5  ތުނބުޅި ބޭލުމާއި ކޮށުން ހުއްދަނުވަނީ ޙަދީޘްތަކުގައި ތުނބުޅި ދޫކޮށްލުމަށް އަމުރު ކުރެވިފައިވުމުންނެވެ. - الشَّيْخ العَلاَّمَة عَبدُ المُحسِن العَبَّاد حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ތުނބުޅި ބޭލުމާއި ކޮށުން ހުއްދަނުވަނީ ޙަދީޘްތަކުގައި ތުނބުޅި ދޫކޮށްލުމަށް އަމުރު ކުރެވިފައިވުމުންނެވެ. - الشَّيْخ العَلاَّمَة عَبدُ المُحسِن العَبَّاد حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ތުނބުޅި ކޮށުމާއި ބޭލުން

ތުނބުޅި ބޭލުމާއި ކޮށުން ހުއްދަނުވަނީ ޙަދީޘްތަކުގައި ތުނބުޅި ދޫކޮށްލުމަށް އަމުރު ކުރެވިފައިވުމުންނެވެ.  ހުއްދަ ކުރާމީހާ އެކަން ކުރުމަށް އޮތީ ކޮން ޙަދީޘެއް ހެއްޔެވެ؟ ރަސޫލާ ﷺ ގެ ބަސްފުޅުގެ މައްޗަށް އިންސާނެއްގެ ބަސް އުފުލޭނެ ހެއްޔެވެ؟ ޞަޙާބީން ކުރެއްވި ގޮތޭ ބުނާ މީހާ ޞަހާބީން ކުރެއްވި ގޮތަށް ކުރުން ހުއްޓެވެ!

الشَّيْخ العَلاَّمَة عَبدُ المُحسِن العَبَّاد حفظه الله "އެހެނަސް ތުނބުޅި ބޭލުން ނުވަތަ ތުނބުޅިން އެއްވެސް މިންވަރަކަށް އިސްތަށި ކޮށުމަކީ އެންމެހައި ޙާލަތްތަކެއްގައި ވެސް حرام ވެގެންވާ ކަންކަމެވެ. إحرام ގެ ޙާލަތުގައި ނުވަތަ އެނޫންވެސް ޙާލަތްްތަކުގަ އެވެ. ابن عمر رضي االله عنه ގެ ޙަދީޘްގައިވާ ފަދައިންނެވެ. ވިދާޅުވިއެވެ.

الله ގެ ރަސޫލާ حديث ކުރެއްވި އެވެ. (خالفوا المشركين، أحفوا الشوارب، وأوفوا اللحى) "ތިޔަބައިމީހުން މަތިމަސްތައް ކުރުކުރާށެވެ. ތުނބުޅިތައް ރައްކައުތެރިކުރާށެވެ. ދިގުކުރާށެވެ. އަދި މުޝްރިކުންނާ ޚިލާފުވާށެވެ." البخاري (5892) އަދި مسلم (602) ރިވާކުރެއްވި އެވެ.
އަދި البخاريގެ ލަފްޟުގައިވެ އެވެ. (ووفروا اللحى) "ތިޔަބައިމީހުން ތުނބުޅިތައް ބަހައްޓައި ދިގުކުރާށެވެ." އަދި البخاري (5893) އަދި مسلم (600) ރިވާކުރައްވާފައިވާ ލަފްޟުގައިވެއެވެ. (وأعفوا) "ތުނބުޅި ދިގުވުމަށް ދޫކޮށްލާށެވެ." އަދި مسلم (603) أبو هريرة ގެ އަރިއަހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ.
الله ގެ ރަސޫލާ حديث ކުރެއްވިއެވެ. (جزوا الشوارب وأرخوا اللحى، خالفوا المجوس) "ތިޔަބައިމީހުން މަތިމަސްތައް ތުނިކުރާށެވެ. ތުނބުޅި ދިގުވެދިޔުމަށް ދޫކޮށްލާށެވެ. މަޖޫސީންނާ ޚިލާފުވާށެވެ."

