީ ކީއްވެ ހެއްޔެވެ؟ އެބައިމީހުންގެ ދަޢުވަތް ބިނާވެފައި އޮންނަނީ ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކުގެ މައްޗަށެވެ. ޢިލްމުވެރިންގެ ބަޔާންތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ މައްޗަށެވެ. ޢިލްމުގެ އަހުލުވެރިން އެއީ ސުންނަތުގެ އަހުލުވެރިއެއް ކަމުގައި ޙުކުމް ކޮށްފައިވާ ފަރާތަކީ އެއީ ސުންނަތުގެ އަހުލުވެރިއެކެވެ. ޢިލްމުވެރިން އެއީ ބިދުޢަވެރިއެއް ކަމުގައި ޙުކުމްކޮށްފައިވާ ފަރާތަކީ އެއީ ބިދުޢަވެރި އެކެވެ. މި ހެޔޮވެގެންވާ ދަޢުވަތުގެ އަހުލުވެރިންގެ މައްޗަށް ޢައިބު ބަސްތައް ބުނަމުންދާ އެކިއެކި ފިކުރުތަކުގެ އަހުލުވެރިން ސަލަފީ ދަޢުވަތުގެ އަހުލުވެރިންނަށް ނިޞްބަތްކޮށްފަ ބުނެ އެވެ. "ބިދުޢަވެރި ކުރުމަށް އަވަސްވެގަންނަ" ބައެކެވެ. މިއީ ސަލަފީ ދަޢުވަތުގެ އަހުލުވެރިންގެ މައްޗަށް އެއްވެސް އަސާސެއް، ބިނާއެއް ނެތި އަނިޔާވެރިކަމާއި، ޢަދުލުވެރިކަމެއް ނެތި ނިސްބަތްކޮށްފައިވާ ބަހެކެވެ. މި ދަޢުވަތުގެ އަހުލުވެރިން ބިދުޢަވެރި ކުރުމަށް އަވަސްވެގަތީ ކާކު ހެއްޔެވެ؟ ކޮންފަރާތެއް ތޯ އެވެ؟

ޢިލްމުވެރިންގެ ފަތުވާތައް ބަޔާންކުރުން އެއީ މީސްތަކުން ބިދުޢަވެރިކުރުންތޯ؟

العَلاَّمَة الإِمَام ابن باز رحمه الله އެއީ ބިދުޢަވެރިން ކަމުގައި މީސްތަކުންނަށް އިންޒާރު ދެއްވި އަހުލުވެރިން އެއީ ބިދުޢަވެރިން ކަމުގައި އުއްމަތަށް ބަޔާންކޮށް ނަޞޭޙަތްތެރިވުން އެއީ މީސްތަކުން ބިދުޢަވެރި ކުރުމަށް އަވަސް އަރައިގަތުން ހެއްޔެވެ؟ މިބަސްފުޅުތައް އުއްމަތަށް ބަޔާންނުކޮށް އެންމެން އެއްސަފަކަށް ގެނެސް އުއްމަތުގެ އަހުލުވެރިންނަށް އޮޅުވާލުމަށް ކިޔާނީ ކީކޭ ހެއްޔެވެ؟ ނުވަތަ އެބައެއްގެ ސިއްރު މަޖްލިސްތަކުގައި އެއީ ބިދުޢަވެރިން ކަމުގައި ދެކިފައި އެހެނަސް ޢާންމު މަޖްލިސްތަކުގައި މިސްތަކުން ނުރުހިދާނެ ކަމަށްޓަކައި އެ ވަންހަނާ ކުރާ ދަޢުވަތަށް ކިޔާނީ ކީކޭ ހެއްޔެވެ؟

 

އިޚްވާނުލް މުސްލިމީންއަކީ ބިދުޢަވެރި ފިރުޤާއެއްް


الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله އަރިހުގައި ސުވާލު ކުރެވުނެވެ. ސުވާލު: ޝިރުކީ ކަންތަކާއި ބިދުޢަވެރި ކަންތައް ކުރުމުގައިވާ ތަބްލީޤީ ޖަމާޢަތް އަދި ޕާޓީ ހަދައިގެން މުސްލިމުން ވެރިންގެ ކިޔަމަންގަތުމުން ބޭރުވެ އުޅޭ އިޚްވާނުލް މުސްލިމީން، މި 2 ފިރުޤާއަކީ ހަލާކުވެގެންވާ 72 ފިރުޤާގެ ތެރެއަށް ވަންނާނެ ފިރުޤާތަކެއްތޯ އެވެ؟


