ޙިޒްބީންނާއި ޙިޒްބިއްޔަތަކީ ކޮބައިކަން (ޙިޒްބީންނަކީ ޤައުމު ބައިބައިކޮށް ފަސާދަކުރާ ބައެއް) - العَلاَّمَة الشَّيْخ رَبِيع بن هَادي المَدخَلِي حفظه الله

މަކްތަބާ ސަލަފިއްޔާއަށް ނިޞްބަތްވާ ސަލަފީ އުސްތާޛުންނާއި ސަލަފީ މަރުކަޒުތަކާއި "ސަލަފިއްޔަތަށް" ނިޞްބަތްވާ އިޚްވާނުންނަކީ "ޙިޒްބީން" ކަމުގައި ފާޅުގައި އިޚްވާނީ ޙިޒްބީ ޖަމްޢިއްޔާ ޖަމާޢަތްތަކާ ޕާޓީތަކުގެ އަހުލުވެރިން ދަނީ ޙީލަތްތެރިކަމާއެކު ފާޅުކުރަމުންނެވެ. އުޞޫލީ ޢިލްމުވެރިން ވިދާޅުވެފައި ވާފަދައިން العبرة بالحقائق والمعاني، لا بالإلفاظ والمباني "މުހިންމީ ޙަޤީޤަތާ މާނައެވެ. ނަންތަކާ ބިނާ ތަކެއް ނޫނެވެ." ދެވިފައިވާ ނަމަކާއި ޙަޤީޤަތާ ފުށުއަރާ ކަމުގައިވާނަމަ ބަލަން ޖެހޭނީ އެ ނަމުގެ ޙަޤީޤަތާ އެއިން ދޭހަވާ މާނައަށެވެ. ނަންތަކުގެ ބޭރުފުށުގައި ފޮރުވިގެންތިބެ އެތެރެފުށް އެ ނަންތަކާއި ޚިލާފުވެގެންވި ހިނދުގައި ދެވިފައިވާ ނަމެއްގެ އެއްވެސް ފާއިދާއެއް ނެތެވެ. ޢިލްމުވެރިންވަނީ ރިވެތި ނަންތަކުގެ ފަހަތުގައި ފޮރުވިތިބެ ބާޠިލް ފެތުރުމުގެ މައްޗަށް އިންކާރު ކޮށްފައެވެ. މިއަދު މިއީ އިޚްވާނުލް މުސްލިމީން އާއި ހައްދާދިޔާއިންގެ ފިރުޤާގެ އަލުވެރިން "ސަލަފިއްޔަތަށް" "ސަލަފުންނަށް" ނިޞްބަތްވާ ޒަމާނެކެވެ. (1) އިޚްވާނުލް މުސްލިމީންގެ ފިކުރީ އޮއިވަރުގައި ޖެހިފައިވާ ބަޔަކުވަނީ "ސަލަފް ސަލަފީ" ނަމުގައި ސިޔާސީ ޕާޓީތައް (ޙިޒްބުތައް) އަދި ޙިޒްބީ ޖަމްޢިއްޔާ ޖަމާޢަތްތައް ހަދާފައެވެ. އޭގެ މިސާލަކަށް މިސްރުގެ "ސަލަފީ ނޫރު ޕާޓީ" ނަމުގައި ހަދާފައިވާ ޙިޒްބު ހިމެނެ އެވެ. ފުރަތަމަ ބަޔަކީ ސަލަފީ މަންޙަޖުގެ މައްޗަށް ފަރުވާކުޑަކޮށް ތަމްޢީޔުކޮށް ޖަމަޢަވެގެން ޙިޒްބު ހެދި ބައެކެވެ. އެބައިމީހުން އެންމެހާ މަންޙަޖުތަކުގެ އަހުލުވެރިން ޖަމަޢަކުރެއެވެ. (2) ދެވަނަ ބަޔަކީ ސަލަފީ މަންޙަޖުގައި ހިފުމުގެ ނަމުގައި ހައްދު ފަހަނައަޅައި ދިޔަ ޙައްދާދިއްޔާއިންގެ ފިރުޤާއެވެ. އެއީ މީސްތަކުން ބިދުޢަވެރިކޮށް މަންޙަޖުން ބޭރު ކުރުމުގައި ހައްދު ފަހަނައަޅައި ދިޔަ ބައެކެވެ. ޙައްދާދީންވެސް އަމިއްލަ ނަފްސަށް ނިޞްބަތްކުރީ "ސަލަފީ" "ސަލަފް" މި ނަން ނަމެވެ. އެހިނދު ޢިލްމުވެރިން "ސަލަފީ" މި ނަން ބޭރުފުށުން ދައްކައި ޙައްދާދީ (މީސްތަކުން ބިދުޢަވެރިކޮށް