 ރަމަޟާން މަހުގެ ރޭގަނޑުގައި ޤުރުއާން ކިޔެވުން މުސްތަޙައްބުވެގެންވާކަން - الحَافِظ ابن رَجَب الحَنْبَلِي رحمه الله

ކެޓަގަރީ ޤުރުއާން

ރަމަޟާން މަހުގެ ދުވާލުގެ ވަޤުތުތަކުގައި އެކަނި ޤުރުއާން ކިޔަވާ މީހުން ވިސްނާލުން ހުއްޓެވެ. ރޭގަނޑުގައި ޤުރުއާން ކިޔެވުން ދޫކޮށްލުމުން ފާއިތުވެގެންދާ ޘަވާބާއި ދަރުމައިގެ ބޮޑުކަމާ އެވެ!

"ابن عَبَّاس رضي الله عنه ގެ ޙަދީޘްގައިވެ އެވެ."ހަމަކަށަވަރުން  جِبرِيل عليه السلام އަދި ނަބިއްޔާ ﷺ އާއި ދެބޭކަލުން އެކަކު އަނެކަކަށް ރޯދަމަހު ރޭގަނޑު ވަޤުތުގައި ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވެ، މުރާޖަޢާ ކުރައްވަ އެވެ."

ފަހެ، އެކަމުން ދޭހަވަނީ ރޭގަނޑުގައި ކީރިތި ޤުރުއާން ކިޔެވުން ގިނަކުރުން މުޞްތަޙައްބުވެގެންވާ ކަމެވެ. އެހެނީ ދުނިޔެވީ ބުރަތަކާއި، މަސައްކަތްތައް، އަޅާގެ ކިބައިން މެދުކެނޑިގެންދާ (ހުސްވަޤުތު) ކަމުގައި ރޭނގަޑު ވެ އެވެ. އަދި އެވަޤުތުގައި ހިތްމަތާއި ޢަޒުމު ޖަމަޢަވެ އާވެ އެވެ. އަދި އެއީ ކީރިތި ޤުރުއާން ތަދައްބުރުކޮށް ތިލާވަތްކުރުމަށްޓަކައި ދުލާއި ހިތް ޖަމަޢަވާ ވަޤުތެކެވެ."
****
ފަތުވާ ނަގާފައިވަނީ :لطَائف المَعَارف ص
315

 

Like what you see?

Close

Hit the buttons below to follow us, you won't regret it...