ޖަވާބުގައި ވިދާޅުވި އެވެ. "72 ފިރުޤާގެ ތެރެއަށް ވަންނާނެ އެވެ. أهل السنة ޢަޤީދާއާ ޚިލާފްވި ކޮންމެ މީހަކުމެ 72 ފިރުޤާގެ ތެރެއަށް ވަންނާނެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ޙަދީޘްގައިވާ (ތިމަން ނަބިއްޔާގެ އުއްމަތޭ) މާނައަކީ : ނަބިއްޔާއަށް އިޖާބަދިން އުއްމަތެވެ. އެބައިމީހުން ނަބިއްޔާއަށް އިޖާބަ ދިނެވެ. ނަބިއްޔާއަށް ތަބަޢަވެގެންވާ ކަމުގައި ފާޅުކުރި އެވެ. އެއީ 73 ފިރުޤާއެކެވެ. އެއްމެ ފިރުޤާއެއް ދީނުގައި ފުރިހަމައަށް ޤާއިމްވެ، އެގޮތުގައި ދެމިތިބުމުން ނަރަކައިން ސަލާމަތްވެގެންވެ އެވެ. އަދި 72 ފިރުޤާގެ އަހުލުވެރިންގެ ތެރޭގައި ކާފިރުވެގެންވާ ފަރާތްތަކާއި، ފާފަކޮށް އުރެދުމުގައިވާ ފަރާތްތަކާއި، ބިދުޢަވެރިން ހިމެނެ އެވެ. (އެބައިމީހުންގެ ތެރޭގައި އެކިބައިތަކުގެ) އަހުލުވެރިންވެ އެވެ.

 

އެއަށްފަހުގައި ސުވާލުކުރިމީހާ ދެންނެވި އެވެ. މާނައަކީ، މި ދެ ފިރުޤާއަކީ 72 ފިރުޤާގެ ތެރޭގައި ހިމެނިގެންދާނެ ބައެއްތޯ އެވެ؟
ޖަވާބުގައި ވިދާޅުވި އެވެ. "އާއެކެވެ. އެމީހުން ވަންނާނީ 72 ފިރުޤާގެ އަހުލުވެރިންގެ ތެރެއަށެވެ. އަދި މުރުޖިއާއިން، ޚަވާރިޖުންވެސް ވަންނާނެ އެވެ. ބައެއް ޢިލްމުގެ އަހުލުވެރިން ދެކިވަޑައިގެންފައިވަނީ ޚަވާރިޖުންނަކީ އެ 72 ފިރުޤާއިން ބޭރުވެގެންވާ ކާފަރުންގެ ތެރޭގައި ހިމެނިގެންވާ ބައެކެވެ. އެހެނަސް އެބައިމީހުންނަކީ 72 ފިރުޤާގެ ތެރެއަށް ވަންނާނެ މީހުންނެވެ."
ފަތުވާ ނަގާފައިވަނީ : النصيحة و ملحق النصيحة ص 10- 11  

 

މިއަދު އުއްމަތުގައި އެންމެ ގިނަ ބަޔަކު އެކިއެކި ދަޥްލަތްތަކުގައި ނިސްބަތްވެފައިވާ މި ދެ ފިރުޤާއަކީ ބިދުޢަވެރި ހަލާކުވެގެންވާ، މަގުފުރެދިފައިވާ ދެ ފިރުޤާކަމުގައި ބުނުމަކީ ބިދުޢަވެރިކުރުމަށް އަވަސްވެގަތުން ހެއްޔެވެ؟ ތިޔަބައިމީހުން މިފަދައިން ابن بَاز رحمه الله އަށް ނިޞްބަތްކުރުން ހުއްޓެވެ. އެހެނަސް އެއީ ތިޔަބައިމީހުން ކުރާނެ ކަމެއް ނޫނެވެ. ސަބަބަކީ އެހިނދު ތިޔަބައިމީހުންގެ ޙާލަތު ޢާންމުންނަށާއި ޚާއްޞަ މީހުންނަށް ކަޝްފުވާނެ ތީވެ އެވެ. ފަހެ، އެހިނދުގައި އެ ދަޢުވަތަށް ނިޞްބަތްވި މީހުންނަށް މިފަދައިން ނިސްބަތްކުރެ އެވެ.


