ސޫރިޔާގެ ހާލަތު އެހިސާބަށް ގެންދިޔައީ ޖަމްޢިއްޔަތުއް ސަލަފް އިން "ޝެއިޚުން" ކަމުގައި ބަލައިގަތް މީހުންނެވެ! - (الإمام العلامة الشيخ صالح الفوزان حفظه الله ގެ ފަތުވާއަކާއި އެކު (

22 އޮކްޓޯބަރ, 2015
ފިތުނަވެރިކަމަށް ހިތްވަރުދޭ، އިޚުވާނީ ބައިގަނޑެއް
(މިކަމުގެ ޙަޤީޤަތް ލިބިގަތުމަށް ކިޔާލުން ހުރި)
ކަނޑަށް ޣަރަޤުވެ މަރުވި ކުޑަކުދިންނާއި އެނޫން މީހުން - ފިތުނަވެރިކަމަށް ގޮވި މީހުން މި ފާފަ އުފުލަން ޖެހޭނެ
الإمام العلامة الشيخ صالح الفوزان حفظه الله
ސުވާލު: ޝެއިޚަށް، ﷲ ހެޔޮގޮތް މިންވަރު ކުރައްވާށި އެވެ!
ސުވާލުގައި ބުނެފައިވެ އެވެ. މަރުވެފައިވާ ކުޑަކުދިންގެ ފޮޓޯތައް މިދުވަސްތަކުގައި މީސްތަކުންގެ ތެރޭގައި ފެތުރިފައިވެ އެވެ. އަދި 200 އަށްވުރެ ގިނަ ސޫރިޔާ ރައްޔިތުން ކޮންމެވެސް ހިސާބެއްގެ ކަނޑަށް ޣަރަޤުވެފައިވާތަން އަހަރެމެންނަށް ފެނިފައިވެ އެވެ.
ސުވާލުގައި ބުނެފައިވަނީ : ޢަރަބި ރަބީޢު (Arab Spring) އަށް ގޮވާލި އަދި އިންޤިލާބުތަކަށް ގޮވާލި އެކަމަށް ބާރުއަޅާ ހިތްވަރުދިން ދާޢީން (ދަޢުވަތުދިން މީހުން) މި ބޮޑުގެވެންވާ ފާފައިގައި ބައިވެރިވާނެ ހެއްޔެވެ؟
ޖަވާބު: މުސްލިމުން ބައިބައި ކުރުމަށް ގޮވާލި ކޮންމެ މީހަކު އަދި ފިތުނަވެރިކަމަށް ގޮވާލި ކޮންމެ މީހަކު މީގެ ތެރެއަށް ވަންނާނެ އެވެ.
****
ފަތުވާ ނަގާފައިވަނީ : https://goo.gl/iDmDeV
އެންމެހައި އަޚުންނޭވެ!
ކުރިންވެސް އަދި ފަހުންވެސް އަދި ޤިޔާމަތާ ޖެހެންދެންވެސް ސުންނަތުގެ އަހުލުވެރިންގެ ދަޢުވަތަކީ، އިންޤިލާބްތަކަށް ގޮވައިލުމާއި ވެރިންނާ ދެކޮޅަށް ބަޣާވާތްް ކުރުމާއި ހަޅުތާލު ހެދުމަކީ ދީނުގައި ބޮޑުވެގެންވާ ޙަރާމްކަމެއް ކަމުގަ އެވެ.
ވަކި ޙާލަތެއްގައި ކާފަރުވެފައިވާ ވެރިއަކާ ދެކޮޅަށް ނުކުންނަން ހުއްދަވެގެންވީ ހިނދުގައިވެސް އެކަމަށް ޝަރުޠުތަކެއް ކަނޑައެޅިފައިވެ އެވެ.
އަޚުންނޭވެ. މިއަދު ހިތަށާއި، ލަގޮނޑިއަށް ކެތްނުކުރެވޭފަދަ ހިތާމަވެރި މަންޒަރުތައް ފެންނަ ހިނދުގައި އެކަމަށް ތިބާ، ދެރަވެ، ގިސްލެވޭ އިރު ތިބާއަށް ކުޑަކޮށް ވެސް ވިސްނާލެވުނު ހެއްޔެވެ؟ މިކަންތައް މިގޮތުގައި ކުރުމަށް ދަޢުވަތްދިނީ ކޮންބަޔަކު ހެއްޔެވެ؟ އުއްމަތަށް ފާޅުވެފައިވާ ކައްޛާބުން، ދައްޖާލުން، މަގުފުރެދިފައިވާ އިމާމުން ގޮވާ ޢަރަބި ރަބީޢު ކޮބައިބާވަ އެވެ.
ޢަރަބި ރަބީޢުއަކީ މުސްލިމު ދަރިން ކަނޑަަށް ޣަރަޤުވުން ހެއްޔެވެ؟ މުސްލިމުން ރެފިޔުޖީންނަށް ބަދަލުވެ، ގެދޮރެއްނެތި ވިއްސި ވިހާލިވެ ޙާލުގައިޖެހުން ހެއްޔެވެ؟
ތިބާގެ ހިތުގައި މިއަދު ޙަޤީޤީ ރުޅިވެރިކަން އޮންނަންވީ، މި ޙާލަތަށް މުސްލިމް އުއްމަތް ގެނައުމަށް ދަޢުވަތުދިން މީހުންނާއި އެމީހުން ނަށް ވާގިވެރިވެ އެމީހުންގެ ފަހަތުގައި ޤާއިމްވެގެންވާ
އެންމެހައި މަގުފުރެދިފައިވާ މީހުން ދެކެވެ. މިފަދަ ހިތާމަވެރި ޙާލަތެއްގައި މުސްލިމުން ޖައްސާކަށް ހެޔޮ ނުވާނެ ނޫން ހެއްޔެވެ؟
ވިސްނާލުން ހުއްޓެވެ! ފިކުރުކޮށްލުން ހުއްޓެވެ! މިކަމަށް ގޮވާލި މީހުންގެ ސަބަބުން ކިތައް މީހުން ގެދޮރު ނެތިވެ، ކިތައްމީހުން ޢާއިލާ ބަގުރޫޓްވެ، ކިތައް މީހުން ދިރިއުޅުން އޮޔާގޮސް ކިތައް މީހުންވަނީ މަރުވެ ގޮސްފައިވޭ ހެއްޔެވެ؟ މިއަދު މި ބިކަ ޙާލުގައި ޖެހިފައިވާމީހުން ތިބާގެ ލަނގޮޑިއަށް ކެތްނުކުރެވޭ އިރު، ޙަޤީޤަތުގައި މިޙާލުޖެއްސި މީހުންނަކީ ކޮބައިކަމެއް ނޭނގޭކަމަކީ ކޮންފަދަ ބޮޑު ހިތާމައެއްހެއްޔެވެ؟
މިފޮޓޯ މިފަދައިން އެޑިޓް ކުރުމަށްފަހުގައި الشيخ عبد الله بن صلفيق الظفيري حفظه الله ވިދާޅުވެފައިވެ އެވެ. "ކަލޭމެން ދިން ޚުތުބާތަކުންނާއި، ކަލޭމެން ލެވި ހަޅޭކުން، ޤައުމުތަކަށް ވަނީ އަޘަރުކޮށްފައެވެ. އަދި ކަލޭމެންވަނީ ފިތުނަވެރިކަމުގެ މައްޗަށް އިންޒާރުދިން ޢިލްމުވެރިންނަށް ހަޑިހުތުރު ލަޤަބްތަކުން ނަންކިޔާފަ އެވެ. މިހާރު ކަލޭމެން އެ ޤައުމުތަކުގެ މައްޗަށް ހިތާމަކުރަނީ އެވެ."
އާނއެކެވެ. މަގުފުރެދިފައިވާ ޢަރީފީ، މަގުފުރެދިފައިވާ ސަލްމާން އަލް-ޢައުދާ، މަގުފުރެދިފައިވާ ޢާއިޟް އަލް-ޤަރަނީ، މަޤުފުރެދިފައިވާ ނަބީލް-އަލް ޢިވަޟީ މިނޫންވެސް ހަޅުތާލުކުރުމަށާއި އިންޤިލާބަށް ގޮވާލި މީހުން މި ފޮޓޯގައިވެ އެވެ. މިއީ އެ ދުވަސްތަކުގައި ޚުޠުބާތައް ދީ، ހަޅޭއްލަވަމުން ދިޔަ އެންމެ އަޑުހަރު މީހުންނެވެ. ސޫރިޔާ މި ޙާލަތަށް ގެނައުމަށް މި އެންމެހައި އަހުލުވެރިން ވަނީ ގަދައަޅާ މަސައްކަތްކޮށްފައެވެ.
ޙަޤީޤަތުގައި މުސްލިމުން މިޙާލުގައި ޖައްސާފައި، އެތަކެއްބައެއްގެ ގޯތި ގެދޮރު ފަނާވެ، މުސްލިމް ރައްޔިތުން ކަނޑަށް ޣަރަޤުވީ މި މީސްތަކުން އެކަމަށް ހިތްވަރުދީ އެ ޤައުމުތަކުގައިވާ ރައްޔިތުންނަށް ގޮވާލީމަ ނޫން ހެއްޔެވެ؟ ފިތުނައިގެ އަހުލުވެރިންނަށް ތަބަޢަވުމުން ނުކުންނާނެ ނަތީއްޖާއަކީ މިއެވެ. މި މީހުންގެ މައްޗަށް އޮންނަންޖެހޭ ނަފްރަތާއި ޢަދާވާތްތެރިކަން ތިބާގެ ހިތުގައި ކޮބައި ހެއްޔެވެ؟ މި މީސްތަކުންނަށް އިސްލާމްދީން އޮޅުންފިލައިފައިވާ މިންވަރަކީ އިސްލާމްދީނުގައި ޖިހާދު ކުރުމަކީ "މުސްލިމް ޤައުމުތަކުން މުސްލިމުން ފޭބުމާއި" "މުސްލިމް ޤައުމުތަކުގައިވާ އަހުލުވެރިން ގެ ގެދޮރުތައް ފަނާވެ ރެފިއުޖީންނަށްވުމާއި" "މުސްލިމް އަންހެނުންނާއި ކުޑަކުދިން ކަނޑުތަކަށް ޣަރަޤުވުމެވެ."