ޖަރަޙަކުރުމުގައި ހައްދުފަހަނައަޅައިދިޔަ) މަންޙަޖުގެ އިޚްތިޔާރު ކުރި އަހުލުވެރިންނަށް ރައްދު ދެއްވިއެވެ. އޭގެ ތެރެއިން އިމާމް އިބްނު އުޘައިމީން، އިމާން އިބްނު ބާޒް، އިމާމް އަލް-ބާނީ އަދި ޝެއިޚް ރަބީޢް ފަދަ ޢިލްމުވެރިން ހިމެނިވަޑައިގަތެވެ. މިއަދު އިޚްވާނުލް މުސްލިމީންގެ ގެ ފިކުރުގައި ޖެހިފައިވާ ޙިޒްބީ ޖަމްޢިޔާ ޖަމާޢަތްތަކުގެ އަޙުލުވެރިންވަނީ ޝެއިޚް އުޘައިމީން ޙައްދާދީ ފިރުޤާގެ (ސަލަފީ ނަން ކިޔައި ނަންދީ ހަދާފައިވާ) ޙިޒްބުގެ މައްޗަށް އިންޒާރުދީ ބަޔާންކޮށްފައިވާ ބަސްތައް ނަގައި ހަޤީޤީ ޞަލަފުއް ޞާލިހުންގެ މަންޙަޖުގެ މަތީގައިވި "ސަލަފީ" އަޚުންނަށް މި ބަސްތައް ނިޞްބަތްކޮށް ސުންނަތުން މަންޙަޖުން ބޭރުކޮށް ޙައްދާދީ މަންޙަޖު އިޚްތިޔާރުކޮށްފައެވެ.
الامام محدث اليمن مقبل بن هادي الوادعي رحمه الله "ޙިޒްބިއްޔަތުގެ ރުކުންތައް 3 ކެވެ. އޮޅުވާލުން، މަކަރުހެދުން، ދޮގުހެދުން" رحلات دعوية للشيخ مقبل بن هادي الوادعي ومقتطفات من أقواله وفتاويه ص 110 ـ 117
ޙިޒްބީންނާއި ޙިޒްބިއްޔަތަކީ ކޮބައިކަން
العَلاَّمَة الشَّيْخ رَبِيع بن هَادي المَدخَلِي حفظه الله
ޙިޒްބީންނަކީ ޤުރުއާނާއި ސުންނަތާއި ޚިލާފަށް ޖަމަޢަވެފައިވާ ކޮންމެ ބައެކެވެ.
ސުވާލު: ޙިޒްބިއްޔަތުގެ މާނައަކީ ކޮބައިތޯއެވެ؟ މިވެނި މީހެއްގެ ކިބައިގައި ޙިޒްބިއްޔަތްވެއޭ މީގެ މާނަ އަކީ ކޮބައިތޯއެވެ؟ އަދި ޙިޒްބީންނަކީ ކޮބައިތޯއެވެ؟ އެބައިމީހުންގެ ދަޢުވަތާއި މަންޙަޖަކީ ކޮބައި ޙެއްޔެވެ؟
ޝެއިޚް: ޞަލަފީ މަންޙަޖާއި (ޞަލަފުއް ޞާލިހުންގެ މަންޙަޖާއި) ޚިލާފުވި ކޮންމެ ބައިގަނޑު ތަކަކީ މަގުފުރެދިފައިވާ ޙިޒްބުތަކެވެ. ކުރީގެ އުންމަތްތަކަށް ޙިޒްބުތަކުގެ ނަމުން ﷲ ނަން ދެއްވިއެވެ. ޤުރައިޝުން (ނަބިއްޔާ ﷺ ދެކޮޅަށް) އެކަތިގަޑަކަށްވި ހިނދު "އަޙްޒާބް-ޙިޒްބުތައް" ކަމުގައި ނަން ދެއްވިއެވެ. އެބައިމީހުންގެ މެދުގައި އެއްވެސް ހިންގުންތެރި ގޮތެއް، އެފަދަ އެއްވެސް ކަމެއް ނެތެވެ. އެހެންކަމުން، ޙިޒްބެއްގެ ގޮތުގައި ވުމަށް ހިންގުންތެރިކަމާއެކު އިންތިޒާމުތަކާއެކު ކަންތައް ކުރާ ޖަމާޢަތެއް ކަމުގައިވުން އެއީ ޝަރުޠެއް ނޫނެވެ. އެއީ ހިންގުންތެރިކަމާއެކު އިންތިޒާމުތަކެއްގެ ދަށުން ހިންގާ ޙިޒްބެއްނަމަ، އެބައެއްގެ ނުބައިކަން އިތުރުވެގެން ވެއެވެ.
