5 ހެޔޮކަން ބޮޑީ ޢިލްމު އުނގެނުން ހެއްޔެވެ؟ ނުވަތަ الله އަށްޓަކައި ދަޢުވަތު ދިނުން ހެއްޔެވެ؟ - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ހެޔޮކަން ބޮޑީ ޢިލްމު އުނގެނުން ހެއްޔެވެ؟ ނުވަތަ الله އަށްޓަކައި ދަޢުވަތު ދިނުން ހެއްޔެވެ؟ - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ދަޢުވަތް ދިނުމުގެ މަންހަޖު

ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުން އަރިއަހުން ޢިލްމު ހާޞިލްކޮށްފައިވާ)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ހެޔޮކަން ބޮޑީ ޢިލްމު އުނގެނުން ހެއްޔެވެ؟ ނުވަތަ الله އަށްޓަކައި ދަޢުވަތު ދިނުން ހެއްޔެވެ؟

 

ސުވާލު: މި ދެކަމުން ކުރެ އެންމެ ހެޔޮކަން ބޮޑީ ކޮން ކަމެއްތޯ؟ (ޝަރުޢީ) ޢިލްމު އުނގެނުންތޯ؟ ނުވަތަ الله سبحانه و تعالى އަށްޓަކައި ދަޢުވަތުދިނުންތޯ؟
ޖަވާބު: އެންމެ ފުރަތަމައިނުން (ޝަރުޢީ) ޢިލްމު އުނގެނުމެވެ. އެހެނީ އިންސާނެއްގެ ކިބައިގައި ޢިލްމެއް ހުރެގެން މެނުވީ اللهއަށްޓަކައި ދަޢުވަތުދިނުން އޭނާއަށް ކުޅަދާނަވެގެނެއްނުވެ އެވެ. އޭނާގެ ކިބައިގައި ޢިލްމެއްނުވާ ނަމަ، ހަމަކަށަވަރުން އޭނާ اللهއަށްޓަކައި ދަޢުވަތުދިނުމަށް ކުޅަދާނަވެގެން ނުވާނެ އެވެ. އަދި އޭނާ ދަޢުވަތުދީފި ނަމަ ފަހެ ހަމަކަށަވަރުން އޭނާ ރަނގަޅަށް ކުރާ ކަންތަކަށް ވުރެ ކުށްކުރާލޭ މާ ގިނަވާނެ އެވެ.


ފަހެ ދަޢުވަތުދޭ މީހެއްގެ ކިބައިގައި ހުރުން ޝަރުޠުކުރެވިގެންވެ އެވެ: އޭނާ ދަޢުވަތުގެ މައިދާނަށް ނުކުތުމުގެ ކުރިން އޭނާ ޢިލްމެއްގެ މަތީގައި ހުރުމެވެ. (الله ވަޙީކުރެއްވިއެވެ:) قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ ]يوسف: 108[. މާނައީ: "އިބަ ނަބިއްޔާ ވިދާޅުވާށެވެ. މިއީ ތިމަން ނަބިއްޔާގެ މަގެވެ. ތިމަން ނަބިއްޔާ، اللهއަށްޓަކައި ދަޢުވަތުދެއްވަނީ އަލިވެގެންވާ ދަލީލާ އެކުގައެވެ."