އެ ދުވަސްތަކުގައި ސީރިޔާ އަދި ޢަރަބި އެހެން ޤައުމުތަކުގައި ފިތުނަވެރިކަމާއި ހަޅުތާލު ނުހެދުމަށް ނަޞޭޙަތްތެރިވެ މި ޟުއްލާލުން ނުކުމެ ޢިލްމުވެރިންގެ މައްޗަށް ބަސްބުނެ އުއްމަތް މިޙާލަތަށް ގެންދިޔައީ އެވެ.
މިއަދު ދިވެހި ޤައުމުގައި ނަންމަޝްހޫރުވެފައިވާ ޖޭ.އެެސް. (ޖަމިއްޔަތު ސަލަފު) ފިކުރަކީ، ގޮތްނޭނގޭ މީހުންނަށް "ވިދާހާ އެއްޗަކީ ރަނެއް ނޫނޭ" ބުނާފަދައިން، ދީނީ ކުލަވަރު ޖެހިފައިވާ ބައިގަނޑޭ ބުނުމުން އެއީ ޙައްޤުބައެއްކަމުގައި މީސްތަކުންނަށް އެމީހުންގެ އެތެރެފުށް ނޭނގި ރިވެތި ތޮއްޓެއްގެ ތެރޭގައިވާ ބައެއްކަމެއް ނޭނގެ އެވެ. ފިތުނަ ފަސާދައިގެ، ހަޅުތާލު ހެދުމާއި، ބަޣާވާތް ކުރުމާއި، ފަސާދައަށް މުސްލިމް ދައުލަތްތައް ޙާލުގައި ޖެއްސުމަށް މަސައްކަތް ކުރި އެންމެހައި ފަރާތްތަކަކީ މި ޖޭ.އެސް. ފިކުރުގެ އަހުލުވެރިންގެ ދަންނަބޭކަލުންނެވެ. އެކަމުގެ ޙަޤީޤަތް ބަޔާންކުރަމެވެ.
1. އިޚްވާނުލް މުސްލިމީން ލީޑަރު ޢަރީފީ
މުސްލިމް ދައުލަތްތަކުގައި އިންޤިލާބް ގެނައުމަށް، މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުމަށް، މިއަދު ސީރިޔާ ފަދަ ދައުލަތްތަށް މި ޙާލަތަށް ގެނައުމަށް ފަތުވާދިން މީސްތަކުންނަށް ހިތްވަރުދިން އެންމެ ވަރުގަދަ އެއް ލީޑަރަކީ ޢަރީފީ އެވެ.
ޢަރީފީ ބުނެފައިވެ އެވެ. "ޖިހާދުނުކޮށް މި އުއްމަތަށް ދިރިހުރުމެއް ނެތެވެ. އަދި އަހަރެމެންނަށް ވެސް ޖިހާދުނުކޮށް ދިރިހުރުމުގެ ޙަޔާތެއްނެތެވެ. ﷲ ޤަންދީ ބުނަމެވެ. އަހަރެމެންގެ ކިބައިން ނިކަމެތިކަމާއި ދެރަކަން ޖިހާދުނުކޮށް ނޫނީ އުފުލިގެން ނުދާނެ އެވެ. އެއްވެސް ޤައުމެއް ޖިހާދެއް ދޫކޮށްލުމުން އެމީހުންގެ މައްޗަށް ނިކަމެތިކަމާއި ދެރަކަން ލިބިގެންދިޔުން ނޫނީ ނުވެ އެވެ. އަދި އެމީހުންގެ މައްޗަށް ކާފަރު މުޑުދާރުވެގެންވާ ދައުލަތްތައް އައިސް އެމީހުންގެ މައްޗަށް ވެރިވެގަތެވެ....."
މިއީ ޢަރަބީ ޤައުމުތަކުގައި އިންޤިލާބަށް ގޮވާލައި، ވެރިންނާ ދެކޮޅަށް ނުކުތުމަށް ހިތްވަރުދީ "ޢަރަބިންގެ ރަބީޢު (ބަހާރު މޫސުން)"ގެ ނަމުން ނަންދީފައިވާ އިންޤިލާބަށް މީސްތަކުންނަށް ހިތްވަރު ދީފައިވާ ގޮތެވެ. މީސްތަކުންނަށް ޖިހާދަށް ގޮވައި ހަޅޭކުން ހަޅޭއްލަވައި މީސްތަކުންނަށް ޖޯޝް އަރުވާފައިވާ ގޮތެވެ. އެހެނަސް އޭނާ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ https://goo.gl/F95sDv
ޖޭ.އެސް ގެ އަހުލުވެރިންނާއި މުސްލިމް ދައުލަތްތައް އަދި ސޫރިޔާ މި ޙާލަތަށް ގެނައުމަށް މަސައްކަތްކުރި، އިންޤިލާބީ ލީޑަރު އަލް-ޢަރީފީ އާ އޮތް ގުޅުން ބަލާލުން ހުއްޓެވެ.
ޖޭ.އެސް ގެ ރައީސް ޢަރީފީގެ ޓުވީޓްތައް، ރީޓުވީޓް ކޮށްފައިވުން.
ޖޭ.އެސް ގެ ދަންނަބޭކަލުން އިންޤިލާބްގެ ލީޑަރުއާ އެކުގައި ދިވެހި ރާއްޖޭގައި ކެއުމާއި ބުއިމުގައި
ޖޭ.އެސް ގެ ލީޑަރުން ޢަރީފީއަށް މަރުޙަބާ ކިޔުމުގައި
މިއީ، އިންޤިލާބުތަކަށް ގޮވާލާ މި ނުލަފާ، އުއްމަތުގެ ޢިލްމުވެރިން އެބަޔަކާ ވަކިވެ، ނަފްސަށް އިންޒާރު ލިބިގަތުމަށް ވިދާޅުވެފައިވާ މީހުންނާ ރާއްޖޭގެ މި ބައިގަނޑުތަކާ އޮތް ގުޅުމެވެ.
އިޚްވާނުނޭވެ! މި އިންޤިލާބްތަކަށް ގޮވާލާ، ޤައުމުތަކުގައި ފަސާދައަށް ހިތްވަރުދިން ދުވަސްތަކުގައި ޢަރީފީ ރާއްޖެ އައިސް އޭނާގެ ބައިވެރިންނާ ބައްދަލުކޮށްފައިވެ އެވެ. ޙަޤީޤަތުގައި މުސްލިމް އުއްމަތްތައް ހަލާކުކޮށް އެ ޤައުމުތައް ވީރާނާކޮށް، އެ ބައެއްގެ ސަބަބުން މުސްލިމް ދަރިންނަށް މިފަދަ ޙާލަތަކަށް ދިއުމުން ސުންނީ ކޮންމެ މުސްލިމަކު މިބައިމީހުން ދެކެ ރުޅި އަންނާނެއެވެ. އެހެނަސް މިއަދު ޖޭ.އެސް އަހުލުވެރިންނަށް މި މީސްތަކުންވީ ޢިލްމުވެރި ދަންނަބޭކަލުން ކަމުގައެވެ!!!
2. އިޚްވާނުލް މުސްލިމީން ލީޑަރު ނާސިރު އަލް-ޢުމަރު
މުސްލިމް ދައުލަތްތަކުގައި އިންޤިލާބް ގެނައުމަށް، މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުމަށް، މިއަދު ސީރިޔާ ފަދަ ދައުލަތްތަށް މި ޙާލަތަށް ގެނައުމަށް ފަތުވާތީ މީސްތަކުންނަށް ހިތްވަރުދިން އެންމެ ވަރުގަދަ އެއް ލީޑަރަކީ ނާސިރު އަލް-ޢުމަރު އެވެ.
ނާސިރު އަލް-ޢުމަރު ބުނެފައިވެ އެވެ. "އެއަށްފަހު މި އިންޤިލާބްތައް އައެވެ. މި އިންޤިލާބްތަކަށް ދެވިފައިވާނަމަކީ ޢަރަބިންގެ ރަބީޢު (ޢަރަބި ބަހާރު މޫސުންArab Spring ) އެވެ. އަހަރެން މި އިންޤިލާބަށް ކިޔާނީ ޢަރަބިންގެ ބަހާރު މޫސުން އަދި ޢަރަބިންގެ ޚަރީފް މޫސުމެވެ. ﷲ އަށް ކުށްތަންވުމަށްޓަކައި ޤާއިމްވެގެންވާ، އެ މުސްލިމް، ފަސޭހަކަމާއި ހިތްްގައިމު ޤައުމުތަކުގެ އަހުލުވެރިންނަށް ރަބީޢު މޫސުމެވެ. އަދި އެތަންތަނުގައިވާ ޙާކިމުންނަށް، ޚަރީފް މޫސުމުގައި ގަސްތަކުން ފަތް ފައިބައިގެންވާ ފަދައިން (ވެރިކަމުން) ފައިބައިގެންދާ ޙާކިމުންނަށް ޚަރީފް މޫސުމެވެ. އެއް ޙާކިމަށް ފަހު އަނެކަކު ފައިބައިގެން ދެއެވެ. އަދި މިފަދައިން ކަންތައް ވެގެންދާ ފަދައިން، ޝާމްގައި ވެސް (އެފަދައިން ވުމެވެ.) އާނއެކެވެ. މިއަދު އަހަރެމެންގެ ވާހަކަތައް އޮތީ ޝާމް އާ މެދުގަ އެވެ."
އިންޤިލާބަށް ހިތްވަރުދީ ނާޞިރު އަލް-ޢުމަރު ދައްކާފައިވާ ވާހަކަ އަޑުއައްސަވާ : https://goo.gl/97IiGe
އެބުނާ ރަބީޢު މޫސުމަކީ މިއީތޯ އެވެ. ޤައުމުތަކުގައި މީސްތަކުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވެ، އަމަން އަމާންކަން ގެއްލި، މުޅި ޤައުމު ކުދިކުދިވެ ބިމާހަމަވެގެން ދިއުންތޯ އެވެ؟ ނާސިރު އަލް-ޢުމަރު ބުނެފައިވާ ޢަރަބި ރަބީޢު މޫސުމަކީ މިއީތޯ އެވެ؟
އިންޤިލާބު ގެނައުމަށް ގޮވާލައި، ހިތްވަރުދީފައިވާ މި ނާސިރު އަލް-ޢުމަރު އާ ޖޭ.އެސް ގެ އަހުލުވެރިންނާ އޮތީ ކޮންފަދަ ގުޅުމެއްތޯ އެވެ.