ﷲ ގެ ފޮތާއި ރަސޫލާ ﷺ ސުންނަތާއި ޚިލާފުވެގެންވި ވަކި ފިކުރަކަށް ތަޢައްސަބުވެ، އެ ފިކުރެގެ މައްޗަށް އެކަކު އަނެކަކަށް ލޯބިކޮށް، އޭގެ މައްޗަށް އެކަކު އަނެކަކަށް ޢަދާވާތްތެރިވުމަކީ އެއީ ޙިޒްބިއްޔަތެވެ. އިންތިޒާމުތަކެއް ނެތަސް އެއީ ޙިޒްބިއްޔަތެވެ. އިންޙިރާފުވެގެންވި މަގުފުރެދިފައިވާ ފިކުރެއްގެ މައްޗަށް ބިނާކޮށް މީސްތަކުން ޖަމަޢަކުރުމަކީ ފަހެ މިހީ ޙިޒްބެވެ. އެބައިމީހުން އެއްވެ، ޖަމަޢަވީ ޤުރުއާނާއި ސުންނަތާ ޚިލާފުވެފައިވާ މީހަކަށް ކަމުގައިވާނަމަ، މިއީ ޙިޒްބެވެ. كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَٱلْأَحْزَابُ مِنۢ بَعْدِهِمْ ۖ وَهَمَّتْ كُلُّ أُمَّةٍۭ بِرَسُولِهِمْ لِيَأْخُذُوهُ ۖ وَجَٰدَلُوا۟ بِٱلْبَٰطِلِ لِيُدْحِضُوا۟ بِهِ ٱلْحَقَّ فَأَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ " އެއުރެންގެ ކުރިން نوحގެފާނުގެ قومގެމީހުންނާއި، އޭގެފަހުންވެސް ގުޅިގެން އުޅުނު جماعة ތަކުގެ (ޕާޓީތަކުގެ، ޙިޒްބުތަކުގެ) މީހުން (رسولން) ދޮގުކުޅައޫއެވެ. އަދި ކޮންމެ أمّةއެއްގެ ބަޔަކު، އެބަޔެއްގެ رسولއަކު (ނެތިކޮށްލުމަށްޓަކައި) އަތުލައިގަތުމަށް އުޅުނޫއެވެ. އަދި އެބައިމީހުން باطلގޮތުގައި (رسولންނާ) ޖަދަލުކުރޫއެވެ. (އެއީ) އެ باطلގޮތް މެދުވެރިކޮށް حقގޮތް ނައްތައިލުމަށެވެ. ދެން ތިމަންރަސްކަލާނގެ عقوباتދެއްވައި، އެއުރެން ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ، ކޮންފަދައަކުން ހެއްޔެވެ؟"
ޙިޒްބީންނަކީ މުސްލިމް ޤައުމުތައް ފިތުނަވެރި ކުރި ބައިގަޑެވެ.
الامام محدث اليمن مقبل بن هادي الوادعي رحمه الله ވިދާޅުވެފައިވެ އެވެ.