އުއްމަތުގެ ދެވަނަ ޚަލީފާ عُمر بن الخطاب رضي الله عنه އަށް މީސްތަކުންގެ ތެރެއިން ބަޔަކު، ޢާންމު މީސްތަކުންނާއި ވަކިން فَاطِمَة ގެ ގެކޮޅުގައި ޖަމަޢަވާ ކަމުގެ ޚަބަރު ލިބިވަޑައިގެންނެވި އެވެ. އެހިނދު އެބަޔަކާ އެކީގައި ގެކޮޅު އަންދާނެކަމުގައި ޞަޙާބީ ދެންނެވި އެވެ.
ސަލަފީންނަކީ މި އެވެ. އެބައިމީހުންގެ ދީނަކީ މި އެވެ. މިސްކިތްތަކުގައިވެސް، މިސްކިތްތަކުގެ މިންބަރު ތަކުގެ މަތީގައިވެސް އަދި ޢިލްމީ ޙަލަޤާތްތަކުގައިވެސް އަދި މީސްތަކުންނަށް އަޑުއިވޭތަންތަނުގައިވެސް އެބައިމީހުންގެ ދީނަކީ މި އެވެ. ޢިލްމުވެރިން ޢަޤީދާ ބަޔާންކޮށްފައި ފޮތްތައް ދޫކުރައްވައި އެފޮތްތައް އަހަރެމެން މީސްތަކުންނަށް އުނގަންނައިދޭ ފަދައިން، ޢިލްމުވެރިން ބަޔާންކޮށްފައިވާ ބިދުޢަވެރިން ބަޔާންކޮށް އުއްމަތުގެ މީސްތަކުންނަށް އެ ބަލިންނާއި ވަބާއިން ރައްކާތެރިވުމަށް އަމުރު ކުރުމަކީވެސް ޢިލްމުވެރިންގެ މަގުގައި ދެމިހުރުމެވެ.
 

ސަޢުދީ ޢަރަބިއްޔާގެ ފަތުވާކޮމެޓީގެ މެންބަރ الشيخ العلامة عفِيفِي رحمه الله އަރިއަހުގައި ސުވާލު ދެންނެވުނެވެ.
 

ސުވާލު : ތަބްލީޣު ޖަމާޢަތާ އެކުގައި ނުކުތުން ހުއްދަވެގެންވޭ ހެއްޔެވެ؟
ޖަވާބު : "އެއީ ޙައްޤުމަގު ގެއްލިފައިވާ ބިދުޢަވެރިންނެވެ. އެބައިމީހުންނަކީ ޤާދިރިއްޔާގެ ޠަރީޤާގެ (ސޫފިންގެ މަންހަޖެއް) އަހުލުވެރިންނެވެ. އެބައިމީހުން (ދަޢުވަތަށް) ނުކުންނަނީ ﷲގެ މަގުގައެއް ނޫނެވެ. އެމީހުން ނުކުންނަކީ އިލްޔާސް (ތަބްލީޣީ ޖަމާޢަތުގެ މުއައްސިސް) ގެ މަގުގަ އެވެ." فتاويه ص٣٧٢

 

ވިސްނާލުން ހުއްޓެވެ! ދިވެހި ފަސްގަނޑަށް މި ޢިލްމުވެރިންގެ ބިންތަކުން ކިޔަވައިގެން އައިސް، ތަބްލީޣީން ވައްދައި، ތަބްލީޣީންނަށް ވާގިވެރިވެ، ދިވެހި ފަސްގަނޑުގައިވާ މުސްލިމުން މަގުފުރައްދަމުން ގެންދާހިނދުގައި މި ޖަމާޢަތުގެ ޙަޤީޤަތް ފާޅުކޮށް، ޢިލްމުވެރިންގެ ފަތުވާތައް ބަޔާންކުރުން އެއީ އުއްމަތަށް ނަޞޭޙަތްތެރިވުން ނޫން ކޮން ޢަމަލެއް ހެއްޔެވެ؟ އާއެކެވެ. ޙިޒްބިއްޔަތުގެ ސަފުތަކުގައިވަނީ ރާއްޖެއަށް މި ބިދުޢަވެރި ޖަމާޢަތް ވެއްދި، ވައްދާ އަދި މި ބިދުޢަވެރި ޖަމާޢަތަށް ވާގިވެރިވާ މީހުންނެވެ. ޚުރާފަތާއި ބިދުޢަތަކުން މުޖުތަމަޢު ސަލާމަތް ކުރަނީ މި ބިދުޢަވެރި ޖަމާޢަތާއި އެ ޖަމާޢަތަށް ތާއީދު ކުރުމާއި އޭގެ އަހުލުވެރިންނާ އެކުގައި މަސައްކަތްކޮށްގެން ހެއްޔެވެ؟ ހުރި ނުބައި އުޞޫލްތަކާއި މުޑުދާރު ޢަމަލުތަކުގެ ނުބައިކަމާ އެވެ!

 

ޢިލްމުވެރިން ހިޒްބީންނާ މެދު ބަޔާންކޮށްފައިވާ ފަތުވާތައް ބަޔާންކުރުން

 

މިފަދަ ބޮޑެތި ޢިލްމުވެރިންގެ ޢަޤީދާގެ ފަތުވާތައް، ފިޤުހީ ފަތުވާތައް، މުޢާމަލާތްތަކުގެ ފަތުވާތައް މީސްތަކުންނަށް ބަޔާންކޮށްދޭގޮތަށް، މި ޢިލްމުވެރިން ބިދުޢަވެރިންގެ ގޮތުގައި ޙުކުމް ކުރައްވާފައިވާ އަހުލުވެރިންގެ ފަތުވާތައް ބަޔާންކޮށް ކިޔައި ދިނުމަކީ "ބިދުޢަވެރި ކުރުމުގައި އަވަސްވެގަތުން" ހެއްޔެވެ؟