ޖޭ.އެސް ގެ ރައީސް އަދި ނައިބު ރައީސް ނާސިރު ޢުމަރުގެ ބަސްތައް އެބައިމީހުންނަށް ތަބަޢަވާ މީހުންނަށް ފޯރުކޮށްދިނުމުގައި
ޢަރަބި ޤައުމުތަކަށް އިންޤިލާބަށް ގޮވާލައި ފިތުނަ ފަސާދައަށް ހިތްވަރު ދީފައި، ޢަރީފީ އޭނާގެ ޢައުވާނުންގެ ގާތަށް ދިވެހި ރާއްޖެއަށް އައިގޮތަށް، ނާސިރު އަލް-ޢުމަރު ވެސް އެދުވަސްތަކުގައި އޭނާގެ ޢައުވާނުންގެ ގާތަށް ރާއްޖެ އައެވެ.
.
އުއްމަތުގެ އެންމެ ބޮޑެތި ޢިލްމުވެރިން އެންމެ މަތީދަރަޖައަށް "ޢަރަބި ރަބީޢު" އަށް ގޮވި މީހުންނަކީ ފިތުނަވެރިން ކަމާއި، އެއީ އުއްމަތް އެބައެއްގެ ކިބައިން ސަލާމަތްވެ، ރައްކާތެރިވެ އިންޒާރު ލިބިގަންނަންޖެހޭ ބައެއްކަމުގައި ބަޔާންކޮށްފައިވީ ހިނދުގައި މި އިންޤިލާބަށް ގޮވާލި އަހުލުވެރިންނާ މި މީސްތަކުންނާ އޮތް ގުޅުން ވަރަށް ސާފުކޮށްފެނެ އެވެ.
3. އިޚްވާނުލް މުސްލިމީން ލީޑަރު ސަޢުދް އަލް-ބުރައިކް
މުސްލިމް ދައުލަތްތަކުގައި އިންޤިލާބް ގެނައުމަށް، މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުމަށް، މިއަދު ސީރިޔާ ފަދަ ދައުލަތްތަށް މި ޙާލަތަށް ގެނައުމަށް ފަތުވާދީ މީސްތަކުންނަށް ހިތްވަރުދިން އެންމެ ވަރުގަދަ އެއް ލީޑަރަކީ ސަޢުދް އަލް-ބުރައިކް އެވެ.
ސަޢުދް އަލް-ބުރައިކް ބުނެފައިވެ އެވެ. "މިއަދު ސޫރިޔާ މުޅިން އެހެން ޗާޓަކަށް އަލުން ބަދަލުވެގެން އަންނާނެއެވެ. އެއީ އިރާޤް ކަމުގައިވީ ނަމަވެސް ނުވަތަ ސޫރިޔާގައި ނުވަތަ އިރާން ކަމުގައިވީ ނަމަވެސް ނުވަތަ އަހުވާޒް ކަމުގައިވީ ނަމަވެސް މެއެވެ."
އިންޤިލާބަށް ހިތްވަރުދީ ސަޢުދުލް ބުރައިކް ދައްކާފައިވާ ވާހަކަ އަޑުއައްސަވާ : https://goo.gl/4hY1Pz
ސަޢުދު އަލް-ބުރައިކް އެ ބުނާ ސޫރިޔާގެ އައު ޗާޓަކީ މިއީތޯ؟ އިޚްވާނުންނޭވެ! މި މީސްތަކުންގެ ބުއްދިއަށްވެފައިހުރީ ކިހިނެތްބާ އެވެ؟ ދުނިޔޭގައި ތިއްބެވި އަދި ދުނިޔެ ދޫކުރައްވާފައިވާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ބަސްތަކުގެ މައްޗަށް މި މީހުން ހަދާފައި މިވަނީ ކިހިނަކުންތޯ އެވެ؟ މިފަދަ ލަދެއް ނެތް، މިފަދަ ނުބައިވެގެންވާ ބަޔަކު އުއްމަތުގެ ތެރެއަށް ނުކުމެ، ތިމަންމެންނަކީ ޢިލްމުވެރިން ކަމުގައި ބުނެ، މީސްތަކުން މިއަދު މިފަދަ ނިކަމެތި ޙާލެއްގައި ޖައްސުވައި، މުސްލިމުންނަށް މިފަދަ އިހާނެތިކަން ޖައްސައިފައިވާ މި މީހުންނާ މެދުގައި އެންމެބޮޑުވެގެންވާ ސަމާލުވުމަކުން ސަމާލުވެ، ބޮޑުވެގެންވާ އިންޒާރަކުން އިންޒާރު ލިބިގަންނަން ޖެހޭނެ އެވެ. މިއީ މިއަދު އުއްމަތަށް ޢިލްމުވެރިން ނަޞޭޙަތްތެރިވެ ވަޑައިގެންފައިވާ ގޮތެވެ. އެހެނަސް ޖޭ.އެސް. ފިކުރުގެ އަހުލުވެރިންނަށް އަދިވެސް މި ފިތުނަވެރި، މުސްލިމުންގެ ބިންތައް ހަލާކުކޮށް، މުސްލިމުން ޙާލުގައި ޖެއްސި މީހުންނަކީ ޢިލްމުވެރިންނެވެ.
އަޚުންނޭވެ. ހަޅުތާލުކުރުމާއި، އިންޤިލާބަށް ހިތްވަރުދިން މީސްތަކުންނަށް ފެނުނީ، ދީނުގައި އެ ޙަރާމްކުރެވިގެންވާ ކަންތައްތަކަކީ ޤައުމު ހެޔޮކަމަށް ބަދަލުކޮށްލާނެ އެއްޗެއް ކަމުގައެވެ. އެހެނަސް މި މީސްތަކުން ނުކުމެ، އުއްމަތުގެ އަހުލުވެރިންނަށް ހިތްވަރުދީ މީސްތަކުން ވިއްސިވިހާލި ކޮށްލާ އެ ޤައުމުތަށް ފުނޑުފުނޑު ކޮށްލާ އެކަމަށް މަސައްކަތް ކުރުމުން ފެންނަ ޗާޓު މިއޮތީ އެވެ.
ފިތުނަވެރިކަމަށް ގޮވާ އިންޤިލާބަށް ހިތްވަރުދޭ މި މީސްތަކުންނާ ޖޭ.އެސް އޮތް ގުޅުމަކީ ކޮބައިތޯ އެވެ. ޖޭ.އެސް ގެ ރައީސް މިވަނީ ސޫރިޔާ އަދި އެހެން ޤައުމުތަކަށް މި އިންޤިލާބަށް ހިތްވަރުދިން އެއް ލީޑަރު ކަމުގައިވާ ސަޢުދު އަލް-ބުރައިކްގެ ޓުވީޓްތައް މީސްތަކުންނަށް ފެތުރުމުގަ އެވެ.
4. އިޚްވާނުލް މުސްލިމީން ލީޑަރު ސަލްމާން އަލް-ޢައުދާ
މުސްލިމް ދައުލަތްތަކުގައި އިންޤިލާބް ގެނައުމަށް، މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުމަށް، މިއަދު ސީރިޔާ ފަދަ ދައުލަތްތަށް މި ޙާލަތަށް ގެނައުމަށް ފަތުވާދީ މީސްތަކުންނަށް ހިތްވަރުދިން އެންމެ ވަރުގަދަ އެއް ލީޑަރަކީ ސަލްމާން އަލް-ޢައުދާ އެވެ.
ސަލްމާން އަލް-ޢައުދާ ބުނެފައިވެ އެވެ. "މި (އިންޤިލާބް ތަކަކީ) ފިތުނަ އެއް ނޫނެވެ. އެހެނަސް މިއީ ޤައުމީ އިންޤިލާބެކެވެ. މިއީ އެތަކެއް އަހަރުތަކެއް ވަންދެން މިނިވަންކަމަށްޓަކައި، އަނިޔާވެރިކަމާއި ހައްދުފަހަނައަޅައި ދިއުމާއި ޢަދާވާތްތެރިކަމާއި ދެކޮޅަށް ކުރެވޭ ކަންތައްތަކެވެ. މިހާރު ކަންތައްތައް ހިލިގެން އެއަށް ބާރުލިބި އެ އަތްމައްޗަށް ލިބިފައިވުމެވެ."
އިންޤިލާބަށް ހިތްވަރުދީ ސަލްމާން އަލް-ޢއުދާ ދައްކާފައިވާ ވާހަކަ އަޑުއައްސަވާ : https://goo.gl/KjndNw
ފިތުނަވެރިކަން މީސްތަކުންނަށް ޝަރުޢީ ދަލީލުތައް ފުރަގަހަށް އެއްލާލުމަށްފަހު މި އިންސާނާ ދީނަށް ހަދައިފައިވާ ގޮތް ބަލާލުން ހުއްޓެވެ. އިންޤިލާބަކީ ފިތުނަ އެއް ނޫނެވެ. މިއަދު އެ ޤައުމުތައް އޮތީ ކިހިނަކުންތޯ އެވެ؟
އިންޤިލާބް ތަކަކީ ފިތުނައެއް ނޫން ކަމުގައި ބުނެފައިވާ ސަލްމާން އަލް-ޢައުދާ އާ ޖޭ.އެސް ފިރުރުގެ ބާނީން އަދި ޢައުވާނުން ދެކޭ ގޮތަކީ ކޮބައިތޯ އެވެ.
5. އިޚްވާނުލް މުސްލިމީން ލީޑަރު ނަބީލް-ޢިވަޟީ
މުސްލިމް ދައުލަތްތަކުގައި އިންޤިލާބް ގެނައުމަށް، މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުމަށް، މިއަދު ސީރިޔާ ފަދަ ދައުލަތްތަށް މި ޙާލަތަށް ގެނައުމަށް ފަތުވާދީ މީސްތަކުންނަށް ހިތްވަރުދިން އެންމެ ވަރުގަދަ އެއް ލީޑަރަކީ ނަބީލް އަލް-ޢިވަޟީ އެވެ.
