އަންހެނުންގެ މަޙްރަމަށް 12 އަހަރުގެ ފިރިހެން ދަރިއަކުވާނެ ތޯ؟ - فضيلة الشَّيْخُ العلامة عُبَيْدُ الجَابِرِيْ حَفِظَهُ الله

ކެޓަގަރީ فقه السفر ދަތުރު

ތަރުޖަމާކޮށް ލިޔެތައްޔާރުކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


فضيلة الشَّيْخُ العلامة عُبَيْدُ الجَابِرِيْ حَفِظَهُ الله

އަންހެނުންގެ މަޙްރަމަށް 12 އަހަރުގެ ފިރިހެން ދަރިއަކުވާނެ ތޯ؟ 

ސުވާލު: ޢުމުރުން 12 އަހަރުވެފައިވާ ބާލިޣްނުވާ ދަރިއަކު، އެ ދަރިފުޅުގެ މަންމައަށް ދަތުރުގައި މަޙްރަމެއްގެ ގޮތުގައި ވާނެ ހެއްޔެވެ؟


ޖަވާބު: ނޫނެވެ. މަޙްރަމަކަށް ނުވާނެ އެވެ. ސަބަބަކީ މަޙްރަމުގެ މަޤްޞަދަކީ އޭގައި ގިނަ ކަންތައްތަކެއް އެކުލެވިފައިވުމެވެ. އޭގެތެރޭގައި އޭނާގެ މަންމަ ނުވަތަ އޭނާގެ ދައްތަ ކައިރީގައި އުޅޭ މީހުންގެ މައްޗަށް ވިސްނުމާއި ތޫނުފިލިކަމާއި ހޭވެރިކަން ހުރުމެވެ.


ދެވަނައީ : މަޙްރަމަށް ޚިދުމަތް ކުރުމުގެ ކުޅަދާނަކަން ލިބިގެންވުމެވެ. ފަހެ އެހިނދުގައި (މަޙްރަމަށް ޚިދުމަތް ކުރުމަށް ހުންނަ ފިރިހެނާއަށް) ކުޅަދާނަވެގެން ނުވާފަދަ ކަމެއް ކުރުމަށް މެނުވީ އެހެން މީހެއްގެ ފަރާތުން ޙާޖަތެއް ބޭނުން ނުވާނެ އެވެ.


ތިންވަނައީ : ހުޝިޔާރު ފަރާތެއް ކަމުގައި ވުމެވެ. އެގޮތުން މަޙްރަމްއަށް ކަމެއް ދިމާވެއްޖެ ހިނދުގައި ކުޅަދާނަވީ މިންވަރަކުން މަޙްރަމް އެ އުނދަގުލަކުން ސަލާމަތްކޮށްދިނުމެވެ. ފަހެ، މިކަންތައްތަކަކީ ޚާއްސަކޮށް ތަނަވަސް ކަމުގައި ދިރިއުޅެމުންދާ ކުދިންނަށް، ތަރައްޤީއާއި ތަމައްދުނުގައި ހެދިބޮޑުވާ ދަރިންނަށް ކުޅަދާނަވެގެންވާ ނުވާކަންތައްތަކެވެ. މަދު ދަރިންތައް މެނުވީ މީސްތަކުންނާއި މަސްހުނިވެ އެކުގައި ނޫޅެ އެވެ.

***
ފަތުވާ :   http://goo.gl/goqll9

Like what you see?

Close

Hit the buttons below to follow us, you won't regret it...