5 މުސްލިމް ވެރިންނަށް ޕެޓިޝަން ހުށެހެޅުމާއި ވެރިންނަށް ދެވޭ ނަޞޭޙަތުގެ ވާހަކަތައް ރައްޔިތުންނަށް އިޢުލާނުކޮށް ބުނެދިނުމުގެ ޙުކުމް. - العلامة الإمام ابن العثيمين -رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

މުސްލިމް ވެރިންނަށް ޕެޓިޝަން ހުށެހެޅުމާއި ވެރިންނަށް ދެވޭ ނަޞޭޙަތުގެ ވާހަކަތައް ރައްޔިތުންނަށް އިޢުލާނުކޮށް ބުނެދިނުމުގެ ޙުކުމް. - العلامة الإمام ابن العثيمين -رحمه الله

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ އަޤީދާއާއި މަންހަޖު العقيدة والمنهج

ޝެއިޚް ވިދާޅުވެފައިވެ އެވެ. "އެހެނަސް ނަޞޭޙަތްދިނުން ވާޖިބުވެގެންވަނީ، އަދި އިންސާނާއަށް ވާޖިބުވެގެންވަނީ ވެރިޔާއަށް ނަޞޭޙަތް ބަޔާންކޮށްދިނުމަށް، ބޭނުންވާ މަޤްޞަދު ޙާޞިލްކުރެވޭނެ އެންމެ ކައިރި މަގެއް ޚިޔާރުކުރުމެވެ. ވަލިއްޔުލް އަމްރު އަށް ލިޔުމުން ބަޔާންކޮށްދިނުމެވެ.


އެހެނަސް އެއްވެސް ގޮތަކަށް ޕާޓީ ހަދައިގެން، (މިފަދައިން ޢަމަލުކޮށްގެން ނުވާނެ އެވެ.) އެގޮތުން މީސްތަކުންގެ ދެކޭގޮތްތައް (ރައުޔުތައް) ޖަމަޢަކޮށް، ނުވަތަ މީސްތަކުންގެ ސޮއިތައް ޖަމަޢަކޮށް ޢަމަލުކޮށްގެން ނުވާނެ އެވެ. ސަބަބަކީ މިއީ އެއްވެސް ފައިދާއެއް ނުކުންނާނެ ކަންތަކެއް ނޫނެވެ. އެހެނަސް ވެރިޔާއަށް އޮތީ ޙައްޤު ބަޔާންކޮށްދިނުމުގެ މައްޗަށް ބިނާކޮށް ނަޞޭޙަތްދިނުމެވެ. (އެ ނަޞޭޙަތްތަކުގައި) ވެރިޔާގެ މައްޗަށް ބަދުބަސްބުނުމާއި، ދެރަކުރުމެއް ނުވާގޮތުގަ އެވެ. އެފަދަ ނަޞޭޙަތް ލިޔެ ވެރިޔާއަށް ގެންގޮސްދިނުމެވެ. ނުވަތަ ވެރިޔާގެ ކައިރިއަށް ވަދެވޭނެ މީހެއްގެ އަތަށް ދީފައި ވެރިޔާގެ އަތަށް ދިނުމެވެ.