ނަބީލް އަލް-ޢިވަޟީ ބުނެފައިވެ އެވެ. "މި އިންޤިލާބް ތަކަކީ ބަރަކާތްތެރި އެއްޗެކެވެ. ނަޞްރު ހޯދުމުގައި ތޫނުސް (މި ޤައުމުވަނީ) އަހަރެމެންނަށްވުރެ ކުރިއަރައި ގޮސްފަ އެވެ. އަދި ބަޠަލުން ކަމުގައިވާ މިސްރުގެ އަހުލުވެރިން ވެސް ވަނީ (ނަޞްރު ހޯދާފަ) އެވެ. އަދި މިހާރު ޔަމަނުގެ އަހުލުވެރިންވަނީ ނަޞްރު ހޯދުމުގެ މަގުމަތީގައެވެ. އަދި ލީބިޔާގެ ބަޠަލުންނަކީވެސް ހަށިތަށް ޤުރުބާން ކުރުމަށް ލަހެއްފަހެއް ޖެހޭނެ އަހުލުވެރިންނެއްނޫނެވެ. ފަހެ، ސޫރިޔާގެ އަހުލުވެރިންވެސް އެމީހުންގެ ލޭތައް އޮހޮރުވައިގެން އެބައިމީހުން ބާރުވެރިކަން ހޯދާނެއެވެ. މިޢުއްމަތުގެ ތާރީޚުގައި، ޢިއްޒަތް ލިބުނުކަމުގެ މައްޗަށް ޞަފްޙާއެއް ލިޔެވިގެން ދާނެ އެވެ."
އިންޤިލާބަށް ހިތްވަރުދީ ނަބީލް އަލް-ޢިވަޟީ ދައްކާފައިވާ ވާހަކަ އަޑުއައްސަވާ : https://goo.gl/9mUqxD
އިޚްވާނުންނޭވެ. މި ބަސްތައް ކިޔައިފި މީހަކު ދުލުން ޝަހާދަތުގެ ކަލިމަ ބޭ އިޚްތިޔާރުގައިވެސް ކިޔާލެވޭނެ އެވެ. ނުކިޔޭނީ ކީއްވެގެން ހެއްޔެވެ؟ މިސްރުގައި ކިތައް ކިތައް މުސްލިމުންގެ އިންޤިލާބުގެ ސަބަބުން ބިންމައްޗަށް އެބައިމީހުންގެ ލޭ އޮހޮރިގެން ދިޔަ ހެއްޔެވެ؟ ސޫރިޔާގެ އަހުލުވެރިންނަށް ލިބުނު ނަޞްރަކީ ކޮބައިތޯ އެވެ؟ މީސްތަކުން ކަނޑަށް ޣަރަޤުވުމާއި، ބިކަ ޙާލުގައި ޖެހުމާއި، ކާފަރު ޤައުމުތަކަށް ރެފިޔުޖީންގެ ގޮތުގައި ދިއުމާއި، ގޮނޑުދޮށްތަކަށް މުސްލިމް ފުރާނައެއްނެތް ހަށިތައް ލެއްގުން ތޯ އެވެ؟ الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވާ ފަދައިން މި ހުރިހައި ކަންތައްތަކެއްގެ ފާފަ ބޮލުގައި އަޅަންޖެހޭނީ މި ލީޑަރުންތައް ނޫން ހެއްޔެވެ؟
އޭ ނަބީލް އަލް-ޢިވަޟީ އެވެ. ތިބުނާ ނަޞްރަކީ މިއީ ހެއްޔެވެ؟ ޤައުމުތަކުގައި މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅުމާއި މުސްލިމުން ޙާލުގައި ޖެހުން ހެއްޔެވެ؟
އެހެނަސް ޖޭ.އެސް އަހުލުވެރިންނަށް މި އިންޤިލާބަށް ގޮވި މީސްތަކުންނާއި މުސްލިމުން ޙާލުގައި ޖެއްސުމަށް ފިތުނަވެރިކަމަށް ގޮވި އެންމެންނަކީ "ދަންނަބޭކަލުން" ނެވެ.
ދުވަހަކުވެސް ސުންނަތުގެ އިމާމެއް، ޢިލްމުގެ އަހުލުވެރިއެއް، އިންޤިލާބްތަކަކީ ހެޔޮވެގެންވާ ކަމެއްކަމުގައި ސިފަކުރައްވާފައެއް ނުވެއެވެ. އަދި އެއީ އިސްލާމް ދީން ހުއްދަކުރާ އެއްޗެއްގެ ގޮތުގައި ބަޔާންކުރައްވާފައެއް ވެސް ނުވެއެވެ. އެހެނަސް މި ނުލަފާ "ދީނީ ދަންނަބޭކަލުން" ކަމުގައި ދައްކައިގެން އުޅޭ އިވަޟީ ބުނެފައި މިވަނީ އިންޤިލާބް އަކީ ބަރަކާތްތެރި އެއްޗެއް ކަމުގައެވެ. ހުރި ނުބައި ނުލަފާކަމެއްގެ ބޮޑުކަމާއެވެ؟
މިހާ ބޮޑަށް ހައްދުފަހަނައަޅައިފައިވާ، އިސްލާމްދީނުގެ ޙުދޫދުން އެއްކިބައިވެފައިވާ މީސްތަކުންނަކީ ޖޭ.އެސް ގެ އަހުލުވެރިންނަށް ދަންނަބޭކަލުން ކަމުގައިވުމުން، ދަންނަ ހުއްޓެވެ! އުއްމަތުގެ އިމާމުންނަށް މި މީހުންނަކީ ޤަދަރެއް، މަތިވެރިކަމެއް ދީފައިވާބައެއް ހެއްޔެވެ؟
މި ފިތުނަވެރިކަމާއި، އިންޤިލާބަށް ގޮވުމާއި އެކަމުގެ މައްޗަށް އުއްމަތަށް ފާޅުވި އިމާމުންގެ ފަތުވާތަކަށް ބަލައިލުމުން، މި ޖޭ.އެސް ބައިގަނޑުގެ ޙަޤީޤަތް ހާމަވެގެންދެ އެވެ.
العَلاَّمَة الشَّيْخُ محمد بن صالح العثيمين رحمه الله ވިދާޅުވެފައިވެ އެވެ.
"މީސްތަކުން ތިބި ޙާލަތަށްވުރެން ހެޔޮވެގެންވާ ޙާލަތަކަށް ގެނެސްދިން އިންޤިލާބުތަކުގެ ތެރެއިން އެންމެ އިންޤިލާބެއް އަހަރެމެންނަށް ދައްކައިދޭށެވެ. ތިބާއަށް އެކަމަށް ކުޅަދާނަ ހެއްޔެވެ؟ މިއީ ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ."
އަޑުއައްސަވާ : https://goo.gl/oQGt4b
ވިސްނާލުން ހުއްޓެވެ! މިއީ ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކެވެ. މިތަނުގައިވާ ފިތުނަވެރި ލީޑަރުން ބުނެފައިވަނީ "އިންޤިލާބު ތަކަކީ ބަރަކާތްތެރި އިންޤިލާބެވެ." "މިނިވަންކަމަށްޓަކައި ކުރެވޭ އިންޤިލާބެވެ." އަނެކަކު ވަނީ މި އިންޤިލާބުތަކަކީ އެއީ ﷲ ގެ މަގުގައި ކުރެވޭ ޖިހާދަށް ހަދާފައެވެ.
سبحان الله ! މިފަދަ ބަޔަކީ އެއީ ޢިލްމުވެރިން ކަމުގައި ހޯދައިފިމީހާގެ ޙާލަތަކީ ކޮބައިތޯ އެވެ؟ އެއީ ކޮންފަދަ ބައިގަނޑެއްތޯ އެވެ؟ މި ޖޭ.އެސް ގެ އަހުލުވެރިން العَلاَّمَة الشَّيْخُ محمد بن صالح العثيمين رحمه الله ގެ ފަތުވާތަކާއި، އެހެނިހެން ޢިލްމުވެރިންގެ ނަޞޭޙަތް ބޮލާލާ ޖަހާފައިވާގޮތް ބައްލަވާށެވެ.
ޖޭ.އެސް ގެ އަހުލުވެރިން އުއްމަތުގެ އިމާމުން، ޢިލްމުވެރިންގެ ނަޞޭޙަތް ބޮލާލާ ޖަހާފައިވާ މިންވަރު ބަލާލުން ހުއްޓެވެ.
އިންޤިލާބްތަކަށް ފަތުވާދިން މީހުންނާއި، ފިތުނަވެރިކަމަށް ހިތްވަރުދިން އަހުލުވެރިންނާ މެދުގައި ސަޢުދީ ޢަރަބިއްޔާގެ މުފްތީ العَلاَّمَة عبد العزيز آل الشيخ حفظه الله އަރިއަހުގައި ސުވާލު ދެންނެވުމުން ވިދާޅުވި އެވެ.
"އެއީ، އެމީހުންނަކީ ޢިލްމުވެރިންނެއް ނޫނެވެ. އެމީހުންނަކީ ފިތުނަވެރި މީހުންނެވެ. އެއީ އިސްލާމް ދީނަށް ދަޢުވަތުދެވޭނެ ބައެއްވެސް ނޫނެވެ. އެމީހުންނަކީ ފިތުނަވެރި މީހުންނެވެ. ނުބައި ނުލަފާ، ފިތުނަވެރި ބައެކެވެ. އިންޤިލާބްތަކާއި، ހަޅުތާލު ހެދުމަށާއި މަސްރަހު ހަލަބޮލިކޮށްލުމަށް ދަޢުވަތުދޭ މީހުންނަކީ އިސްލާމް ދީނަށް ދަޢުވަތްދޭ ބައެއް ނޫނެވެ."
އަޑުއައްސަވާ : https://goo.gl/EGHAaq
އިންޤިލާބުތަކަށް ފަތުވާދިން މީހުންނާއި، ފިތުނަވެރިކަމަށް ހިތްވަރުދިން އަހުލުވެރިންނާ މެދުގައި العَلاَّمَة صالح الفوزان حفظه الله އަރިއަހުގައި ސުވާލު ދެންނެވުމުން ވިދާޅުވި އެވެ.
