5  ތަކްފީރީ ސަފަރް ހަވާލީ އަދި ސަލްމާން ޢަވްދާގެ މައްޗަށް އުންމަތުގެ ބޮޑެތި ޢިލްމުވެރިން ދީފައިވާ އިންޒާރު - سماحة الشَّيخُ ابن بَاز، الإِمَامُ ابن العُثَيْمِيْن، الإِمَامُ الأَلبَاني އަދި الإِمَامُ مقْبِل - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ތަކްފީރީ ސަފަރް ހަވާލީ އަދި ސަލްމާން ޢަވްދާގެ މައްޗަށް އުންމަތުގެ ބޮޑެތި ޢިލްމުވެރިން ދީފައިވާ އިންޒާރު - سماحة الشَّيخُ ابن بَاز، الإِمَامُ ابن العُثَيْمِيْن، الإِمَامُ الأَلبَاني އަދި الإِمَامُ مقْبِل

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ ސަލްމާން އަޢުދާ

އިޖްތިމާޢީ ޖަމްޢިއްޔާއެއްގެ ގޮތުގައި މިސްރުގައި އުފެދުނު އިޚްވާނުލް މުސްލިމީން ޖަމާޢަތުގެ ލީޑަރުން މިސްރުގެ ބައެއް ވެރިން ޤަތުލު ކުރުމަށް ރޭވިކަން ދަޥްލަތަށް ކަޝްފުވުމުން ގިނަ އަދަދެއްގެ ޢިވާނުލް މުސްލިމީން ލީޑަރުންނާއެކު ސައްޔިދު ޤުތުބް އަދި އޭނާގެ ކޮއްކޮ މުޙައްމަދު ޤުތުބް 1965 އަހަރުގެ ޖުލައި މަހުގައި ހައްޔަރު ކުރެވުނެވެ. ސައްޔިދު ޤުތުބަށް ޙުކުމްކޮށް 1966 ގައި އޭނާ ދަންޖައްސައި މަރާލެވުނެވެ. އެހެނަސް، 1972 ގައި މުޙައްމަދު ޤުތުބް މިނިވަން ކުރެވުނެވެ. އެހިނދު، އޭނާ މިސްރުން ފިލައި ގޮސް ސަޢުދީ ޢަރަބިއްޔާގެ ހިމާޔަތް ހޯދިއެވެ. އަދި ޖިއްދާގެ الملك عبد العزيز ޔުނިވާސިޓީ އަދި މައްކާގެ ޢުއްމުލް ޤުރާ ޔުނިވާސިޓީގައި ކިޔަވައިދޭ މީހެއް ގޮތުގައި މަސައްކަތް ކުރި އެވެ. އޭރު ސަޢުދި އަރަބިއްޔާގެ ވެރިންނާއި ބައެއް ޢިލްމުވެރިންނަށް މީނާ އަދި މީނާގެ އިޚްވާނީ ޖަމާޢަތުގެ ނުބައިކަން އެނގިފައެއް ނެތެވެ. މިދުވަސްވަރު، ޤުތުބް ކައިރިން ކިޔަވައި ދަރިވަރުވި މީހުންގެ ތެރެއިން އުސާމާ ބިން ލާދިން، އައިމަން ޟަވާހިރީ، ސަލްމާން އަލް-ޢަވްދާ އަދި ސަފަރު އަލް-ހަވާލީ ހިމެނެ އެވެ. ޤުތުބިއްޔާ ޚާރިޖިއްޔާ ފިކުރުގެ މައްޗަށް ބިން ލާދީން އަދި ޟަވާހިރީ އަލް-ޤާއިދާ އުފެއްދި އެވެ. އަދި މުޙައްމަދު ޤުތުބްގެ އިރުޝާދުގެ މައްޗަށް ސަލްމާން އަލް-ޢަޥްދާ އަދި ސަލަފު ހަވާލީ الصحوة الإسلامية ނަމުގައި އިޚްވާނުލް މުސްލިމީންގެ ރަސްމީ ގޮޑިކޮށްކޮ ހަރަކާތެއް ސަޢުދީގައި ފެއްޓިއެވެ. ނާތީޖާއެއްގެ ގޮތުން ސަޢުދީ އަދި ސަޢުދީން ބެރުގެ އެތައް ޒުވާނުންތަކެއް މި މީހުންގެ އަވައިގައި ޖެހުނެވެ.