”މި ޙިޒްބީންނަކީ ޤައުމުތައް ސުންނާފަތިކޮށް އެ ޤައުމުތަކުގައި ފިތުނަވެރިކަމުގެ ހުޅުގަނޑު ރޯކޮށްލާ ބައެކެވެ. އަދި ކިޔެއްތޯ އެވެ. އެއީ މެދުކެނޑުމެއްނެތް ގޮތުގައި ޤައުމުގައި ހަނގުރާމަ އާލާކުރާ ކަމެކެވެ.“غارة الأشرطة ٤٠٧/١
ޙިޒްބީންގެ (ދީނާ ޚިލާފު ޖަމްޢިއްޔާ ޖަމާޢަތްތަކާއި ޕާޓީތަކުގެ އަހުލުވެރިންގެ) ދަރުސްތަކުން ދުރުވެތިބުން
الامام محدث اليمن مقبل بن هادي الوادعي رحمه الله (ت1422) ވިދާޅުވެފައިވެ އެވެ. ”ޙިޒްބިއްޔޫން (ޙިޒްބީން) ގެ ދަރުސްތަކާއި، ބަސްތައް އަޑުއަހަން ޙާޒިރުވެގެންނުވާނެ އެވެ. ފަހެ، ހަމަކަށަވަރުން އެބައިމީހުންނަކީ އެބައިމީހުންގެ ޙިޒްބިއްޔަތަށް (ޕާޓީއަށް) އަދި ޑިމޮކްރަސީއަށް ދަޢުވަތުދޭ ބައެކެވެ. އެބައިމީހުން ލޯބިވުމާއި ރުޅިވުން އޮންނަނީ އެބައިމީހުންގެ ޙިޒްބިއްޔަތަށް (ޕާޓީއަށް) ޓަކަ އެވެ. ފަހެ އަހަރެން ތިޔަބައިމީހުންނަށް ދޭ ނަޞޭޙަތަކީ ޙިޒްބީން ގެ ޚުޠުބާތަކާއި، ދަރުސްތަކަށް އަދި އެބައިމީހުން ގެ އެއްވުންތަކަށް ޙާޒިރުނުވުމެވެ.“من شريط أهل الحزم
ސަލަފީ އަޤީދާ އާއި ޚިލާފުވެގެންވި ޙިޒްބީން ޖަރަޙަ ކުރެވިގެންވާކަން
الامام محدث اليمن مقبل بن هادي الوادعي رحمه الله (ت1422) ވިދާޅުވެފައިވެ އެވެ. ”އަހަރެން ބުނަމެވެ. ކޮންމެ ޙިޒްބީއަކީ އަހަރެން ކައިރީގައި ޖަރަޙަ ކުރެވިފައިވާ މީހެކެވެ. ފަހެ، މިތަނަށް ޙާޟިރުވެ މިބަސްތައް އަޑުއެހި މީހާ، މިބަސްތައް އަޑު ނީވޭ ފަރާތަށް ބަޔާންކޮށްދިނުން ހުއްޓެވެ.“
غارةالأشرطة٣٨/١
ޙިޒްބީ ޚާރިޖީ އިޚްވާނީންގެ މައްޗައް އިންޒާރު ދިނުން
الإِمَام ابن باز (ت 1419) رحمه الله ވިދާޅުވެފައިވެ އެވެ. ”ވާޖިބުވެގެންވަނީ އިންޒާރު ލިބިގަތުމެވެ. ފަހެ، ބާޠިލަށް ދަޢުވަތުދޭ މީހުން ވަރަށް ގިނަ އެވެ. ބާޠިލް ފަތުރާ މީހުން ނުހަނު ގިނަ އެވެ. ފަހެ، ވާޖިބުވެގެންވަނީ ބާޠިލް އަހުލުވެރިންގެ ބަސްތައް އަޑުނާހައި، (ޙައްޤުގައި) ޘާބިތުވެ ދެމި ހުރުމެވެ.“
الفتاوى 9-271
ޙައްޤުމަގު ގެއްލިފައިވާ ޙިޒްބީއަކަށް، އޭނާ ދީންވެރިއެކޭ ބުނެ އޭނާއަށް ހެޔޮބަސްތައް ބުނުމެއްނެތް
