5  ބައިޢަތު ހިފަންޖެހޭނީ އެއްމެހައި މުސްލިމުންގެ މައްޗަށް ފާޅުވެގެންވާ އިމާމްއަށް (ޚަލީފާއަށް) ކަމުގައި ދެކޭ މީހާއަކީ މަގުފުރެދިފައިވާ މީހެއް - الشيخ العثيمين رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ބައިޢަތު ހިފަންޖެހޭނީ އެއްމެހައި މުސްލިމުންގެ މައްޗަށް ފާޅުވެގެންވާ އިމާމްއަށް (ޚަލީފާއަށް) ކަމުގައި ދެކޭ މީހާއަކީ މަގުފުރެދިފައިވާ މީހެއް - الشيخ العثيمين رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ވެރިންނަށް ބައިޢަތު ހިފުން

މިއަދު އެކި ދައުލަތް ތަކުގައިވާ ވެރިންނަށް ބައިޢަތު ހިފަން ނުޖެހޭނެ ކަމަށް ބުނާ މީހާއަކީ މަގުފުރެދިފައިވާ މީހެއް، އަދި އޭނާ މަރުވެދާނީ ޖާހިލިއްޔަ މަރެއްގައި

الشيخ العلامة محمد بن صالح العثيمين رحمه الله "އެއްވެސް ޝައްކެތް ނުވާ ގޮތުގައި މިކަމަކީ އަހަރެމެން އެސުވާލަށް ޖަވާބު ދިނުމުގައި (ކުރެވުނު ފުރަތަމަ ސުވާލަށް) ބަޔާންކޮށްދެއްވި ޖިންސުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. މިކަމަކީ ކުށެކެވެ. މިގޮތުގައިހުރެ އޭނާ މަރުވެއްޖެނަމަ، އޭނާ މަރުވެދާނީ ޖާހިލިއްޔަތުގެ މަރެއްގައެވެ. ސަބަބަކީ އޭނާ މަރުވެދިޔައިރު އޭނާގެ ކަރުގައި އެއްވެސް މީހަކަށް ބައިޢަތެއް ނުވެއެވެ. އިސްލާމީ ޝަރީޢަތުގައިވާ ޢާއްމު ޤަވާޢިދުގައި ވަނީ فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ "ތިޔަބައިމީހުން ﷲއަށް ތިޔަބައިމީހުނަށް ކުޅަދާނަވީ މިންވަރަކުން ކިޔަމަންވާށެވެ."

ފަހެ، އެއްމެހައި މުސްލިމުންނަށް ޢާއްމު ޚަލީފާއެއް ނެތްކަމުގައި ވާނަމަ، އެމީހުން ތިބި ތަނެއްގައި ވަލިއްޔުއަމްރުގެ ގޮތުގައި ހުރި ވެރިޔާ އަކީ އެބައި މީހުންގެ ވެރިޔާއެވެ. މިމަގުފުރެދިފައިވާ ރައުޔު (އަހަރެމެން ހަމައެކަނި ބައިޢަތު ހިފަންޖެހޭނީ ޚަލީފާއަކަށް) އަހަރެމެން ބުނެފިނަމަ އެއްމެހައި މީސްތަކުންގެ މައްޗަށް ޚަލީފާއަކު ނެތި، އެއާއިއެކު އެއްމެހައި މީސްތަކުން މަރުވެދަނީ ޖާހިލިއްޔަ މަރެއްގައެވެ. މިއީ ކާކު ދައްކާ ވާހަކައެއް ހެއްޔެވެ؟ އިސްލާމި އުއްމަތް ބައިތަކަށް ޞަޙާބިންގެ ޒަމާނުއްސުރެ ފަށައިގެން ބެހިފައިވެއެވެ. عبد الله بن زبير މައްކާގައި، ބަނޫ އުމައްޔާ ޝާމުގައި ވެރިކަން ކުރުމުގައި ދެމިތިބިކަން ތިޔަބައި މީހުން ދަންނާނެއެވެ. މިސްރުގައި، ޔަމަނުގައި މީސްތަކުން އުޅެމުން ދިޔައެވެ. އެއިރުއްސުރެ މުސްލިމުން ދެކެމުން އައީ އެމީހަކު ހުންނަތަނެއްގައި ވެރިއެއްގެ ގޮތުގައި ހުންނަމީހާއަށް އޭނާ ބައިޢަތު ހިފަންޖެހޭނެ ކަމުގައިއެވެ. އެމީހަކަށް ބައިޢަތު ހިފައެވެ. އަދި އެއީ އަމީރުލް މުއުމިނީން ކަމުގައި ބުނެއެވެ. މިއީ އެކަކުވެސް އިންކާރު ކޮށްފައިވާ ކަމެއްނޫނެވެ. މިފަދަ ބައިޢަތުގައި ލާޒިމްކޮށް އެގޮތުގައި ދެމި ނުހުންނަ މީހާއަކީ  ކިޔަމަންގަތުމުން ބޭރުވެފައިވާ މީހެކެވެ. ސަބަބަކީ އެއްމެ ކުރިއްސުރެ އިސްލާމީ އުއްމަތް އިޖްމާޢުވެފައިވާ ޢިޖްމާޢު އާއި އޭނާ ޚިލާފްވެފައިވުމެވެ. ރަސޫލާ ﷺ ޙަދީޘްފުޅު ކުރައްވާފައިވަނީ "اسمعوا وأطيعُوا ، وإن تأمر عليكم عبدٌ حبشيٌّ" "ޙަބުޝްކަރައިގެ އަޅަކު ތިޔަބައި މީހުންގެ މައްޗަށް ވެރިއެއްގެ ގޮތުގައި ވި ކަމުގައިވިޔަސް، ތިޔަބައި މީހުން އޭނާއަށް ކިޔަމަންވެ އަޑުއަހާށެވެ." މިއީ އެބައި މީހުން ބުނާ ފުރަތަމަ ގޮތެވެ.
 