 

މިކަންތައްތައް ހިނގައިދިޔަ އިރު، މަދީނާ ޔުނިވާސިޓީގައި ކިޔަވަންތިވި ރާއްޖޭގެ ގިނަ ބަޔަކު މި "އިޚްވާނީ ފިކުރު" ގައި ޖެހުނެވެ. އަދި އެ ފިކުރުގެ މައްޗަށް މި ބައިމީހުން "ސަލަފް" "ޢަދާލަތު" "ރާއްޖެއިސްލާމް" "ދިއިސްލާމް" "ދިސަލަފިއްޔާ" ނަމުގައި ސިޔާސީ ޕާޓީތަކާއި އެކިއެކި މަދަނީ ޖަމްޢިއްޔާތަކާއި ވެބްސައިޓްތައް ރިވެތި ނަންނަމުގައި ހަދަން ފެއްޓި އެވެ. އަދި އިޚްވާނުލް މުސްލިމީންގެ "އިޚްވާނީ ފިކުރު" މުޅި ޤައުމުގައި ފަތުރަން ފެއްޓިއެވެ. 2008 ވަނަ އަހަރު އިންތިޚާބަށްފަހު މި ފިކުރުގެ އަހުލުވެރިންނަށް ދީނީ ކަންތައްތަކުގައި ސަރުކާރުގެ ބާރުތައް ލިބުމާއެކު، 31 ޖުލައި 2009 ގައި ރާއްޖެއިން ބެރުގެ "ދަންނަބޭކަލެއް" ގޮތުގައި ދިވެހި ރާއްޖެއަށް އެންމެ ފުރަތަމަ ގެނައި މީހަކީ "ސަލްމާން އަލް-ޢަޥްދާ" އެވެ. މި އިންޤިލާބީ ޘައުރީ ޢިލްމުވެރިންގެ ބަސްތައް ދޫކޮށް، ސަޢުދީގެ ސަލަފީ ބޮޑެތި ޢިލްމުވެރިންގެ ބަސްތަކުގެ މައްޗަށް ތަރުބިއްޔަތުވެތިބެ، މަދީނާ ޔުނިވާސިޓީން ތަޚައްރުޖްވި ސަލަފީ އަޚުންތައް އޭރުވެސް މި ޖަރީމާގެ މައްޗަށް އިންކާރުކޮށް ބަސްތައް ބުންޏެވެ. ސަލަފީންގެ އަތުގައި ބޮޑެތި ޢިލްމުވެރިން ދީފައިވާ އިރުޝާދުފުޅު ނޫނީ އިތުރު އެއްވެސް ހަތިޔާރެއް ނެތެވެ. އިޚްވާނީ ފިކުރު ޖަމްޢިއްޔާ ޖަމާޢަތްތަކާއި ޕާޓީތަކުގެ ޙިޒްބީން އޭރުވެސް ދިޔައީ ޢާންމުންނަށް ޢިލްމުވެރިންގެ ބަސްތައް ވަޅުޖަހައި ފޮރުވަމުން ނެވެ. ކިރިޔާވެސް ޢިލްމުވެރިންގެ ބަސްތައް ބަޔާންކުރި އަޚެއް ނަމަ، މި މީހުން ދިޔައީ އެ އަޚެއްގެ ދަރުސް ދިނުމުގެ ހުއްދަ އެކި ތުހުމަތުތައްކޮށް ބާޠިލް ކުރަމުން ނެވެ. އަދި ޝަޚުސީ ގޮތުން އެ އަޚުންގެ އަބުރު ކަތިލުމާއި ނަފްރަތުގެ ޚިތާބުތައް ދިނުން މި މީހުންގެ މަސައްކަތަށް ވިއެވެ. މިއަދުވެސް، މި ފިކުރުގެ އަހުލުވެރިންގެ ޢަމަލު ހުރީ މިފަދައިން ނެވެ. ސަލްމާން އަލް-ޢަޥްދާ އަދި އިވަޟް އަލް-ޤަރްނީ 09 ސެޕްޓެންބަރ 2017 ގައި ސަޢުދީ ސަލާމަތީ ބާރުތަކުން ހައްޔަރު ކުރުމުން "ސައުދީން ޢިލްމުވެރިން ހައްޔަރުކޮށްފި" ކަމަށް ބުނެ މި ފިކުރުގެ އަހުލުވެރިން ނޫސްތަކާއި ސޯޝަލް މީޑިއާގެ އެކިތަންތަނުގައި ބަޔާންކޮށްފި އެވެ. އެހެންކަމުން، އުންމަތުގެ ޢިލްމުވެރިން މި މީހަކާއި މެދުގައި ބުނެފައިވަނީ ކީކޭކަން އެންމެހާ އަޚުންނަށް ކުރިއެކޭ އެއްގޮތަށް މިއަދުވެސް ބަޔާން ކޮށްދެމެވެ.