طَارق السُوَيدان ބުނެފައިވެ އެވެ.
"އަހަރެންނަކީ ނުހަނު ބޮޑަށް މިނިވަންކަމަށް ލޯބިޖެހިފައިވި މީހެކެވެ. މިނިވަންކަން މަތިވެރި ކުރަމެވެ. އަހަރެންގެ ގާތުގައި މިނިވަންކަން (އިންސާނީ ޙައްޤު ތަކުގެ ގޮތުން ފަރުދީ މިނިވަންކަން) ޝަރީޢަތް ތަންފީޛު ކުރުމަށްވުރެ ކުރިން އޮންނަންޖެހޭނެ އެވެ."

 

العَلاَّمة الشيخ صالح الفوزَان حفظه الله އަރިހުގައި ސުވާލު ކުރެވުނެވެ.
ސުވާލު: ޝަރީޢަތް ޤާއިމްކުރުމަށްވުރެ މިނިވަންކަން ލިބުން ހެޔޮކަންބޮޑުކަމުގައި ބުނާ މީހާގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟
ޖަވާބު: "ތިޔައީ ކާފަރެއް ކަމާ މެދުގައި ތިޔަބައިމީހުންނަށް ޝައްކު ކުރެވެނީ ހެއްޔެވެ؟ އޭނާ ބުނަނީ، މިނިވަންކަމަކީ ޝަރީޢަތް ޤާއިމްކުރުމަށްވުރެންވެސް ހެޔޮވެގެންވާ ކަމެކެވެ. ތިޔައީ ކާފަރުވެ ބޮޑުވެގެންވާ ކުފުރެއްގައިވާ މީހެކެވެ. والعيَاذ بالله" https://goo.gl/YQGT9O

 

މި ބަސްތައް ނަޤުލުކޮށް މި ނުބައި، މުޑުދާރު މިސްތަކުންގެ ބަސްތައް އުއްމަތަށް ބަޔާންކުރުން އެއީ "ބިދުޢަވެރި ކުރުމުގައި އަވަސްވެގަތުން" ހެއްޔެވެ؟ ތިޔަބައިމީހުން ބޭނުންވަނީ، މިފަދަ މީސްތަކުންގެ ވާހަކަތައް މީސްތަކުންނާ ހަމައަށް ނުގެނެސްދިނުން ނޫން ކޯންޗެއް ހެއްޔެވެ؟


يُوسف القَرَضَاوي ބުނެފައިވެ އެވެ.
"މިނިވަންކަން އަހަރެން މަތިވެރިކުރަމެވެ. އަހަރެން މިފަދައިން ބުނަމުންދާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. (އެވާހަކަ) ތަކުގެ ސަބަބުން ބައެއް އިސްލާމީ ޝަޚުޝިއްޔަތުތައް ނުރުހެ އެވެ. އެއީ ޝަރީޢަތް ޤާއިމް ކުރުމަށްވުރެ ބޮޑަށް މިނިވަންކަން (އިންސާނީ ޙައްޤު ތަކުގެ ގޮތުން ފަރުދީ މިނިވަންކަން) އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބުން އަހަރެން މަތިވެރިކޮށް އިސްކުރަމެވެ."


العَلاَّمة الشيخ صالح الفوزَان حفظه الله އަރިހުގައި ސުވާލު ކުރެވުނެވެ.
ސުވާލު : ޝަރީޢަތް ޤާއިމްކުރުމަށްވުރެ މިނިވަންކަން ލިބުން ހެޔޮކަންބޮޑުކަމުގައި ބުނާ މީހާގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟
ޖަވާބު : "ތިޔައީ ކާފަރެއް ކަމާ މެދުގައި ތިޔަބައިމީހުންނަށް ޝައްކު ކުރެވެނީ ހެއްޔެވެ؟  އޭނާ ބުނަނީ، މިނިވަންކަމަކީ ޝަރީޢަތް ޤާއިމްކުރުމަށްވުރެންވެސް ހެޔޮވެގެންވާ ކަމެކެވެ. ތިޔައީ ކާފަރުވެ ބޮޑުވެގެންވާ ކުފުރެއްގައިވާ މީހެކެވެ. والعيَاذ بالله"


ގޮންޖަހާފައި ބުނަމެވެ.