އަދިވެސް ވިދާޅުވި އެވެ. "ޢިލްމުވެރިންނަށް އެބައިމީހުން ވެރިން ކުރާކަންތައް އިންކާރު ކުރުމަށް ބޭނުންވާ ހިނދުގައި، މީސްތަކުންނަށް އެކަންތައް އިޢުލާނުކޮށްގެން ނުވާނެ އެވެ. މިއީ އެބައިމީހުންނަށް ވާޖިބުވެގެންވާ ކަމެއް ނޫނެވެ. އަދި ކިޔެއްތަ! މިއީ އެބައިމީހުންނަށް ހުއްދަވެގެންވާ ގޮތެއް ނޫންކަމުގައި އަހަރެމެން ބުނަމެވެ. އެގޮތުން މީސްތަކުންގެ ކައިރީގައި، "އަހަރެމެން ވެރިޔާ ކައިރީގައި، މިފަދައިން ބަޔާންކުރީމެވެ. އަހަރެމެން ވެރިޔާއަށް މިފަދައިން ބަޔާންކުރީމެވެ." މިގޮތަށް އެބައިމީހުން ޢަމަލުކޮށްގެން ނުވާނެ އެވެ.
އެބައިމީހުން މިފަދައިން ބަސްތައް (މީސްތަކުންގެ ކައިރީގައި) ބަޔާންކުރާ އިރު، އެއްގޮތަކީ އެބައިމީހުން ބަސްތައް ބަޔާންކުރުމަށްފަހުގައި، ވެރިޔާ އެބައިމީހުންގެ ނަޞޭޙަތް އަޑުއަހައި (އެގޮތުގައި ކިޔަމަންވެ ދެމިހުރުމެވެ.) އަދި ވެރިޔާ އެކަންތަކުން ބަދަލުވެ ދިއުމެވެ. ނުވަތަ ވެރިޔާ (އެ މުންކަރާތް) ބަދަލު ނުކުރުމެވެ. ފަހެ، އެހިނދުގައި (އެބައިމީހުން ވެރިޔާއަށް ނަޞޭޙަތް ދީފީމޭ ބުނެ ކިޔަމަންނެއް ނުވިއޭ ބުނެ މީސްތަކުންގެ ތެރެއަށް އެގޮތުގައި ފެތުރުމުން) ޢާންމު މީސްތަކުންގެ ހިތްތަކުގައި އެ ވެރިޔާގެ މައްޗަށް ނަފްރަތާއި (ރުޅިވެރިކަމުން) ހިތްތައް ފުރިފައިވާނެ އެވެ. ފަހެ، އިންސާނަކަށް އޭނާގެ ވެރިޔާއަށް (ނަޞޭޙަތް ދިނުމަށްފަހުގައި) އޭނާއަށް ކިޔަމަންވިޔަސް އަދި ކިޔަމަން ނުވިޔަސް، ވެރިޔާއަށް ނަޞޭޙަތް ދީފީމޭ ބުނުން ހުއްދަވާނެ ހެއްޔެވެ؟
ފަހެ، ވެރިޔާއަކީ ޙުރުމަތްތެރިކަން ލިބިގެންވާ ފަރާތެވެ. އިންސާނުންނަށް އޮތީ ވެރިންނަށް (ނަޞޭޙަތް ލިޔެ) ބަޔާންކޮށްދިނުމެވެ. މީސްތަކުންގެ ތެރެއަށް އެ ބަސްތައް ބަޔާންކޮށް ފާޅުކޮށް އިޢުލާނުކޮށްގެން ނުވާނެ އެވެ.
ބަސްތައްނަގާފައިވަނީ : http://goo.gl/4lCuiH

 

ދުނިޔެ ދެކެފައިވާ އެންމެ ބޮޑެތި ޢިލްމުވެރިން ދީނުގެ މިފަދަ މައްސަލަތަކުގައި އުންމަތަށް ނަޞޭހަތް ތެރިވެފައިވަނީ މިފަދައިންނެވެ. މިއީ އެ ޢިލްމުވެރިންގެ މަންހަޖެވެ. އެހެނަސް ތިމާމެންނަކީ "ސަލަފުން" އަދި "ޢަދާލަތުގައިވާ" ކަމަށް ދަޢުވާކުރާ މި މީސްތަކުންގެ ހާލަތާއި ޢަމަލު މި ޢިލްމުވެރިންގެ ބަސްތަކުން އަޅުވާ ކިޔައި ތިބާ ހައްޤު ހޯދުން ހުއްޓެވެ. ތިރީގައި އެވަނީ ވެރިންނަށް ޕެޓިޝަނު ހުށައަޅައި "ދީނީ ދަންނަބޭކަލުން" ގޮތުގައި ނަން މަޝްހޫރު މީހުން ކޮށްފައިވާ ކަންތައްތަކެވެ.

12.jpg

photo_2015-02-11_23-06-51.jpg

އަޤީދާއާއި މަންހަޖު العقيدة والمنهج: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

މަންހަޖާއި ޢަޤީދާގައި ޚިލާފުވުމުން އެއްބައެއް ނުވެވޭނެ - الشَّيْخ صَالِح بن فَوْزَان الفَوْزَان حفظه الله | 26 އޮކްޓޯބަރ 2016

ޙައްޤުވަނީ ހަމައެކަނި ސަލަފީ މަންހަޖުގައި - الإِمَامُ العَلاَّمَة الشَّيْخُ رَبِيْعُ بنْ هَادِيْ حفظه الله | 13 ނޮވެމްބަރ 2015

ޒުވާނުން ބިދުޢަވެރިންނާ މެދު ޢަމަލުކުރަންވީ ގޮތް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 11 ނޮވެމްބަރ 2015

ސުންނަތުގެ އަހުލުވެރިންނަށް މާތްކޮށް ހިތުމަކީ ސަލަފީ މަންހަޖުގެ އުޞޫލެއް އަދި ހަމަ އެފަދައިން ބިދުޢައިގެ އަހުލުވެރިންނަށް ޤަދަރު ކުރުމާއި، މާތްކޮށް ހިތުމަކީ ޙަރާމްވެގެންވާ ކަމެއް - الإمام عَبْدُ اللَّهِ بْنُ أَحْمَدَ بْنِ حَنْبَلٍ | 27 މެއި 2015

 ޞަލަފުއް ޞާލިހުންގެ މަންހަޖުގައި ވަރުގަދައަށް ހިފަހައްޓާ - فضيلة الشيخ الدكتور عبد السلام السحيمي حفظه الله | 24 އޮކްޓޯބަރ 2014

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...