"ކިޔަވާ ކުދިންގެ ނަމުން ނަންލިބިގެން، މި އިންޤިލާބުތަކަށް ހިތްވަރުދީ، އެ އިންޤިލާބުތަކަށް ބާރުއަޅާ، މީސްތަކުން އެކަމަށް ނުކުތުމަށް ގޮވާލާ، އެފަދައިން ގޮވާލާ މީހުން، އަދި އެއިން އެބައިމީހުން ބޭނުންވާ ލަނޑުދަނޑިއަކީ މުސްލިމުން ބައިބައި ކޮށްލުމެވެ. އަދި މުސްލިމުންގެ އަތުގައިއޮތް ބާރުވެރިކަން ނެތިކޮށްލުމެވެ. އަދި ފަހަރެއްގައި މި މީހުންނަކީ ޣާފިލުވެފައިވާ ބައެއްގެ ގޮތުގައި ވެދާނެ އެވެ. އޭގެ ނިމުން ހިތިވާނެ ވަރެއް މި މީހުންނަށް އޮޅުންނުފިލައެވެ. އަދި ދީނުގައި އައިސްފައިވާ ދަލީލުތަކަށް ނުބަލައެވެ. ފަހެ މިފަދަ މީހުންގެ ކިބައިން އިންޒާރު ލިބިގަތުން ވާޖިބުވެގެންވެ އެވެ. ފަހެ ހަމަކަށަވަރުން މި މީހުންނަކީ، މަގުފުރެދުމަށް ދަޢުވަތުދޭ މީހުންނެވެ. މި މީހުންނަކީ ފިތުނައަށް ދަޢުވަތުދޭ ފިތުނަވެރި މީހުންނެވެ. އެމީހުންގެ ކިބައިން އިންޒާރު ލިބިގަތުން ވާޖިބުވެގެންވެ އެވެ. އަދި އެމީހުންގެ ބަސްތައް ޤަބޫލުކޮށްގެން ނުވާނެ އެވެ. ސަބަބަކީ އެއީ އިސްލާމް ދީނަށާއި މުސްލިމުންނަށް އޮތް ބޮޑު ގެއްލުމެކެވެ." އަޑުއައްސަވާ : https://goo.gl/DnQyLa
ޖޭ.އެސް ގެ އަހުލުވެރިން މި ފިތުނަވެރި، މަގުފުރެދިފައިވާ، މީސްތަކުންގެ މައްޗަށް ފާޅުވެފައިވާ މީހުންގެ ކިބައިން އިންޒާރު ލިބިގަތީ ހެއްޔެވެ. އުއްމަތަށް މިމީހުންގެ ނުބައިކަން ކިޔައިދީ މީސްތަކުންނަށް ރައްކައުތެރި ވުމަށް ގޮވައިލީ ހެއްޔެވެ؟ ނޫނެކެވެ. މި ހުރިހައި ކަމެއް ކޮށްފައި، ދިވެހިރާއްޖެ އަށް މި ފިތުނަވެރި ކަމަށް ގޮވާލައި، އެއަށް ހިތްވަރުދިން އައް-ޢަރީފީ އަދި ނާޞިރު އަލް-ޢުމަރު އައުމުން އޭނާއަށް މަރުޙަބާ ކިޔައި އެއީ ދަންނަބޭކަލުންތަކެއްގެ ގޮތުގައި ހަދައި އެބައިމީހުން ގޮވައިގެން މިސްކިތްތަކަށް އަރައި މީސްތަކުންނަށް ދަރުސްދިނުމުގައިވީ އެވެ.
ޖޭ.އެސް އަކީ އުއްމަތުގެ ޢިލްމުވެރިންނަށް ކިހާ، ޤަދަރު ކުރާ، ކިހާ ވަރަކަށް ސުންނަތް ފާޅުކޮށް، އެ ސުންނަތާ ޚިލާފްވާ މީހުންގެ މަތިން އިންޒާރު ލިބިގަންނަ ބައެއްކަން ތިބާ ދަންނަމު ހެއްޔެވެ؟ އެމީހުންގެ ބޭރުފުށާއި އެތެރެ ފުށް ދިމާވޭތޯ އެވެ؟ މިބައިމީހުން މިއަދު ސީރިޔާ! ސީރިޔާ! އޭ ގޮވާހިނދުގައި، ސީރިޔާ އަދި އެހެނިހެން މުސްލިމް ޤައުމުތަކަށް މި ޙާލު ޖައްސައި، އެކަމަށް ހިތްވަރު ދިން މީހުންނަކީ މި މީހުންގެ އަޞްޙާބުން، ރަޙްމަތްތެރިންނެވެ. ޙަޤީޤަތުގައި ސީރިޔާ މި ހާލަށް ޖެއްސުމަށް އެކަމަށް ވާގިވެރިވެ، އުއްމަތުގެ ޢިލްމުވެރިންގެ މައްޗަށް ބަސްތައް ބުނެ، ޢިލްމުވެރިންގެ ޤަދަރުކުޑަކުރި މި އެންމެން ދެކެ ރުޅި އަންނަން ޖެހޭއިރު މި ޖޭ.އެސް އަދި އެމީހުންގެ ބައިގަނޑުގެ މީހުން މިވަނީ މި އެންމެހައި ފިތުނަވެރިންނަކީ އެމީހުންގެ ބައިވެރިން ކަމުގައި ހަދައިފަ އެވެ. ސީރިޔާ އަދި އެހެން ޤައުމެކޭ ކިޔައި ބަސްތައް ލިޔެ އަދި ބަސް ބުނުމުގެ އެއްވެސް ހައިސިއްޔަތެއް މި މީހުންގެ ނެތެވެ. ޙަޤީޤަތަކީ މި ހުރިހައި ކަންތަކެއް ކުރިމީހުންނަކީ މި ފިތުނަވެރިން ކަމުގައި ވުމުވެ.
العَلاَّمَة صالح الفوزان حفظه الله އަރިއަހުގައި ސުވާލު ދެންނެވުމުން ވިދާޅުވި އެވެ.
ސުވާލު: ޝެއިޚްއަށް ﷲ ހެޔޮގޮތް މިންވަރު ކުރައްވާށި އެވެ. މީހަކު ސުވާލުކޮށްފައިވެ އެވެ.
ސޫރިޔާއަށް ދިއުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ ފަހެ، އެތަނުގައި ވަނީ (ހަގުރާމައަކީ) އެއީ ޖިހާދެއްތޯ އެވެ؟
ޖަވާބު: ﷲ އަށް ޙަމްދު ހުއްޓެވެ. ކޮންމެ އިންސާނަކުވެސް ފިތުނަތަކުން ސަލާމަތްވެ ހުރުމަކީ އޭނާ ﷲ އަށް ޙަމްދުކުރަން ޖެހޭކަމެކެވެ. ފަހެ، ތިޔައީ ފިތުނަތަކެކެވެ. އިންސާނާ ތިޔަ ފިތުނައިގެ ތެރެއަށް ވަދެގެން ނުވާނެ އެވެ. އޭނާއަށް އޮތީ (ތިޔަ ފިތުނަތަކުން) ދުރުވެ، ވަކިވެ ހުރުމެވެ.
އެހެނަސް އޭނާ މުސްލިމުންނަށް ހެޔޮ ދުޢާ ކުރާށެވެ. މުސްލިމުންނަށް ނަޞްރުލިބުމަށް އެދި ސަލާމަތްކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކުރުން ހުއްޓެވެ.
އެހެނަސް އޭނާ އެތަނަށް ދިއުމަކީ، ހުއްދަވެގެންވާނޭ ކަމެއްނޫނެވެ. (ސަބަބަކީ)
ފުރަތަމައީ : އޭނާގެ ޢާއިލާ އެވެ. އޭނާގެ މަންމަ އާއި ބައްޕަވެ އެވެ. އަދި އޭނާގެ ޢާއިލާ އެވެ.
ދެވަނައީ : ކޮންމެހެންވެސް (ވަލިއްޔުލް އަމްރު) ވެރިޔާގެ އިޛުނަ ލިބެންޖެހޭނެ އެވެ. ކޮންމެހެންވެސް ވެރިޔާގެ އިޛުނަ ލިބެންޖެހޭނެ އެވެ.
ކޮންމެހެންވެސް މި ދެ ކަންތައް ފުރިހަމަވާން ޖެހޭނެ އެވެ. އެއީ މަންމަ އާއި ބައްޕަގެ އިޛުނަ ލިބިގެންވުމާއި، ވެރިޔާގެ އިޛުނަ އެކަމަށް ލިބިފައިވުމެވެ.
ފަހެ ތިޔައީ ފިތުނަތަކެވެ. އިންސާނާއަށް އޮތީ އެއިން ދުރުވެ، ވަކިވެ ހުރުމެވެ.
އާއެކެވެ. އަޑުއައްސަވާ : http://goo.gl/TBaMsx
އަޚުންނޭވެ!
މިއީ ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. ފިތުނަވެރިކަމުގެ ތެރެއަށް ނުވަނުމަށާއި، މިކަމަށް ހިތްވަރުނުދިނުމަށާއި، މީސްތަކުންގެ ކިބައިގައި ބާރުވެރިކަން ނެތި ގަދަފަދަ ބާރުތަކާ ދެކޮޅުނުވުމަށެވެ.
އެހެނަސް ޤައުމުތަކާއި ރަށްތައް މިޙާލަތަށް ގެނައުމަށްޓަކައި ފެންބޮވައިގެންފައިވާ ޖާހިލުން އަދި އެ ޖާހިލުންނަށް ތަބަޢަވެގެންވީ "ޢިލްމުވެރިން" ކަމަށް ހެދިގެން ތިބި އަހުލުވެރިން ޖިހާދޭ! ޖިހާދޭ ކިޔާ ހަޅޭއްލަވާ، މީސްތަކުންނަށް ޖޯޝާއި ފޯރި އަރުވައި ޢަމަލު ކުރަމުން ގެންދިޔަ އެވެ.
ވިސްނާލުން ހުއްޓެވެ! މީސްތަކުންނަށް ޖިހާދޭ ކިޔައި ޖޯޝާއި ފޯރި އަރުވާފައި މި މީސްމީހުން ދިޔައީ ކޮންތާކަށްބާ އެވެ.
