 އުޟްޙިއްޔާގެ މަސް ބެހުން - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ކެޓަގަރީ އުޟްޙިއްޔާ ކަތިލުން

 

އުޟްޙިއްޔާގެ މަސް ބެހުން

الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

"ކަތިލެވުނު އުޟްޙިއްޔާގެ މަސްކޮޅު ބަހަންޖެހެނީ ކިހިނެތްކަމާމެދު ބުނަމެވެ. އުޟްޙިއްޔާ ޒިކުރު ކުރައްވާ ﷲ ވަޙީކުރެއްވިއެވެ. فكلوا منها وأطعموا البائس الفقير "ފަހެ، ތިޔަބައިމީހުން އޭގެއިން ކާށެވެ. އަދި ދަތި ޙާލުގައިވާ ފަޤީރުންނަށް އެއިން ކާންދޭށެވެ." އަދިވެސް ވަޙީ ކުރެއްވިއެވެ. فكلوا منها وأطعموا القانع والمعتر "ފަހެ، ތިޔަބައިމީހުން އޭގެއިން ކާށެވެ. އަދި އެއަށް އެދޭ ފަޤީރުންނަށާއި އެއަށް ނޭދޭ މީސްތަކުންނަށް ތިޔަބައި މީހުން ކާންދޭށެވެ." އޭނާ އޭގެއިން ކާށެވެ. އަދި ފަޤީރުންނަށް އެއިން ޞަދަޤާތްކުރާށެވެ. އަދި މުއްސަދިންނަށްވެސް އެއިން ހަދިޔާ ކުރާށެވެ. އެއީ އެބައި މީހުންގެ ހިތްތަކަށް ގާތްކަން ގެނައުމަށާއި އަދި އެބައި މީހުންނަށް ލޯބި ކުރުމުގެ ގޮތުންނެވެ.


އުޟްޙިއްޔާގައި ލެވިގެންވާ ޝަރުޢީ ތިން މަޤްޞަދު ޙާޞިލް ކުރުމަށް މިގޮތުގައި ދެމި ހުންނާށެވެ.

ފުރަތަމައީ: ﷲ އަޅުތަކުންނަށް ދެއްވާފައިވާ ނިޢުމަތުގައި ހިތްހަމަޖެހި އެއިން އުފާ ހޯދުމަށެވެ. އެގޮތުން އެ އުޟްހިއްޔާއިން އޭނާ ކެއުން ވެއެވެ.
ދެވަނައީ: ﷲ ގެ ހަޒުރަތުން ޘަވާބަށް އެދި އެއިން ޞަދަޤާތް ކުރުމެވެ.
ތިންވަނައީ: ﷲ ގެ އަޅުތަކުން ދެކެ ލޯބިވުމެވެ. އެގޮތުން އުޟްޙިއްޔާގެ މަސް ހަދިޔާ ކުރުމެވެ.


މިއީ ޝަރީޢަތުގައި މިކަމަށް ޒިކުރު ވެވިގެންވާ މާނަފުން މަތިވެރި މަޤްޞަދުތަކެވެ. މިގޮތުން ބައެއް ޢިލްމުވެރިން ދެކޭ ގޮތުގައި އުޟްޙިއްޔާގެ މަސްތަށް ތިންބަޔަކަށް ގެންދިއުމަކީ މުސްތަޙައްބު ކަމެއްގެ ގޮތުގައި ވިދާޅުވެފައި ވެއެވެ. ތިންބައިކުޅަ އެއްބައި ކެއުމަށް، ތިންބައިކުޅަ އެއްބައި ޞަދަޤާތް ކުރުމަށް އަދި ތިންބައިކުޅަ އެއްބައި ހަދިޔާ ކުރުމެވެ."


ފަތުވާ ނަގާފައިވަނީ   http://cutt.us/fNdj

އުޟްޙިއްޔާ ކަތިލުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 އުޟްޙިއްޔާ ކަތިލާ މީހުންގެ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގައި އެމީހުންގެ ނިޔަފަތި ކެނޑުމުންނާއި އަދި އިސްތަށިކޮށުން އެބައިމީހުންގެ މައްޗަށް ހުއްދަވާނެތޯ އެވެ؟ - الشَّيْخُ عُبَيْدُ الجَابِرِي | 02 އޮގަސްޓު 2019

 އަތްމަތީ ފޮތް: އިސްލާމްދީނުގައި އުޟްޙިއްޔާ ކަތިލުން - أُسْتَاذ أبو أنس محمد حسن حفظه الله | 01 އޮގަސްޓު 2019

 މައްޔިތުންނަށް އުޟްހިއްޔާ ކަތިލުމުގެ ޙުކުމް - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله | 31 އޮގަސްޓު 2017

 އުޟްޙިއްޔާއަށް ކަތިލާ އެތީގެ ސިފަތަކަކީ ކޮބައިތޯ އެވެ؟ ކަތިލުމުގެ ބަދަލުގައި އެވަރަށް ފައިސާ ހޭދަކުރުމުން ފުދޭނެ ހެއްޔެވެ؟ - فضيلة الشَّيْخُ عُبَيْدُ الجَابِرِيْ حَفِظَهُ الله | 31 އޮގަސްޓު 2017

 ޤައުމުން ބޭރުގައި އުޟުހިއްޔާ ކަތިލުމުގެ ހުކުމް - فضيلة الشَّيْخُ عُبَيْدُ الجَابِرِيْ حَفِظَهُ الله | 29 އޮގަސްޓު 2017

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...