އުއްމަތުގެ ޢިލްމުވެރިން ބިދުޢަވެރިން ކަމުގައި ޙުކުމްކޮށްފައި ނުވާ މީހަކު "ސަލަފީން" އެއީ ބިދުޢަވެރިއެއް ކަމުގައި ބުނެފައިވާ އެއްމެ ޤައުލެއް ގެނެސްގަތުން ހުއްޓެވެ. ތިޔަބައިމީހުންނަށް ލާދީނީވަނީ ވަކި ސިޔާސަތެއް ހެއްޔެވެ؟ ލާދީނީ ވަނީ ވަނި ޕާޓީއެއްވީމަ ހެއްޔެވެ؟ އެމީހަކީ އެއީ ލާދީނީ ކަމުގައި ބުނުމުން ޖަމުޢިއްޔާއަށް ސަޕޯޓް އިތުވާނެ ކަމުގައި ވެއްޖެ ހިނދުގައި އެއީ "ލާދީނީ އެއް" އެހެން ނޫނީ ބޮޑު ކުފުރުގައި ހުއްޓަސް އެއީ "ލާދީނީ" ކަމުގައި ނުވަނީ ހެއްޔެވެ؟ ވިސްނޭ، ބުއްދިވެރިންނަށް މިކަމުގެ ޙަޤީޤަތް ވަރަށް ސާފުވާނެ އެވެ. ވަކި ބައެއްގެ ނަން ކިލަނބު ކޮށްލުމަށް، ހަޑިހުތުރު ކޮށްލުމަށް އެއީ ބިދުޢަވެރިކުރާ ބައެއް ގޮތުގައި ބުނާހިނދު، އެބައިމީހުން ބިދުޢަވެރިން ކަމުގައި ބުނެފައިވަނީ އުއްމަތުގެ ޢިލްމުވެރިން، އިމާމުން، ސަލަފީ މަޝާއިޚުން ބިދުޢަވެރިންގެ ގޮތުގައި ބަޔާންކޮށްފައިވާ ފަރާތްތަށް ނޫން ކޮންބައެއް ހެއްޔެވެ؟

 

ޢިލްމުވެރިން ޖަރަޙަކޮށްފައިވާ ފަރާތަކާއި ޖަމާޢަތްތައް ޖަރަޙަކުރުން


الشيخ مُحمد بن رمْزَان الهَاجري حفظه الله އަރިހުގައި ސުވާލު ކުރެވުނެވެ.
ސުވާލު : ޢިލްމު ޙާޞިލްކުރަމުންދާ ޒުވާން ޅައުމުރުގެ ދަރިއެކެވެ. އޭނާ ޖަރަޙް ވައް-ތަޢުދީލު ގެ ކަންތަކުގައި މަޝްޣޫލުވެ އުޅެ އެވެ.
ޖަވާބު: "ޖަރަޙް ވައް-ތަޢުދީލް މިތަނުގެ މަޤްޞަދަކީ، ބިދުޢަވެރި ޖަމާޢަތްތަކުގެ ވާހަކަ ކަމުގައިވާނަމަ، މިޘާލަކަށް ތަބްލީޣީ ޖަމާޢަތް، އިޚުވާނުލް މުސްލިމޫން ކަމުގައިވާނަމަ، ﷲ އެ ޒުވާނާއަށް ތަޥްފީޤު ދެއްވާށި އެވެ. އެއީ ކިތަންމެ ޅައުމުރު ކަމުގައިވިޔަސް އެވެ. މިޘާލަކަށް ސިނގިރޭޓް ނުބޯށޭ މީހަކާ ދިމާލަށް ބުނުމެވެ. އިންޒާރު ދިނުންއޮތީ ޝަހުވަތުގެ އަހުލުވެރިންގެ ކިބައިން ނުވަތަ ޝުބުހަތުގެ އަހުލުވެރިން ކިބައިން ހެއްޔެވެ؟ އެހެނަސް އެވެނި މީހަކީ، މިވެނި މީހަކީ ބިދުޢަވެރިއެއް ކަމުގައި ބުނުމެއް ނުވެ އެވެ. ސަބަބަކީ އެއީ ޢިލްމުވެރިންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އެހެނަސް ޢިލްމުވެރިން އެ ކަމެއްގައި ބަސްވިދާޅުވެ ނިމިފައިވާ ކަމެއްގެ ވާހަކަ ދެއްކުން މައްސަލައެއް ނެތެވެ. އެއީ ތިބާއަށް ކިތަންމެ ޅައުމުރެއްގެ ކުއްޖެއް އެވާހަކަ ދައްކާތަން ފެނުނު ކަމުގައިވީނަމަވެސް އެވެ. މިޘާލަކަށް ޤަރުޟާވީ އަކީ ބިދުޢަވެރި އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ. މިއީ އެންމެނަށް މަޢުރޫފް ބަޔާންވެގެންވާ ކަމެކެވެ. މީނާއަކީ މި ޒަމާނުގެ އެންމެބޮޑު ޚަވާރިޖުންގެ ތެރެއިން އެކަކެވެ. އެގޮތުން (މި ޒަމާނުގެ) އެންމެބޮޑު ޔަހޫދީއަކީ ކާކުކަން އެނގިގެންވާ ގޮތަށް، މި ޒަމާނުގެ އެންމެ ބޮޑު ޚަވާރިޖަކީ އެއީ ޤަރަޟާވީ އެވެ."
https://goo.gl/x3VnRz  