ޢަރީފީ މީސްތަކުން ޖޯޝާއި ފޯރި އަރުވައި ބުނެފައިވެ އެވެ. "ޖިހާދުނުކޮށް މި އުއްމަތަށް ދިރިހުރުމެއް ނެތެވެ. އަދި އަހަރެމެންނަށް ވެސް ޖިހާދުނުކޮށް ދިރިހުރުމުގެ ޙަޔާތެއްނެތެވެ. ﷲ ޤަންދީ ބުނަމެވެ. އަހަރެމެންގެ ކިބައިން ނިކަމެތިކަމާއި ދެރަކަން ޖިހާދުނުކޮށް ނޫނީ އުފުލިގެން ނުދާނެއެވެ. އެއްވެސް ޤައުމެއް ޖިހާދެއް ދޫކޮށްލުމުން އެމީހުންގެ މައްޗަށް ނިކަމެތިކަމާއި ދެރަކަން ލިބިގެންދިޔުން ނޫނީ ނުވެއެވެ. އަދި އެމީހުންގެ މައްޗަށް ކާފަރު މުޑުދާރުވެގެންވާ ދައުލަތްތައް އައިސް އެމީހުންގެ މައްޗަށް ވެރިވެގަތެވެ....." މިއީ ޢަރީފީ މީސްތަކުންނަށް ޖިހާދަށް ގޮވައި ހަޅޭކުން ހަޅޭއްލަވައި މީސްތަކުންނަށް ޖޯޝް އަރުވާފައިވާ ގޮތެވެ. އެހެނަސް އޭނާ ދިޔައީ ކޮންތާކަށްތޯ އެވެ؟ https://goo.gl/F95sDv
އާޢިޟް ޤަރަނީ ބުނެފައިވެ އެވެ. "ސީރިޔާގެ ރައްޔިތުންގެ މައްޗަށް ވާޖިބުވެގެންވާ، ޢައިނިއްޔަ ވާޖިބުވެންވާ ކަންތަކުގެ ތެރޭގައި މި ނިޒާމާ ދެކޮޅަށް ހަތިޔާރު އުފުލަންޖެހޭނެ އެވެ...." ބައްޝާރުއާ ދެކޮޅަށް ޖިހާދު ކުރުމަށް ސީރިޔާގެ ރައްޔިތުންނަށް ގޮވާލުމަށްފަހުގައި މީނާ ހުރީ ކޮންތާކުބާ އެވެ؟ ތުރުކީގެ ބަޤީޗާ ތަކުގައި އަދި ޕާކުތަކުގައި މަޖާކުރުމާއި ކުޅިވަރު ކުޅުމުގަ އެވެ؟ https://goo.gl/F95sDv
ބައްޝާރުއާ ދެކޮޅަށް ހަތިޔާރު ހިފައިގެން ނުކުތުން ރައްޔިތުންނަށް ވާޖިބުވެގެންވާ ކަމަށް ގޮވާފައި، އޭގެ އެއްމަސް ފަހުން ތުރުކީގެ ބަގީޗާ ތަކުގައި މަޖާކުރަނީ
މިއީ އުއްމަތަށް ނަޞޭޙަތްތެރިވުން ތޯ އެވެ؟ މީސްތަކުންގެ މައްޗަށް ހަތިޔާރު އުފުލުމާށާއި، ހަނގުރާމަކުރުމަށް ގޮވާލައި މީސްތަކުން ޙާލުގައި ޖައްސާފައި މީސްތަކުންގެ ލޭއޮހޮރުވުމަށް ގޮވާލައި މީނާ ދިޔައީ އާރާމައި އުފާހޯދުމަށް ޕާކުތަކާއި ބަޤީޗާ ތަކަށެވެ. ޅެންކިޔައި ހީސަމާސަ ކުރުމުގައި ޤުރޫޕް ގެ އަހުލުވެރިންނާ އެކުގަ އެވެ.
العَلاَّمَة الشَّيْخُ صالح الفوزان حفظه الله ވިދާޅުވެފައިވާ ފަދައިން މިއަދު ކަނޑުތަކަށް ޣަރަޤުވި އަދި ގޮޑުދޮށްތަކަށް ލައްޤާފައިވާ ކުޑަކުދިންނާއި އެހެނިހެން މީސްތަކުންގެ، މި ހުރިހައި
ކަންތައްތަކެއްގެ ފާފަ އުފުލަން ޖެހޭނީ މި ނުލަފާ ޢާއިޟް އަލް-ޤަރަނީ އަދި އޭނާގެ އަޞްހާބުން ނޫން ދެން ކޮން ބައެއްތޯ އެވެ؟
ޤައުމެއް ފުޑުފުޑުކޮށް އަހުލުވެރިން ޙާލުގައި ޖައްސައި އެމީހުން ގެދޮރުން ނެރުމަށް މަސައްކަތްކޮށް އެއަށް ފަތުވާދިން މީހުންނަށްވުރެ ބޮޑަށް އިންޒާރު ލިބިގަންނަން ޖެހޭނީ ކޮންބައެއްކައިރިން ތޯ އެވެ؟ ޙަޤީޤަތުގައި ސީރިޔާގެ ރައްޔިތުން މި ޙާލަތަށް ގެންދިއުމަށް މަސައްކަތްކުރީ މިމީހުންނޫންތޯ އެވެ؟
މުސްލިމް އަޚުންތަކަކަށް ފިތުނަވެރިކަމަށް ނުކުތުމަށް "ދަންނަބޭކަލުންގެ" ޞޫރައިގައި ނުކުމެ ތިބެ، މުސްލިމް އަޚުންނާއި އުޚުތުން އެމީހެއްގެ ނުވަތަ އެ ޖައްބާރު ވެރިއެއްގެ ކިބައިން ސަލާމަތްވުމަށް ގޮވާލި ހިނދުގައި ތިމާމެންގެ އަމިއްލަ ނަފްސުތައް ޤާއިމްކޮށްފައިވަނީ ތިމާމެންގެ ދޫތަކުން ބަސްބުނެފައިވާ ގޮތަށްތޯ އެވެ؟
މުސްލިމް ޤައުމުތަކުގައި ޖައްބާރު، ވަރުގަދަ ގަދަފަދަ މީސްތަކުންނާ ދެކޮޅަށް ޖިހާދުގެ ނަމުގައި މީސްތަކުން ނުކުތުމަށް ހަޅޭއްލެވި މީސްތަކުން މިއަދު ހިތާމައިގެ މެސެޖްފޮނުވާ ހިނދުގައި، އެ ދުވަހުގައި ލެވި ހަޅޭކަށް ބުނާނީ ކީކޭތޯ އެވެ.
އިޚްވާނުންނޭވެ. ވިސްނާލުން ހުއްޓެވެ. އިސްލާމް ދީނުގެ އެންމެ ޢަދާވާތްތެރިން، ސުންނީންގެ މައްޗަށް އެންމެ ޢަދާވާތްތެރި ރާފިޟީންގެ ބައިވެރިންގެ ގޮތުގައި ޖިހާދޭ ކިޔައިގެން ހަޅޭއްލަވާ މި އެންމެހައި ފިތުނަވެރި، އަނިޔާވެރިކަމުގައިވާ އަދި މީސްތަކުން މަގުފުރައްދާ ބައިގަނޑު ހިމެނެއެވެ. ﷲ ޤަންދީ ބުނަމެވެ. ﷲ ޤަންދީ ބުނަމެވެ. މި މީހުން ޖިހާދޭ، ޖިހާދޭ، ތާޣޫތްއޭ ކިޔައި ހަޅޭއްލަވާ އިރުގައި، މާތް ނަބިއްޔާގެ މައްޗަށް ބާވައިލެއްވުނު ޤުރުއާން ޤަބޫލު ނުކުރާ، އިނގިލިން ޢަދަދު ކުރެވޭ ފަދަ މަދު ޞަޙާބީން ފިޔަވާ، މާތް ނަބިއްޔާގެ އެންމެހައި ޞަޙާބީންނަކީ ކާފަރުން ކަމުގައި ދެކޭ، އަދި ރަސޫލާގެ އަނބިކަނބަލުން .. ގެ މައްޗަށް ޒީނޭ ކޮށްފައިވާ އަންހެނެއް ކަމުގައިބުނާ މީހުންނަށްވުރެ ބޮޑު ތާޣޫތުން ކޮބައިތޯ އެވެ. ރާފިޟީންގެ މައްޗަށްވުރެ ޖިހާދުކުރުން އައުލާވެގެންވާ ބަޔަކު ވޭތޯ އެވެ؟
އެހެނަސް މި މީހުންނަކީ މި ރާފިޟީންގެ ބައިވެރިންނެވެ. ވިސްނާލުން ހުއްޓެވެ. މި މީސްމީހުންނަކީ އިސްލާމް ދީނަށް ކުޑަކޮށްވެސް ހެވެއްލިބުމަށް އެދޭނެ ބައެއްތޯ އެވެ. މި މީސްމީހުންނަކީ ރާފިޟީންގެ ގޮނޑިކޮއްކޮ އެއް ނޫންތޯ އެވެ. މުސްލިމުން ފަސާދަކޮށްލުމަށް އުއްމަތަށް ރާފިޟީން ނެރެފައިވާ އެމީހުންގެ މަންދޫބުން ނޫންތޯ އެވެ؟
ا
لعَلاَّمَة الشَّيْخُ رَبِيْع بن هادي حفظه الله ވިދާޅުވެފައިވެ އެވެ. "ރާފިޟީންނަކީ މުނާފިޤުންގެ ވާރިޘުންނެވެ. އަދި ކިޔެއްހެއްޔެވެ. ރާފިޟީންނަކީ މުނާފިޤުންނަށްވުރެން ވެސް ނުބައިވެގެންވާ ބައެކެވެ. ފަހެ، މުނާފިޤުންނަކީ އެބައިމީހުންގެ ނިފާޤުކަން ފާޅުކުރާބައެއް ނޫނެވެ. މި ރާފިޟީންނަކީ މުނާފިޤުކަން ފާޅުކުރާ ބައެކެވެ. އެގޮތުގެ މައްޗަށް ފޮތްތައް ލިޔެފައިވެ އެވެ. ރާފިޟީން ސުންނަތުގެ އަހުލުވެރިން ކާފަރުކުރެ އެވެ. މުސްލިމުންގެ ލެއާއި، މުދާ އެއީ ޙަލާލު އެއްޗެއްގެ ގޮތުގައިހަދައެވެ. ރާފިޟީންނަކީ ޔަހޫދީން އަދި ނަޞާރާއިންގެ ރަޙްމަތްތެރިންނެވެ. ޔަހޫދީންނާއި ނަޞާރާއިންނަށް އެއްޗެހިކިޔާކަން ފާޅުކުރިކަމުގައިވީ ނަމަވެސް، އެއީ އެމީހުންގެ މަކަރުވެރިކާމާއި ދޮގުހެދުމުގެ ތެރެއިން ކުރާ ކަންތައްތަކެވެ. ތާރީޚްގެ އެންމެ ކުރިންސުރެ ފެންނަން އޮތީ ރާފިޟީންނަކީ ޔަހޫދީންނާއި ނަޞާރާއިންގެ ރަޙްމަތްތެރިން ކަމުގައެވެ. މިއީ މިހާރުގެ ކަންތައްތަކެއް ނޫނެވެ. އެހެނަސް މިހާރު ޔަހޫދީންނާއި ނަޞާރާއިންނާއި އެމީހުން އެކުވެ، ގާތްވެފައިވާލެއް މާބޮޑެވެ. ރާފިޟީންނަކީ މުސްލިމުން ޢަރަބި ޤައުމުތަކުގައި އަދި މުސްލިމް ޤައުމުތަކުގައި ކަތިލަމުންދާ ބައެކެވެ. ކިތައް މުސްލިމުން މަރައިލައިފައިވޭ ހެއްޔެވެ؟ ކިތައް މުސްލިމުންގެ ގެދޮރު ބިމާހަމަކޮށްފައިވޭތޯ އެވެ؟ މުސްލިމުންގެ ކިތައް ޅަ ދަރިން މަރާލާފައިވޭތޯ އެވެ؟ ތިޔަބައިމީހުން ޔަހޫދީންގެ ކިބައިން އިންޒާރު ލިބިގަންނާށެވެ. ނަޞާރާއިންގެ ކިބައިން އިންޒާރު ލިބިގަންނާށެވެ. އަދި ރާފިޟީންގެ ކިބައިން ޔަހޫދީންނާއި ނަޞާރާއިންނަށްވުރެ ބޮޑަށް އިންޒާރު ލިބިގަންނާށެވެ."