20170910-salmaan-adua-hayyaru-kurun-hizbeen.jpg

سماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ގެ އަމުރުފުޅަށް ސަލްމާން އަލް-ޢަޥްދާ އަދި ސަފަރު އަލް-ހަވާލީ ޖަލަށް ލުން

عبد العزيز بن عبد الله بن باز  ގެ ފަރާތުން ވަޒީރުއް ދާޚިލިއްޔާ، އިއްޒަތްތެރި އަމީރު نايف بن عبد العزيز އަށް، وفقه الله سلام عليكم ورحمة الله وبركاته، ދެން އެއަށްފަހު ދަންނަވަމެވެ.


سفر بن عبد الرحمن އަދި سلمان بن فهد العودة ބައެއް މުހާޟަރާތްތަކާއި ދަރުސްތަކުގައި އެބައިމީހުން ހައްދުފަހަނައަޅާ ދިއުމުން، خادم الحرمين الشريفين ދެ ޙަރަމުގެ ޚާދިމް حفظه الله ގެ ލަފާފުޅުގެ މަތިން މިކަންތައް، 18/3/1414هـ ގައި ތާއިފުގައި ބޭއްވުމަށް ހަމަޖެހިފައިވާ هيئة كبار العلماء ގެ މަޖްލީހުގެ ސާޅީސް އެއްވަނަ ދައުރާގެ ކުރިމައްޗަށް ހުށަހެޅުން ހުށައެޅުއްވުމަށް އަދި މަނިކުފާނު ފޮނުއްވެވި (م/ب/4/192/م ص) ނަންބަރުގެ 21–22/3/1414 هـ ތާރީޚުގެ ސިޓީފުޅާ ހަވާލާދީ ދަންނަވަމެވެ.