الشيخ العلامة محمد بن هادي حفظه الله ވިދާޅުވެފައިވެ އެވެ. ”އަހަރެންގެ ދަރީންނޭވެ! ޙާއްސަކޮށް ޒުވާނުންނަށް ބަޔާންކޮށް ބުނަމެވެ! އަހަރެންގެ މި ބަސްތަކަށް ފަރުވާތެރިވުން ހުއްޓެވެ! ﷲ ތިޔަފަރާތްތައް ރައްކާތެރި ކުރައްވާންދޭވެ. الإمام أحمد ހާރިޘް އަލް މުޙާސިބީ އަށް ރައްދުދެއްވައި ވިދާޅުވިހިނދުގައި، މީސްތަކުން ބުންޏެވެ: "އޭ أبو عبد الله އެވެ. (އެބަހީ الإمام أحمد އެވެ.) އެބޭ ފުޅާ (ހާރިޘް އަލް މުހާސިބީ) ޙަދީޘްތައް ރިވާކުރެ އެވެ." ވިދާޅުވަނީ ކާކުގެ ބަސްތަކެއްތޯ އެވެ؟ އޭނާ ބަޔާންކުރަނީ ނަބިއްޔާ rގެ ޙަދީޘެވެ. "އެބޭ ފުޅާއަކީ ﷲ އަށް ބިރުވެތިވާ ބޭފުޅެކެވެ. މަޑުމައިތިރި، އަޅުވެރިއެކެވެ." އެހިދުގައި الإمام أحمد رحمه الله ވިދާޅުވިއެވެ: "ހާރިޘްގެ ކެހިވެރިކަން ތިޔަބައިމީހުން ލިބިނުގަންނާށެވެ. އޭނާގެ ބޯ ބިރުވެތިކަމާއިއެކު އިސްދަށަށްޖަހާ ޖެހުމުންނާއި، އޭނާގެ ތުނބުޅީގެ ދިގުކަމުންނާއި، އޭނާގެ ހަދީޘް ރިވާކުރުމުން އޭނާގެ ކެހިވެރިކަން ތިޔަބައިމީހުން ލިބިނުގަންނާށެވެ."
العلامة الشيخ صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ.
”ދީނަށް ދަޢުވަތު ދިނުމާއި، ދަޢުވަތު ދޭ ކިތައް (ޙިޒްބީ) މުއައްސަސާ އަހަރެމެންނަށް އަޑު އިވޭތޯ އެވެ؟ އެހެނަސް ނުކުންނަ މޭވާ (ނަތީއްޖާ) ކޮބައިތޯ އެވެ؟“حقيقة دعوة الشيخ محمد بن عبدالوهاب
ޙިޒްބިއްޔަތުން ދީނަށް އެއްވެސް ނަޞްރެއް ނެތް
الامام محدث اليمن مقبل بن هادي الوادعي رحمه الله (ت1422) ވިދާޅުވެފައިވެ އެވެ. ”ނަޞްރު ލިބުންއޮތީ ﷲގެ ޙަޟުރަތުންނެވެ. ފަހެ، ނަޞްރު ލިބުންއޮތީ ޙިޒްބިއްޔަތުން (ޕާޓީ) އިން ނޫނެވެ.“ غارة الأشرطة
ޙިޒްބީންނަކީ ސަލަފީންގެ އަބުރު ކަތިލުމުގައި ދެމިތިބޭ ބައެކެވެ.
الامام محدث اليمن مقبل بن هادي الوادعي رحمه الله ވިދާޅުވެފައިވެ އެވެ. ”އަހަރެމެންގެ އަމިއްލަނަފްސުގެ ދިފާޢުގައި އަހަރެމެން ވާހަކަދައްކާނެ ވަޤުތެއް އަހަރެމެންނަކަށް ނެތެވެ. އެހެނަސް ސުންނަތުގައި އަނގައިގެ އެންމެ އެތެރޭގައިވާ ދަތް ތަކުން ދަތްއަޅައިގެން އެ ސުންނަތް ދިފާޢު ކުރުމަށްޖެހުނު ކަމުގައިވިޔަސް އެ ގޮތުގައި ދެމިތިބޭނަމެވެ. ރަސޫލާ ﷺ ގެ ސުންނަތާއި މެދުގައި ޝީޢީއަކު، ސުފީއަކު އަދި އިޚްވާނުލް މުސްލިމޫން ވާހަކަ ދައްކާކަށް އަހަރެމެން ދުލެއް ނުކުރާނަމެވެ. ފަހެ އަހަރެމެން ސުންނަތަށްޓަކައި ފިދާވާނަމެވެ. އަހަރެމެންގެ އަބުރާ އިއްޒަތް ސުންނަތަށްޓަކައި ފިދާ ވާނަމެވެ.“ نصائح و فضائح ص 154
މަދަޙައަކީ ޙިޒްބިއްޔާއިންގެ ޝިޢާރެވެ.