އިޚްވާނުނޭވެ! ވިސްނައިފި މީހަކަށް މިއީ ރާފިޟީން މުސްލިމުން ނެތިކޮށްލުމަށް ތައްޔާރުކޮށްފައިވާ މަންދޫބުން ތަކެއްކަން ވިސްނޭނެއެވެ! އެހެނަސް، މިއީ ދީނުގެ "ދަންނަބޭކަލުން" ތަކެއްގެ ގޮތުގައި ބަޔަކު ވަނީ ހަދާފައެވެ.
العَلاَّمَة الشَّيْخُ رَبِيْع بن هادي حفظه الله ވިދާޅުވެފައިވެ އެވެ. "ابن باز رحمه الله އަރިއަހަށް ބައެއް ޚަވާރިޖުން ބަހުސްކުރަން (ޑިބޭޓް ކުރުމަށް) އާދެ އެވެ. އެހެނަސް އެއިން އެއްވެސް މީހަކާ ބަހުސްނުކުރައްވައެވެ." شرح أصول السنة ص 24
ޢިލްމުގައި އެންމެ މަތީފަންތީގައި ޤާއިމްވި، އެންމެހައި އަހުލުވެރިންގެ މައްޗަށް ބަސްބުނެވޭނެ ކަމުގައި ޤާބިލްކަން ލިބިވަޑައިގެންވި އިމާމް ޢަމަލުފުޅު ބެހެއްޓެވި ގޮތަކީ މިއެވެ. ފަހެ މިއަދު ސޫފީންނާއި ރާފިޟީންނާ އެކު މިފޮޓޯތަކުގައި ފެންނަ މީހުން މަޖްލިސް ބާއްވައި، އެމީހުންނާ އެކުގައި ސައިބުއިމާއި މަޖަލުގައި ޤާއިމްވާ "ދީނީ ބައެއްކަމުގައި" ފާޅުވެގެންވާ މި މީހުންނަކީ ޙަޤީޤަތުގައި އިސްލާމީ އުއްމަތުގެ ޢިލްމުވެރިންނޭ ކިޔޭނެ ބައެއްތޯ އެވެ؟
ސޫރިޔާ އަދި އެހެނިހެން މުސްލިމް ދައުލަތްތަކުގައި މުސްލިމުން ހަޅުތާލު ކުރުމަށް، އިންޤިލާބުތައް ގެނައުމަށް، ޖިހާދުގެ ނަމުގައި ނުކުތުމަށް ގޮވާލި މީހުންނަކީ މި އެވެ. މި މީހުންނަކީ ޔަހޫދީން އަދި ނަޞާރާއިންގެ ކޮނޑިކޮއްކޮ ކަމުގައި މިވަނީ ފެނިފައެވެ. އަދި މުސްލިމުންގެ ދީނާއި މުސްލިމުން ތަބަޢަވާ ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގެ މައްޗަށް ކާފިރުވެގެންވާ ރާފިޟީންނަށް ޚިދުމަތް ކުރާ ރާފިޟީންގެ ލަނޑުދަނޑި ތަންފީޛުކުރާ ބައެއްގެ ގޮތުގައިވާ މީހުންނެވެ.
ޢަރަބި ދުނިޔޭގައިވާ މުސްލިމް ދަޢުލަތްތައް ވިއްސިވިހާލި ކޮށް، މުސްލިމުންނަކީ އެއްބައިވަންތަ އަޚުވަންތަ ބައެއްގެ ގޮތުގައި ނުތިބުމަށް ރާފިޟީން ކެނޑިނޭޅި މަސައްކަތް ކުރަމުންދެ އެވެ. މިކަމަށްޓަކައި މުސްލިމުންގެ ތެރެއިން އެމީހުންގެ މަޤްޞަދު ޙާޞިލް ކުރުމަށް ރާފިޟީން ހޯދައިގަތް ބަޔަކީ މިއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ޢަރަބި ދަޢުލަތްތައް ފަސާދަކޮށް ސުންނީ މުސްލިމުން ޙާލުގައި ޖައްސައި މުސްލިމުން ބައިބައިކޮށް އެމީހުންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ހެދުމަށް، މި ބައިމީހުން ފަތުވާނެރުނެވެ. އެއީ ޖިހާދު ކުރުމުގެ ނަމުގަ އެވެ. މުސްލިމުންނަށް ކާމިޔާބީ ހޯދުމުގެ ނަމުގަ އެވެ. ޢަރަބި ރަބީޢުގެ (Arab Spring) ނަމުގަ އެވެ. މިއަދު މި "ޢިލްމުވެރިން" ދިން ފަތުވާތަކުގެ ސަބަބުން މުސްލިމުންގެ ޙާލަތު އޮތް ގޮތް ބަލާލުން ހުއްޓެވެ. ރާފިޟީންގެ ލަނޑުދަނޑި ޙާޞިލްނުވޭތޯ އެވެ؟
ރައްބާނިއްޔަ، ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތައް ވަރަށް ސާފެވެ. އަދި އެ ޢިލްމުވެރިންގެ ބަސްފުޅުތައް މީސްތަކުންނަށް ނަޤުލުކުރުމުގައިވީ އަހުލުވެރިންވެސް އެހާމެ ސާފުކަންމަތީގައި އެ ބަސްފުޅުތައް ފެތުރިއެވެ.
މި ނުބައިވެގެންވާ، މުސްލިމުން އަބަދުމެ ޤަތުލުކުރަމުންދާ ރާފިޟީ ގެ ބައިވެރިން ކަމުގައިވާ ޢާއިޟް އަލް-ޤަރަނީ، ސަލްމާން އަލް-ޢައުދާ، ސަޢުދުލް ބުރައިކް އަދި މިނޫން ވެސް "ޢިލްމުވެރިން" އަދި އެމީހުންނަށް ތަބަޢަވާ މީހުން ވަރަށްވެސް ސާފެވެ.
އިޚްވާނުންނޭވެ! الشيخ صالح الفوزان މިއީ، ފިތުނަވެރި ކަމެއްކަމަށާއި ދިއުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ގޮތުގައި ވިދާޅުވުމުން އެފަތުވާއަށް ނިޞްބަތްކޮށް މި ވީޑިއޯގައި ފެންނާނީ، އިޚްވާނީންގެ އެއްލީޑަރު سعد البريك (ސަޢުދު އަލް-ބުރައިކް) ، الشيخ صالح الفوزان ދެރަ ނިކަމެތިކޮށް، އަގުދަށްކޮށް ބުނެފައިވަނީ
"އެބައިމީހުން ވެއްޓިގެން އެދިޔައީ ހަމަ، ފިތުނައިގެ ތެރެއަށެވެ."
އުއްމަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ އަގު ދަށްކޮށް، އެ ޢިލްމުވެރިންގެ ހައިބަތު ދެރަކޮށް ހަދައިފައިވާ މި މީހުން ޝީޢީ ރާފިޟީ އިމާމުންނަށް ނިޞްބަތްކޮށް ބުނެފައިވަނީ އެއީ އިމާމުންނެވެ.
ރާފިޟީންގެ އެއް ލީޑަރު ކަމުގައިވާ الصفار އަށް ނިސްބަތްކޮށް سعد البريك (ސަޢުދު އަލް-ބުރައިކް) ބުނެފައިވަނީ "އަހަރެމެންގެ އަޚް ،،،،، ފަޟީލަތުއް ،،،،، އަލް-އިމާމް" މި ވީޑިޔޯއިން އެކަން ފެނިގެން ދާނެ އެވެ. goo.gl/TBaMsx
އަޚުންނޭވެ! الشيخ صالح الفوزان ވިދާޅުވަނީ އެއީ ފިތުނަވެރިކަމެކެވެ. سعد البريك (ސަޢުދު އަލް-ބުރައިކް) ބުނަނީ ފިތުނުވެރިކަމުގެ ތެރެއަށްވެއްޓިފައިވަނީ އެބައިމީހުން (الشيخ صالح الفوزان) އެވެ.
ވިސްނާލުން ހުއްޓެވެ. ހައްދުފަހަނައަޅައިފައިވާ، ލަދެއް ގޮތެއްފޮތެއް ނެތް މީހެއްނޫނީ މިފަދައިން ބުނާނެ ހެއްޔެވެ. ރާފިޟީންގެ އިމާމަކާ ދިމާލަށް "އަހަރެމެންގެ އަޚް" "އަލް-އިމާމް" އޭ އިސްލާމް ދީން ދަންނަ މީހަކު ބުނާނެ ހެއްޔެވެ؟ ރާފިޟީންނަކީ ޝައިޠާނާގެ އަޚުންނެވެ.
ވުމުން، ޖިހާދޭ، ޖިހާދޭ ކިޔާ ގޮވީ ކޮންބައެއް ހެއްޔެވެ، ރާފިޟީންނަށް ޚިދުމަތް ކުރުމަށް އިސްލާމީ ފޭރާމުން ފޭރާން ލައިގެންތިބި މި މީހުންނެވެ. މި ފިތުނަވެރިކަމަށް އަލިފާން އަޅައި ރޯކޮށް، މުސްލިމުން މިފަދަ ހިތްދަތި ޙާލަތަށް ގެނެސް، މުސްލިމުން ކަނޑުތަކަށް ޣަރަޤުކޮށް، ކުޑަކުދިން ގޮނޑުދޮށްތަކަށް ލެއްގުމުން މުސްލިމުން ޣަރަޤުވަނީ އޭ! ޢަރަބި ދައުލަތްތަކުން ރެފިޔުޖީން ނުބަލައޭ! މިފަދައިން މި މީސްތަކުންނަށް ބުނުން ޙައްޤުވޭ ބާއެވެ!