ދެންފަހެ، هيئة كبار العلماء، ސަޢުދީ ބޮޑެތި ޢިލްމުވެރިން ގެ މަޖްލީހުން އިއްޒަތްތެރި މަނިކުފާނުގެ އިސްވެ ދެންނެވުނު ސިޓީފުޅު ބައްލަވައި އަދި محرم 1414 هـ އިން ފެށިގެން ކުރީގައި މި ނަންގަނެވުނު ދެ މީހުންގެ މަޖްލިސްތަކާއި ދަރުސްތަކުން ޚުލާޞާކުރައްވައި އަދި ސަފަރު ހަވާލީގެ (وعد كيسنجر) ކިޔުނު ފޮތާއި ބެހޭގޮތުން ވާހަކަ ދެއްކެވުނުކަން މަނިކުފާނަށް އަންގަމެވެ. އަދި މައުޟޫ އާއި މެދު ހުރިހާކޮޅަކުން ބައްލަވައި ބަހުޘްކުރެވި މި ދެމީހުންގެ ކެސެޓުތައް ދިރާސާ ކުރެވުނެވެ. ދެން މި މިދިރާސާތަކަށް ފަހު، މަޖްލީހުން އިޖްމާޢުވެ އެއްބަސްވީ، "މަޖްލީހުގެ ކުރިމައްޗަށް ހުށަހެޅުނު ކުށްތަކާއި، ސަރުކާރުން ފޮނުވުނު މި ދެމީހުންގެ މައްސަލަތަށް މި ދެމީހުންގެ ކުރިމައްޗަށް ގެންނެވުމެވެ. އަދި معالي وزير الشئون الإسلامية والأوقاف والدعوة والإرشاد (އިސްލާމީ ކަންތައްތަކާއި ބެހޭ އަދި އައިޤާވް އަދި އަޢުވަތު އަދި އިރުޝާދުގެ ވަޒީރު) ހޮށްވަވާ ދެ ޢިލްމުވެރިއެއް ބައިވެރިވާނެ އެވެ. ދެން މިއަށްފަހު، މި ދެ މީހުން މި ހައްދުފަހަނައަޅާ ދިއުމުން އުޛުރުވެރިވެ މިކަންތައްތަކާއި މިފަދަ އެއްވެސް ކަމަކަށް ނާރާނެ ކަމަށް ބުނެ އެއްބަސްވެއްޖެ ނަމަ فالحمد لله، އަދި ފުދެއެވެ. ދެންފަހެ މި ދެމީހުން މިގޮތަށް އެއްބެސް ނުވެއްޖެ ނަމަ، މުހާޟަރާތްތަކާއި ނަދްވާތަކާއި ޚުތުބާދިނުމާއި އަދި ދަރުސްތައް ދިނުން މި ދެމީހުންނަށް މަނާ ކުރެވޭނެ އެވެ. އެއީ އެ ދެމީހުންގެ ކުށްތަކުން މުޖްތަމަޢު ރައްކާތެރި ކުރުމަށެވެ. هداهما الله وألهمهما رشدهما (ﷲ އެ ދެ މީހުންނަށް ހިދާޔަތް ދައްކަވާ ހެޔޮމަގަށް މަގު ދައްކަވާށި އެވެ." اهـ

މިހެންކަމުން މަޖިލީހުންވަނީ މިކަން މަނިކުފާނަށް ދެންނެވުމާއި އެކީ މަނިކުފާނަށް މި ދެންނެވުނު ސިޓީފުޅު ފޮނުވުމަށެވެ. އަދި އަހަރެން ﷲ އަށް އެދި ދަންނަވަނީ ދެ ހަރަމުގެ ޚާދިމަށް ﷲ ލޯބިވޮޑިގަންނަވައި އަދި ރުހިވޮޑިގަންނަވާ ކަންތައްތަކަށް މަގު ދެއްކުމެވެ. އަދި ހުރިހާ ހެޔޮ ކަމަކަށް ތައުފީޤު ދެއްވުމެވެ. ހަމަކަށަވަރުން އެއިލާހަކީ سميع قريب އެވެ. والسلام عليكم ورحمة الله وبركاته

مفتي عام الملكة العربية السعودية

ورئيس هيئة كبار العلماء و إدارة البحوث العلمية والإفتاء

މަމްލަކަތުލް ޢަރަބިއްޔަތުއް ސުޢޫދިއްޔާގެ މުފްތީ އަލް-ޢާއްމު އަދި

ހައިއަތު ކިބާރުލް ޢުލަމާގެ މަޖިލީހާއި ޢިލްމީ ބަހުސާއި ފަތަވާ އިދާރާގެ ރައީސް. (ސިޓީގެ އަޞްލު ކިޔުމަށް)

(ބަޔާންކޮށްފައިވާ ގޮތަށް މި ދެމީހުން އެއްބަސް ނުވުމުން، ސަޢުދީގައި މި ދެމީހުންގެ ފޮތްތައް މަނާކޮށް މި ދެމީހުން ޝެއިޚުގެ އަމުރު ފުޅާ އެއްގޮތަށް ޖަލަށް ލެވުނެވެ. މިއަދު ވެސް މި މީހަކު ޖަލުގެ ތޭރިތަކުގައިވަނީ ބަޔާންވެދިޔަ ސަބަބުތަކާ ހުރެ އެވެ.)