މިދެޙަދީޘްގައި ތުނބުޅި ދިގުކުރުމުގެ އަމުރުފުޅު ހަތަރު ލަފްޟެއްގައި އައިސްފައިވެ އެވެ. އެއީ الإعفاء :އިސްތަށި ދިގުކުރުމަށްޓަކައި ދޫކޮށްލުން، الإيفاء "ދިގުކޮށް ރައްކައުތެރިކުރުން، إرخاء :ދިގުވުމަށް ދޫކޮށްލުން، توفير:ތުނބުޅި ގިނަކުރުމެވެ."
*****
އަޞްލު ނަގާފައިވަނީ : تبصير الناسك بأحكام المناسك ص 51

 

އަޚުންނޭވެ!

މިއީ ވާރިދުވެފައިވާ ޙަދީޘްފުޅުތަކެވެ. މާތް ރަސޫލާ ﷺ ގެ ބަސްފުޅުތަކެވެ. އެ ރަސޫލާގެ އަމުރުފުޅުތަކުގައި ހިފަހައްޓައި ޤާއިމްވެ ތިބުމަށް ބާވައިލެއްވުނު ވަޙީ އެވެ. ރަސޫލާ ﷺ އެންމެ ބަސްފުޅެއް ދޫކޮށްލައިފިހިނދުގައި ތިބާ މަގުފުރެދި މަގުގެއްލިދާނެކަމަށް ބިރުވެތިވީ ޞަޙާބީން 5 ޙަދީޘް ނުވަތަ އެއަށްވުރެ ގިނަ ޙަދީޘްތައް ވާރިދުވެ އަމުރުފުޅު ކޮށްފައިވާހިނދު ޞަޙާބީން ދޫކޮށްލާނެކަމަށް ބުނުމަކީ ޞަޙާބީންނާ މެދު ކޮންފަދަ ބުހުތާން ބަސްތަކެއް ނިސްބަތްކޮށްފައިވާ މީހެއް ހެއްޔެވެ؟


أبُو بكر الصديق رضي االله عنه ވިދާޅުވެފައިވެ އެވެ. "ތިމަން ޞަޙާބީ ދުވަހަކުވެސް ނަބިއްޔާ ﷺ ކުރެއްވި އެއްވެސް ޢަމަލުފުޅަކަށް ޢަމަލު ނުކުރައްވައި ދުލެއް ނުކުރައްވަމެވެ. އެހެނީ، ނަބިއްޔާ ﷺ ގެ އެއްވެސް އަމުރުފުޅަކަށް ޢަމަލު ނުކުރައްވާ ދޫކޮށްލައިފިނަމަ، ހަމަކަށަވަރުން އަހަރެން މަގުފުރެދިގޮސްދާނެ ކަމަށް އަހަރެން ބިރުވެތިވަމެވެ."

 

މި ރިވާޔަތް ޛިކުރު ކުރެއްވުމަށްފަހު إمام ابن بطة رحمه الله ވިދާޅުވެފައިވެ އެވެ. "އެންމެހައި އަޚުންނޭވެ! މިއީ ޞިއްދީޤުލް އަކްބަރެވެ. ނަބިއްޔާ ﷺ ގެ އެންމެ އަމުރުފުޅަކާ ޚިލާފްވެވަޑައިގެންފި ހިނދު އެބޭފުޅާ މަގުގެއްލި ހަލާކުވެދާނެ ކަމުގެ މައްޗަށް ބިރުފުޅު ހީވެ އެވެ..."
 

އަޚުންނޭވެ! މިއަދު ސެޓްފިކެޓެއް ނަގައިގެން އަންނަ މީހާ އެއަށްވުރެ ބޮޑު ސެޓްފިކެޓް ހޯދުމުން ތުނބުޅިއަށްވާގޮތް ފެންނާނެ އެވެ! އެއަށްފަހު ދުވަސްތަކަކަށް ފަހު ފެންނަނީ ކިހިނަކުން ހެއްޔެވެ؟ ޢިލްމު ޙާޞިލްކުރުމުން ނަފްސަށް ވަންނަ ބިރުވެތިކަމަކީ މިއީ ހެއްޔެވެ؟ މިއީ ޙަޤީޤަތުގައި ޢިލްމުގެ މަތީގައި ޤާއިމްވީ ހެއްޔެވެ؟ ނުވަތަ ފިތުނަވެރިވެ ހަލާކުވުން ހެއްޔެވެ؟

 

 ތުނބުޅި ކޮށާ މީހުންނަކީ ޢިލްމުވެރިނެއް ނޫން - الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله

Like what you see?

Close

Hit the buttons below to follow us, you won't regret it...