އަޚުންނޭވެ. މިފަދަ ބޮޑެތި މުޖުރިމުން ސިޔާސީ ފަރާތްތަކަށް، ޖަމުޢިއްޔާ ޖަމާޢަތްތަކަށް ވަނީ ދަންނަބޭކަލުންނަށްވެފަ އެވެ. ޢިލްމުގެ ފުންނާބުއުސް ފަރާތްތަކަށްވެފަ އެވެ. މިފަދަ ބޮޑެތި ބާޠިލް މުޖުރިމުން އެއީ ޞާލިޙް ހެޔޮ ފަރާތްތަކެއް ކަމުގައި ހަދާއިރު، އެއްވެސް ބަހެއް ނުބުނެ، ދީން ދިފާޢުކުރުމުގައި އެއްވެސް ބަހެއް ނުބުނުން އެއީ ﷲ އެޢަމަލަކަށް ރުއްސަވާވޮޑިގަންނަވާނެ ޢަމަލު ހެއްޔެވެ؟ މިފަދަ މުޖުރިމުންނާ ބެހޭގޮތުން ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްތައް އުއްމަތުގެ އަހުލުވެރިންނާ ހަމައަށް ގެނެސް، އިސްލާމީ އުއްމަތް އެބައެއްގެ ފަރާތުން ސަލާމަތް ކުރުމަކީ އެއީ "ބިދުޢަވެރިކުރުމަށް އަވަސްވެގަތުން" ހެއްޔެވެ؟ އަހަރުމެންގެ ދިވެހި ފަސްގަނޑުގައި، މި ވަޠަންގައި އުއްމަތުގެ ޢިލްމުވެރިން މި މީސްތަކުންގެ މައްޗަށް މިފަދަ ވަރުގަދަ، ގަދަފަދަ ބަސްފުޅުތައް ވިދާޅުވެފައިވާ ހިނދުގައި، މި މީސްތަކުންނަކީ އެއީ ޢިލްމުވެރިންގެ ގޮތުގައި، ބޮޑެތި ދަންނަ ބޭކަލުންގެ ގޮތުގައި ހަދައިފައިވާ ކިތައް ފަދުރުން އެބަތިބި ހެއްޔެވެ؟ ބުނަމެވެ. މިއީ އުއްމަތަށް ނަޞޭޙަތްތެރިވުން ހެއްޔެވެ؟ ނުވަތަ ޢިލްމުވެރިންގެ މައްޗަށް ބަސްބުނެ، އުއްމަތަށް ޣައްދާރުވުން ހެއްޔެވެ؟ ސަލަފީން މި އަމާނާތް، އަމާނާތްތެރި ކަމުގައި ރައްދު ކުރުމުން "ބިދުޢަވެރިކުރުމަށް އަވަސްވެގަންނަ" ބައެއްގެ ގޮތުގައި ސިފަކޮށްފި މީހާގެ ހުރި ޢަދުލުވެރިކަމާއި އިންސާފުވެރިކަމާ އެވެ؟! އެބައިމީހުންގެ ސިއްރު އިންތިޒާމްތަކެއް ނޯންނާނެ އެވެ. ޙިޒްބިއްޔާތުތަކެއް، ސިޔާސީ ކުލަތަކެއް އެ ދަޢުވަތުގައި ނޯންނާނެ އެވެ.
އަދި ކިޔެއްތޯ! މަޤާމުތަކާއި، ގޮނޑިތަކަށް އެރުމަށް ސަލަފީ ދަޢުވަތުގައި ދަޢުވަތެއް ނުދޭނެ އެވެ. ސިޔާސީ މައިދާނަކީ އެބައިމީހުން އެ މައިދާނަކަށް "އިޞްލާޙް" އޭ ބުނެ ނުކުންނާނެ މައިދާނެއް ނޫނެވެ.

 

ސަލަފިއްޔަތަކީ އެއީ އިސްލާމް ދީނެވެ.

 

ސަލަފިއްޔަތަކީ އިންސާނާ ފިޠުރަތުގައި ހެއްދެވިފައިވާ ފިޠުރަތުގެ އަޞްލެވެ. ސަލަފިއްޔަތަކީ ރަސޫލާ صلى الله عليه وسلم ގެ ދީނެވެ. ސަލަފިއްޔަތަކީ އެއީ أَبُو بكر އަދި عمر رضي الله عنهما ގެ ދީނެވެ.


الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله ވިދާޅުވެފައިވެ އެވެ. "އެ ދަޢުވަތަކީ ﷲ އެކަލާނގެ ނަބިއްޔާ محمد صلى الله عليه وسلم ފޮނުއްވި ދަޢުވަތެވެ. އެ ދަޢުވަތަކީ، މަތިވެރި ޤުރުއާނުގައި ހިފެހެއްޓުމަށާއި، ރިވެތި ޠާހިރު ވެގެންވާ ސުންނަތުގައި ދެމިހުރުމަށް (ގޮވާލެވޭ) ދަޢުވަތެވެ. ސަލަފިއްޔަތަކީ (ސަލަފީ) ދަޢުވަތަކީ މި އެވެ. އެ ދަޢުވަތަކީ މައްކާގައި ރަސޫލާ صلى الله عليه وسلم ހޭދަކުރެއްވި އަދި އެއަށްފަހު މަދީނާގައި ދަޢުވަތު ދެއްވި ގޮތަށް ދަޢުވަތު ދެވޭ މަންހަޖެވެ. އެއީ، މުސްލިމުންނަށާއި އަދި އެނޫން މީސްތަކުންނަށްވެސް ޝަރީޢަތަށް ގޮވާލުމަށް އަދި މީސްތަކުންނަށް (ނަޞޭޙަތްތެރިވެ) ކަންތައްތައް ބަޔާންކޮށްދިނުމަށް (ގޮވައިލެވުނު ގޮތައް) ދެވޭ ދަޢުވަތެވެ." http://goo.gl/Z2PZiA

ސަލަފިއްޔަތަކީ ތިބާއަށްވުރެ ކުރިން ދުނިޔެ ދޫކުރެއްވި ހެޔޮ ޞާލިޙް އަޅުތަކުންގެ ދީނެވެ.
ފަހެ، މުޙައްމަދު صلى الله عليه وسلم ގެ ދީނަކީ އޭނާގެ ދީން ކަމުގައި ވުމަށް ލޯބި ނުކުރާނީ ކާކު ހެއްޔެވެ؟  أَبُو بكر އަދި عمر ގެ ދީނަކީ އޭނާގެ ދީންކަމުގައި ވުމަށް ލޯބި ނުކުރަނީ ކާކު ހެއްޔެވެ؟

 

الشَّيْخُ الإِمَامُ محمد بِن صَالح العُثَيمين رحمه الله ވިދާޅުވެފައިވެ އެވެ.
"ކިޔަވާ ކުދިންނަށް މަންހަޖުއް ސަލަފް (ސަލަފީ މަންހަޖު) އަށް އަހަރެމެން ހިތްވަރުދިނުމުން އެއިން ދަރިވަރުންނަށް ލާޒިމްވަނީ، އެދަރިވަރުން ސަލަފީ މަންހަޖު އުނގެނުމެވެ. އެއަށް ބާރު އެޅުމެވެ. މިފަދައިން ނޫންތޯ؟


ފަހެ، އެހެންވުމުން މި މައުޟޫގައި ލިޔެފައިވާ ފޮތްތައް މުޠާލިޔާ ކުރުން ހުއްޓެވެ. މިޘާލަކަށް سِير أَعْلام النبَلاء އަދި މި ނޫންވެސް އެހެނިހެން ފޮތްތަކެވެ. އެއީ އެގޮތުން އެބައިމީހުންގެ މަގު އަހަރެމެންނަށް މަޢުރިފާވެގެންދިއުމާއިއެކު އެ މަތިވެރި، ހެޔޮވެގެންވާ މަންޖަހުގައި ފުރިހަމައަށް ޤާއިމްވުމެވެ." https://goo.gl/q1TaFI

 

އަޚާ އެވެ! ދަންނަހުއްޓެވެ.

 

ސަލަފީ ދަޢުވަތް އުނގަންނައިދިން ޢިލްމުވެރިންވަނީ، ބިދުޢަވެރިން ބިދުޢަވެރި ކޮށްފަ އެވެ. ހަވާނަފްސުގެ އަހުލުވެރިން އެއީ ބާޠިލްބައެއްގެ ގޮތުގައި ބަޔާންކޮށްފަ އެވެ. އިސްލާމީ ނަމުގައި ސިޔާސީ މައިދާނަށް ނުކުމެ، ވެރިންނާ، ސަރުކާރުތަކަށް އެއްޗެހި ގޮވުމަކީ އެއީ ސުންނަތުގެ އަހުލުވެރިންގެ ޢަމަލެއް ނޫން ކަމުގައި ބަޔާންކޮށްފަ އެވެ. މުޒާހަރާ ކުރުމާއި، ޞުލްޙަވެރި އެއްވުން ތަކުގެ ނަމުގައި ކުރެވޭ އެންމެހައި ޢަމަލުތަކަކީ އެއީ އިސްލާމްދީން އެއިން ބަރީއަވެގެންވާ ޢަމަލުތަކެއް ކަމުގައި ބަޔާންކޮށްފަ އެވެ. މިޢަމަލު ކުރާމީހުންނަކީ އެއީ ސުންނަތުން ބޭރު މީހުން ކަމުގައި ބުނުމުން އެއީ "ބިދުޢަވެރިކުރުމަށް އަވަސްވެގަތުން" ހެއްޔެވެ؟