 

سماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ސަލްމާން އަލް-ޢަޥްދާ އާއި ސަފަރު ހަވާލީ އަކީ ޚަވާރިޖު މަންޙަޖު ބިދުޢައިގެ އަހުލުވެރިން

1413هـ އަހަރުގެ ރަޖަބު މަހުގައި الشَّيخُ عَبْدُ العَزِيز بن بَاز رحمه الله ގެ ގޭގައި ޝައިޚުންނާއި ދަރިވަރުންތަކާއި ބޭއްވުނު ބައްދަލުވުމެއްގައި ޤާޟީއެއް ޝެއިޚް އާއި ސުވާލު ކުރެއްވި އެވެ.


ސުވާލު: "سماحة الشَّيخُ އެވެ. ސަފަރު އާއި ސަލްމާންގެ ކުށްތަކެއް އަދި ފާހަނގަކޮށްލެވޭ ބަސްފުޅުތަކެއް ވޭހެއްޔެވެ؟"
ޝެއިޚް: "އާނއެކެވެ. އާނއެކެވެ. އެމީހުންގެ ކިބައިގައި ވެރިންނާއި މެދުގައި ނުވައިވެގެންވި ނަޟަރެއް (ބެލުންތަކެއް) ވެއެވެ. އަދި މި ދަޥްލަތާއި މެދުގައި ނުބައިވެގެންވި ރަޢުޔެއް ވެއެވެ. އަދި 
އެމީހުން ޒުވާނުން ލޭކައްކުވާ (ފޯރިއަރުވާ) އަދި ޢާންމުން (ދަޥްލަތާއި) ދެކޮޅަށް ނުކުތުމައް ހިއްވަރު ދެއެވެ. މިހީ ޚަވާރިޖުންގެ މަންޙަޖެވެ. މި މީހުންގެ ކެސެޓުތަކުގައި ގޮވަނީ މިއަށެވެ."
ޤާޟީ ދެންނެވި އެވެ. "އޭ ޝެއިޚް އެވެ. މިކަންތައް ބިދުޢައާއި ހަމައަށް ދޭ ހެއްޔެވެ؟"
ޝެއިޚް: "
މިއީ ޚަވާރިޖުންނާއި މުޢްތަޒިލާއިން ޚާޞަވެގަތް ބިދުޢަ ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. ﷲ އެބައިމީހުންނަށް ހިދާޔަތް ދައްކަވާށި އެވެ. ﷲ އެބައިމީހުންނަށް ހިދާޔަތް ދައްކަވާށި އެވެ."

 

الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

 

ސަފަރު އަދި ސަލްމާން ފަދަ އިންޤިލާބުތަކަށްގޮވާ ތަކްފީރީންގެ ކެސެޓުތަކަށް އިންޒާރު ދީފައިވުން

