 ސަލަފުއް ޞާލިޙުންގެ މަންޙަޖުގެ މަތީގައިވާ ސަލަފީން ނާއި "ސަލަފީ" ނަމުގައި ޕާޓީތަކާއި ޙިޒްބުތައް ހަދައިގެން އުޅޭ ފަރާތްތަކުގެ ތަފާތު - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ކެޓަގަރީ ޙިޒްބިއްޔަތާއި ޙިޒްބީން

الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه ވިދާޅުވެފައިވެއެވެ. "ރަސޫލުﷲ صلّى الله عليه وسلّم ގެ ޙަދީޘްފުޅެއްގައި ވެއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުންކުރެ ދިރިތިބި ބަޔަކަށް ގިނަގުނަވެގެންވާ އިޚްތިލާފްތައް ފެންނާނެއެވެ. ފަހެ ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަންކަލޭގެފާނުގެ ސުންނަތެވެ." މުހިންމުކަންދީ ދަސްކުރަންޖެހޭ ކަމަކީ އުންމަތުގެ ތެރެއަށް ބައިގަނޑުތައް ފާޅުވެގެންދާ ހިނދު އެއިން އެއްވެސް ބައިގަނޑަކަށް ނިސްބަތް ނުވުމެވެ. މާޒީގައިވެސް ވަރަށްގިނަ ބައިގަނޑުތައް ފާޅުވެގެން ގޮސްފައިވެއެވެ. ޚަވާރިޖުންނާއި، މުޢުތަޒިލީންނާއި، ޖަހްމީންނާއި، ޝިޢީން ، އަދި ކިއެއްތަ! ރާފިޟީން އޭގެތެރޭގައި ހިމެނެއެވެ.

އެއަށްފަހު ފާޅުވެގެންދިޔަ ބައިގަނޑުތަކުގެ ތެރޭގައި އިޚްވާނީންނާއި، ސަލަފީންނާއި، ތަބްލީޣީންނާއި އެފަދަ އެހެން ބައިގަނޑުތައް ހިމެނެއެވެ. މިހުރިހާ ބައިގަނޑުތައް އެއްފަރާތް ކޮށްލާށެވެ. އަދި ކުރިޔަށް އޮތްމަގުން ދާށެވެ. އެމަގަކީ އެމަގަކަށް ނަބިއްޔާ صلّى الله عليه وسلّم މަގުދައްކަވައި "ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަންކަލޭގެފާނުގެ ސުންނަތެވެ. އަދި ޚުލަފާއުއް ރާޝިދީން ގެ ސުންނަތެވެ." ޙަދީޘް ކުރެއްވި މަގެވެ.

