ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب

 އިންޤިލާބުތަކާއި ހަޅުތާލުގެ އަހުލުވެރިންނަކީ އަމާންކަމުގެ ޢަދުއްވުންނެވެ - الشَّيخ د. محمَّد غَالب العمري حفظه الله

ކެޓަގަރީ މުޖްތަމަޢުގެ އަމަން

الشَّيخ د. محمَّد غَالب العمري حفظه الله ވިދާޅުވިއެވެ. "އެއަށްފަހު ކޮންމެހެންވެސް އަހަރެމެން އެނގިގަންނަން ޖެހެ އެވެ! އަމަން އަމާންކަމުގެ ޢަދުއްވުންނަކީ ކޮންބައެއް ހެއްޔެވެ؟ 
 

އެބައިމީހުންނަކީ މި ޢުމަތްތަކަށް ނަފްރަތު ކުރާ މީހުންނެވެ. އެބައިމީހުންނަކީ މި ނިޢުމަތްތައް ގެއްލި ދިއުމަށް މީސްތަކުންނަށް ދަޢުވަތުދޭ މީހުންނެވެ. އެއީ، އަމަން އަމާންކަމުގެ ނިޢުމަތް ގެއްލި ދިއުމަށް ދަޢުވަތުދޭ މީހުންނެވެ. ޢާފިތަޔުގެ ނިޢުމަތް ގެއްލި ދިއުމަށް ދަޢުވަތުދޭ މީހުންނެވެ. ކާބޯތަކެތީގެ ނިޢުމަތް ގެއްލި ދިއުމަށް ދަޢުވަތުދޭ މީހުންނެވެ.
 

އެބައިމީހުންނަކީ އިންޤިލާބް ތަކަށް ދަޢުވަތުދޭ މީހުންނެވެ. ހަޅުތާލު ހެދުމަށް ދަޢުވަތުދޭ މީހުންނެވެ. ވެރިންނާ ދެކޮޅަށް ނުކުތުމަށް ދަޢުވަތުދޭ މީހުންނެވެ. މަސްރަހު ހަލަބޮލިކޮށްލުމަށް ދަޢުވަތުދޭ މީހުންނެވެ.
 

މި އެންމެހައި މީސްތަކުންނަކީ އަމަން އަމާންކަމުގެ ޢަދުއްވުންނެވެ. މިބައި މީހުންނަކީ މި ނިޢުމަތްތަކުގެ ޤަދަރު (އަގު ވަޒަން) ނުކުރާ މީހުންނެވެ. މި މީހުންނަކީ ﷲ ދެއްވާ ނިޢުމަތްތަކުގެ މާތްކަމާއި މަތިވެރިކަމުގެ ޤަދަރު ނުދަންނަ މީހުންނެވެ. މިބައިމީހުންނަކީ ނިޢުމަތަށް ޝުކުރުވެރިވުން ދަންނަ ބައެއް ނޫނެވެ. ސަބަބަކީ، ނިޢުމަތަށް ޝުރުކުވެރި ވުމުގެ ތެރޭގައި އެ ނިޢުމަތްތަކަށް ރައްކާތެރިވުން ހިމެނެ އެވެ. އެ ނިޢުމަތްތައް ނެތިވެގެން ދިއުމަށް މަސައްކަތް ކުރުމާއި، އެ ނިޢުމަތްތައް ދުރުކޮށްލުމަށް މަސައްކަތެއް ނުކުރާނެ އެވެ. 
 

މިބައިމީހުންގެ ތެރެއިން އެއްވެސް ބަޔަކު ޤައުމަކަށް ވަދެއްޖެހިނދު އެ ޤައުމެއް އަމަން އަމާންކަމުން ބިރުވެރި ޙާލަތަށް ބަދަލުކޮށްފައިވެ އެވެ. އެތަނުގެ އަހުލުވެރިން ކާބޯތަކެތީގެ ތަނަވަސްކަމުން ހައިހޫނު ކަމަށް ބަދަލުކޮށްފައިވެ އެވެ. އަދި ޢާފިޔަތުގައިވާ އަހުލުވެރިން ބަލިތަކާއި ދުނިޔެ ދޫކޮށްފައި ދިއުމުގެ ޙާލަތަށް ގެންދިޔަ އެވެ. 
ޤައުމުތަކާއި ﷲގެ އަޅުތަކުން މި ބައިގަނޑު ތަކުގެ ކިބައިން ރައްކާތެރި ކުރެއްވުން އެދި ﷲ އަށް ދަންނަވަމެވެ."

****

ފަތުވާ ނަގާފައިވަނީ : https://goo.gl/MedeY3 
 

Like what you see?

Close

Hit the buttons below to follow us, you won't regret it...