ޝެއިޚް އާއި ސުވާލު ކުރެވުނެވެ. "އަދި އެމީހުން ސަލްމާން ބިން ފަހްދު އަލް-ޢަވްދާ އަދި ސަފަރު ހަވާލީގެ ކެސެޓްތައް އަޑުއަހައެވެ. އަހަރެމެން އެމީހުންގެ އެއްޗެހި އަޑުނޭހުމަށް ނަޞޭހަތްތެރިވަން ހެއްޔެވެ؟"
ޖަވާބު: ﷲ ކަލެއަށް ބަރަކާތް ލައްވާށި އެވެ. އެމީހުންގެ ކެސެޓުތަކަގައިވާ ހެޔޮ އެނޫން މީހުންގެ ކެސެޓުތަކުގައި ވެއެވެ. އަދި އެމީހުންގެ ކެސެޓު ތަކުގައި އެމީހުންނާއި ދެކޮޅަށް ކަންތައްތަކެއް އެބަވެ އެވެ. ހުރިހާ ކެސެޓްތަކުގައެއް ނުނެވެ. ބައެއް ކެސެޓްތަކުގައެވެ. އަދި ތިޔަބައިމީހުންނަށް އެ ފަރަޤުކޮށްދޭކަށެއް ނޭނގެއެވެ. މިއާއި އެއާއި ދޭތެރޭގައެވެ."
ސުވާލު: އެހެންކަމުން ޝެއިޚް ނަޞޭހަތްތެރިވަނީ އެމީހުންގެ އެއްޗެހި އަޑު ނޭހުމަށް ހެއްޔެވެ؟
ޝެއިޚް:
ނޫނެކެވެ. އަހަރެން ތަޔަބައިމީހުންނަށް ނަޞޭހަތްތެރިވަނީ ޝެއިޚް އިބްނު ބާޒް އާއި ޝެއިޚް އަލްއަލްބާނީ އާއި އިސްތިޤާމާއި އިއުތިދާލުގެ ޢިލްމުވެރިންގެ ކެސެޓްތައް އަޑު އެހުމަށެވެ. (ދަވްލަތާއި ދެކޮޅަށް ނުކުތުމަށް ގޮވާ) އިންޤިލާބީ ނުވަތަ ޘައުރީ ފިކުރުގެ މީހުންގެ އެއްޗިއްސަކަށް ނޫނެވެ."
ސުވާލު: އޭ ޝެއިޚް އެވެ. މިކަމުގައި މިސާލަކަށް ޚިލާފެއްވާ ނަމަވެސް ހެއްޔެވެ؟ އެމީހުން ވެރިން ކާފަރުކޮށް މިއީ ޖިހާދު ކަމަށް ބުނެ އެވެ. މިސާލަކަށް އަލްޖީރިއާގައި އެމީހުން ސަލްމާން އާއި ސަފަރުގެ ކެސެތްތައް އަޑު އަހައެވެ. މިއީ ފަރުޢީ ޚިލާފެއް ހެއްޔެވެ؟ ނުނީ މިއީ އުޞޫލީ ޚިލާފެއް ހެއްޔެވެ؟
ޝެއިޚް: ނޫނެކެވެ. މިއީ އަޤީދާގެ ޚިލާފެކެވެ. އެހެނީ ބޮޑުފާފައިގެ ސަބަބުން ކާފަރު ނުކުރުމަކީ އަހުލުއް ސުންނާ ވަލް-ޖަމާޢަތުގެ އުޞުލުގެ ތެރެއިންވާ ކަމެކެވެ."
  (އަޑު https://goo.gl/KummqU)

 

الشَّيْخ العَلاَّمَة المُحدِّث مُحمَّد نَاصر الدِّين الأَلبَاني رحمه الله

ސަފަރު އަދި ސަލްމާން އަކީ ޒަމާނުގެ ޚަވާރިޖުންކަމުގައި ޞިފަކުރެއްވުން

ސަފަރު އަލް-ހަވާލީގެ ފޮތް ظاهرة الإرجاء في الفكر الإسلامي އާއި މެދު ސުވާލު ކުރެވުނެވެ. މި ފޮތުގައި ބައެއް ބޮޑު ފަފާތަކުން މީސްތަކުން ކާފަރުކޮށްފައިވެ އެވެ.
سفر الحوالي މި ފޮތުގައި ބުނެފައި ވެއެވެ. "ނަމާދު އަޅާ މީހާއަކީ ކާފަރެއް ނޫންކަމަށް ޢިރްޖާގެ (މުރުޖިޢާއިންގެ) ފިކުރުގައި ޖެހިފައިހުރި މީހަކު މެނުވީ ނުބުނާނެ އެވެ. އެގިގެންނަމަވެސް އަދި ނޭގިނަމަވެސް އެވެ." (ظاهرة الإرجاء 445)