ދެވަނައީ: އޭނާ އެއްވެސް ގޮތަކަށް ބައިޢަތު ނުހިފައެވެ. ޙަޤީޤަތުގައި މިފަދައިން ބުނާ ބުނާބުނުމަކީ މިދުނިޔެ މަތީގައި ވާ ﷲ ގެ އަޅުތަކުންގެ ތެރޭގައިވާ އެއްމެ ޖާހިލުމީހަކު ދައްކާނެ ވާހަކައެވެ. ޞަޙާބީން رضي الله عنهم أبو بكر އަށް ބައިޢަތު ހިއްޕެވިއިރު (އަތްތިލައާއި އަތްތިލަ ޖެއްސުން)، އެހިނދު އެއްމެހައި މުސްކުޅިންނާއި، މެދު ޢުމުރުގެ އެއްމެހައި މީހުންނާއި، އެއްމެހައި މީސްތަކުން އައިސް ބައިޢަތު ހިއްޕެވި ހެއްޔެވެ. ނުނީ ބައިޢަތު ހިއްޕެވީ ހަމައެކަނި ދައުލަތުގެ ޙައްލު ވަލް ޢަޤްދުގެ (އަމުރު ވެރިންނާއި ޢިލްމުވެރިން) މީސްތަކުން އެކަނި ހެއްޔެވެ؟ ތިޔަބައި މީހުން މިސުވާލަށް ޖަވާބު ދޭށެވެ. އެއްމެހައި މީސްތަކުން (ޒުވާނުންނާއި، އަންހެނުންނާއި، ބޮޑެތިމީހުން) މިއެއްމެހައި މީސްތަކުން ގޮސް އަތްތިލަ ޖައްސައި ބައިޢަތެއް ނުހިއްޕަވައެވެ. ދައުލަތުގެ ޙައްލު ވަލް ޢަޤްދުގެ މީހުން އެދައުލަތުގައި ވަކި މީހަކަށް ބައިޢަތު ހިފައިފި ކަމުގައިވާނަމަ އެހިނދު ބައިޢަތު ފުރިހަމަވީއެވެ. އެއާއެކު އަމީރަކަށް އޭނާ ބަދަލުވެ، މީސްތަކުން އެވެރިޔާއަށް ކިޔަމަންގަތުން ވާޖިބުވެގެންދާނެއެވެ. 
 

