މުސްލިމް ވެރިޔާ ނެރޭ ޤަރާރުތަކުގައި ކުށެއް އެކުލެވޭ ކަމުގައި ވާނަމަ ވެރިޔާއަށް ސިއްރިޔާތުގައި ނަޞޭހަތް ދިނުމުގެ ބަދަލުގައި ދަރުސްތަކުގައާއި ޚުތުބާތަކުގައި އެކަންތައްތައް ޒިކުރުކުރުމަކީ މުނާފިޤުންގެ ސިފައެކެވެ. - الشيخ صالح بن فوزان الفوزان حفظه الله

ކެޓަގަރީ ވެރިންނަށް ނަޞޭހަތް ދިނުން


ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الشيخ صالح الفوزان حفظه الله

ސުވާލު: ފަޟީލަތުއް ޝެއިޚެވެ. މުސްލިމް ވެރިން ނެރޭ ބައެއް ޤަރާރު ތަކުގައި ކުށެއް ނުވަތަ އުރެދުމެއް އެކުލެވޭ ކަމުގައި ވާނަމަ އެކަންތަކާ ދެކޮޅުވުން ހުއްދަވާނެ ހެއްޔެވެ. ސަލަފުއް ޞާލިހުން މިކަމުގައި ޢަމަލު ބަހައްޓަވާފައިވަނީ ކިހިނަކުން ތޯއެވެ. އަހަރެމެންނަށް މިކަމަށް ފަތުވާ ދެއްވާށެވެ. ޝެއިޚަށް ﷲ ހެޔޮ ޖަޒާ ދެއްވާށިއެވެ؟


ޖަވާބު: މީސްތަކުންނަށް ވާޖިބުވެގެންވަނީ ވަލިއްޔުލް އަމްރަށް ކިޔަމަން ވުމެވެ. ﷲ ވަޙީކުރެއްވިއެވެ. يَاأَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُوْلِي الْأَمْرِ مِنْكُمْ "އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައި މީހުން ﷲ އަށް ކިޔަމަން ވާށެވެ. އަދި ރަސޫލާއަށް ކިޔަމަން ވާށެވެ. އަދި ތިޔަބައި މީހުންގެ ތެރޭގައިވާ ވެރިންނަށްވެސް މެއެވެ." އަޞްލަކީ އަދި ވާޖިބުވެގެންވަނީ ވެރިންނަށް ކިޔަމަންވުމެވެ. އެހެނަސް ވެރިން ފާފައަކަށް އަމުރު ކޮށްފިނަމަ އެ އަމުރުކުރި ފާފައިގައި ކިޔަމަންވެގެން ނުވާނެއެވެ. އެއީ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. "لا طاعة لمخلوق في معصية الخالق" "އެއްވެސް މަޚްލޫޤަކަށް ޚާލިޤްވަންތަ އިލާހަށް އުރެދެވޭ ކަމެއްގައި ކިޔަމަންވެގެން ނުވާނެއެވެ." އަދިވެސް ޙަދީޘް ކުރެއްވިއެވެ. "إنما الطاعةُ في المعروفِ" "ހަމަކަށަވަރުން ކިޔަމަންވުން އޮތީ ހެޔޮކަންތަކުގައެވެ." އެހެނަސް ދަންނަންޖެހެއެވެ.

 