الشَّيْخ العَلاَّمَة المُحدِّث مُحمَّد نَاصر الدِّين الأَلبَاني رحمه الله ވިދާޅުވި އެވެ. "މަދީނާ ޔުނިވާސިޓީގައި ކިޔަވައި ދެއްވިއިރު ޖަމާޢަތުއް ތަބްލީޤް އާއި ބެހޭގޮތުން މަޖްލިހެއްގައި ސުވާލު ކުރެވުމުން އެބައިމީހުންނާއި މެދު އަހަރެންގެ ރަޢުޔު ހާމަ ކުރީމެވެ. އެދުވަހުގައި އެބައިމީހުންނަކީ "މި ޒަމާނުގެ ސޫފިއްޔާއިން" ކަމުގައި ދެންނެވީ މެވެ. އެބައިމީހުން ވަނީ މަންހަޖު ތަކުގައި ސަލަފުންނާއި ތަކުރާރުކޮށް ޚިލާފުވެފައެވެ. މިއަދު އެބައިމީހުންނަށް الخارجية العصرية "މިޒަމާނުގެ ޚަވާރިޖުން" މިނަން ދެމެވެ. (ޚުލާސާ، އަޞްލު އަޑު އެއްސެވުމަށް https://goo.gl/hwo4xm)
 

ޝެއިޚް އަލްބާނީ އަދިވެސް ވިދާޅުވެފައި ވެއެވެ. "މި ދަރަޖައަށް މި ފޮތުގެ ޞާހިބާ ހިނގައިދާނެކަމަށް އަހަރެން އުންމީދު ނުކުރަމެވެ. އަދި މަދީނާގައި ތިބި އަހަރެންގެ މަޝައިޚު އަޚުންތައް (އޭގެ އެންމެ އިސްކޮށް ޝެއިޚް ރަބީޢު، މުޙައްމަދު އަމާން އަލް ޖާމިޢީ، މުޙައްމަދު ބިންހާދީ، ޝެއިޚް އުބައިދް) މި މީސްތަކުންނާއި (ސަފަރު އަދި ސަލްމާން) މެދު އަހަރެންނަށް ވުރެ ޢިލްމު ހުރިކަން އެނގި ހިނގައްޖެވެ."

 

الإِمَام العَلامة مقْبِل بن هَادي الوادِعِي رحمه الله

މިދެ މީހުންނަކީ ވަރަށްގިނަ ޒުވާނުން ހަލާކުކޮށްފައިވާ ދެ ބިދުޢަވެރިން

1414هـ އަހަރުގެ ރަމްޟާން މަހުގެ 14 ވަނަ ދުވަހުގައި الإِمَام العَلامة مقْبِل بن هَادي الوادِعِي رحمه الله ވިދާޅުވި އެވެ. "އަހަރެން ދެތިން ފަހަރަކު ސަލްމާން އަލް-ޢަވްދާ އަށް ނަޞޭހަތްތެރި ވީމެވެ. އަހަރެންނަށް ފެންނަނީ ހައިއަތު ކިބާރުލް ޢުލަމާގެ ޤަރާރަކީ ރަނގަޅު ޤަރާރެއް ކަމަށެވެ. އެއީ މުޖްތަމަޢު ރައްކައުތެރިކޮށް އޭގެ ވަހުދާނިއްޔަތު ދަމަހައްޓައި ފިތނަވެރިކަމާއި ހަމަނުޖެހުން ނައްތާލުމައްޓަކައެވެ. އެހެނީ ދެހަރަމާއި ނަޖްދުގެ ބިމަކީ އެހެން ބިންތަކުގައި ނުވާ ޞުލްހަވެރިކަމާއި މަޑުމޮޅިކަންވާ ތަނެކެވެ."