الشيخ صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ”މަދަޙަ ކިޔުމަކީ ސޫފީން އަދި ޙިޒްބީންގެ ޝިޢާރެކެވެ.“ https://goo.gl/e3bNpJ
الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ”ޙިޒްބީން އަނާޝީދު ބޭނުންކުރަނީ އެމީހުންގެ ގާތަށް މީސްތަކުން ޖަމަޢަކުރުމަށްޓަކަ އެވެ.“
شرح إغاثة اللهفان 25-06-1437 ه
ދިވެހިރާއްޖެއަށް މަދަޙަ ކިޔުމަކީ ދީނީ ކަމެއް ކަމުގައި އެކަން ހަދައި ވެއްދީ ކޮން ބައެއް ތޯއެވެ.
ޢިލްމުވެރިންވަނީ ޙިޒްބީންނަކީ ޙިޒްބީން ކަން ބަޔާންކޮށްފަ އެވެ.
ޙިޒްބީ ޖަމާޢަތްތަކާއި ދިފާޢުގައި ޙިޒްބީން ނޫނީ ނުވާނެއެވެ. ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ލީޑަރުންނަކީ ޙިޒްބީ ޙަމާސް ޖަމާޢަތުގެ ދިފާޢުގައި ވަކާލާތު ކުރާ ބައެކެވެ.
الشَّيْخ العلامة مقبل بن هادي الو ادعي رحمه الله ވިދާޅުވެފައިވެ އެވެ. "ފަހެ ޙަމާސް ޖަމާޢަތަކީ ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތް ނަހީކުރުމުގައިވާ ޖަމާޢަތެއް ނޫނެވެ. ފަހެ، އެއީ ޙިޒްބީ ޖަމާޢަތެކެވެ. އެމީހުންނަކީ أَهْلُ السنَّة ގެ މައްޗަށް އިންކާރުކުރާ ބައެކެވެ. އެބައިމީހުންގެ ތެރޭގައި ޝީޢީން، އިޚްވާނީން، ޙިޒްބީން، (މި އެންމެހައި ވައްތަރުތަކެއްގެ މީހުންވެ އެވެ.) އެބައިމީހުންނަށް ނަޞްރު ލިބިއްޖެ ކަމުގައިވާނަމަ، އަފްޣާނިސްތާނުގައި ކަންތައް ކުރިފަދައިން، އެއްބަޔަކު އަނެއްބަޔަކުގެ ގަޔަށް ބަޑިޖަހައި އެއްބަޔަކު އަނެއްބަކަކު ޤަތުލުކުރާނެ އެވެ. ސަބަބަކީ އެބައިމީހުންނަކީ އެކައްޗެއްގެ މައްޗަށް ޖަމަޢަވެގެންވާ ބައެއް ނޫނެވެ." تحفة المجيب على أسئلة الحاضر والغريب 9 محرم 1417ه
الامام محدث اليمن مقبل بن هادي الوادعي رحمه الله ވިދާޅުވެފައިވެ އެވެ. ”ފަހެ، ربيع بن هادي މީހަކާ ދިމާލަށް އޭނާ އަކީ ޙިޒްބީއެކޭ ބުނެފި ނަމަ، ދުވަސްތަކަކަށްފަހު ތިބާއަށް އެ މީހަކު ކަޝްފުވެ، އެއީ ޙިޒްބީއެއް ކަމުގައި ބަޔާންވާނެ އެވެ. ތިޔަބައިމީހުންނަށް މިކަން ހަނދުމަވާނެ އެވެ. (މާނައީ :ތިޔަބައިމީހުންނަށް މި ބުނި ބަސްތަކުގެ ޞައްޙަކަން އެނގިގެންދާނެ އެވެ.)“
غارة الأشرطة ١١/٢