ޔަމަނުގައި ރާފިޟީންނާ ދެކޮޅަށް ޖިހާދުކުރުން ވާޖިބުވެގެންވޭ - الشَّيْخُ الِإمَامُ العَلاَّمَة رَبِيْعُ بن هَادِي حفظه الله

ކެޓަގަރީ ޖިހާދު

"بسم الله الرحمن الرحيم
الحمد لله ، و الصلاة و السلام على رسول الله وعلى آله وصحبه و من اتبع هداه
أما بعد :
އަހަރެންގެ މި ބަސްތައް ޔަމަނުގެ އަހުލުވެރިންނަށް ނިސްބަތްކޮށް ބުނަމެވެ.
ތިޔަ އަހުލުވެރިންނަށް އޮތީ ﷲ ގެ ޢަދުއްވުން އަދި ﷲ ގެ ރަސޫލާގެ ޢަދުއްވުން އަދި ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީންގެ ޢަދުއްވުން ގޮތުގައިވާ ރާފިޟީންނާ ދެކޮޅަށް ނުކުމެ އެ ރާފިޟީން ދެކޮޅަށް ހަނގުރާމަ ކުރުމެވެ. ރާފިޟީންނަކީ ޞަޙާބީންގެ މައްޗަށް އެއްޗެހި ކިޔުމުގައިވާ ބައެކެވެ. އެމީހުންނަކީ ޤުރުއާން ތަޙްރީފް (ބަދަލު ކުރުން) ކުރުމުގައިވާ ބައެކެވެ. ރާފިޟީންނަކީ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަނބިކަނބަލުންގެ މައްޗަށް އެއްޗެހި ކިޔުމުގައިވާ ބައެކެވެ.


ﷲ ޤަންދީ ބުނަމެވެ. ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީންނާއި، ރަސޫލާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންގެ އަބުރުފުޅަކީ ތިޔަބައިމީހުންގެ އަބުރާ މުދަލާއި އަދި ނަފްސަށްވުރެ ނުހަނު މާތް މަތިވެރިވެގެންވާ ނުހަނު މާތް މަތިވެރިވެގެންވާ ނުހަނު މާތް މަތިވެރިވެގެންވާ (ތިންފަހަރު ޝެއިޚް ތަކުރާރު ކުރެއްވި) ސަތޭކަ އެތައް ގުނައަށްވުރެ މަތިވެރި ކަމުގައިވާ އެއްޗެކެވެ.


ﷲ ގެ މަގުގައި ކުރެވޭ ޖިހާދެއްގެ ގޮތުގައިވެ، ﷲ ގެ ކަލިމަފުޅު މަތިވެރިކުރުމަށްޓަކައި އެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރާށެވެ. އަދި މިކަމުގައި ތިޔަބައިމީހުންގެ ނިޔަތް ﷲ އަށް ޚާލިޞް ކުރާށެވެ. ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުން ﷲ އަށް ނަޞްރު ދީފި ހިނދުގައި، އަދި އެކަލާނގެ ކަލިމަ މަތިވެރިކުރުމަށްޓަކައި ރާފިޟީންނާ ހަނގުރާމަ ކޮށްފި ހިނދުގައި ﷲ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެ އެވެ.

إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ
"ތިޔަބައިމީހުން ﷲ އަށް ނަޞްރު ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެ އެވެ."

ތިޔަބައިމީހުން ﷲ އަށް ނަޞްރު ދިނުމުގައި ވާށެވެ. ﷲ ޤަންދީ ބުނަމެވެ. ތިޔަ ޖިހާދަކީ ﷲ تبارك وتعالى ގެ ދީންނަށްޓަކައި، ދީން މަތިވެރި ކުރުމަށްޓަކައި ކުރެވޭ ޖިހާދެކެވެ. ﷲ އަށް ނިޔަތް ޚާލިޞް ކުރުމުގައި ދެމިތިބޭށެވެ.


އެ މުޖުރިމުން، ﷲ ގެ ޢަދުއްވުން، ﷲ ގެ ރަސޫލާގެ ޢަދުއްވުން އަދި ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީންގެ ޢަދުއްވުންގެ ގޮތުގައިވާ ރާފިޟީން ބަލިކޮށް ދެރަނިކަމެތި ކުރުމަށްޓަކައި ތިޔަބައިމީހުންނަށް ކުރެވުނުހާ މަސައްކަތެއް ކުރުމުގައި ޤާއިމްވެ ދެމިތިބުމަށް ތިޔަބައިމީހުންނަށް ހިތްވަރު ދެމެވެ.


ތިޔަބައިމީހުންގެ ނިޔަތް ﷲ އަށް ޚާލިޞް ކުރާށެވެ. ތިޔަބައިމީހުންގެ ނިޔަތް ﷲ އަށް ޚާލިޞް ކުރާށެވެ. ﷲ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެ އެވެ. ތިޔަބައިމީހުން ﷲ އަށް ނަޞްރު ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެ އެވެ.


ޔަޤީންކުރާށެވެ. ނިޔަތް އެކަލާނގެއަށް ޚާލިޞްކޮށް އެކަލާނގެ ދީނަށްޓަކައި އެކަލާނގެ ކަލިމަފުޅު މަތިވެރި ކުރުމަށް އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކޮށްފި ހިނދުގައި، ނަޞްރު ވަނީ ތިޔަބައިމީހުންނާ އެކުގައި އެވެ.


ނަޞްރު ލިބޭނެ ކަމުގައި ޔަޤީން ކުރާށެވެ. ﷲ އެކަލާނގެ ވަޢުދުވެވޮޑިގެންވާ ވަޢުދުފުޅާ ޚިލާފްވެވޮޑިއެއް ނުގަންނަވާނެ އެވެ.
ތިޔަބައިމީހުން ސަމާލުވެ ދުރުވުން ހުއްޓެވެ. އަދި ތިޔަބައިމީހުން ސަމާލުވެ ދުރުވުން ހުއްޓެވެ. އިތުރު އެހެން އެއްވެސް ލަނޑުދަނޑިއެއް ހޯދުމުގެ ޤަޞްދެއް އޮވެގެން ހަނގުރާމަ ނުކުރާށެވެ. ތިޔަބައިމީހުން ހަނގުރާމަ ކުރުމުގެ ޤަޞްދެއް ކަމުގައިވަނީ، ﷲ ގެ ކަލިމަފުޅު މަތިވެރި ކުރުމަށްޓަކައި އަދި އެކަލާނގެ ދީނަށް ނަޞްރުދިނުން ކަމުގައި، އެކަލާނގެ ރަސޫލާއަށް އަދި ޞަޙާބީންނަށް ނަޞްރު ދިނުން ކަމުގައި ހަދާށެވެ.


ﷲ ތިޔަބައިމީހުންނަށް ބަރަކާތް ލައްވާށި އެވެ. ﷲ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާށި އެވެ. ﷲ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާށި އެވެ. ﷲ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާށި އެވެ.


މި ބަސްތައް ބަޔާންކުރީ ހިޖުރީ ގޮތުން 5 جمَادى الآخِرَة 1436 ވީ ބުދަ ދުވަހުގެ މަޣްރިބް ފަހުންނެވެ.
އެންމެހައި މީސްތަކުންނަށް ﷲ ރުހިވޮޑިގަންނަވާ އަދި ލޯބިވެވޮޑިގަންނަވާ މަގަށް ތަޥްފީޤު ދެއްވާނދޭވެ.
****

ފަތުވާ :  http://goo.gl/U0MdrN


Like what you see?

Close

Hit the buttons below to follow us, you won't regret it...