އަދިވެސް ޝެއިޚް އާއި ސުވާލު ދެންނެވުނެވެ. "ސަފަރާއި ސަލްމާނާއި ބެހޭގޮތުން ކެސެޓެއް މީހަކު އެބަ ބަހައެވެ. އޭނާ ބުނަނީ ސަފަރާއި ސަލްމާން އާއި ބެހޭގޮތުން ޝެއިޚް އަލްއަލްބާނީގެ އެންމެފަހު ކެސެޓް ކަމަށެވެ. އެހެންކަމުން ސަފަރާއި ސަލްމާނުގެ މަންޙަޖާއި މެދު ޝެއިޚް ދެކެވަޑައިގަންނަވަނީ ކިހިނެއް ހެއްޔެވެ؟ ﷲ ޝެއިޚް އަށް ހެޔޮ ޖަޒާ ދެއްވާށި އެވެ."

ޝެއިޚް މުޤްބިލް: "އަހަރެން ތިކެސެޓެއް އަޑެއް ނަހަމެވެ. އަދި އަހަރެން ނަޞޭހަތްތެރިވަނީ ރުޖޫޢަވެ ﷲ އަށް ތަޢުބާވުމަށެވެ. އަދި އަހަރެމެން ﷲ އަށް އެދެނީ އެމީހުންނަށް ހިދާޔަތް ދެއްކެވުމަށެވެ. އެހެނީ އެމީހުންވަނީ ޒުވާނުންގެ ގިނަ ބައެއް ހަލާކު ކޮށްފަ އެވެ." (އަޑު އެއްސެވުމަށް https://goo.gl/xWhbnN )


ޝެއިޚް މުޤްބިލް: " ސަލްމާން ޢަޥްދާ އަދި ސަފަރް އަލް-ހަވާލީ ވަނީ ބިދުޢަވެރިންގެ ތެރެއިން ނެވެ." (އަޑު އެއްސެވުމަށް https://goo.gl/M8pGsv)


ރާއްޖޭގައި ސަލްމާން ޢަވްދާ އަދި ސަފަރް ހަވާލީގެ ބަސްތައް ފަތުރާ އަހުލުވެރިން

ލޮބުވެތި އަޚުންނޭވެ! މި އަދުވެސް މި "އިޚްވާނީ ފިކުރަށް" ނިޞްބަތްވާ އަހުލުވެރިން ސަލަފީ މަޝައިޚުންނާއި އުންތާޛުންގެ އަބުރު ކަތިލައި، ސަލަފީންނާއި ދެކޮޅަށް ނަފްރަތުގެ ޚިތާބުތައްދީ، ޢިލްމުވެރިން ބިދުޢަވެރި ކުރާބައެއް ކަމަށްބުނެ ދޮގު ތުހުމަތުތައްކޮށް ފަތުރާ ހަމައެކަނި ސަބަބަކީ ޢިލްމުވެރިންގެ ބަސްތައް ޢާންމުންނާއި ހަމައަށް ފޯރު ކޮށްދިނުމެވެ. އެބައިމީހުން އަހަރެމެންގެ އަޚުންނަށް ޢަދާވާތްތެރިކަން ވާޅުކޮށްފައިވާ ހަމައެކަނި ސަބަބީ މަގުފުރެދިފައިވާ ބޯތަކެއްގެ ޙިމާޔަތުގައި އެމީހުން ނުކުތުމުން އެކަމަށް އާބަސް ނުބުނާތީ އެވެ. މިއީ އެބައިމީހުންގެ އަލް-ވަލާ ވަލް-ބަރާއެވެ.

20170910-salmaan-adua-jamiyyath-salaf.jpg

20170910-salmaan-adua-Imran-majeed.jpg

20170910-adhalath-shaheem.jpg

 

 

 

 

 

Like what you see?

Close

Hit the buttons below to follow us, you won't regret it...