މިކަމުގެ މާނައަކީ ވެރިޔާގެ ކިޔަމަންގަތުމުން ބޭރުވެ، ދެކޮޅުވެ ވަކިވެގަތުމެއް ނޫންކަން ތިބާ ދަންނަންޖެހެއެވެ. މާނައަކީ އެ ފާފައިގައި ވެރިޔާއަށް ކިޔަމަންނުވެ އެހެނިހެން އެންމެހައި ކަންކަމުގައި ވެރިޔާއަށް ކިޔަމަންވެ، އެ ވެރިޔާގެ ވެރިކަމުގެ ދަށުގައި އޭނާއަށް ނަޞްރުދޭނެ މީހެއްކަމުގައި ހުރުމެވެ. ވެރިޔާއާ ދެކޮޅަށް ނުކުމެގެން ނުވާނެއެވެ. އަދި ދެކޮޅަށް ނުކުތުމަށް މީސްތަކުން އެކަމަށް ބާރުދީގެންވެސް ނުވާނެއެވެ. އަދި މަޖްލިސްތަކުގަ އާއި މީސްތަކުންގެ ތެރޭގައި ވެރިޔާގެ ވާހަކަތައް ދައްކައިގެން ނުވާނެއެވެ. މިއީ ނުބައި ކަންތަކަށާއި ފިތުނަތަކަށް ގެންގޮސްދޭ ސަބަބުތަކެވެ. އަދި މީސްތަކުންގެ މެދުގައި ވެރިޔާގެ މައްޗަށް ނަފްރަތްތެރިކަން އުފައްދައި މިފަދަ ވަޤުތުތަކުގައި އަހަރެމެންގެ ތެރެއަށް އަތްގަދަކުރުމަށް ބޭނުންވާ ކާފަރުންނަށް މިކަންތައް އެނގި އެމީހުން މީސްތަކުންގެ ތެރެއަށް ނުބައި ފަތުރައި އެ ޖަޒުބާތުގައި ޖެހިފައިވާ މީސްތަކުންގެ ފާރަތުން އެމީހުންގެ ވެރިޔާގެ މައްޗަށް ނުކުތުމަށް ގޮވައި އެހިނދު އެތަކެއް ފިތުނަތަކެއް ނިކުމެގެން ދެއެވެ. އަދި އެންމެހައި ކަންތައް ފަސާދަވެ، އެހިނދުގައި ކާފަރުން މުސްލިމުންގެ މައްޗަށް ވެރިވެ ގަތުމަށް ބޭނުންވާ ނަތީޖާ އެބައި މީހުންނަށް ޙާޞިލްކުރެވޭނެއެވެ. ފަހެ، މުސްލިމް ވެރިޔާއަކީ ކިތަންމެ ގިނަގުނަ ހެޔޮކަމުގެ އަހުލުވެރިއެއް ކަމުގައިވިޔަސް އެތަކެއް ހެޔޮކަންތަކެއް ލިބިދިޔަ ކަމުގައި ވިޔަސް އޭނާއަކީ އާދަމު ދަރިއެއްކަމުގައި ދަންނަން ޖެހެއެވެ. އޭނާއަކީ ކުށްފާފަތަކުން އެއްކިބާވެފައިވާ މަޢުޞޫމް މީހެއްކަމުގައި ނުވާނެއެވެ. ބައެއް އަމުރުތަކުގައި ކުށްކުރާނެއެވެ. ހަމަކަށަވަރުން މިކަމަށްއޮތް މަގަކީ ސިއްރުގައި ވެރިޔާއަށް ނަޞޭޙަތްތެރި ވުމެވެ. ވެރިޔާއަށް ސިއްރިޔާތުގައި ނަޞޭޙަތް ފޯރުކޮށްދޭށެވެ. އެގޮތުން ޙައްޤުގޮތް ބަޔާންކޮށްދޭށެވެ. އެހެނަސް ވެރިޔާއާ ބެހޭގޮތުން މަޖްލިސްތަކުގައި ނުވަތަ އެއަށްވުރެ ނުބައިކަން ބޮޑުފާފަ ކަމުގައިވާ ޚުޠުބާތަކުގައި ޒިކުރުކުރުން އަދި ދަރުސްތަކުގައި ޒިކުރުކޮށް ހެދުމަކީ މިސްތަކުން ބައިބައި ކުރާ އަހުލުވެރިންގެ ގޮތެކެވެ. އަދި މިއީ މުނާފިޤުންގެ ގޮތެކެވެ. އަދި މިއީ މީސްތަކުންގެ މައްޗަށް ނުބައި ގޮތްތައްގެނެސް ކިޔަމަންގަތުމުން ބޭރުވެ އުރެދުމަށް ބޭނުންވާ މީސްތަކުންނެވެ.


الفتاوى الشرعية في القضايا العصرية ص 66

 

 

ވެރިންނަށް ނަޞޭހަތް ދިނުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 މުސްލިމް ވެރިންނަށް ނަޞޭޙަތްތެރި ވުމަށް ﷲގެ ޝަރީޢަތުގައި ދަލީލުތަކުން ބަޔާންވެގެންވާ މަންހަޖު - الشَّيخ العَلاَّمَة عُبَيد بن عَبد الله الجَابِري حفظه الله | 16 ފެބުރުއަރީ 2018

 އަޚާއެވެ! ތިބާ މިތަނުން އިޚްތިޔާރު ކުރާނީ ކޮން ވަޞިއްޔަތެއް ހެއްޔެވެ؟ ނަބިއްޔާ ގެ ޞަހާބީންގެ ވަޞިއްޔަތްތޯ ؟ ނުވަތަ ޔަޙޫދީންގެ ވަޞިއްޔަތްތޯ؟ | 19 ޖުލައި 2017

 އަނިޔާވެރި ވެރިޔާ ކުރިމަތީގައި ހައްޤުބަސް ބުނުމަށް އޮތް ހަދީޘް "أفضل الجهاد كلمة حق عند سلطان جائر" ގެ މާނަ - الإمام العلامة الشيخ صالح الفوزان حفظه الله | 04 މެއި 2017

ޚަވާރިޖުން ވެރިންނަށް ނަޞޭޙަތް ދިނުމޭ ބުނެ ޢަމަލު ކުރާ ގޮތާއި، ސުންނަތުގެ އަހުލުވެރިން ޢަމަލުކުރާ ގޮތް - الشيخ العلامة صالح الفوزان حفظه الله | 30 ޖެނުއަރީ 2017

 މުސްލިމް ވެރިޔާއަށް ދެވޭ ނަޞޭހަތް ފަޟީހަތް ކުރުމާއި ޕެޓިޝަން ހުށައެޅުން ޙަރާމް (ޢަދާލަތު އަދި ސަލަފު ޖަމާޢަތުން އެކަން ކޮށްފަައިވާ ގޮތް) - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن | 29 ޑިސެމްބަރ 2016

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...