އަދި އާންމު މީހާ ދަޢުވަތުދިނުމަށް ކުޅަދާނަކަން ލިބިގެންވާ، ފާޅުވެގެންވާ ކަންތައްތަކެއްވެ އެވެ. މިސާލަކަށް ނަމާދު ޤާއިމްކުރުމަށް ދަޢުވަތުދިނުމާއި، ޖަމާޢަތުގައި ނަމާދު ކުރުމާ ދުރުވުމަށް ނަހީކުރުމާއި (އެބަހީ: ޖަމާޢަތުގައި ނަމާދު ކުރުމަށް އަމުރު ކުރުމާއި)، ގޭގެ އަހުލުވެރިންގެ މައްޗަށް ޤާއިމްވުމާއި، ދަރިންނަށް ނަމާދު ކުރުމަށް އަމުރުކުރުން ފަދަ ކަންކަމެވެ. މިއީ ފާޅުވެގެންވާ ކަންކަމެވެ. އާންމު މީހާ އެކަންތައް ދަނެއެވެ. އަދި ކިޔަވާ މީހާ އެކަންތައް ދަނެއެވެ. އެހެން ނަމަވެސް ފިޤުހަށް ޙާޖަތް ޖެހިގެންވާ ކަންކަމާއި، ޢިލްމަށް ޙާޖަތް ޖެހިގެންވާ ކަންކަމާއި، ޙަލާލު ކަންތަކާއި ޙަރާމް ކަންތައްތަކާއި، ތަޥްޙީދާއި ޝިރުކާ ބެހޭ ކަންކަމީ ކޮންމެހެން ވެސް އެކަންކަމުގައި ޢިލްމު ހުރުން ލާޒިމްވެގެންވާ ކަންކަމެވެ.


❆  ❆  ❆

 

ފަތުވާ ނަގައިފައިވަނީ: الأجوبة المفيدة عن أسئلة المناهج الجديدة، س 54، ص 145-146،  دار سحاب السلفية، الطبعة الخامسة 1432 ه

:

ދަޢުވަތް ދިނުމުގެ މަންހަޖު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ޚުޠުބާ ތަކުގައި އަދި ދަރުސް ތަކުގައި ޤުރުއާން ތަރުތީލުކޮށް ކިޔެވުމުގެ ޙުކުމް - الشَّيخ العَلاَّمَة صَالح الفَوزَان حفظه الله | 03 ފެބުރުއަރީ 2018

 ސުވަރުގެއާ ބެހޭގޮތުން ނަޞޭޙަތްދޭ ހިނދު އެކިއެކި މަންޒަރު ކުރަހައި ސިފަކުރުމުގެ ޙުކުމް - الشَّيخ العَلاَّمَة صَالح الفَوزَان حفظه الله | 02 ފެބުރުއަރީ 2018

 ބޮޑެތި ޚަރަދުކޮށް ފިރިހެނުންގެ ކުރިމައްޗަށް އަންހެނުން ނެރެގެން ދަޢުވަތު ދިނުމޭ ބުނެ ޢަމަލު ކުރަނީ ބޮޑެތި ޢިލްމުވެރިންނަށް އިޙްތިރާމާއި ޤަދަރު ކުރުމަށްތޯ އެވެ؟ ނުވަތަ ފިތުނަ އާއި ފަސާދަށް މަގު ކޮށުމަށް ތޯ އެވެ؟ - العلاَّمة الشيخ ابن العثيمين رحمه الله | 01 ފެބުރުއަރީ 2018

އިސްލާމް ދީނަށް ދަޢުވަތު ދިނުމަށް މަދަޙަ ކިޔުން، ދަތުރު ދިޔުން ހިޒްބީނގެ ޢަލާމަތްތައް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 15 ޖެނުއަރީ 2016

ޒުވާނުން ދީނަށް ގެނައުމުގެ ނަމުގައި ޕިކްނިކް ދަތުރު ދިއުމަކީ ބިދުޢަވެރިން (އިޚްވާނީން) ގެ އުޞްލޫބެއް - الإِمَامُ العَلاَّمَة الشَّيْخُ رَبِيْعُ بنْ هَادِيْ حفظه الله | 10 ޖެނުއަރީ 2016

ދަޢުވަތުދިނުމުގައި އިޚްލާޞްތެރިކަމާއި ޢިލްމާއި ނުލައި ފޯރި އެރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 07 ނޮވެމްބަރ 2015

ފިރިހެނުން ފަދައިން އަންހެނުންވެސް ދަޢުވަތުގެ މައިދާނަށް ނުކުތުމަށް ބުނުން - الإمام العلامة الشيخ صالح الفوزان حفظه الله | 07 އޮކްޓޯބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...