ތަފްސީރު

 ފާފަތަކުން ތަޥްބާވުމުގައިވާ އަހުލުވެރިޔާ އެވެ. ތިބާގެ އިޚްލާޞްތެރިކަން ﷲ މޮޅަށް ދެނެވޮޑިގެންވެ އެވެ. - الشيخُ العلاَّمة عُبَيد الجَابِري حفظه الله

ކެޓަގަރީ ތަޥްބާވުން

ﷲ ވަޙީކުރެއްވި އެވެ.
﴿وَهُوَ الَّذي يَقبَلُ التَّوبَةَ عَن عِبادِهِ وَيَعفو عَنِ السَّيِّئَاتِ وَيَعلَمُ ما تَفعَلونَ﴾ الشورى 25
"އެ އިލާހުއީ، އެ އިލާހުގެ އަޅުތަކުންގެ ކިބައިން ތަޥްބާ ޤަބޫލު ކުރައްވައި، ނުބައިކަންތައްތަކަށް ޢަފޫ ކުރައްވާ އިލާހެވެ. އަދި އެބައިމީހުންކުރާ ކަންތައްތައް އެ އިލާހު ދެނެވޮޑިގެންވެ އެވެ."

العلاّمة عبيد الجابري حفظه الله ވިދާޅުވެފައިވެ އެވެ.
"އެހެންވުމުން ތަޥްބާވާ އަހުލުވެރިޔާ އެވެ. ތިބާދެނެގަތުން ހުއްޓެވެ. ހަމަކަށަވަރުން ތިބާއަށްވަނީ ނުހަނު އުފާވެރި ޚަބަރެއް ވަޢުދުކުރެވިގެންނެވެ.

 

ފުރަތަމައީ: ﷲ ތިބާގެ ތަޥްބާ ޤަބޫލުވެވޮޑިގެންވުމެވެ. ފަހެ، އެހިނދު ތިބާއަށް ޝައިޠާނާގެ ވަކިތަކުން ސަލާމަތްވެ އެއިން ޚަލާޞްވެގަތުމަށް އަވަސްވެގަތުމަށް ބާރުއެޅުވިފައިވެ އެވެ.  އަދި الرحمٰن ވަންތަ އިލާހުގެ ދޮރުގައި ޓަކިޖަހައި އެދޮރުން ވަނުމަށް ޝައުޤުވެރިކޮށްދެ އެވެ.
 

ދެވަނައީ: ތިބާއަށް ޢަފޫ ލިބިގެންދިއުމެވެ.

 
ތިންވަނައީ: ﴿وَيَعلَمُ ما تَفعَلونَ﴾ މިތަނުގައި ﷲ ވަނީ ތިބާ ސަމާލުކަމަށް ގެނެސްދެއްވާފަ ވެއެވެ. އެއީ މި ތަޥްބާ ވުމުގައި ތިބާ އިޚްލާޞްތެރި ކަމުގައިވާނަމަ އެއިލާހު ތިބާގެ ޙާލު މޮޅަށް ދެނެވޮޑިގެންވާ ކަމެވެ."  
****
ފަތުވާ ނަގާފައިވަނީ : مجموع الرسائل الجابرية  جـ ٢ صـ ١٠

 

Like what you see?

Close

Hit the buttons below to follow us, you won't regret it...