އަޚާއެވެ. އުއްމަތުގެ ޢިލްމުވެރިން ބިދުޢަވެރިކޮށްފައިވާ މީސްތަކުން ބިދުޢަވެރިކޮށް، ސުންނަތުގެ އަހުލުވެރިން ކަމުގައި ކަނޑައަޅުއްވާފައިވާ ފަރާތްތައް ސުންނަތުގެ އަހުލުވެރިން ކަމުގައި ތިބާ ކަނޑައަޅާ ހިނދުގައި އަދި ޢިލްމުވެރިންގެ ފޮތްތަކާއި ބަސްފުޅުތަކަކީ މިއީ ތިބާގެ ޢަމަލާއި ޢަޤީދާ ކަމުގައި ވެއްޖެހިނދުގައި ތިބާއަކީ ސަލަފީ އެވެ. އުއްމަތުގެ އެންމެ ކުރީކޮޅުގައި ފާޅުވި އިމާމުންނާއި ޞާލިހުންނަށް ތަބަޢަވެ އެގޮތުގައި ދެމިހުރެއްޖެ ހިނދުގައި ތިބާއަކީ ސަލަފީ އެކެވެ. މަގު ގެއްލިފައިވާ، ފުރެދިފައިވާ، ބިދުޢަވެރިންގެ މަގު ދޫކޮށް ވަކިވެއްޖެ ހިނދުގައި ތިބާއަކީ ސަލަފީ އެކެވެ. އަޚާ އެވެ. މިކަމުގައި ތިބާއަށް ހިތާމައެއް މޮޅިވެރިކަމެއް ނުވެ އެވެ. މިއަދު ސަލަފީން ކޮށްގެން މިއުޅެނީ އުއްމަތުގެ އިމާމުން ނުކުރައްވާ ކަމެއް ބާވަ އެވެ؟

ސަލަފީންނަށް ނިޞްބަތްކޮށް ހަދާފައިވާ ބުހުތާން

20170707-hizbi-sameer.jpg


 

ޖަމްޢިއްޔަތުއް ސަލަފް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 މުޙައްމަދު ޙަސަނުގެ މައްޗަށް އަދި މަކްތަބާ ސަލަފިއްޔާގެ މައްޗަށް ޙަސަން ފިކުރީ ހަދައިފައިވާ އަނިޔާވެރިކަމުގެ ދޮގުތައް ކަޝްފުކޮށް އެއަށްދެވޭ ރައްދު - (މަދީނާ ޔުނިވާސިޓީން ކިޔަވާ ނިންމާފަ ތިބި 04 އުސްތާޛުންގެ ބަސް) | 23 ނޮވެމްބަރ 2019

 ސޫރިޔާގެ ހާލަތު އެހިސާބަށް ގެންދިޔައީ ޖަމްޢިއްޔަތުއް ސަލަފް އިން "ޝެއިޚުން" ކަމުގައި ބަލައިގަތް މީހުންނެވެ! - (الإمام العلامة الشيخ صالح الفوزان حفظه الله ގެ ފަތުވާއަކާއި އެކު ( | 21 ނޮވެމްބަރ 2019

ޖަމްޢިއްޔަތުއް ސަލަފް އަދި އިޚްވާނުލް މުސްލިމީން ފިރުޤާ; އިލްމުވެރިންގެ ބަސްތަކުގެ ތިލަފަތުން ކިރާލުން – الإِمَامُ ابن باز، الإِمَامُ الألباني، العلامة أحمد النجمي، الشيخ الفوزان، الشيخ عبد المحسن، الشيخ صالح اللحيدان، الشيخ محمد أمان الجامعي | 27 އޭޕްރީލް 2019

 ވެރިންނާ ދެކޮޅަށް ނުކުތް އިރު ހިޒްބީން ދަޢުވާކުރާ 4 އިމާމުންގެ އަޤިދާ ކޮބައިތޯއެވެ؟ | 14 ޖުލައި 2017

ޢަދާލަތު ޕާޓީ އަށް ވަނުމާއި އެ ޕާޓީ ދެމިއޮތުމައް މަސައްކަތް ކުރުމަކީ އިސްލާމް ދީން ދެމި އޮތުމަށް ދީނަށްޓަކައި ކުރެވޭ ހެޔޮ ކަމެއް ކަމަށް ފަތުވާ ދިން ޖަމްޢިއްޔަތުއް ސަލަފް ކޮބައިތޯއެވެ؟ | 04 ނޮވެމްބަރ 2016

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...