އެއްވެސް ޝައްކެއް ނެތެވެ! ސަލަފުންގެ މަޛުހަބަށް ތަބަޢަވުމަކީ ހުރިހާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެބައިމީހުންގެ މަޛްހަބަކީ ސަލަފުންގެ މަންހަޖު ކަމުގައި ހެދުން ވާޖިބުވެގެންވެއެވެ. ސަލަފުންގެ މަންހަޖަކީ ތިމާމެންގެ މަޛުހަބުކަމުގައި ބަލައިގަތުން ހުރިހާ މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވެއެވެ. އެހެނަސް އެއްވެސް ޙާލެއްގައި "ސަލަފީ ޙިޒްބަކަށް" ތަބަޢަވުމެއް ނެތެވެ. ތަފާތާއި މެދު ސަމާލުވާށެވެ. ސަލަފުއް ޞާލިޙުންގެ މަންހަޖެއްވެއެވެ. އަދި ސަލަފީ ޙިޒްބެއް ވެސް އޮވެއެވެ. ބޭނުމަކީ ކޮބައި ހެއްޔެވެ؟ ސަލަފުންނަށް ތަބަޢަވުމެވެ. ކީއްވެހެއްޔެވެ؟ ޝައްކެއް ނެތެވެ! ސަލަފީ އަޚުންނަކީ ޙައްޤާއި އެންމެ ކައިރިވެގެންވާ މީހުންނެވެ. އެކަމަކު އެބައިމީހުންގެ މައްސަލައަކީ ހަމަ އެނޫން އެހެން ޙިޒުބުތަކުގެ ވެސް މައްސަލައެވެ. މި ބައިގަނޑުތަކުގެ ތެރެއިން ބައެއް ބައިގަނޑު އަނެއް ބައިގަނޑު މަގުފުރެދިފައިވާކަމަށް ބުނެ ބިދުޢަވެރިކޮށް ފާފަވެރިން ކަމުގައި ބުނެއެވެ. އެކަން އެބަޔަކަށް ޙައްޤުވާނަމަ އަހަރެމެން އެކަމަކާއި ދެކޮޅެއް ނަހަދަމެވެ. އެހެނަސް އެބިދުޢަޔާއި މެދު އެގޮތަށް ޢަމަލު ބެހެއްޓުމާއި އަހަރެމެން ދެކޮޅުހަދަމެވެ. މި ބައިގަނޑުތަކުގެ ބޮޑުންތައް ޖަމާވެ "އަހަރެމެންގެ މެދުގައި ވަނީ ﷲ ގެ ފޮތާއި ރަސޫލުﷲ صلّى الله عليه وسلّم ގެ ސުންނަތެވެ. އެއިން އަހަރެމެން ޙުކުމް ކުރަމާހިނގާށެވެ. ހަވާނަފްސަކަށް ނޫނެވެ. އަމިއްލަ އެދުމަކަށް ނޫނެވެ. އަދި އެވެނި މިވެނި މީހެއްގެ ކިބައިންވެސް ނޫނެވެ." މިފަދައިން ބުނުން ވާޖިބުވެގެން ވެއެވެ. ކޮންމެ މީހަކަށްވެސް ކުށް ކުރެވޭނެއެވެ. އަދި ރނަގަޅުކަންތައްތައްވެސް ކުރެވޭނެއެވެ. އެމީހަކީ ކިތަންމެ އަޅުވެރި ޢިލްމުވެރި މީހަކަށް ވީނަމަވެސް މެއެވެ. އެހެނަސް ކުށެއް އެކުލެވިގެންނުވާ ފުރިހަމަ އެއްޗަކީ އިސްލާމްދީނެވެ. ފަހެ އެޙަދީޘުގައި ނަބިއްޔާ صلّى الله عليه وسلّم އެވަނީ މީހާ އޭނާގެ އަމިއްލަ ނަފްސު ސަލާމަތްކުރާނޭގޮތުގެ މައްޗަށް އިރުޝާދު ދެއްވާ މަގު ދައްކަވާފައެވެ. އެމީހާ އޭނާގެ ނަފްސު އެއްވެސް ބައިގަނޑަކަށް ނިޞްބަތް ކޮށްގެން ނުވާނެއެވެ. ނިޞްބަތްވުން އޮތީ ހަމައެކަނި ސަލަފުއް ޞާލިޙުންގެ ގޮތަށެވެ. އަދި ކިއެއްތަ! ރަސޫލުﷲ صلّى الله عليه وسلّم ގެ ސުންނަތަށެވެ! އަދި ހިދާޔަތްލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތަށެވެ!"

 

ޝައިޚް އިޝާރާތްކުރައްވާފައިވާފަދައިން ތިމާމެންނަކީ ސަލަފުންގެ ޖަމާޢަތޭ ބުނެ "ޖަމްޢިއްޔަތުއް ސަލަފް" ފަދަ ނަންތައް ދީގެން "ސަލަފީ" "ސަލަފް" ޙިޒްބުތައް ހަދައިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި މުސްލިމުން އުޅެމުން ގެންދެއެވެ. ހިތާމައަކީ ބޮޑެތި ޢިލްމުވެރިން އެކަން މަނާކުރައްވާފައިވާއިރު އެފަދަ ކަންތައްތައް މުސްލިމުންގެ ތެރެއިން ބަޔަކު ކުރަމުން ގެންދާ ކަމެވެ.