ވިސްނާލުން ހުއްޓެވެ. ޙައްޤުބަސް ފާޅުވުން އައުލާވެގެންވަނީ الشيخ صالح الفوزان حفظه الله އަރިއަހުންތޯ އެވެ؟ ނުވަތަ ރާފިޟީންގެ ގޮނޑިކޮއްކޮ ސަޢުދުލް ބުރައިކް އަދި އޭނާގެ އަވައިގައި ޖެހިފައިފާ އާދަމް ނިޝާންފަދަ، އާދަމް ޝަމީމް ފަދަ މީސްތަކުންގެ ފަރާތުން ތޯއެވެ؟
ތިމަންމެންނަކީ ޢިލްމުވެރިންގެ ބަސްތަކަށް ތަބަޢަވާކަމަށް ގޮވާލާ މި މީހުންގެ ޙަޤީޤަތަކީ ކޮބައިކަން ނުފެނޭ ހެއްޔެވެ؟ މީސްތަކުންނަށް މި މީހުންގެ ސަބަބުން އަޘަރު ނުކުރޭ ހެއްޔެވެ؟ މި މީހުންގެ ބަސްތަކަށް ހެއްލި މީސްތަކުންގެ އަތްތަކުން އަމިއްލަ ދައުލަތްތަށް ލޭގެ ކޯރުތަކަށް ނަހަދާ ހެއްޔެވެ؟ މި މީސްތަކުންގެ ސަބަބުން މުސްލިމުން ރެފިއުޖީންނަށްވެ، މުސްލިމުން ކަނޑަށާއި އެއްގަމަށް މަރުވެ ލައްޤަމުން ދިޔުމުން، އޭގެ ފަހުގައި މިފަދަ ފަތުވާ ދިން މީހުން ތިމަންމެން ހިތާމަ ކުރަމޭ ބުނުމުން، ޙަޤީޤަތުގައި އެކަމެއް ކޮށްފައި އޭގެފަހުގައި ކުރަންވީ ހިތާމަ ހެއްޔެވެ؟ އުއްމަތުގެ ބޮޑެތި ޢިލްމުވެރިންގެ މައްޗަށް ބަސްބުނެ ހައްދުފަހަނައަޅައިފައި ވީތީވެ، ތިމާގެ އަގު ތިމާއަށް ވަޒަންކޮށް މީސްތަކުންގެ ކުރިމަތީގައި ތަޥްބާވާން ނުވޭ ހެއްޔެވެ؟
އަޚުންނޭވެ! އުއްމަތުގައިވާ އެންމެ ބޮޑެތި އިމާމުންގެ މައްޗަށް މިމީހުން މިވަނީ ބަސްބުނެފަ އެވެ. الشيخ صالح الفوزان حفظه الله ގެ މައްޗަށްެ الشيخ عبد المحسن العباد حفظه الله ގެ މައްޗަށް الشيخ صالح السحيمي حفظه الله ގެ މައްޗަށްެ އަދި އެނޫން އެންމެހައި ސަލަފީ މަޝާއިޚުންގެ މައްޗަށް މި މީހުން ވަނީ ބަސްބުނެފަ އެވެ. މިއަދު މި މީހުން "ޖިހާދޭ" ކިޔައި ފަތުވާދިން ޤައުމުތަކުގެ އަހުލުވެރިންނަށް ވެފައިވާ ގޮތް ފެނިފައި "ހިތާމަ ކުރަމޭ" ބުނުމުން އެއީވެސް މި މީހުން މީސްތަކުންނަށް އޮޅުވައިލުމަށް ބުނާބަސްތަކެވެ.
ޙައްޤު ގޮތުގައި ބުނުންއޮތީ، ރާފިޟީން އަބަދުމެ އަބަދު ބޭނުންވަނީ، ސުންނީން ފުނޑުފުނޑުވެ، ބަލިކަށިވެ، ޤަތުލުވެގެން ދިއުމެވެ. ޔަހޫދީންނެއް، ނަޞާރާއިންނެއް، ރާފިޟީންނެއް އައިސް އެފަދަ ފަތުވާއެއް ނުދެ އެވެ. އެހެނަސް އެފަދަ މުސްލިމް ޤައުމުތަކަށް ޖިހާދޭ ކިޔައި، އަނިޔާވެރި ވެރިންނާ ދެކޮޅަށް ނުކުންނާށޭ ކިޔައި ފަތުވާ ދިނީ މުސްލިމުންގެ ތެރެއިން ރާފިޟީންގެ ޢައުވާނުން ކަމުގައިވާ ރާފިޟީންގެ ގޮނޑިކޮއްކޮ ތަކެވެ. އަދި އެމީހުންނަށް ތާއީދު ކުރި އަހުލުވެރިން އެ ގޮނޑިކޮއްކޮތައް ދިން ފަތުވާތައް ނަގައި އެ ފިތުނައަށް އަލިފާން އެޅީ އެވެ.
الشيخ صالح الفوزان حفظه الله ގެ މައްޗަށް ކުޑައިމީސް ބަސްބުނި ސަޢުދުލް ބުރައިކް ޝެއިޚުންނަށްވީ ކޮންބަޔަކަށްތޯ؟ ސޫރިޔާ މިއަދު އޮތް ޙާލަތަށް ގެންދިޔުމަށް ފަތުވާދިން މީހުންނަކީ މި މީހުންނަށް ޝެއިޚުންނެވެ.
ޖޭ.އެސް ބައިގަނޑުގެ ޙަޤީޤަތަކީ މި އެވެ.
މި ފިކުރުގެ އަހުލުވެރިންނަކީ މި އެވެ. އިންޤިލާބް ތަކަށް ގޮވާލާ މީހުންނަކީ ޖޭ.އެސް ފިކުރުގެ "ދަންނަބޭކަލުންގެ" ޝެއިޚުންނެވެ. މުސްލިމް ޤައުމުތަކުގައި ބަޣާވާތް ކުރުމާއި، ޖިހާދުގެ ނަމުގައި ހިންގާ އެންމެހައި ޖަރީމާތްތަކަކީ މ ފިކުރުގެ އަހުލުވެރިންގެ ޢަމަލެވެ. ސޫެރިޔާ މިއަދު އޮތް ޙާލަތަށް ގެނައުމަށް، މުސްލިމް ދަރިން ރެފިއުޖީންނަށްވެ، އަމިއްލަ ޤައުމުން ބޭރުވެ، ގޮތް ހުސްވެ ކަނޑުތަކުގެ ތެރެއަށް މީސްތަކުން ޣަރަޤުވެގެން ދިއުމުގެ ޒިންމާ އުފުލަންޖެހޭ އެންމެހައި "ދަންނަބޭކަލުންނަކީ" މި ޖޭ.އެސް ފިކުރުމީހުންގެ "ޝެއިޚުން" ނެވެ. މިއަދު އަޖައިބުވެ އަންތަރީސްވާ ކަމަކީ، މީސްތަކުން ރެފިއުޖީންގެ ޙާލަތަށް ގެނައުމަށް މީސްތަކުންނަށް ހިތްވަރުދިން މި "ދަންނަ ބޭކަލުން" ޖޭ.އެސް ފިކުރު މީހުންނަށް ގޯސް ނުވެ، އެ ރެފިޔުޖީންނަށް ޤައުމުތަށް އަޅާ ނުލައޭބުނެ އެ ޤައުމުތަކަށް އެއްޗެހި ކިޔުމެވެ.
މިއީ ކޮންފަދަ ޢަދުލެއް އަދި އިންސާފެއް ދަންނަ ބައެއްތޯ އެވެ؟ ޢިލްމުގެ އަހުލުވެރިން އެޔަބެއްގެ ކައިރިން އިންޒާރު ލިބިގަތުމަށް ނަޞޭޙަތްތެރިވެފައިވާ އެންމެންނަނީ މި ޖޭ.އެސް ފިކުރުގެ އަހުލުވެރިންގެ ދަންނަބޭކަލުންނެވެ.
މި ބައިގަނޑުގެ ޙަޤީޤަތަކީ މި އެވެ. ދީނުގެ ނަމުގައި މީސްތަކުންނަށް ބާޠިލް ދެއްކުމެވެ. އުއްމަތުގެ ޢިލްމުވެރިންނާ ޢާންމު ރައްޔިތުންނާ މެދުގައި އޮންނަންޖެހޭ ގުޅުން ކަނޑުވާލައި، ޖޭ.އެސް ފިކުރުގެ "ދަންނަބޭކަލުން" އެއީ މީސްތަކުން އަޑުއަހަން ޖެހޭ މީހުންކަމުގައި ހެދުމެވެ.
ޖޭ.އެސް ގެ އަހުލުވެރިން "ދަންނަބޭކަލުން" ގެ ގޮތުގައި ހަދައިފައިވާ މި މީސްތަކުންނަކީ ފަސާދައަށް އަދި ފިތުނައަށް މީސްތަކުން ގެންދިއުމުގައިވާ ލީޑަރުންނެވެ. ފަސާދައިގެ އިމާމުންނެވެ. މި މީހުންގެ ފަތުވާތަކުގެ ސަބަބުން ޤައުމުތަކާއި، މުސްލިމް ރައްޔިތުންނަށް ދިމާވެފައިވާ ހިތި ނަތީއްޖާ އެއްވެސް އިންސާނެއްގެ ލޮލަށް ވަންހަނާއެއް ނުވާނެ އެވެ. މިފަދަ ބަޔަކަށް ޘަނާކިޔައި، މަތިވެރިކޮށް ހަދާ ބަޔަކާ މެދުގައި ޢަމަލު ކުރަންޖެހެނީ ކިހިނަކުން ހެއްޔެވެ؟
العَلاَّمَة صالح الفوزان حفظه الله އަރިއަހުގައި ސުވާލު ދެންނެވުމުން ވިދާޅުވި އެވެ.
"މަގުފުރެދިފައިވާ ޢިލްމުވެރިންނަށާއި، ނުބައި މީސްތަކުންނަށް ޘަނާގެ ބަސްތައް ކިޔާމީހަކު ތިބާއަށް ފެނިއްޖެ ހިނދުގައި، ތިބާ ދަންނާށެވެ. އެފަދަ މީހަކީ ފަސާދަ ވެފައިވާ، މަގުފުރެދިފައިވާ މީހެކެވެ."
ފަތުވާ އަޑުއައްސަވާ:http://goo.gl/ivn5Bb