ތިނަވަނައީ: އޭނާ އެތަނުގައިވާ ރަސްގެފާނަށް ބައިޢަތު ނުހިފުމެވެ. ރަސްގެފާނަށް ބައިޢަތު ނުހިފާކަން އެބައި މީހުންނަށް އެނގެނީ ކިހިނަކުން ހެއްޔެވެ. މީސްތަކުން ރަސްގެފާނަށް ބަޢިއަތު ހިފައިފިއެވެ. އަހަރެން މިހާރުވަނީ ޚާލިދް – رحمة الله عليه – ރަސްގެފާނަށާއި ފަހުދް ރަސްގެފާނަށް ބައިއަތުހިފައިފައެވެ. ބައިޢަތުހިފުމަށް އަހަރެން ހާޒިރުވީމެވެ. އާއެކެވެ. އެއްމެހައި ބޮޑެތި މީހުންނާއި، ހަނގު މީސްތަކުން ބައިޢަތު ހިފުމަށްޓަކައި އެބައި މީހުންނާދެއެވެ. އަތްތިލަ ޖައްސައިގެން ބައިޢަތު ހިއްޕަވާފައިވަނީ ދައުލަތުގެ ޙައްލު ވަލް ޢަޤްދުގެ މީހުންނެވެ. ހަމައެފަދައިން މީހަކު ދައުލަތެއްގެ ވެރިއަކަށް އައިސްފައިވާ މީހަކަށް ބައިޢަތު ހިފުމަށް ފަހުގައި އެ ވެރިޔާ ވަލިއްޔު އަހްދެއް ޚިޔާރުކޮށްފިނަމަ އެވެރިޔާއަށްފަހުގައި އޭނާއަކީ ވަލިއްޔު އަހްދު ކަމުގައިވާނެއެވެ. ފުރަތަމަ ވެރިޔާގެ ވެރިކަން ނިމިދިއުމުން ވަލިއްޔު އަހްދު އިތުރު ބައިޢަތަކާއި ނުލައި ވަލިއްޔު އަމްރަށް ބަދަލުވާނެއެވެ. އަހަރެމެން ވަލިއްޔު އަހްދަށް ޤައުމުގެ މީސްތަކުން އަލުން ބައިޢަތު ހިފުމަށް ދާންދެން ވަލިއްޔު އަމްރުކަމުގައި ނުވެވޭނެކަމަށް ބުނެފިނަމަ، އެހިނދު މުޅިތަން އޮންނާނީ ހަލަބޮލި ވެފައެވެ. މިފަދަ ކަންތައް ޝައިޠާނާ ބައެއް މީސްތަކުންގެ ތެރެއަށް މުސްލިމުންގެ އެކަތިގަނޑެއްގައި ތިބި ކަލިމަ ބައިބައި ކޮށްލުމަށް ގެނެސް ހަދައެވެ. އަދި އެހިނދު ރަސޫލާ ބަޔާންކޮށްފައިވާ ބައިބައިވުން އުފެދި ދެއެވެ. ޙަދީޘްފުޅު ކުރެއްވިއެވެ. "إنَّ الشَّيطانَ قد أيِسَ أن يعبُدَه المصلُّونَ في جزيرةِ العربِ ولَكنْ في التَّحريشِ بينَهم" "ހަމަކަށަވަރުން ޢަރަބި ޖަޒީރާތަކުގައި ޝައިޠާނާއަށް ﷲގެ ދީން ނޫން ދީނަކަށް މީސްތަކުން އަޅުކަންކުރުމަށް ނުކުޅަދުންތެރި ވެއްޖެއެވެ. އެހެނަސް މީސްތަކުންގެ މެދުގައި ބައިބައިވުމާއި (ޢަދާވާތް ތެރިކަން) އުފެއްދުމުގައި އޭނާ ވެއެވެ." 
 

ފަހެ، މިއަޚާއަށް ނަޞޭޙަތް ބާޔާންކޮށްދޭށެވެ. އެއީ މިއަދު އަހަރެމެން މިވަނީ ވެރިއެއްގެ ހިޔަލުގެ ދަށުގައެވެ. އޭނާގެ މައްޗަށް އެއީ ވެރިއެއްގެ ގޮތުގައިވާ ވެރިއެކެވެ. އެގޮތުގައި ދެމި ނުހުރެއްޖެ ނަމަ އޭނާ މަރުވެދާނީ ޖާހިލިއްޔަ މަރެއްގައެވެ. އާއެކެވެ."



 

Like what you see?

Close

Hit the buttons below to follow us, you won't regret it...