 

އިޚްވާނީންގެ ނަމުން ޝައިޚް އިޝާރަތްކުރައްވާފައިވަނީ މިޞްރުގައި ބިންގާއެޅިފައިވާ ޖަމާޢަތަކަށެވެ. އެބައިމީހުންގެ ނަމަކީ "އިޚްވާނުލް މުސްލިމީން" އެވެ. ރާއްޖޭގައިވެސް އިޚްވާނުލް މުސްލިމީން އަށް ތަޢުރީފުކޮށް އެބައިމީހުންގެ މަންހަޖު ކުރިއަރުވާ ބަޔަކު ސަލަފުންނަށް ނިސްބަތްކޮށްގެން ޖަމްޢިއްޔާ ހަދައިގެން އުޅެއެވެ.

 

އަދި ﷲ ގެ އިރާދަފުޅާއި ވާގިފުޅާއި އެކު މި ވެބްސައިޓުގައި ސަލަފިއްޔަތަކީ ކޮބައިކަމާއި ސަލަފީ މަންހަޖަށް ނިސްބަތްވާ މީހުންނާއި ސަލަފީ ޙިޒްބަށް ނިސްބަތްވާ މީހުންގެ ތަފާތަކީ ކޮބައިކަމާއި މިޒަމާނުގެ ޢިލްމުވެރިންނާއި މިޤަރުނުގެ ޢިލްމުގެ ކިއްލާތައް ކަމުގައިވީ ޔަމަންކަރަޔާއި ޙިޖާޒްކަރައާއި ޝާމްކަރައިގެ ބޮޑެތި ޢިލްމުގެ ފަރުބަދަތައް ކަމުގައިވީ ޝައިޚް މުޤްބިލް އާއި، ޝައިޚް އަލްއަލްބާނީ އާއި ޝައިޚް އިބްނު ޢުޘައިމީން އާއި ޝައިޚް އިބްނު ބާޒް އާއި އަދި އެނޫންވެސް ޢިލްމުވެރިން ސަލަފިއްޔަތާއި މެދު ދައްކަވާފައިހުރި ވާހަކަތައް އެއްކޮށް ފެންނަގޮތަކަށް އެންމެހާ އަޚުންނާއި އުޚުތުންނަށް ގެނެސްދީފައިވާނެ އެވެ. وبا الله التّوفيق

ޙިޒްބިއްޔަތާއި ޙިޒްބީން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ސުންނަތުގެ އަހުލުވެރިންނަކީ މީސްތަކުންގެ ނިޔަތުގެ ތެރެއަށް ވަދެގަންނަ ބައެއް ކަމުގައި ތުހުމަތު ކުރުން - الشيخُ العلاَّمة عُبَيد الجَابِري حفظه الله | 13 ނޮވެމްބަރ 2017

 ﷲ ގެ ޙިޒްބު (ޕާޓީ) ސަލަފީ ޙިޒްބާއި ގުޅުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله | 10 ސެޕްޓެމްބަރ 2017

 ސަލަފިއްޔާ ވަނީ ދީނުގައި ދެރަ ނިކަމެތިކުރެވިގެންވާ ޙިޒްބިއްޔަތުން ބަރީޢަވެގެން - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله | 02 ސެޕްޓެމްބަރ 2017

 ޙިޒްބީންނާއި ޙިޒްބިއްޔަތަކީ ކޮބައިކަން (ޙިޒްބީންނަކީ ޤައުމު ބައިބައިކޮށް ފަސާދަކުރާ ބައެއް) - العَلاَّمَة الشَّيْخ رَبِيع بن هَادي المَدخَلِي حفظه الله | 01 ސެޕްޓެމްބަރ 2017

 އޮޅުވާލާ، މަކަރުވެރިކަމާ އެކީ ސަލަފިއްޔަތަށް ނިޞްބަތްވެފައިވާ ޙިޒްބީންނާއި ހަވާނަފްސުގެ އަޙުލުވެރިން - العَلاَّمَة الشَّيْخ رَبِيع بن هَادي المَدخَلِي حفظه الله | 23 އޮގަސްޓު 2017

 ސަލަފީންގެ މައްޗަށް ޙިޒްބީންގެ ދޮގުވެރިކަމާއި މަކަރުވެރިކަން - الشيخ العلامة أحمد بن يحيى النجمي رحمه الله | 23 އޮގަސްޓު 2017

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...